Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމަތީ ތައުލީމުގެ ފުރުސަތުތައް

ސްކޮލަރޝިޕް ފުރުސަތުތައް ހޯދައިދިނުމަށް ސަރުކާރުން ކުރި ޚަރަދު 440 މިލިއަނުން މައްޗަށް

މިއަހަރުގެ މިހާތަނަށް ސްކޮލަރޝިޕްތަކަށް 48 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވޭ

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 1 ސެޕްޓެމްބަރު 2022 | ބުރާސްފަތި 03:41
ހަޔަރ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން

ހަޔަރ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން

ބޭރުގެ ގައުމުތަކުން ދިވެހި ދަރިވަރުންނަށް މަތީ ތައުލީމުގެ ސްކޮލަރޝިޕް ފުރުސަތުތައް ހޯދައިދިނުމަށް މި ސަރުކާރުން މިހާތަނަށް 440 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައިވާކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިފަދައިން ވިދާޅުވީ ސްޓައިޕެންޑިއަމް ހަންގޭރިކަމް ސްކޮލަރޝިޕްގެ ބައިވެރިންގެ ސެންޑް އޮފް ސެރެމަނީގައި ބައިވެރިވެވަޑައިގެން ވާހަކަފުޅުދައްކަވަމުންނެވެ.

މިނިސްޓަރު ވިދާޅުވީ ތަހުޒީބުވެފައިވާ ދުނިޔޭގެ ބޮޑެތި ގައުމުތަކުން މަތީ ތައުލީމު ހާސިލުކުރުމުގެ ފުރުސަތު ދިވެހި ދަރިވަރުންނަށް ހޯދައިދިނުމަކީ މި ސަރުކާރުން ވަރަށް ޚާއްސަ އިސްކަމެއް ދޭ ކަމެއް ކަމަށެވެ. މިގޮތުން އެކި ދާއިރާތަކުން ސްކޮލަރޝިޕްތައް ހޯދައިދިނުމަށްޓަކާ ސަރުކާރުން މިންނެތް މަސައްކަތްތަކެއް ކުރަމުންދާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މިފަދަ އެކި ދާއިރާތަކުން ދިވެހި ދަރިވަރުންނަށް ސްކޮލަރޝިޕްތައް ހޯދައިދިނުމަށް މި ސަރުކާރުން ކުރި ޚަރަދު 440 މިލިއަނަށްވުރެ މައްޗަށް އަރާފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިއަހަރު އެކަނިވެސް 48 މިލިއަން ރުފިޔާ މިކަމަށް ޚަރަދުކޮށްފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ދަތި އުނދަގޫ ދުވަސްތަކެއްގެ ތެރެއިންވެސް މިކަމަށް ޚާއްސަ އިސްކަމެއް ދެއްވާފައިވަނީ ގައުމު އާރާސްތުވެ ކުޔރިއަރައިގެން ދާނީ ގައުމުތަކުގައި ހުނަރުވެރި ފަންނީ ޒުވާނުންތަކެއް ތިބެގެން ކަމުގައި ވާތީ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ދިވެހި ދަރިވަރުންނަށް ހަންގޭރީގައި ތިބެގެން މަތީ ތައުލީމު ހާސިލްކުރުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަނާއި މިނިސްޓްރީ އޮފް ފޮރިން އެފެއަރޒް އެންޑް ޓްރޭޑް އޮފް ހަންގޭރީއާ ދެމެދު 8 ނޮވެމްބަރ 2021ގައި ސޮއިކުރެވުނު މެމޮރެންޑަމް އޮފް އަންޑަރސްޓޭންޑިންއެއްގެ ދަށުން، "ސްޓައިޕެންޑިއަމް ހަންގޭރިކަމް ސްކޮލާރޝިޕް" 13 ދިވެހި ދަރިވަރަކަށް ވަނީ ލިބިފައެވެ.

އެ ދަރިވަރުންނަށް ކޯހުގެ ފީއާއި، އެކޮމޮޑޭޝަނާއި، ލައިބްރަރީގެ ޚިދުމަތް، އަދި ކަނޑައެޅިފައިވާ ސްޓައިޕެންޑެއް، ކިޔެވުމުގެ މުއްދަތުގެ ތެރޭގައި ކޮންމެ މަހަކު ލިބޭނެއެވެ. މިއީ 5 އަހަރަށް ބަހާލައިގެން، 75 ސްކޮލާރޝިޕް ފުރުސަތު ދިނުމަށް ފަށާފައިވާ ޕްރޮގްރާމެކެވެ. އެގޮތުން ކޮންމެ އަހަރަކުވެސް 15 ދަރިވަރަކަށް މި ސްކޮލާރޝިޕް ދެވިގެންދާނެއެވެ.

މި ސްކޮލާރޝިޕްތަކަށް 14 ޑިސެމްބަރު 2021ގައި 15 ފުރުސަތަށް ހުޅުވާލާފައިވާއިރު، އެއީ 6 ބެޗެލަރސް ޑިގްރީ، 7 މާސްޓަރސް ޑިގްރީ އަދި 2 ޑޮކްޓޯރަލް ޑިގްރީ ސްކޮލާރޝިޕެވެ. މި ސްކޮލާރޝިޕްތަކަށް އެދި 48 ދަރިވަރަކު ހުށަހަޅާފައިވާކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވެއެވެ. މީގެތެރެއިން 15 ޖާގައަށް، ސްޓައިޕެންޑިއަމް ހަންގޭރިކަމް އިން އެދުނުގޮތަށް 15 ދަރިވަރުން ނޮމިނޭޓްކޮށް، ހަންގޭރީގެ ޔުނިވަރސިޓީތަކުން ދަރިވަރުންގެ ފައިނަލް ސިލެކްޝަން ހަދަން ފޮނުވާފައިވާކަމަށާއި، އޭގެ ތެރެއިން ކޮލިފައިވީ 13 ދަރިވަރުން ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.

މީގެ އިތުރުން ރަނގަޅު ތައުލީމެއް ލިބިފައި ތިބި ޒުވާން ޖީލެއް ބިނާކުރުމަށް ސަރުކާރުން ފަށާފައިވާ ހިލޭ ޑިގްރީ ސްކީމުގެ ދަށުން ކިޔަވަމުންގެންދާ ދަރިވަރުންގެ އަދަދު މިހާރު ވަނީ 15،000 އަށް އަރާފައެވެ.

ސަރުކާރުގެ ޚަރަދުގައި ފުރަތަމަ ޑިގްރީއަށް ކިޔަވައިދިނުމުގެ އުސޫލު ތަންފީޒުކުރަން ފަށާފައިވަނީ 2019 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 14 ވަނަ ދުވަހުއެވެ. މަތީ ތައުލީމު ހާސިލްކުރުމުގެ ފުރުސަތު ހިލޭ ދެއްވުމަކީ ރައީސް އިބްރާހިމް ޞާލިޙުގެ ފުރަތަމަ 100 ދުވަހުގެ ވައުދުފުޅުތަކުގެ ތެރެއިން ވައުދެފުޅެކެވެ.

މިއަހަރުގެ ރިޔާސީ ބަޔާނުގައި ރައީސް ވިދާޅުވީ، ދަރިވަރުންނަށް ހިލޭ ޑިގްރީ ފުރުސަތުތައް ފަހިކުރަމުންގޮސް 2023ގެ ނިޔަލަށް 5000ށްވުރެ ގިނަ ކުދިން ހިލޭ ޑިގްރީ ހަދައިގެން، ގައުމު ބިނާކުރުމަށް ނުކުންނާނެކަމަށެވެ. އަދި އެއަށްފަހު، ކޮންމެ އަހަރަކު މަދުވެގެން 2000 ކުދިން ޑިގްރީ ހަދައިގެން ގައުމީ ޚިދުމަތަށް ނުކުންނާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ.

މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ. އިބްރާހީމް ހަސަންހަޔަރ އެޑިއުކޭޝަން މިނިސްޓްރީރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު

އިތުރަށް ކިޔާލަން

20 ސެޕްޓެމްބަރު 2025

ޑރ އިޔާޟް, ޖަނާބް އަށް: އިތުރަށް ރަޢްޔިތުންނަށް ގެއްލުން ނުދީ ޅިޔަނަށާއި ކޮއްކޮ އަށް ގޯއްޗަށް ދާން ލަފާ ދެއްވާ

20 ސެޕްޓެމްބަރު 2025
ޑރ އިޔާޟް, ޖަނާބް އަށް: އިތުރަށް ރަޢްޔިތުންނަށް ގެއްލުން ނުދީ ޅިޔަނަށާއި ކޮއްކޮ އަށް ގޯއްޗަށް ދާން ލަފާ ދެއްވާ
03 އޮކްޓޯބަރު 2024

ބޭރަށް ކިޔަވަންދާ ދަރިވަރުން ކިޔަވަންދާ ގައުމެއްގައި ހުންނަ އެމްބަސީއެއްގައި ރަޖިސްޓްރީވުމަށް އިލްތިމާސްކޮށްފި

03 އޮކްޓޯބަރު 2024
ބޭރަށް ކިޔަވަންދާ ދަރިވަރުން ކިޔަވަންދާ ގައުމެއްގައި ހުންނަ އެމްބަސީއެއްގައި ރަޖިސްޓްރީވުމަށް އިލްތިމާސްކޮށްފި
03 އޮކްޓޯބަރު 2024

ދަރިވަރުން ކިޔަވަން އިސްކަން ދިނުމާއެކު، އާމްދަނީ އިތުރު ކުރެވޭނެ ގޮތަށް މަސައްކަތް ކުރަންޖެހޭ: މިނިސްޓަރު މާރިޔާ

03 އޮކްޓޯބަރު 2024
ދަރިވަރުން ކިޔަވަން އިސްކަން ދިނުމާއެކު، އާމްދަނީ އިތުރު ކުރެވޭނެ ގޮތަށް މަސައްކަތް ކުރަންޖެހޭ: މިނިސްޓަރު މާރިޔާ
19 ސެޕްޓެމްބަރު 2024

ދަރިވަރުންނަށް ފައިސާ ދޫކުރުން ލަސްވުން: މިނިސްޓަރ ވިދާޅުވީ އެހެން ދިމާވަނީ ލިއެކިއުންތައް ފުރިހަމައަށް ހުށަހަޅާފައި ނުހުންނާތީކަމަށް

19 ސެޕްޓެމްބަރު 2024
ދަރިވަރުންނަށް ފައިސާ ދޫކުރުން ލަސްވުން: މިނިސްޓަރ ވިދާޅުވީ އެހެން ދިމާވަނީ ލިއެކިއުންތައް ފުރިހަމައަށް ހުށަހަޅާފައި ނުހުންނާތީކަމަށް
07 ޖުލައި 2024

މިނިސްޓްރީން ފައިސާ ނުފޮނުވާތީ ދަރިވަރުން އެތައް ތަކުލީފެއްގައި، ސަރުކާރުގެ ތަރުޖަމާނާ ވަޒީރުގެ ވާހަކަ ދިމަލެއް ނުވޭ

07 ޖުލައި 2024
މިނިސްޓްރީން ފައިސާ ނުފޮނުވާތީ ދަރިވަރުން އެތައް ތަކުލީފެއްގައި، ސަރުކާރުގެ ތަރުޖަމާނާ ވަޒީރުގެ ވާހަކަ ދިމަލެއް ނުވޭ
16 މެއި 2024

ހައި އެޗީވަރސް ސްކޮލަރޝިޕް 2023ށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

16 މެއި 2024
ހައި އެޗީވަރސް ސްކޮލަރޝިޕް 2023ށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
25 އެޕްރީލު 2024

ސްޓޫޑެންޓް ލޯނަށް އެދުމުގެ މުއްދަތު އިތުރުކޮށްފި

25 އެޕްރީލު 2024
ސްޓޫޑެންޓް ލޯނަށް އެދުމުގެ މުއްދަތު އިތުރުކޮށްފި
17 މާރިޗު 2024

ޔުނާން ޕްރޮވިންޝަނަލް ގަވަރމަންޓް ސްކޮލަރޝިޕް 2024ށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

17 މާރިޗު 2024
ޔުނާން ޕްރޮވިންޝަނަލް ގަވަރމަންޓް ސްކޮލަރޝިޕް 2024ށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި
02 ފެބުރުއަރީ 2024

ޗައިނާގައި މާސްޓާސް ހަދަން ދިވެހިންނަށް 200 ސްކޮލަޝިޕްގެ ފުރުސަތު ހުޅުވާލައިފި

02 ފެބުރުއަރީ 2024
ޗައިނާގައި މާސްޓާސް ހަދަން ދިވެހިންނަށް 200 ސްކޮލަޝިޕްގެ ފުރުސަތު ހުޅުވާލައިފި
03 ޖެނުއަރީ 2024

ކޮލިފިކޭޝަން އޮތޯރިޓީގެ ސީއީއޯއަކަށް، ސްޓޭޓް މިނިސްޓަރުކަމުގައި ހުންނެވި ފިޒާނާ އައްޔަންކުރައްވައިފި

03 ޖެނުއަރީ 2024
ކޮލިފިކޭޝަން އޮތޯރިޓީގެ ސީއީއޯއަކަށް، ސްޓޭޓް މިނިސްޓަރުކަމުގައި ހުންނެވި ފިޒާނާ އައްޔަންކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު