Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކުޅުދުއްފުށި މަގުހެދުމުގެ ފޭސް 3

އަންނަ އަހަރުގެ ބަޖެޓުގައި ކުޅުދުއްފުށި މަގުހެދުމުގެ ފޭސް 3 ހިމެނިގެންދާނެ - އެމްޕީ ޔާސިރު

9 މާރިޗު 2022 | ބުދަ 06:08

ދެވަނަ ފިޔަވަހީގެ މަޝްރޫގެ ދަށުން, ކުޅުދުއްފުށި ސިޓީގެ 23 މަގެއް ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް ވަނީ ހަމަޖެހިފައި

އުއްމު ކުލްސޫމް އިބްރާހިމް
އުއްމު ކުލްސޫމް އިބްރާހިމް | 9 މާރިޗު 2022 | ބުދަ 06:08
ކުޅުދުއްފުށި މަގުހެދުމުގެ ދެވަނަ ފިޔަވަހި ފެށުމުގެ ރަސްމިއްޔާތުގައި އެމްޕީ ޔާސިރު ވާހަކަދައްކަވަނީ

ކުޅުދުއްފުށި މަގުހެދުމުގެ ދެވަނަ ފިޔަވަހި ފެށުމުގެ ރަސްމިއްޔާތުގައި އެމްޕީ ޔާސިރު ވާހަކަދައްކަވަނީ

އަންނަ އަހަރުގެ ބަޖެޓުގައި ކުޅުދުއްފުށި ސިޓީ މަގުހެދުމުގެ ފޭސް 3 ހިމެނިގެންދާނެކަމަށް ކުޅުދުއްފުށި އުތުރު ދާއިރާގެ މަޖްލިސް މެމްބަރު ޔާސިރު އަބްދުއްލަތީފް ވިދާޅުވެއްޖެއެވެ.

ކުޅުދުއްފުށި ސިޓީ މަގުހެދުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ރަސްމީކޮށް ފެށުމަށް އަންގާރަ ދުވަހު ހަވީރު ބޭއްވި ރަސްމިއްޔާތުގައި ޔާސިރު ވިދާޅުވީ ކުޅުދުއްފުށި ސިޓީގެ މަގުހެދުމުގެ ފޭސް 3 އަންނަ އަހަރުގެ ބަޖެޓުގައި ހިމެނިގެންދާނެކަމީ ޔަގީންކަމެއްކަމުގައެވެ.

Advertisement - newsAdvertisement

ކުޅުދުއްފުށި ސިޓީގެ މަގުތައް ރަނގަޅު ފެންވަރަށް ތަރައްޤީ ކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހްގެ ވައުދެއްކަމަށާއި، އެވައުދާއި އެއްގޮތަށް ކުޅުދުއްފުށި މަގުތައް ނިންމާނީ ރައްޔިތުން އެދޭފަދަ ފުރިހަމަ މަގުތަކެއްގެ ގޮތަށް ތަރައްޤީކޮށްފައިކަމުގައި ވެސް ޔާސިރު ވިދާޅުވިއެވެ.

ޔާސިރު އިތުރަށް ވިދާޅުވީ ކުޅުދުއްފުށި މަގުހެދުމުގެ 2 ވަނަ ފިޔަވަހި ފެށިގެންދާއިރު ރައްޔިތުންގެ ހިޔާލާއި މަޝްވަރާ އޭގައި ހިމެނޭގޮތަށް ކަންކަން ތަރުތީބުކުރެވި އަތުރާލެވިގެންދާކަމީ ވަރަށް އުފާވާކަމެއްކަމަށާއި އެކަމަށްޓަކައި މޭޔަރަށާއި ކައުންސިލް މެންބަރުންނަށް ޝުކުރު އަދާކުރައްވާ ކަމުގައެވެ. އަދި ކައުންސިލުން އެދުނު ބަދަލުތަކާއެކު މި މަޝްރޫގެ އަގު ދެގުނަ އިތުރުވެގެން ގޮސްފައިވާކަމަށްވެސް ޔާސިރު ވިދާޅުވިއެވެ. އެގޮތުން ދެވަނަ ފިޔަވަހީގެ މަޝްރޫއު 100.7 މިލިއަން ރުފިޔާއަށް ހަވާލުކުރި ނަމަވެސް ގެނެވުނު ބަދަލުތަކާއެކު 200 މިލިއަނާއި ކައިރުކުރާކަމަށް ޔާސިރު ވިދާޅުވިއެވެ.

މީގެއިތުރުން އާރުޑީސީގެ އެމްޑީއަކީ ހީވާގި ކެރޭ ބޭފުޅެއްކަމަށާއި، އަމަލީ މަސައްކަތް ފެށުން ކުޑަތަންކޮޅެއް ލަސްވިކަމުގައިވިއަސް އެބޭފުޅާގެ ތޫނު ވިސްނުން ފުޅާއެކު ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ކުޅުދުއްފުށި ރައްޔިތުންނަށް ލިބިގެންދާނީ ރީތި މަގުތަކެއްކަމަށް ޔަގީންކުރައްވާކަމަށް ޔާސިރު ވިދާޅުވިއެވެ.

ޑިޒައިން އެންޑް ބިލްޑް އުސޫލުން ކުރިއަށްގެންދާ ދެވަނަ ފިޔަވަހީގެ މަޝްރޫގެ ދަށުން, ކުޅުދުއްފުށި ސިޓީގެ 23 މަގެއް ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް ވަނީ ހަމަޖެހިފައެވެ.

ކުޅުދުއްފުށި ސިޓީ

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

އިތުރަށް ކިޔާލަން

18 އޮކްޓޯބަރު 2025

ކުޅުދުއްފުށި ސިޓީގެ ޓެކްސީ ޑްރައިވަރުން ހުދު ގަމީހުގައި ސަރުކާރާ ދެކޮޅަށް ހިމޭން އިހުތިޖާޖެއް ކޮށްފި

18 އޮކްޓޯބަރު 2025
ކުޅުދުއްފުށި ސިޓީގެ ޓެކްސީ ޑްރައިވަރުން ހުދު ގަމީހުގައި ސަރުކާރާ ދެކޮޅަށް ހިމޭން އިހުތިޖާޖެއް ކޮށްފި
09 ސެޕްޓެމްބަރު 2025

ކުޅުދުއްފުށީ ހޮސްޕިޓަލުން ވީނުވީއެއް ނޭންގި "ނާކޮޓިކްސް ޑްރަގްސް" ތަކެއް ގެއްލުނު މައްސަލައެއް ފެންމަތިވެއްޖެ

09 ސެޕްޓެމްބަރު 2025
ކުޅުދުއްފުށީ ހޮސްޕިޓަލުން ވީނުވީއެއް ނޭންގި "ނާކޮޓިކްސް ޑްރަގްސް" ތަކެއް ގެއްލުނު މައްސަލައެއް ފެންމަތިވެއްޖެ
07 ސެޕްޓެމްބަރު 2025

ރައީސް މުއިއްޒު ބޭނުންފުޅުވާ ގޮތަށް ބްލޮކް ގްރާންޓް މުރާޖައާ ކުރައްވާއިރު، ކައުންސިލްތަކަށް މަސައްކަތްކުރަން ލިބޭ ފައިސާ މަދުވާނެ: އާތިފު

07 ސެޕްޓެމްބަރު 2025
ރައީސް މުއިއްޒު ބޭނުންފުޅުވާ ގޮތަށް ބްލޮކް ގްރާންޓް މުރާޖައާ ކުރައްވާއިރު، ކައުންސިލްތަކަށް މަސައްކަތްކުރަން ލިބޭ ފައިސާ މަދުވާނެ: އާތިފު
22 އޯގަސްޓު 2025

ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުގެ ސަބަބުން ކުޅުދުއްފުށި ސިޓީގެ ރައްޔިތުން އެންމެ ބޭނުންވި މަސައްކަތް ވަނީ ހުއްޓިފައި: މޭޔަރު

22 އޯގަސްޓު 2025
ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުގެ ސަބަބުން ކުޅުދުއްފުށި ސިޓީގެ ރައްޔިތުން އެންމެ ބޭނުންވި މަސައްކަތް ވަނީ ހުއްޓިފައި: މޭޔަރު
11 ޖުލައި 2025

ރައީސް ޞާލިހު ކުޅުދުއްފުށި ސިޓީ އެމްޑީޕީ މެމްބަރުންނާއި ބައްދަލުކުރައްވައިފި

11 ޖުލައި 2025
ރައީސް ޞާލިހު ކުޅުދުއްފުށި ސިޓީ އެމްޑީޕީ މެމްބަރުންނާއި ބައްދަލުކުރައްވައިފި
12 އޮކްޓޯބަރު 2024

އެމްޑީޕީގެ ކައުންސިލަރުންގެ ކޮންފަރެންސް "ލާމަރުކަޒީ ގުޅުން" ކުޅުދުއްފުށީގައި ފެށިއްޖެ

12 އޮކްޓޯބަރު 2024
އެމްޑީޕީގެ ކައުންސިލަރުންގެ ކޮންފަރެންސް "ލާމަރުކަޒީ ގުޅުން" ކުޅުދުއްފުށީގައި ފެށިއްޖެ
16 މެއި 2024

ކުޅުދުއްފުށި ސިޓީއަށް އަނެއްކާވެސް ކަރަންޓުގެ މައްސަލަ ދިމާވެއްޖެ

16 މެއި 2024
ކުޅުދުއްފުށި ސިޓީއަށް އަނެއްކާވެސް ކަރަންޓުގެ މައްސަލަ ދިމާވެއްޖެ
05 މެއި 2024

އަލިފާން ރޯވެ ކުޅުދުއްފުށި ސިޓީގެ ގެއެއްގެ ބަދިގެއަށް ބޮޑެތި ގެއްލުންތަކެއް

05 މެއި 2024
އަލިފާން ރޯވެ ކުޅުދުއްފުށި ސިޓީގެ ގެއެއްގެ ބަދިގެއަށް ބޮޑެތި ގެއްލުންތަކެއް
02 މެއި 2024

ހދ. އަތޮޅު އެޑިއުކޭޝަން ސެންޓަރުގެ ކެޑޭޓް ކޭމްޕްގެ ދަރިވަރުންނަށް ބޭސިކް ފަޔަރ އެވެއަރނަސް ސެޝަނެއް ހިންގައިފި

02 މެއި 2024
ހދ. އަތޮޅު އެޑިއުކޭޝަން ސެންޓަރުގެ ކެޑޭޓް ކޭމްޕްގެ ދަރިވަރުންނަށް ބޭސިކް ފަޔަރ އެވެއަރނަސް ސެޝަނެއް ހިންގައިފި
23 އެޕްރީލު 2024

"ނަޔާ ކުޅުދުއްފުށި" ގޮފި އުފެއްދުމުގެ މަސައްކަތް އަލީ ވަހީދު ފައްޓަވައިފި

23 އެޕްރީލު 2024
"ނަޔާ ކުޅުދުއްފުށި" ގޮފި އުފެއްދުމުގެ މަސައްކަތް އަލީ ވަހީދު ފައްޓަވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް