Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޕްރިންސިޕަލުން ތަމްރީނުކުރުމުގެ ޕްރޮގްރާމް

ޕްރިންސިޕަލުން ތަމްރީނުކުރުމުގެ ޕްރޮގްރާމުގެ ތެރެއިން އިތުރު ބެޗެއް ތަމްރީނަށް ފޮނުވަނީ

10 މާރިޗު 2022 | ބުރާސްފަތި 03:53

މި ޕްރޮގްރާމުގެ ތެރެއިން 60 ޕްރިންސިޕަލުން ތަމްރީނުކުރުމަށް ޕްރޮޕޯސަލް ހުށަހަޅާފައިވޭ

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 10 މާރިޗު 2022 | ބުރާސްފަތި 03:53
ޕްރިންސިޕަލުންގެ ސްކޮލަރޝިޕް ޕްރޮގްރާމް އިފްތިތާހުކުރުމުގެ ރަސްމިއްޔާތު

ޕްރިންސިޕަލުންގެ ސްކޮލަރޝިޕް ޕްރޮގްރާމް އިފްތިތާހުކުރުމުގެ ރަސްމިއްޔާތު

ސަރުކާރުގެ ފަރާތުން ޕްރިންސިޕަލުން ތަމްރީނުކުރުމަށް އިފްތިތާހުކޮށްފައިވާ ޕްރޮގްރާމުގެ ތެރެއިން ދެވަނަ ބެޗެއް ތަމްރީނުކުރުމަށް ފޮނުވުމުގެ މަސައްކަތް ސެޕްޓެމްބަރު އިންޓޭކުގައި ފަށަން މަސައްކަތްކުރައްވަމުންދާކަމަށް އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކެޓްރީ އަހުމަދު އަލީ ވިދާޅުވެއްޖެއެވެ.

ހުރިހާ ޚަރަދެއް ދޭގޮތަށް, 3 އަހަރު ދުވަހުގެ ތެރޭގައި ސަރުކާރުގެ ހުރިހާ ސްކޫލްތަކަށް ބޭނުންވާ ޕްރިންސިޕަލުން ތަމްރީނުކުރުމަށްޓަކައި ޕްރިންސިޕަލުން ތަމްރީނު ކުރުމުގެ ސްކޮލަރޝިޕް ޕްރޮގްރާމް މިހާރު ވަނީ އިފްތިތާހުކޮށްފައެވެ. މި ޕްރޮގްރާމާއި ގުޅޭގޮތުން ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމުގައި ބައިވެރިވެވަޑައިގެން ވާހަކަދައްކަވަމުން އަހުމަދު އަލީ ވިދާޅުވީ މި ޕްރޮގްރާމުގެ ތެރެއިން 60 ޕްރިންސިޕަލުން ތަމްރީނުކުރުމަށް ޕްރޮޕޯސަލް ހުށަހަޅާފައިވާނެ ކަމަށެވެ.

Advertisement - newsAdvertisement

މި ޕްރޮގްރާމުގެ ތެރެއިން ކިޔަވަން ފޮނުވާ މިއަހަރުގެ ފުރަތަމަ ބެޗުގެ ކިޔެވުން ފެބްރުއަރީ/މާޗް އިންޓޭކުގައި ކުރިއަށްދާނެކަމަށް އޭނާ ވިދާޅުވިއެވެ. މި ބެޗުގައި 20 ސްކޫލެއްގެ ޕްރިންސިޕަލެއް ތަމްރީނުކުރެވިގެންދާނެއެވެ. އަދި އެ 20 ޕްރިންސިޕަލުންނަށް ވަނީ ސްކޮލަރޝިޕަށް ހޮވުނު ކަމުގެ ލިޔުން ހަވާލުކޮށްފައެވެ. އެ ބޭފުޅުން ކިޔެވުން ފެއްޓެވުމަށްޓަކައި މި ހިނގާ މާރޗު މަހުގައި މެލޭޝިއާއަށް ދަތުރުކުރައްވާނެއެވެ.

އަހުމަދު އަލީ އިތުރަށް ވިދާޅުވީ މިއަހަރުގެ ސެޕްޓެމްބަރު އިންޓޭކުގައި އިތުރު ބެޗެއްގެ ޕްރިންސިޕަލުން ތަމްރީނުކުރުމަށް ފޮނުވުމަށް މަސައްކަތްކުރަމުންދާކަމަށެވެ. އަދި މިހާރު ރޭވިފައިވާގޮތަށް މި ޕްރޮގްރާމް ކުރިއަށްގެންގޮސް، 60 ޕްރިންސިޕަލުން ތަމްރީނުކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މި ޕްރޮގްރާމުގެ ފުރަތަމަ ބެޗަށް ހޮވިފައިވާ ޕްރިންސިޕަލުން މެލޭޝިއާގެ ޔުނިވަރސިޓީ އޮފް މަލާޔާއިން މާސްޓަރސް އޮފް އެޑިޔުކޭޝަނަލް މެނޭޖްމަންޓް ކޯސް ފުރިހަމަކުރާނެއެވެ. އަދި އެ ކޯސް ފުރިހަމަކުރުމަށްފަހު 2023 ވަނަ އަހަރުގެ އެޕްރީލް މަހު, ޕްރިންސިޕަލުންގެ ގޮތުގައި ރާއްޖޭގެސްކޫލުތަކުގައި މަސައްކަތްކުރައްވަން ފައްޓަވާނެއެވެ. ދިވެހިރާއްޖޭގެ ސްކޫލްތަކަށް ރަނގަޅު ފެންވަރުގެ ޕްރިންސިޕަލުން ހޯދުމުގެ މަސައްކަތް އެކިފަހަރުއެކިގޮތަށް ކުރެވުނު ނަމަވެސް, ދެމެހެއްޓެނިވި ގޮތެއްގައި އަދި ރޭވުންތެރި ގޮތެއްގައި ދިވެހި ޕްރިންސިޕަލުން ތަމްރީނުކުރުމުގެ ޕްރޮގްރާމެއް ފަހުގެ ތާރީޚެއްގައި ހިންގިފައެއްނުވެއެވެ.

ސަރުކާރުން ހިންގާ 216 ސްކޫލު ރާއްޖޭގެ އެކިކަންކޮޅުގައި ހުރިއިރު އެއްވެސް ދުވަސްވަރެއްގައި ހުރިހާ ސްކޫލެއްގައި ތަމްރީނުވެފައިވާ ޕްރިންސިޕަލުން ހަމަވެފައެއްނުވެއެވެ. މިވަގުތުވެސް ރާއްޖޭގައި ދާއިމީ ޕްރިންސިޕަލެއް ނެތް 53 ސްކޫލް ހުރި އިރު، ދާއިރާގައި މަސައްކަތް ކުރައްވާ ދާއިމީ ޕްރިންސިޕަލުންގެ ތެރެއިންވެސް ތަމްރީނު ލިބިވަޑައިގެން ތިއްބެވީ 75 ބޭފުޅުންނެވެ. 3 އަހަރު ދުވަހުގެ މުއްދަތަކަށް ބަހާލައިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމްނިމޭއިރު ސަރުކާރުން ހިންގާ ހުރިހާ ސްކޫލަކަށް ތަމްރީނު ލިބިފައިވާ ދިވެހި ޕްރިންސިޕަލުން ހަމަވާނެއެވެ.

މިނިސްޓްރީ އޮފް އެޑިއުކޭޝަން

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

5

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

އިތުރަށް ކިޔާލަން

29 ސެޕްޓެމްބަރު 2025

ދިވެހި ޕޭޕަރާއި މެދު ގިނަ ދަރިވަރުންނާއި ބެލެނިވެރިންގެ ކަންބޮޑުވުން އޮތް ނަމަވެސް މިނިސްޓަރ ވިދާޅުވީ އެއްވެސް މައްސަލައެއް ނެތް ކަމަށް

29 ސެޕްޓެމްބަރު 2025
ދިވެހި ޕޭޕަރާއި މެދު ގިނަ ދަރިވަރުންނާއި ބެލެނިވެރިންގެ ކަންބޮޑުވުން އޮތް ނަމަވެސް މިނިސްޓަރ ވިދާޅުވީ އެއްވެސް މައްސަލައެއް ނެތް ކަމަށް
10 ޖުލައި 2025

ވަށަފަރު ކްލާސްރޫމެއްގެ ސީލިންގުގެ ބައެއް ވެއްޓި ދަރިވަރުންތަކަށް އަނިޔާވެއްޖެ

10 ޖުލައި 2025
ވަށަފަރު ކްލާސްރޫމެއްގެ ސީލިންގުގެ ބައެއް ވެއްޓި ދަރިވަރުންތަކަށް އަނިޔާވެއްޖެ
30 ޖޫން 2025

ކެންދޫ ސްކޫލުގެ ޕްރިންސިޕަލް އުކުޅަހަށް ބަދަލުކުރާތި ބެލެނިވެރިން ނުކުމެ އިހުތިޖާޖުކުރަން ފަށައިފި

30 ޖޫން 2025
ކެންދޫ ސްކޫލުގެ ޕްރިންސިޕަލް އުކުޅަހަށް ބަދަލުކުރާތި ބެލެނިވެރިން ނުކުމެ އިހުތިޖާޖުކުރަން ފަށައިފި
30 ޖޫން 2025

އެއް ދަންފަޅި އަށް ކިޔެވުން ބަދަލު ނުކުރެވިގެން އުޅެނީ ކުރީ ސަރުކާރުން އެކަށީގެންވާ މިންވަރަށް ސްކޫލު އަޅާފައި ނެތުމުން: އެޑިޔުކޭޝަން

30 ޖޫން 2025
އެއް ދަންފަޅި އަށް ކިޔެވުން ބަދަލު ނުކުރެވިގެން އުޅެނީ ކުރީ ސަރުކާރުން އެކަށީގެންވާ މިންވަރަށް ސްކޫލު އަޅާފައި ނެތުމުން: އެޑިޔުކޭޝަން
06 މެއި 2025

ސްކޫލަށް ދިޔަ 15 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ހޯދަނީ

06 މެއި 2025
ސްކޫލަށް ދިޔަ 15 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ހޯދަނީ
05 މެއި 2025

ފޭސް ދޭއްގައި ބިންގާ އެޅި ސްކޫލް ނޮވެމްބަރަށް ނިންމައި، އިތުރު ދެ ސްކޫލެއްގެ މަސައްކަތް މި އަހަރު ފަށަނީ

05 މެއި 2025
ފޭސް ދޭއްގައި ބިންގާ އެޅި ސްކޫލް ނޮވެމްބަރަށް ނިންމައި، އިތުރު ދެ ސްކޫލެއްގެ މަސައްކަތް މި އަހަރު ފަށަނީ
04 ޑިސެމްބަރު 2024

އެޑިއުކޭޝަން މިނިސްޓްރީ އަށް ނޭގި މައުލޫމާތު ނުދޭން ސްކޫލުތަކަށް އަންގައިފި

04 ޑިސެމްބަރު 2024
އެޑިއުކޭޝަން މިނިސްޓްރީ އަށް ނޭގި މައުލޫމާތު ނުދޭން ސްކޫލުތަކަށް އަންގައިފި
24 ނޮވެމްބަރު 2024

މިއަހަރުގެ ބަޖެޓުގައި ތައުލީމީ ދާއިރާގައި ހިންގުމަށް ނިންމާފައިވާ އެއްވެސް މަޝްރޫއެއް ހިންގާފައިނުވޭ: ނައުޝާދު

24 ނޮވެމްބަރު 2024
މިއަހަރުގެ ބަޖެޓުގައި ތައުލީމީ ދާއިރާގައި ހިންގުމަށް ނިންމާފައިވާ އެއްވެސް މަޝްރޫއެއް ހިންގާފައިނުވޭ: ނައުޝާދު
01 އޮކްޓޯބަރު 2024

250 ބައިވެރިންނާއެކު 7 ވަނަ އިންޓަރނޭޝަނަލް ޓީޗަރސް ކޮންފަރެންސް ފަށައިފި

01 އޮކްޓޯބަރު 2024
250 ބައިވެރިންނާއެކު 7 ވަނަ އިންޓަރނޭޝަނަލް ޓީޗަރސް ކޮންފަރެންސް ފަށައިފި
20 ސެޕްޓެމްބަރު 2024

މި ސަރުކާރުން މާދުރުނޫން މުސްތަގުބަލެއްގައި ދިރާސީ ކަލަންޑަރަށް އަނެއްކާ ވެސް ބަދަލުތައް ގެންނާނެ: އިހުސާން

20 ސެޕްޓެމްބަރު 2024
މި ސަރުކާރުން މާދުރުނޫން މުސްތަގުބަލެއްގައި ދިރާސީ ކަލަންޑަރަށް އަނެއްކާ ވެސް ބަދަލުތައް ގެންނާނެ: އިހުސާން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް