Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމިންތީގެ ހަމަހަމަކަން

ޖެންޑަރ އީކުއަލިޓީ އެކްޝަން ޕްލޭންއާއިއެކު ދާއިރާތަކުގައި އަންހެނުންގެ ރޯލު ބޮޑުވާނެ: ހަޔަރ އެޑިއުކޭޝަން މިނިސްޓަރ

އެކްޝަން ޕްލޭނަށް އަމަކުކުރުމުގައި ޑަބްލިއުޑީސީތަކުގެ މުހިންމު ރޯލެއް އޮވޭ

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 25 ޖޫން 2022 | ހޮނިހިރު 08:47
މާލެ ސިޓީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއަށް އަހަރު ފުރުމުގެ ޖަލްސާ

މާލެ ސިޓީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއަށް އަހަރު ފުރުމުގެ ޖަލްސާ

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ތަސްދީގުކުރައްވާފައިވާ ޖެންޑަރ އީކުއަލިޓީ އެކްޝަން ޕްލޭނަކީ އަންހެނުން ބާރުވެރިކުރުވުމުގައި ވަރަށް މުހިންމު ރޯލެއް އަދާކުރާނެ އެއްޗެއް ކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ. އިބްރާހިމް ހަސަން ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިފަދައިން ވިދާޅުވީ މާލެ ސިޓީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއަށް އަހަރު ފުރުން ފާހަގަކުރުމަށް ހުކުރު ދުވަހުގެރޭ ބޭއްވި ޖަލްސާގައި ބައިވެރިވެވަޑައިގެން ވާހަކަދައްކަވަމުންނެވެ. މި އެކްޝަން ޕްލޭންއަކީ އަންހެނުން ބާރުވެރިކުރުވުމަށް މުހިންމު ކަންތައްތަކެއް ހިމަނާފައިވާ އެކްޝަން ޕްލޭންއެކެވެ.

Advertisement - newsAdvertisement

ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ވިދާޅުވީ މި އެކްޝަން ޕްލޭންގައި ސަރުކާރުން ކުރަން ނިންމާފައިވާ ކަންތައްތައް ކުރުމުގައި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ވަރަށް މުހިންމު ރޯލެއް އަދާކުރެވޭނެ ކަމަށެވެ. އެގޮތުން ސަރުކާރުގެ އެކި ވުޒާރާތަކުން ތަންފީޒުކުރަން ނިންމާފައިވާ މަސައްކަތްތައް ތަންފީޒުކުރަމުންދަނީ އެންމެ ރަނގަޅަށްތޯ މޮނިޓަރ ކުރުމާއި، ސަރުކާރުގެ އެކި ވުޒާރާތަކަށް އެހީތެރިކަން ބޭނުންވަނީ ކޮން މިންވަރަކަށްތޯ ބަލާ އެ އެހީތެރިކަން ފޯރުކޮށްދެވޭނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ޖެންޑަރ އީކުއަލިއިޓީ އެކްޝަން ޕްލޭންގައި ހިމެނިފައިވާ ކަންތައްތަކުގެ ތެރޭގައި އަންހެނުން ސިޔާސީ ދާއިރާގައި ބާރުވެރިކުރުވުން ހިމެނޭ ކަމަށެވެ. މިއީ ރާއްޖޭގެ ތާރީޚަށް ބެލިޔަސް އަދި މިހާރުގެ ހާލަތަށް ބެލިޔަސް އައު ކަމެއް ނޫން ނަމަވެސް، މިއީ މި ޕްލޭންގައި އެންމެ އިސްކަމެއްދޭ 5 ކަންތައްތަކުގެ ތެރޭގައި ހިމެނޭ އެއް ކަންތައް ކަމުގައި މިނިސްޓަރ ޑރ، އިބްރާހިމް ހަސަން ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރ ވަނީ މި ސަރުކާރުން އަންހެނުން ކުރިއެރުވުމަށް ކުރާ މުހިންމު މަސައްކަތްތައް ފާހަގަކުރައްވާފައެވެ. ވަކިން ޚާއްސަކޮށް ސިޔާސީ ދާއިރާގައި އަންހެނުންގެ ރޯލު އިތުރުކުރުމަށް ކުރައްވާ މަސައްކަތް ފާހަގަކުރެއްވިއެވެ.

މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ. އިބްރާހީމް ހަސަންޑަބްލިއުޑީސީ

އިތުރަށް ކިޔާލަން

19 އޮކްޓޯބަރު 2025

ލޯކަލް ކައުންސިލް އިންތިހާބު މާރޗު 28 ގައި، 80 މިލިއަން ރުފިޔާ ޚަރަދުވާނެ

19 އޮކްޓޯބަރު 2025
ލޯކަލް ކައުންސިލް އިންތިހާބު މާރޗު 28 ގައި، 80 މިލިއަން ރުފިޔާ ޚަރަދުވާނެ
05 ސެޕްޓެމްބަރު 2025

ޑަބްލިއުޑީސީތަކަށް ދޭ ބަޖެޓު ދެގުނަ ބޮޑުކުރަން ރައީސް ނިންމަވައިފި

05 ސެޕްޓެމްބަރު 2025
ޑަބްލިއުޑީސީތަކަށް ދޭ ބަޖެޓު ދެގުނަ ބޮޑުކުރަން ރައީސް ނިންމަވައިފި
22 ޑިސެމްބަރު 2023

ކައުންސިލްތަކާއި ޑަބްލިއުޑީސީގެ ބައި-އިލެކްޝަން - އޮބްޒާވަރުން، މޮނީޓަރުން އަދި ކެންޑިޑޭޓުންގެ މަންދޫބުންނަށްވުމަށް އިތުރު ވަގުތު ދީފި

22 ޑިސެމްބަރު 2023
ކައުންސިލްތަކާއި ޑަބްލިއުޑީސީގެ ބައި-އިލެކްޝަން - އޮބްޒާވަރުން، މޮނީޓަރުން އަދި ކެންޑިޑޭޓުންގެ މަންދޫބުންނަށްވުމަށް އިތުރު ވަގުތު ދީފި
25 ޖޫން 2023

ޑަބްލިޔުޑީސީ އާ މެދު ރައްޔިތުން ދެކެމުން އައި ނުރަނގު ގޮތްތައް މިހާރު ބަދަލުކުރެވިއްޖެ

25 ޖޫން 2023
ޑަބްލިޔުޑީސީ އާ މެދު ރައްޔިތުން ދެކެމުން އައި ނުރަނގު ގޮތްތައް މިހާރު ބަދަލުކުރެވިއްޖެ
01 ޖޫން 2023

ސްޓޫޑަންޓް ލޯނު ދިނަސް ކޭޝް ފްލޯއަށް ދައްޗެއް ނުވާނެ: މިނިސްޓަރު

01 ޖޫން 2023
ސްޓޫޑަންޓް ލޯނު ދިނަސް ކޭޝް ފްލޯއަށް ދައްޗެއް ނުވާނެ: މިނިސްޓަރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު