Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
އޫރުގެ ހިތެއް ލެއްވި މީހާ

ޖީން ބަދަލުކޮށް އޫރެއްގެ ހިތެއް ލެއްވި މީހާ އޭގެ 2 މަސް ފަހުން މަރުވެއްޖެ

ހިތް ބަދަލު ކުރިތާ 2 މަސް ފަހުން ޑެވިޑް މަރުވީ މި މަހުގެ 8 ވަނަ ދުވަހު

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 10 މާރިޗު 2022 | ބުރާސްފަތި 02:17
އިންސާނެއްގެ ހަށިގަނޑުގައި އޫރެއްގެ ހިތް ލެއްވުމަށް ކުރި ފުރަތަމަ އޮޕަރޭޝަނަށްފަހު ޑޭވިޑް (ވ) އަދި އޭނާގެ ދަރިފުޅު ޑޭވިޑް ޖޫނިއަރ (ވ) ހޮސްޕިޓަލުގައި

އިންސާނެއްގެ ހަށިގަނޑުގައި އޫރެއްގެ ހިތް ލެއްވުމަށް ކުރި ފުރަތަމަ އޮޕަރޭޝަނަށްފަހު ޑޭވިޑް (ވ) އަދި އޭނާގެ ދަރިފުޅު ޑޭވިޑް ޖޫނިއަރ (ވ) ހޮސްޕިޓަލުގައި

އުމުރުން 57 އަހަރުގެ ޑޭވިޑް ބެނެޓްއަށް އޫރުގެ ހިތެއް ލެއްވީ ޖެނުއަރީ މަހުގައި އޭނާގެ ހިތް ފެއިލްވަމުންދާތީވެއެވެ. އޭނާ ހިތް ބަދަލު ކުރިތާ 2 މަސް ފަހުން ޑެވިޑް މަރުވީ މި މަހުގެ 8 ވަނަ ދުވަހުއެވެ.

ނަމަވެސް ސީދާ ޑޭވިޑް މަރުވި ސަބަބު ދެނެގަނެވިފައި ނުވާ އިރު، ޖެނުއަރީ މަހުގެ 7 ވަނަ ދުވަހުގެ ޑޭވިޑްގެ ހިތް ބަދަލުކުރި ޔުނިވަރސިޓީ އޮތް މެރީލޭންޑް މެޑިކަލް ސެންޓަރުން ބުނެފައިވަނި އޭނާގެ ހާލު އައީ ރަނގަޅުވަމުން ކަމަށެވެ. އަދި ފަހުން އައިސް ހާލު ދެރަވެ މަރުވެފައިވާ އިރު، ހޮސްޕިޓަލުން އެކަން ހާމަކޮށްފައިވަނީ ބުދަ ދުވަހުއެވެ.

ޑޭވިޑަކީ މިހާތަނަށް ޖަނަވާރެއްގެ ހިތް ލެއްވި ފުރަތަމަ މީހާއެވެ. އަދި ހިތް ލައްވާފައިވަނީ ހަށިގަނޑުން އެ ހިތް ގަބޫލުކުރާ ގޮތަށް ބަދަލުތަކެއް ގެނައުމަށް ފަހުގައެވެ.

ހޮސްޕިޓަލުގެ ސްޕޯކްސްވުމަން ޑެބޮރާ ކޮޓް ވިދާޅުވެފައިވަނީ ޑޭވިޑް މަރުވި ސަބަބެއް ސީދާ ދެނެގަނެވިފައި ނުވާ ކަމަށެވެ. އަދި ދިރާސާ ކުރާ ފަރާތްތަކުން އޭނާގެ މަރާއި ގުޅިގެން ރިވިއުއެއް ހެދުމަށްފަހު ޖަރނަލައެއްގައި އެ ރިޕޯޓް އާންމު ކުރާނެ ކަމަށެވެ.

"ޑޭވިޑް ގެއްލިގެން ދިއުމަކީ ލިބުނު ބޮޑު ގެއްލުމެއް. އޭނާއަކީ ހިތްވަރު ގަދަ އަދި ނިމުމާއި ހަމަށް ވެސް ހަނގުރާމަ ކުރަމުން ދިޔަ މީހެއް. އޭނާގެ އާއިލާއަށް އަޅުގަނޑުމެންގެ ތައުޒިޔާ ފޮނުވަން." ޑޭވިޑްގެ ހިތް ބަދަލު ކުރި ސާޖަން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ. "ޑޭވިޑްއަކީ އޭނާގެ ހިތްވަރާއި ދިރިހުރުމަށް ކުރި އުއްމީދާއި ގުޅިގެން އެތައް މިލިއަން ބަޔަކަށް އެނގިގެން ދިޔަ މީހެއް"

ޑޭވިޑަށް ދުނިޔޭގައި ހުރުމަށް އިތުރު 2 މަސް ދުވަސް ލިބުނު ނަމަވެސް، ދިރާސާ ކުރުމުގެ ބޭނުމުގައި ކުރި މި އޮޕަރޭޝަނާއެކު، އިންސާނާގެ ހަށިގަނޑުގެ ގުނަވަނެއް އިންސާނެއް ނޫން އެހެން މަހުލޫގެއްގެ ގުނަވަނެއް ބޭނުންކޮށްގެން ބަދަލުކުރުމަށް ކުރެވޭ މަސައްކަތަށް ނުވަތަ ދާއިރާއަށް އިތުރު އުއްމީދެއް ގެނެވި އިންސާނުންގެ ގުނަވަން ލިބުމުގައި ހުރި ދަތިތަކަށް އުއްމީދެއް ލިބިގެން ވަނީ ގޮސްފައެވެ.

"އަޅުގަނޑުމެންނަށް ވަރަށް އަގުހުރި ކުރިން ނޭނގޭ އެތައް ކަމެއް ދަސްވި. ވަކިން ހާއްސަކޮށް އޫރެއްގެ ހިތް ޖެނެޓިކަލީ ބަދަލުތަކެއް ގެނެސް އިންސާނެއްގެ ހަށިގަނޑަށް ލެއްވޭނެ ކަން. އަދި އެކަން ކުރުމަށް އިމިއުން ސިސްޓަމަށް ބަދަލު ގެންނަން ޖެހޭ ގޮތްވެސް" ޔުނިވަރސިޓީ އޮފް މެރީލެންޑް ސްކޫލް އޮފް މެޑިސިންގައި ޑޭވިޑްގެ ކަންކަން ގާތުން ބަލަމުން ދިޔަ ހަށިގަނޑުގެ އެތެރޭގެ ގުނަވަންތައް ބަދަލުކުރުމުގެ މާހިރެއް ކަމަށްވާ ޑރ. މުހައްމަދު މޮހިއިއްދީން ވިދާޅުވިއެވެ.

ސިއްހަތާއި ބެހޭ ތާރީހުގައި އެކި ކަހަލަ ތަހުލީލުތައް ކުރިއަށް ގެންދިޔަ ނަމަވެސް، ހުރިހާ އެއްޗެއް ކާމިޔާބެއް ނުވެއެވެ. ނަމަވެސް އެގޮތަށް ކުރެވޭ ސިއްހީ ދާއިރާ ކުރިއަރައި ބޮޑެތި ކާމިޔާބީތަކެއް ވަނީ ހާސިލްކޮށްފައެވެ. ގުނަވަން ބަދަލު ކުރުން ވެސް 1950ން ފެށިގެން 1980 ވަނަ އަހަރާ ހަމަށް ވަރަށް ފުޅާ ދާއިރާއެއްގައި ތަހުލީލު ކުރިއެވެ. އަދި މިހާތަނަށް އައި އިރު އެމެރިކާގައި އެކަނި ވެސް އަހަރެއްގެ މައްޗަށް 40،000 މީހުން ގުނަވަން ބަދަލުކުރުމުގެ އޮޕަރޭޝަން ކުރެއެވެ.

ޑޭވިޑްގެ ހިތް ބަދަލުކުރުމުގެ މަސައްކަތާއެކު އޭނާއަށް ފާޑުކިއުންތައް ވެސް އަމާޒުވިއެވެ. އެގޮތުން ޖަނަވާރުންގެ ހައްގުގައި ވަކަލާތު ކުރާ އެކްޓިވިސްޓުންގެ ފަރާތުން އެކަމަށް ފާޑު އަމާޒުވިއިރު އެމީހުން ބުނެފައިވަނީ އިންސާނުންގެ ބޭނުންތަކަށް ޖަނަވާރުން ގުރުބާން ނުކުރެވޭނެ ކަމަށެވެ. މީގެ އިތުރުން ބައެއް މީހުން ވަނީ ޑޭވިޑަށް އަމާޒުކޮށް ވެސް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. އެގޮތުން ޖަލުގައި ޑޭވިޑް ދުވަސްތައް ހޭދަކުރިއިރު، މީހަކަށް ވަޅިން ހަމަލާ ދީފައިވާ ކަމަށާއި، ނަމަވެސް ޑޭވިޑަށް ބަދަލުގައި ލިބުނީ ދިރިހުންނަށް އިތުރުދުވަސްތަކެއް ކަމަށް ވަނީ ބުނެފައެވެ.

ޑޭވިޑް އެނދުމަތިވެފައިވާ އިރު، އޭނާ އޮތީ ހިތް-ފުއްޕާމޭ ބައިޕާސް މެޝިނެއްގެ އެހީގައެވެ. އޭނާ އޮތީ އޭނާގެ ހިތް ބަދަލުކުރި މެރީލޭންޑް މެޑިކަލް ސެންޓަރުގައި އޮކްޓޯބަރ 2021 އިން ފެށިގެން އޮޕަރޭޝަން ކުރަންދެންނެވެ.

ޑޭވިޑަށް އިންސާނެއްގެ ހިތް ނުލެއްވުނީ ސިއްހީ ގޮތުން ބަލަން ޖެހޭ ކަންކަން ބެލި އިރު، އިންސާނެއްގެ ހިތް ނުލެއްވޭފަދަ ހާލަތެއް މެދުވެރިވެގެންނެވެ. ދިރާސާތައް ދެއްކި ގޮތުން ޑޮކްޓަރުންގެ އިރުޝާދުތަކާއި އެއްގޮތަށް އަމަލު ނުކުރާ ފަރާތްތައް ގުނަވަން ބަދަލު ކުރުމުގައި ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހެއެވެ. މީގެ އިތުރުން ހިތް ބަދަލުކުރަން ބަލާއިރު، ބަދަލު ކުރަން ހިތް ލިބުމުގައި ވެސް އެތަކެއް ދަތިތަކެއް ހުރެއެވެ.

މީގެ އިތުރުން އާޓިފިޝިއަލް ހާޓް ޕަމްޕެއް ލައްވަން ބެލި އިރު، ޑޭވިޑް އަކީ އެކަމަށް ވެސް ހުރިހާކަމެއް ފުރިހަމަވާ މީހެއް ނޫނެވެ. ސަބަބަކީ އޭނާގެ ހިތުގެ ތެޅުމުގައި ހުންނަ ގޮތެއްގެ ސަބަބުންނެވެ.

އަދި އިތުރު އެއްވެސް އަލިމަގެއް ނެފުނުމުން ޑޭވިޑް އެއްބަސްވީ ޖެނެޓިކް ބަދަލުތަކެއް ގެނެސްފައިވާ ހިތެއް ލައްވާ ފުރަތަމަ މީހާއަށް ވުމަށެވެ. އަދި އެއީ އިންސާނެއްގެ ހިތެއް ލިބެންދެން އެހިސާބަށް ދިއުމަށް އޮތް މަގުކަން ވެސް ގަބޫލުކޮށްގެންނެވެ.

ޑޭވިޑްގެ އައު ހިތް ލެއްވުމަށްފަހު ހަފްތާތަކަށް ބަރާބަރަށް ދިޔައީ މަސައްކަތް ކުރަމުންނެވެ. އަދި ހަށިގަނޑުން ހިތް ގަބޫލު ނުކުރާކަމުގެ އެއްވެސް އަލާމާތެއް ވެސް ނުފެނެއެވެ. ނަމަވެސް އެނދުމަތިވެފައި އޮންނަން ޖެހުމުން އޭނާ ހުރީ ވަރަށް ބޮޑަށް ބަލިކަށިވެފައެވެ. ނަމަވެސް އޭނާއަށް ރިހިބިލިޓޭޝަންގެ ފަރުވާ ދެވި، އިށީންދެ އިދެގެން އޭނާގެ ތެރަޕިސްޓުގެ އެހީތެރިކަމާއެކު އެމެރިކާގައި ކޮންމެ އަހަރަކު ބާއްވާ ސުޕަރ ބައުލް ބަލާލުމުގެ ފުރުުސަތު ލިބުނެވެ. އަދި އަޑު ދަށުން "އެމެރިކާ ދި ބިއުޓިފުލް" ލަވަ ކިޔައެވެ.

ޑޭވިޑް ފަރުވާ ހޯދަމުން ދިޔަ އިރު، އޭނާ ބަލަން ތިބި މީހުން ކައިރީގައި ގެއަށް ގޮސް އޭނާގެ ކުއްތާ ލަކީ ދެކެން ބޭނުންވާ ވާހަކަ ވަރަށް ގިނަ ފަހަރު ދައްކައެވެ.

ޑޭވިޑްގެ ފިރިހެން ދަރިފުޅު ޑޭވިޑް ބެނެޓް ޖޫނިއަރ ވަނީ އޭނާގެ ބައްޕަގެ ކަންކަން ބަލަހައްޓައި ދިނީތީ ހޮސްޕިޓަލަށާއި ޑޮކްޓަރުންނަށް ޝުކުރު އަދާކޮށްފައެވެ.

ޑޭވިޑް ޖޫނިއަރ ބުނީ އޭނާގެ ބައްޕަގެ ފަރާތުން އެ ފެނުނު ކަންކަމަށް ބަލައި މުސްތަގުބަލުގައި އިތުރު ބައިވަރު މީހުންނަށް އެކަމުން އެހީތެރިވެވިދާނެ ކަމަށް އުއްމީދުކުރާ ކަމަށެވެ.

"އުއްމީދަކީ މި ވާހަކައަކީ އަދި އުއްމީދުގެ ފެށުން ކަމުގައިވުން އަދި މިއީ ނިމުމެއް ނޫން ކަމަށް. ދުއާއަކީ އުއްމީދު ހޯދަން މަސައްކަތް ކުރާ ފަރާތްތަކުން މުސްތަގުބަލު ހޯދަން މަސައްކަތް ކޮށް، އައު ހިޔާލުތައް ހޯދާ ޖަވާބު ހޯދަން މަސައްކަތް ކުރާނެ ކަމަށް. އަދި ދިރިހުރުމަށްޓަކައި ހަނގުރާމަކުރާނެ ކަމަށާއި، ބައްޕަހެން އެ ހަނގުރާމަ ކޮންމެ މީހަކު ވެސް ކުރާނެ ކަމަށް" ޑޭވިޑްގެ ދަރިފުޅު ޑޭވިޑް ޖޫނިއަރ އޭނާގެ ވާހަކަ ނިންމާލަމުން ބުންޏެވެ.

ހިތް ބަދަލު ކުރުމުގެ އޮޕަރޭޝަންޑޭވިޑް ބެނެޓްއޫރުގެ ހިތް ލައްވައިގެން ކުރި ފުރަތަމަ އޮޕަރޭޝަން

ކޮމެންޓް

އިތުރަށް ކިޔާލަން

މަގުމަތީގައި އުޅުނު ދެ ޒުވާނަކަށް ވަޒީފާ، ބަދަލުކޮށް ދިނީ މުޅި ދިރިއުޅުން!

މަގުމަތީގައި އުޅުނު ދެ ޒުވާނަކަށް ވަޒީފާ، ބަދަލުކޮށް ދިނީ މުޅި ދިރިއުޅުން!

27 ސެޕްޓެމްބަރު 2021
ކޮވިޑް-19: އެއް އަހަރުތެރޭ މުޅި ދުނިޔެ ބަދަލުކޮށްލީ ކިހިނެއް؟

ކޮވިޑް-19: އެއް އަހަރުތެރޭ މުޅި ދުނިޔެ ބަދަލުކޮށްލީ ކިހިނެއް؟

23 މާރިޗު 2021
ލޭ މައްޗަށް ދާނަމަ ދިރިއުޅުމުގެ އާދަތައް ބަދަލުކޮށްލުން ކިހިނެއްވާނެ؟

ލޭ މައްޗަށް ދާނަމަ ދިރިއުޅުމުގެ އާދަތައް ބަދަލުކޮށްލުން ކިހިނެއްވާނެ؟

27 ޖޫން 2020
ލުބްނާނުގެ ކޭމްޕުތަކުގައި ތިބި ސޫރިޔާގެ ރެފިއުޖީން ކޮވިޑް-19 ޖެހިދާނެކަމުގެ ބިރު ހީވެފައި

ލުބްނާނުގެ ކޭމްޕުތަކުގައި ތިބި ސޫރިޔާގެ ރެފިއުޖީން ކޮވިޑް-19 ޖެހިދާނެކަމުގެ ބިރު ހީވެފައި

30 މާރިޗު 2020
ގެދޮރު ގެއްލިފައިވާ ރެފިއުޖީންގެ ހާލު ބަލާލަނީ ކާކު؟

ގެދޮރު ގެއްލިފައިވާ ރެފިއުޖީންގެ ހާލު ބަލާލަނީ ކާކު؟

14 މާރިޗު 2020

އަހަރުތަކުން މިއަދު

15 ޖެނުއަރީ
ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު
20242 އަހަރު ކުރިން
ރާއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"
20233 އަހަރު ކުރިން
ރިޕޯޓު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި
20215 އަހަރު ކުރިން
ރާއްޖެ

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!
20197 އަހަރު ކުރިން
ރާއްޖެ

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ
20188 އަހަރު ކުރިން
ސިއްހަތު

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު