Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުދިވެހި ޕްރިމިއަރ ލީގު

މެޗުން މޮޅުވެ ވެލެންސިޔާއަށް ދެ ހިތްހަމަޖެހުމެއް!

8 މާރިޗު 2022 | އަންގާރަ 15:38

މެޗުން މޮޅުވުމުން ވެލެންސިޔާ ވަނީ އެއްވަނާގައި އޮތް މާޒިޔާއާ ޕޮއިންޓްގެ ގޮތުން އެއްވަރުވެފައި

ޙަފްޞީ ޢަބްދުالله
ޙަފްޞީ ޢަބްދުالله | 8 މާރިޗު 2022 | އަންގާރަ 15:38
ލަނޑު ޖެހުމަށްފަހު ވެލެންސިޔާ ކުޅުންތެރިން އުފާފާޅުކުރަނީ

ލަނޑު ޖެހުމަށްފަހު ވެލެންސިޔާ ކުޅުންތެރިން އުފާފާޅުކުރަނީ

ދިވެހި ޕްރިމިއަރ ލީގުގައި ކުޅުނު ފަސްވަނަ މެޗުން މޮޅުވި މެޗާއެކު ކްލަބް ވެލެންސިޔާއަށް ދެ ހިތްހަމަޖެހުމެއް ލިބިއްޖެއެވެ. ސަސް ބަލިކޮށް ހޯދި ތިން ޕޮއިންޓާއެކު ވެލެންސިޔާ ވަނީ ތާވަލްގެ އެއްވަނާގައި އޮތް މާޒިޔާއާ ޕޮއިންޓްގެ ގޮތުން އަރާ ހަމަކޮށްފައެވެ. ދެޓީމަށްވެސް ލިބިފައިވަނީ 12 ޕޮއިންޓެވެ. ނަމަވެސް މާޒިޔާ 12 ޕޮއިންޓް ހަމަކުރީ ކުޅުނު 4 މެޗުންވެސް މޮޅުވެގެންނެވެ. ތާވަލްގެ ދެވަނާގައި ވެލެންސިޔާއަށް ވަނީ 5 ޕޮއިންޓްގެ ލީޑެއް ލިބިފައެވެ. ނަމަވެސް އެއީވެސް ތިންވަނާގައި އޮތް ޔުނައިޓެޑް ވިކްޓްރިއަށްވުރެ މެޗެއް އިތުރަށް ކުޅެގެންނެވެ.

ސުޕަރ ޔުނައިޓެޑް ސްޕޯރޓްސް (ސަސް)ގެ މައްޗަށް ވެލެންސިޔާއިން މިއަދު ކުރި ހޯދީ 2-1 ނެވެ. ފުރަތަމަ ހާފްގައި ވެލެންސިޔާއިން ވަނި ދެ ލަނޑު ޖަހާ ހަމަޖެހިލާފައެވެ. ފުރަތަމަ ގޯލް ޖަހާ ކުރި ހޯދައިދިނީ ހަލީލް ޖަމާލްއެވެ. އޭނަގެ ލަނޑަށް ދެމިނިޓް ނުވަނީސް ޒުވާން ކުޅުންތެރިޔާ އާދަމް އިސާމް (ސަން) ވަނީ ދެވަނަ ލަނޑެއްޖަހާ ހަމަޖެހުން ގެނެސްދީފައެވެ. ސަސްގެ ހަމައެކަނި ލަނޑު ދެވަނަ ހާފްގައި ޖެހީ މުޙައްމަދު ޝަހާއުއެވެ.

މެޗުން މޮޅުވެގެން ލިބުނު ތިން ޕޮއިންޓާ އެއްވަރުގެ ހިތްހަމަޖެހުމެއް ވެލެންސިޔާއަށް ލިބުނީ ޓީމަށް ދިމާވެފައިވާ އަނިޔާއާއި އެހެން މައްސަލަތަކަށް ބޮޑު ހައްލެއް ލިބުމުންނެވެ. އަނިޔާގައި ހުރި ކެޕްޓަން އަލީ ފާސިރު (ސެންޓޭ)އާއި މިޑްފީލްޑަރ އިސްމާއީލް އީސާ (މެސީ) ވަނީ ޓީމާ ގުޅިފައެވެ. މީގެއިތުރުން ޕްރެޒިޑެންޓް ކަޕް ކާމިޔާބުކުރިއިރު މުހިއްމު ދައުރެއް އަދާކުރި ޤައުމީ ޓީމްގެ ކުރީގެ ކެޕްޓަން އަސްއަދު އަލީ (އަޑުބަރޭ) ވެސް ވަނީ 15 ދުވަހުގެ ޖަލުހުކުމަކަށްފަހު ޓީމާ ގުޅިފައެވެ. ނަމަވެސް މިއަދު މެޗުގައި މީގެތެރެއިން ފުރުޞަތު ދިނީ އިސްމާއީލް އީސާއަށެވެ. އީސައަށްވެސް ފުރުޞަތު ދިނީ 84 ވަނަ މިނިޓްގައެވެ.

ލީގުގައި މިރޭ ވާދަކުރާނީ ކްލަބް ގްރީން ސްޓްރީޓްސް އާއި ޓީސީ ސްޕޯރޓްސް ކްލަބެވެ.

ދިވެހި ލީގު

އެންމެ ހިނގާ

1

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

އިތުރަށް ކިޔާލަން

20 އޯގަސްޓު 2022

ދިވެހި ލީގު ކޮލިފިކޭޝަން ފަށާނީ ބުދަ ދުވަހު

20 އޯގަސްޓު 2022
ދިވެހި ލީގު ކޮލިފިކޭޝަން ފަށާނީ ބުދަ ދުވަހު
12 ފެބުރުއަރީ 2017

ދެވަނަ އެމްބީއޭ ކަޕް: ޔޫއެން އާއި ރެޑްވިންގްސް ކުޅުނު މެޗުން މޮޅުވެއްޖެ

12 ފެބުރުއަރީ 2017
ދެވަނަ އެމްބީއޭ ކަޕް: ޔޫއެން އާއި ރެޑްވިންގްސް ކުޅުނު މެޗުން މޮޅުވެއްޖެ
12 ފެބުރުއަރީ 2017

ސްޕެނިޝް ލަލީގާ: ރެއާލް އަދި ބާސާ މޮޅުވެ މަގާމު ދަމަހައްޓައިފި

12 ފެބުރުއަރީ 2017
ސްޕެނިޝް ލަލީގާ: ރެއާލް އަދި ބާސާ މޮޅުވެ މަގާމު ދަމަހައްޓައިފި
11 ފެބުރުއަރީ 2017

އޮފީސް ނެޓް ބޯޅަ މުބާރާތް: ޕޮލިސް، އެސްޓީއޯ، އިމިގްރޭޝަން އަދި ކަސްޓަމްސް މޮޅުވެއްޖެ

11 ފެބުރުއަރީ 2017
އޮފީސް ނެޓް ބޯޅަ މުބާރާތް: ޕޮލިސް، އެސްޓީއޯ، އިމިގްރޭޝަން އަދި ކަސްޓަމްސް މޮޅުވެއްޖެ
09 ފެބުރުއަރީ 2017

އެކުވެރިކަމުގެ މެޗުން ވިކްޓްރީ އަތުން ނިއުއަށް މޮޅެއް

09 ފެބުރުއަރީ 2017
އެކުވެރިކަމުގެ މެޗުން ވިކްޓްރީ އަތުން ނިއުއަށް މޮޅެއް
06 ފެބުރުއަރީ 2017

ރާއްޖޭގައި ކުރިން ކުޅުނު ކުޅުންތެރިން އެބަތިބި، މޮޅުވެވޭނެ: ތިމްޕޫގެ ކޯޗު

06 ފެބުރުއަރީ 2017
ރާއްޖޭގައި ކުރިން ކުޅުނު ކުޅުންތެރިން އެބަތިބި، މޮޅުވެވޭނެ: ތިމްޕޫގެ ކޯޗު
02 ފެބުރުއަރީ 2017

އެކުވެރިކަމުގެ މެޗުގައި ނިއު އަތުން މާޒިޔާ މޮޅުވެއްޖެ

02 ފެބުރުއަރީ 2017
އެކުވެރިކަމުގެ މެޗުގައި ނިއު އަތުން މާޒިޔާ މޮޅުވެއްޖެ
31 ޖެނުއަރީ 2017

ކުރިއަށް އޮތް ދެ މެޗުން ޗެލްސީ މޮޅުވެއްޖެ ނަމަ އަތުލަން އުނދަގޫވާނެ: ޕޮޗީޓޯ

31 ޖެނުއަރީ 2017
ކުރިއަށް އޮތް ދެ މެޗުން ޗެލްސީ މޮޅުވެއްޖެ ނަމަ އަތުލަން އުނދަގޫވާނެ: ޕޮޗީޓޯ
25 ޖެނުއަރީ 2017

ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ

25 ޖެނުއަރީ 2017
ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ
23 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޯސްޓާ އެނބުރި އައި މެޗުން ޗެލްސީ މޮޅުވެ 8 ޕޮއިންޓްގެ ލީޑެއް

23 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޯސްޓާ އެނބުރި އައި މެޗުން ޗެލްސީ މޮޅުވެ 8 ޕޮއިންޓްގެ ލީޑެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް