Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެނަލަނަލަ ރާއްޖެ ލަވަ

ނަލަނަލަ ރާއްޖެ ވީޑިއޯ ލަވަ ލޯންޗުކޮށްފި

12 މާރިޗު 2022 | ހޮނިހިރު 07:38

ލަވައިގެ އޮފިޝަލް ވީޑިއޯގައި ދިވެހިރާއްޖޭގެ ގުދުރަތީ ރީތި މަންޒަރުތައް ދައްކުވައިދޭ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 12 މާރިޗު 2022 | ހޮނިހިރު 07:38
ނަލަނަލަ ރާއްޖެ ވީޑިއޯ ލަވަ ލޯންޗުކުރުން

ނަލަނަލަ ރާއްޖެ ވީޑިއޯ ލަވަ ލޯންޗުކުރުން

ފަތުރުވެރިކަމުގެ ރަން އަހަރުގެ މުނާސަބަތާއި "ނަލަނަލަ ރާއްޖެ" ވީޑިއޯ ލަވަ ރަސްމީކޮށް ލޯންޗުކޮށްފިއެވެ.

މި ލަވަ ލޯންޗުކުރުމަށް ސޯޝަލް ސެންޓަރުގައި ކުރިއަށް ގެންދި ޝޯގައި "ނަލަނަލަ ރާއްޖެ" ވީޑިއޯ ލަވަ ރަސްމީކޮށް ލޯންޗުކުރީ މުހައްމަދު މާޖިދު (މެޒޯ މޯޑް)އާއި އަބްދުއްރަޝީދު (އަބްސީ)އާއި އަދި ނިޝް ނާޝިދެވެ.

Advertisement - newsAdvertisement

މި ވީޑިއޯ ލަވައަކީ މިނިސްޓްރީ އޮފް ޓުއަރިޒަމާއި މިއުޒިކް ޔޫނިއަން މޯލްޑިވްސްއާ ގުޅިގެން ތައްޔާރުކޮށްފައިވާ ވީޑިއޯ ލަވައެކެވެ. މި ހަފްލާގެ ތެރެއިން, ދިވެހިރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރުފުރޭ މުނާސަބަތާ ގުޅުވައިގެން ޓުއަރިޒަމް މިނިސްޓްރީއިން ވަނީ ޚާއްސަ ޓިކްޓޮކް ޗެލެންޖެއް ވެސް ތައާރަފު ކޮށްފައެވެ. ޓިކްޓޮކް ޗެލެންޖް ހުޅުވާލެވިފައިވަނީ ރާއްޖެއާއި ރާއްޖޭން ބޭރުގެ ފަރާތްތަކަށްވެސް ބައިވެރިވެވޭ ގޮތަށެވެ. އެގޮތުން މިޓިކްޓޮކް ޗެލެންޖް 12 މާޗުން ފެށިގެން މެއި މަހުގެ 10 ވަނަ ދުވަހާ ހަމައަށް ކުރިއަށް ދާނެއެވެ.

ޓިކްޓޮކް ޗެލެންޖުގައި ބައިވެރިވާ މީހުންނަށް ވަރަށް ޚާއްސަ އަގުހުރި އިނާމްތަކެއް ވަނީ ހުށަހަޅާފައެވެ. އެގޮތުން ދިވެހިންގެ ކެޓަގަރީގައި 10،000ން މަތިން ފޮލޯވަރުން, އަދި 10،000ން ދަށުން ފޮލޯވަރުންގެ ލިބޭ ފަރާތްތަކުގެ ތެރެއިން އެއްވަނައަށް އަންނަ ކޮންމެ ފަރާތަކަށް 25000، ދެވަނައަށް އަންނަ ފަރާތްތަކަށް 15000, އަދި ތިންވަނައަށް އަންނަ ފަރާތްތަކަށް 10000 ރުފިޔާގެ ފައިސާގެ އިނާމްވަނީ ހުށަހަޅާފައެވެ. މި ޗެލެންޖްގައި ރާއްޖޭން ބޭރުން ބައިވެރިވާ މީހުންގެ ކެޓަގަރީގައި 1 މިލިއަނުން މަތިން ފޮލޯވަރުން, އަދި 1 މިލިއަނުން ދަށުން ފޮލޯވަރުން ލިބޭ ފަރާތްތަކުގެ އެއް ވަނައަށް އަންނަ ކޮންމެ ފަރާތަކަށް 8 ދުވަހުގެ ހޮލިޑޭ ޕެކޭޖެއް (2 މީހަކަށް), އަދި ދެވަނައަށް އަންނަ ފަރާތްތަކަށް 5 ދުވަހުގެ ހޮލިޑޭ ޕެކޭޖެއް (2 މީހަކަށް) ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ މި ޗެލެންޖުގައި ބައިވެރިވާ މީހުންނަށް މާކްސް ދިނުމަށްޓަަކައި ޚާއްސަ ޖަޖުންގެ ޕެނަލެއް ހިމެނޭ ކަމަށެވެ. އެގޮތުން އެންމެ ގިނަ ވިއުސް ހިމެނޭ ވީޑިއޯއަށް 35 މާކްސް ލިބިގެންދާއިރު އެންމެ ގިނަ ލައިކްސް ލިބޭ ވީޑިއޯއަަށް 25 މާކްސް ލިބިގެންދާނެއެވެ. އަދި އެންމެ ގިނަ ޝެއަރ ހިމެނޭ ވީޑިއޯއަށް 40 މާކްސް ލިބިގެންދާނެއެވެ. ވަނަ ވަނައަށް ދާ ފަރާތްތައް ޓޫރިޒަމް މިނިސްޓްރީގެ ސޯޝަލް މީޑިއާ އެކައުންޓްތަކުން މެއި 17 ވަނަ ދުވަހު އިއުލާން ކުރެވިގެންދާނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީ އޮފް ޓުއަރިޒަމް

އެންމެ ހިނގާ

1

ރައީސް މުއިއްޒުގެ ކޮއްކޮ ހައްސާން އަށް މަސައްކަތެއް ނުކޮށް އެމްއޭސީއެލްއިން މުސާރަ ދޭތާ 4 މަސް!

2

އީރާނުން ދެކުނު ކޮރެއާއަށް އިންޒާރުދީފި

3

އީރާނުން އާ މިސައިލެއް ޓެސްޓުކޮށް އެމެރިކާއަށް "ސާފު އިންޒާރެއް" ދީފި

4

އުތުރު ކޮރެއާއިން މަނަވަރެއް ޚިދުމަތަަށް ނެރެ "ދުޝްމަނުންނަށް" އިންޒާރުދީފި

5

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގެ ކާގޯގައި މަސައްކަތްކުރާ މުވައްޒަފުންނަށް ރާއްޖެޓީވީގެ "ފަށާއިރު" ޕްރޮގްރާމް ނުބަލަން އަންގައިފި

އިތުރަށް ކިޔާލަން

27 އޮކްޓޯބަރު 2025

އުސޫލާއި ޚިލާފަށް ބ. ބަތަލާގެ ބައެއް މަސައްކަތްތައް ކުރި މައްސަލަ ބަލާ، ގެއްލުމުގެ ބަދަލު ހޯދަން ލަފާ ދީފި

27 އޮކްޓޯބަރު 2025
އުސޫލާއި ޚިލާފަށް ބ. ބަތަލާގެ ބައެއް މަސައްކަތްތައް ކުރި މައްސަލަ ބަލާ، ގެއްލުމުގެ ބަދަލު ހޯދަން ލަފާ ދީފި
19 އޮކްޓޯބަރު 2025

ކިހާދުއްފަރު އެއްބަސްވުން ބާތިލުކުރަން ސަރުކާރުން އުޅުމުން ކޯޓުން ހުއްޓުވައިފި

19 އޮކްޓޯބަރު 2025
ކިހާދުއްފަރު އެއްބަސްވުން ބާތިލުކުރަން ސަރުކާރުން އުޅުމުން ކޯޓުން ހުއްޓުވައިފި
09 އޮކްޓޯބަރު 2025

އޮކްޓޫބަރު މަހުގެ ފުރަތަމަ ހަފްތާގައި ރާއްޖެ އަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މައްޗަށް

09 އޮކްޓޯބަރު 2025
އޮކްޓޫބަރު މަހުގެ ފުރަތަމަ ހަފްތާގައި ރާއްޖެ އަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މައްޗަށް
03 ފެބުރުއަރީ 2025

ޓޫރިޒަމް މިނިސްޓްރީގެ ޕީއެސް މަގާމުން ވަކި ކުރީ ސިޔާސީ ނުފޫޒުން!

03 ފެބުރުއަރީ 2025
ޓޫރިޒަމް މިނިސްޓްރީގެ ޕީއެސް މަގާމުން ވަކި ކުރީ ސިޔާސީ ނުފޫޒުން!
28 ޖެނުއަރީ 2025

ޓުއަރިޒަމް މިނިސްޓަރުކަމުން ފައިސަލް ވަކިކޮށްފި

28 ޖެނުއަރީ 2025
ޓުއަރިޒަމް މިނިސްޓަރުކަމުން ފައިސަލް ވަކިކޮށްފި
26 އޮކްޓޯބަރު 2024

ކުރިއަށް އޮތް 6 ވަރަކަށް މަސް ދުވަސްތެރޭގައި ފަންޑު ލިބި، ކަންކަން ރަނގަޅުވާނެ ކަމުގެ ވަރަށް ބޮޑު ޔަޤީންކަމެއް އެބަ އޮތް - ފައިސަލް

26 އޮކްޓޯބަރު 2024
ކުރިއަށް އޮތް 6 ވަރަކަށް މަސް ދުވަސްތެރޭގައި ފަންޑު ލިބި، ކަންކަން ރަނގަޅުވާނެ ކަމުގެ ވަރަށް ބޮޑު ޔަޤީންކަމެއް އެބަ އޮތް - ފައިސަލް
26 އޮކްޓޯބަރު 2024

ފަތުރުވެރިކަން ތަރައްގީ ކުރައްވަން މިނިސްޓަރ ފައިސަލް އާއި އިންޑިއާގެ ހައިކޮމިޝަނަރު ބަރެސްދުއަށާއި ގާދޫއަށް

26 އޮކްޓޯބަރު 2024
ފަތުރުވެރިކަން ތަރައްގީ ކުރައްވަން މިނިސްޓަރ ފައިސަލް އާއި އިންޑިއާގެ ހައިކޮމިޝަނަރު ބަރެސްދުއަށާއި ގާދޫއަށް
26 އޮކްޓޯބަރު 2024

ސަރުކާރަކުން ހުރިހާ ކަމެއް ކޮށްދޭނެ ކަމަށް ޤަބޫލުކޮށްގެން ތިބުމަކީ އެންމެ ރަނގަޅު ގޮތެއް ނޫން - ފައިސަލް

26 އޮކްޓޯބަރު 2024
ސަރުކާރަކުން ހުރިހާ ކަމެއް ކޮށްދޭނެ ކަމަށް ޤަބޫލުކޮށްގެން ތިބުމަކީ އެންމެ ރަނގަޅު ގޮތެއް ނޫން - ފައިސަލް
22 މާރިޗު 2024

ވޯލްޑް ޓްރެވަލް އެވޯޑްސްގެ އިންޑިއަން އޯޝަން ކެޓަގަރީއިން ރާއްޖެ 9 އެވޯޑަކަށް ނޮމިނޭޓްވެއްޖެ

22 މާރިޗު 2024
ވޯލްޑް ޓްރެވަލް އެވޯޑްސްގެ އިންޑިއަން އޯޝަން ކެޓަގަރީއިން ރާއްޖެ 9 އެވޯޑަކަށް ނޮމިނޭޓްވެއްޖެ
20 ޑިސެމްބަރު 2023

މިއަހަރުގެ 1.8 މިލިއަން ވަނަ ފަތުރުވެރިޔާއަށް މަރުހަބާ ކިޔައިފި

20 ޑިސެމްބަރު 2023
މިއަހަރުގެ 1.8 މިލިއަން ވަނަ ފަތުރުވެރިޔާއަށް މަރުހަބާ ކިޔައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް