Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޓެކްސީ ދަތުރުތަކުގެ އަގު ބޮޑުކުރަން ހުށަހެޅުން

ބުރާސްފަތި ދުވަހުން ފެށިގެން ޓެކްސީ ދަތުރުތައް ހުއްޓާލަން ޓެކްސީ ޑްރައިވަރުން ނިންމައިފި

ޓެކްސީ ސެންޓަރުތަކުން ވަނީ ދަތުރުތައް ކުރާނެ އަގުތަކެއް ކަނޑައަޅާފައި

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް, ރާއްޖެ އެމްވީ | 8 މާރިޗު 2022 | އަންގާރަ 14:21
ސިނަމާލެ ބްރިޖްމަތިން ޓެކްސީތަކެއް ދަތުރުކުރާ މަންޒަރު

ސިނަމާލެ ބްރިޖްމަތިން ޓެކްސީތަކެއް ދަތުރުކުރާ މަންޒަރު

ޓެކްސީ ދަތުރުތައް ކުރާ އަގަށް ސަރުޖާރުން ބަދަލު ނުގެންނަ ނަމަ ބުރާސްފަތި ދުވަހުން ފެށިގެން ޓެކްސީ ދަތުރުތައް ކުރުން ހުއްޓާލުމަށް ޓެކްސީތަކުގެ ޑްރައިވަރުން އަމިއްލަޔަށް ނިންމައިފިއެވެ.

ދުނިތޭގެ ބާޒާރުގައި ތެލުގެ އަގު މަތިވަމުންދާ މި ދަނޑިވަޅުގައި ރާއްޖޭގައިވެސް ޕެޓްރޯލާއި ޑީސަލް ވިއްކާ އަގު ވަނީ ބޮޑުކޮށްފައެވެ. އެއާއެކު މާލެ ސަރަހައްދުގައި ޓެކްސީ ކުރާ ޓެކްސީ ޑްރައިވަރުން ވަނީ ދަތުރުތަކުގެ އަގުތައް ބޮޑުކުރަން ނިންމައި، އެކަން ޓްރާންސްޕޯޓް މިނިސްޓްރީއަށްވެސް ހުށަހަޅާފައެވެ. މިކަން މިގޮތަށް ނިންމާފައިވަނީ މާލޭގައި ހިންގާ 14 ޓެކްސީ ސެންޓަރެއް ހިމެނޭހެންނެވެ.

Advertisement - newsAdvertisement

ޓެކްސީ ސެންޓަރުތަކުން އަމިއްލައަށް ކަނޑައެޅި އަގުތަކަށް ބަލާއިރު، މާލޭ ސިޓީގެ އެތެރޭގެ ދަތުރަކަށް 30 ރުފިޔާ، ހުޅުމާލެ ފޭސް އެކެއް އަދި ފޭސް ދޭއްގެ އެތެރޭ ދަތުރަކަށް 25 ރުފިޔާ، ހުޅުމާލެ ފޭސް އެކަކުން ހުޅުމާލެ ފޭސް ދޭކަށް 40 ރުފިޔާ ނެގުމަށްވަނީ ނިންމާފައެވެ. އަދި ހުޅުމާލެ ފޭސް ދޭކުން މާލެއަށް އަދި މާލެ އިން ހުޅުމާލެ ފޭސް ދޭކަށް 120 ރުފިޔާ، މާލެއިން ހުޅުމާލެއަށް އަދި ހުޅުމާލެއިން މާލެއަށް 100 ރުފިޔާ، އެއާޕޯޓުން މާލެއަށް އަދި މާލެއިން އެއާޕޯޓަށް 80 ރުފިޔާ، ހުޅުމާލެއިން އެއާޕޯޓްގެ ސީޕްލޭން ޓާމިނަލަށް 100 ރުފިޔާ، މާލެއިން ހުޅުލޭ އެއާޕޯޓްގެ ސީޕްލޭން ޓާމިނަލަށް 100 ރުފިޔާ އަދި، ހުޅުމާލެ ފޭސް ދޭކުން ހުޅުލެ ސީޕްލޭން ޓާމިނަލަށް 120 ރުފިޔާއެވެ.

މިނިންމުމާއި ގުޅިގެން ޓްރާސްޕޯޓް މިނިސްޓްރީން ބުނީ، މިނިސްޓްރީން ފާސްކޮށް، އިއުލާންކޮށްފައިވާ އަގަށްވުރެ ބޮޑު އަގު ނަގާ ޓެކްސީތަކާއިމެދު ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅު އަޅާނެކަމަށެވެ.

މިކަމާއި ގުޅޭގޮތުން ރާއްޖެއެމްވީއަށް މައުލޫމާތުދެމުން މިކަމުގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތަކުން ބުނީ މިނިސްޓްރީގެ ފަރާތުން މިކަމުގައި އެދެވޭ ޖަވާބެއް ނުލިބޭނަމަ ބުރާސްފަތި ދުވަހުގެ ވަކި ވަގުތަކުން ފެށިގެން ޓެކްސީ ދަތުރުތައް ހުއްޓާލުމަށް ޓެކްސީ ޑްރައިވަރުން ނިންމާފައިވާކަމަށެވެ. މިއާއެކު ޓެކްސީ ސެންޓަރުތަކުގެ މަސައްކަތްވެސް ހުއްޓިގެންދާނެ ކަމަށް އޭނާ ކިޔައިދީފައިވެއެވެ.

މިހާރު ދަތުރަކަށް ކަނޑައަޅާފައިވާ އަގުތަށް ނޫން އަގުތައް ނަގާނަމަ ގާނޫނުތަކާއި ގަވާއިދުތަކުގެ މަތިން ފިޔަވަޅު އެޅޭނެކަމަށް ފުލުހުން ބުނެފައިވާ ބުނުމަށް އިޝާރާތްކޮށް އޭނާ ބުނީ ފުލުހުން ގާނޫނާ ޚިލާފަށް ޓެކްސީ ޑްރައިވަރަކާ ދޭތެރޭ ފިޔަވަޅެއް އަޅައިފިނަމަ އެކަން ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަސް ހުށަހަޅާނެ ކަމަށެވެ. އަދި ބައެއް ފަރާތްތަކުން މިހާރުވެސް ޓެކްސީ ޑްރައިވަރުންނަށް އިންޒާރު ދެމުން އަންނަކަމަށްވެސް އޭނާ ބުނެފައިވެއެވެ.

އާންމުންގެ ބަޔެއް ފަރާތްތަކުން ފާހަގަ ކުރާ ގޮތުގައި ޓެކްސީ ޑްރައިވަރުންގެ އިހްތިޖާޖު ތެޔޮ އަގުބޮޑުވުމުގެ ކުރިންވެސް ވަނީ ފަށާފައެވެ.އަދި ޓެކްސީގެ ޚިދުމަތް ފޯރުކޮށް ދިނުމުގައި އެންމެންނަށް ބޭނުންޖެހިފައިވާ އާންމު ޚިދުމަތެއް ފޯކޮށް ދިނުމަށް ވުރެ އެފަރާތްތަކުން ބަލަނީ ހަމައެކަނި އަމިއްލަ ފައިދާޔަށް ކަމަށް ބައެއް ފަރާތްތަކުން ބުނެފައި ވެއެވެ.އަދި މިކަމަކީ ސަރުކާރުން އަވަސް ހައްލެއް ހޯދާދޭން ޖެހިފައިވާ ކަމެއް ކަންވެސް އެފަރާތްތަކުން ފާހަގަ ކޮށްފައި ވެއެވެ.

ޓެކްސީ ޚިދުމަތްމިނިސްޓްރީ އޮފް ޓްރާންސްޕޯޓްމޯލްޑިވްސް ޕޮލިސް ސަރވިސް

ކޮމެންޓް

އިތުރަށް ކިޔާލަން

މައުރޫފު އަށް އަނިޔާވީ ފުލުހުން އޭނާ ހައްޔަރު ކުރުމުގެ ތެރޭގައި ދޯނީގެ ސިޑިން ދާމާ ކޫއްތާފައި ގަދަކަމުން ބޭލުމުގެ ތެރޭގައި: ނިޝާން

މައުރޫފު އަށް އަނިޔާވީ ފުލުހުން އޭނާ ހައްޔަރު ކުރުމުގެ ތެރޭގައި ދޯނީގެ ސިޑިން ދާމާ ކޫއްތާފައި ގަދަކަމުން ބޭލުމުގެ ތެރޭގައި: ނިޝާން

14 ޑިސެމްބަރު 2025
ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
ސައިކަލުތައް ވަގަށް ނެގުމުގެ މައްސަލަތައް އިތުރުވާތީ  އިދާރީ އަދި މާލީ ދަތިތަކަށް ލުޔެއް ހޯދައި ދިނުމަށް އެދި ހުށަހަޅައިފި

ސައިކަލުތައް ވަގަށް ނެގުމުގެ މައްސަލަތައް އިތުރުވާތީ އިދާރީ އަދި މާލީ ދަތިތަކަށް ލުޔެއް ހޯދައި ދިނުމަށް އެދި ހުށަހަޅައިފި

05 ޑިސެމްބަރު 2025
ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

04 ޑިސެމްބަރު 2025
ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު

ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު

03 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

15 ޖެނުއަރީ
ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު
20242 އަހަރު ކުރިން
ރާއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"
20233 އަހަރު ކުރިން
ރިޕޯޓު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި
20215 އަހަރު ކުރިން
ރާއްޖެ

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!
20197 އަހަރު ކުރިން
ރާއްޖެ

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ
20188 އަހަރު ކުރިން
ސިއްހަތު

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު