Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
އެމްޑީޕީގެ ޗެއާޕާރސަންގެ އިންތިޚާބު

"ޟަމީރުގެ ގައިދީންނަށް މެމްބަރުން ނުހަދާނަން"

ވަކި ކެންޑިޑޭޓަކަށް ތާއީދުކުރާތީވެ ވަޒީފާގެ ބިރުދައްކަމުންދޭ

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް, ރާއްޖެ އެމްވީ | 9 މާރިޗު 2022 | ބުދަ 09:56
އިމްތިޔާޒް ފަހުމީ - މާފަންނު އުތުރު ދާއިރާގެ މެމްބަރު

އިމްތިޔާޒް ފަހުމީ - މާފަންނު އުތުރު ދާއިރާގެ މެމްބަރު

ޟަމީރުގެ ގައިދީންނަށް ޕާޓީގެ މެމްބަރުން ނުހައްދަވާނެ ކަމަށް މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގައި ވާހަކަދައްކަވަމުން އިންތި ވިދާޅުވީ، ސަރުކާރު ހިއްސަވާ ކުންފުނިތަކާއި، ސަރުކާރުގެ ބައެއް ސިޔަސީ ބޭފުޅުން އަމަލު ކުރައްވާ ގޮތުން ގަނޫނު އަސާސީން ލިބިދޭ ހަމަހަމަކަން ރައްޔިތުންނަށް ގެއްލިފައިވާ ކަމަށެވެ. ވެރިކަން ކުރާ ޕާޓީގެ އިންތިޚާބަކާއި ގުޅިގެން ބައެއް ކުންފުނިތަކުގެ ވެރިން މަގާމުގެ ނަހަމަ ބޭނުން ކުރައްވާ ކަމަށެވެ. ވަޒީފާ ދިނުމާއި، ވަކި ކެންޑިޑޭޓަކަށް ތާއީދުކުރުމުން ވަޒީފާގެ ބިރުދައްކަމުންދާ ކަމަށް އިންތި ވިދާޅުވިއެވެ. އަދި މިއީ ދައުލަތުގެ ފައިސާއަށް ވެވޭ ޚިޔަނާތެއް ކަމުގައި އިންތި ވިދާޅުވިއެވެ.

Advertisement - newsAdvertisement

ސަރުކާރުގެ ކުންފުނިތަކަށް ކަންކަމުގައި ދިޔުމުން، މި އިންތިޚާބާއި ގުޅިގެން މަޖުބޫރީ ހާލަތަކަށް އެ މީހާ ވައްޓާލާ ކަމަށް އިންތި ތުހުމަތުކުރެއްވިއެވެ. އަދި ބޭނުންވާ ކެންޑިޑޭޓަކަށް ތާއީދުކޮށް ޚިޔާލުފާޅުކުރުންވެސް މަނާކޮށް މީހާގެ ޟަމީރު ހިފަހައްޓައި ޟަމީރުގެ ގައިދީއަކަށް މީހާވުމަށް މަޖުބޫރުކުރުވާ ކަަމަށާއި މިއީ އެމްޑީޕީގެ ވިސްނުމެއް ނޫން ކަމަށް އަދި އެމަނިކުފާނުގެ ޗެއާޕާރސަން ކަމުގެ ދަށުން އެކަން އެގޮތަށް ހިންގަން ފުރުސަތު ނުދެއްވާނެ ކަމުގައިވެސް އިންތި ވިދާޅުވިއެވެ.

އިންތި ވަނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒަށް އަމާޒުކުރައްވާ ބަހުގެ ހަމަލާތަކެއްވެސް ރައްދު ކުރައްވާފައެވެ.

އިންތި ވިދާޅުވީ، އިކޮނޮމިކް މިނިސްޓްރީ ތެރެއިން ހަދަމުންދާ ރިސޯޓެއްގެ ނަމުގައި އޮޅުވާލައިިގެން ވަގު ކޯޓާތަކެއް ބޭރުވެގެން ދިޔައިރު އެކަމަށް ޒިންމާވާނެ ބޭފުޅަކުވެސް ނެތް ކަމަށެެވެ. އަދި އެ މައްސަލަ ބެލިފައިވެސް ނެތް ކަމަށެވެ. އަދި އިންތި ވިދާޅުވީ ސަރުކާރަށް ޖެއްސުން ކުރާ ކަަމަށް ބުނެ ބައެއް މެމްބަރުން ވާހަކަދައްކަވަނީ ވެންޓިލޭޓަރުގެ ޚިޔާނާތާއި އެމްއެމްޕީއާރްސީގެ ޚިޔަނާތުގެ މައްސަލަ ފަދަ މައްސަލަތައް ނުބެލި އޮތުމުން އެވަހަކަދައްކާތީ ކަމަށެވެ.

ވެންޓިލޭޓަރު މައްސަލައަކީވެސް ރައްޔިތުން ދެރަ ނިކަމެތި ހާލަތެއްގައި ތިއްބާ ރޭވި އިންތިޒާމުވެގެން ހިންގި ބޮޑު ޚިޔާނާތެއް ކަމަށާއި، އެމްޑީޕީގެ ސަރުކާރެއް އޮވެގެން އެނގި ތިބެ ހިންގި ޚިޔަނާތެއް ކަމަށް އިންތި ވިދާޅުވިއެވެ.

އެމްޑީޕީގެ ވެރިކަމެއްގައި ރައްޔިތުންނަށް ޚިޔާނާތްތެރިވަމުންދާތީ ކަންބޮޑުވާ ކަމަށާއި، ޕާޓީގެ މަގްސަދާ އިދިކޮޅަށް ޕާޓީ ގެންދިޔުމަށް ކުރާ މަސައްކަތް ކުއްވެރިކުރާ ކަމަށް އިންތި ވިދާޅުވިއެވެ. އެކަމަށް ފުރުސަތު ނުދެއްވާނެކަމަށްވެސް އިންތި ވިދާޅުވިއެވެ.

މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ (އިންތި)މޯލްޑިވިއަން ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ)ރައްޔިތުންގެ މަޖިލިސް

ކޮމެންޓް

އިތުރަށް ކިޔާލަން

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

28 އޮކްޓޯބަރު 2025
ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

28 އޮކްޓޯބަރު 2025
އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

27 އޮކްޓޯބަރު 2025
ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

22 އޮކްޓޯބަރު 2025
"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"

"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"

21 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

7 ޖޫން
އީސްރާއީލުގެ ނިއުކްލިއަރ ޕްރޮގްރާމް އާ ބެހޭ ގިނަ އަދަދެއްގެ ސިއްރު މައުލޫމާތު އީރާނުގެ ޖާސޫސުން ހޯދައިފި
20251 އަހަރު ކުރިން
ދުނިޔެ

އީސްރާއީލުގެ ނިއުކްލިއަރ ޕްރޮގްރާމް އާ ބެހޭ ގިނަ އަދަދެއްގެ ސިއްރު މައުލޫމާތު އީރާނުގެ ޖާސޫސުން ހޯދައިފި

ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ވަޒީރު
20242 އަހަރު ކުރިން
ރާއްޖެ

ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ވަޒީރު

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ދޭ އެލަވަންސް މިމަހުން ފެށިގެން ބޮޑުވާނެ: ސަރުކާރު
20233 އަހަރު ކުރިން
ރާއްޖެ

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ދޭ އެލަވަންސް މިމަހުން ފެށިގެން ބޮޑުވާނެ: ސަރުކާރު

މަނިޔަފުށި: މި ކުޑަކުޑަ ރަށުގައި މުސްތަގުބަލަށް މުހިންމު މަސައްކަތެއް
20224 އަހަރު ކުރިން
ރިޕޯޓު

މަނިޔަފުށި: މި ކުޑަކުޑަ ރަށުގައި މުސްތަގުބަލަށް މުހިންމު މަސައްކަތެއް

ފްރާންސްގެ ރައީސްގެ މޫނުފުޅުގައި މީިހަކު ޖަހައިފި
20215 އަހަރު ކުރިން
ދުނިޔެ

ފްރާންސްގެ ރައީސްގެ މޫނުފުޅުގައި މީިހަކު ޖަހައިފި

މިސްކިތުން ނައިބު ރައީސް ފެންނާތީ ތައުރީފުކުރި، ފަހު ވަގުތު ނައިބުގެ އެހީތެރިކަން!
20197 އަހަރު ކުރިން
ރިޕޯޓު

މިސްކިތުން ނައިބު ރައީސް ފެންނާތީ ތައުރީފުކުރި، ފަހު ވަގުތު ނައިބުގެ އެހީތެރިކަން!

ދިރިއޮއްވާ އާއިލާ އިން ވަޅުލި ތުއްތު ކުއްޖާ 7 ގަޑީއިރު ފަހުން ސަލާމަތުން އޮއްވާ ނަގައިފި
20188 އަހަރު ކުރިން
ދުނިޔެ

ދިރިއޮއްވާ އާއިލާ އިން ވަޅުލި ތުއްތު ކުއްޖާ 7 ގަޑީއިރު ފަހުން ސަލާމަތުން އޮއްވާ ނަގައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު