Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކޯޓުތަކުގެ ގާނޫނަށް ހުށަހެޅި އިސްލާހު

ކޯޓުތަކުގެ ގާނޫނަށް ހުށަހެޅި އިސްލާހު ދިރާސާ ކުރުމަށް ޖުޑިޝަރީ ކޮމިޓީއަށް ފޮނުވައިފި

7 މާރިޗު 2022 | ހޯމަ 08:54

ދަށު ކޯޓުން ނުވަތަ ޓްރައިބިއުނަލުން އެ މައްސަލައެއް ނިންމި ތާރީޚުން ފެށިގެން 30 ދުވަހުގެ ތެރޭގައި ހައިކޯޓަށް އިސްތިއުނާފުކުރުމަށް ހުށަހަޅަންވާނެ

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 7 މާރިޗު 2022 | ހޯމަ 08:54
ޖަސްޓިސް ބިލްޑިންގ

ޖަސްޓިސް ބިލްޑިންގ

ހައިކޯޓުގައި ހިނގަމުންދާ މައްސަލަތަކުގެ އަދަދަށް ބަލައި ރަށްރަށުގައި ވެސް އަޑުއެހުންތައް ބެއްވޭ ގޮތަށް ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނަށް ހުށަހެޅި އިސްލާހު ދިރާސާ ކުރުމަށް ޖުޑިޝަރީ ކޮމިޓީއަށް ފޮނުުވައިފިއެވެ.

ސަރުކާރުގެ ފަރާތުން، މިއިސްލާހު މަޖިލީހަށް ހުށަހެޅުއްވީ މަތިވެރި ދާއިރާގެ މެމްބަރު ޙަސަން ޒަރީރުއެވެ. ބިލު ހުށަހަޅުއްވަމުން މެމްބަރު ވިދާޅުވެފައިވަނީ، މި އިޞްލާޙުގައި، ހައިކޯޓު އަދި ހައިކޯޓުގެ އެންމެހައި ޝަރީޢަތްތަކުގެ އަޑުއެހުން ޢާންމު ގޮތެއްގައި ހިނގަމުންދާނީ، އަދި ހައިކޯޓަށް ޢައްޔަންކުރެވޭ އެންމެހައި ފަނޑިޔާރުން ޤާއިމުވެ ތިބޭނީ، މާލޭގައި ކަމުގައި ބަޔާންކޮށްފައިވާއިރު، ހައިކޯޓުގައި ހިނގަމުންދާ މައްސަލަތަކުގެ އަދަދަށް ބަލައި، ހައިކޯޓުގެ ގަވާއިދުގައި ކަނޑައަޅާ އުސޫލަކުން، މާލެ ފިޔަވައި ރާއްޖޭގެ އެހެން ރަށްރަށުގައި ހައިކޯޓުގެ ޝަރީޢަތުގެ އަޑުއެހުންތައް ބޭއްވުމުގެ އިޚްތިޔާރު ހައިކޯޓަށް ލިބިގެންވާކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ.

Advertisement - newsAdvertisement

އަދި މި ޤާނޫނުގެ 41 ވަނަ މާއްދާގެ ފަހަތަށް "އިސްތިއުނާ ފުކުރުމަށް ހުށަހެޅުން" މި އަރިމަތީ ސުރުޚީގައި މާއްދާއެއް އިތުރުކުރުމަށް ބިލުގައި ހުށަހަޅާފައިވެއެވެ. މި މާއްދާގައި، ދަށު ކޯޓުތަކާއި ޓްރައިބިއުނަލްތަކުން ނިންމާ ނިންމުންތައް، ހައިކޯޓަށް އިސްތިއުނާފުކުރުމަށް ހުށަހަޅަން ބޭނުންވާނަމަ، ދަށު ކޯޓުން ނުވަތަ ޓްރައިބިއުނަލުން އެ މައްސަލައެއް ނިންމި ތާރީޚުން ފެށިގެން 30 ދުވަހުގެ ތެރޭގައި ހައިކޯޓަށް އިސްތިއުނާފުކުރުމަށް ހުށަހަޅަންވާނެކަމާއި، މި މުއްދަތު ގުނާނީ ދަށުކޯޓުން ނުވަތަ ޓްރައިބިއުނަލުން މައްސަލަ ނިންމި ދުވަހާއި، މުއްދަތު ހަމަވާ ދުވަހާއި، އެ ދެމެދަށް އަންނަ ސަރުކާރު ބަންދު ދުވަސްތައް ނުހިމެނޭ ގޮތުންކަމުގައި ބިލުގައި ބަޔާންކޮށްފައިވެއެވެ.

އަދި، ދަށުކޯޓުން ނުވަތަ ޓްރައިބިއުނަލުން ނިންމާ މައްސަލައެއް ނިމޭ ދުވަހުން ފެށިގެން ގިނަވެގެން 7 ދުވަހުގެ ތެރޭގައި، އެ މައްސަލައެއް ނިންމި ގޮތުގެ ރިޕޯޓު، މައްސަލައިގެ ޚަޞްމުންނަށާއި އެ މައްސަލައިގައި މަޞްލަޙަތު އޮތް އެހެން ފަރާތްތަކަށް ލިބޭނެ އިންތިޒާމު އެ ކޯޓުން ނުވަތަ ޓްރައިބިއުނަލުން ހަމަޖައްސަންވާނެކަމަށްވެސް ބަޔާންކޮށްފައިވެއެވެ.

އަދި ޤާނޫނުގެ 71 ވަނަ މާއްދާގެ ފަހަތަށް "އަމިއްލަ އިސްނެގުމުގައި މައްސަލަ ނުހިންގުން" ގެ އަރިމަތީ ސުރުޚީގައި މާއްދާއެއް އިތުރުކުރުމަށްވެސް މި ބިލުގައި ހުށަހަޅާފައިވެއެވެ. މި މާއްދާގައި ޤާނޫނުގައި ނުވަތަ އެހެން ޤާނޫނެއްގައި ކަނޑައެޅިގެން އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، ޤާނޫނުއަސާސީ އާއި ކަމާބެހޭ ޤާނޫނަކުން ކޯޓަކަށް ލިބިދީފައިވާ އިޚްތިޞާޞްގެ ތެރެއިން އެ ކޯޓުން ބަލަމުންދާ މައްސަލައެއްގައި ޤާނޫނުގައި ކަނޑައެޅިފައިވާ އިޖުރާއަތުގެ ދަށުން އެ ކޯޓަކުން ކުރާ އަމުރެއް ނުވަތަ ނިންމާ ނިންމުމެއް ފިޔަވައި، ދިވެހިރާއްޖޭގެ އެއްވެސް ކޯޓަކުން، އެ ކޯޓުގެ އަމިއްލަ އިސް ނެގުމުގައި ނިންމުމެއް ނިންމައިގެންނުވާނެކަން ކަނޑައަޅާފައިވެއެވެ.

މީގެއިތުރުން މި މާއްދާގައި، "ކޯޓުގެ އަމިއްލަ އިސްނެގުމުގައި ނިންމާ ނިންމުން" މާނަކޮށްފައިވަނީ، ޤާނޫނެއްގެ ދަށުން ކަނޑައެޅިގެން ބާރު ލިބިދޭ ޙާލަތުގައި ނޫން ޙާލަތެއްގައި، އެ ކޯޓެއްގެ އަމިއްލަ އިސްނެގުމުގައި ހިންގައި، ގޮތެއް ނިންމާ މައްސަލަތަކާއި އެ ކޯޓެއްގެ ފަނޑިޔާރުންގެ ޢާންމު މަޖިލީހުން ނިންމާ ނިންމުންތައްވެސް ހިމެނޭގޮތުންކަމުގައިވެސް ބިލުގައި ބަޔާންކޮށްފައިވެއެވެ.

ހައި ކޯޓުޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންޖުޑީޝަލް ސަރވިސް ކޮމިޝަން

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

12 ޑިސެމްބަރު 2025

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

12 ޑިސެމްބަރު 2025
ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި
10 ޑިސެމްބަރު 2025

23 އަހަރު ގެ ޚިދުމަތަށްފަހު ފަނޑިޔާރު ނިޔާޒް ރިޓަޔާ ކުރައްވައިފި

10 ޑިސެމްބަރު 2025
23 އަހަރު ގެ ޚިދުމަތަށްފަހު ފަނޑިޔާރު ނިޔާޒް ރިޓަޔާ ކުރައްވައިފި
07 ޑިސެމްބަރު 2025

ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

07 ޑިސެމްބަރު 2025
ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް
04 ޑިސެމްބަރު 2025

ރާއްޖޭގެ ދިގު ތާރީހުގައި މިހައި ބޮޑަށް ޝަރުއީ ދާއިރާ އަށް ނުފޫޒު ފޯރުވި ސަރުކާރެއް އައިސްފަ އެއް ނުވޭ، ޖޭއެސްސީ ހިނގަނީ ކުންފުނި އުސޫލުން: ވަކީލު މުސްތަފާ

04 ޑިސެމްބަރު 2025
ރާއްޖޭގެ ދިގު ތާރީހުގައި މިހައި ބޮޑަށް ޝަރުއީ ދާއިރާ އަށް ނުފޫޒު ފޯރުވި ސަރުކާރެއް އައިސްފަ އެއް ނުވޭ، ޖޭއެސްސީ ހިނގަނީ ކުންފުނި އުސޫލުން: ވަކީލު މުސްތަފާ
03 ޑިސެމްބަރު 2025

ގާޒީ ފާއިޒް މަގާމުން ވަކި ކުރަން ފާސްކޮށްފި

03 ޑިސެމްބަރު 2025
ގާޒީ ފާއިޒް މަގާމުން ވަކި ކުރަން ފާސްކޮށްފި
01 ޑިސެމްބަރު 2025

ކްރިމިނަލް ކޯޓުގެ ގާޒީ، ފާއިޒް ވަކިކުރުމުގެ މައްސަލަ ކޮމިޓީއަށް

01 ޑިސެމްބަރު 2025
ކްރިމިނަލް ކޯޓުގެ ގާޒީ، ފާއިޒް ވަކިކުރުމުގެ މައްސަލަ ކޮމިޓީއަށް
27 ނޮވެމްބަރު 2025

އަމުރު ނެރުއްވި ފަނޑިޔާރު، އިސްތިއުނާފް މައްސަލަ ބަލަން އިންނެވުމުން ޝަރީއަތް މެދުކަނޑާލައިފި

27 ނޮވެމްބަރު 2025
އަމުރު ނެރުއްވި ފަނޑިޔާރު، އިސްތިއުނާފް މައްސަލަ ބަލަން އިންނެވުމުން ޝަރީއަތް މެދުކަނޑާލައިފި
26 ނޮވެމްބަރު 2025

ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރީ އަދުލުވެރި ގޮތަކަށް ނޫން: މުއިއްޒު

26 ނޮވެމްބަރު 2025
ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރީ އަދުލުވެރި ގޮތަކަށް ނޫން: މުއިއްޒު
24 ނޮވެމްބަރު 2025

ޝަރުއީ ދާއިރާގެ މުސާރަ: ކަންބޮޑުވުންތައް ބޮޑު، 600 އަށް ވުރެ ގިނަ މުވައްޒަފުންގެ ޕެޓިޝަނެއް

24 ނޮވެމްބަރު 2025
ޝަރުއީ ދާއިރާގެ މުސާރަ: ކަންބޮޑުވުންތައް ބޮޑު، 600 އަށް ވުރެ ގިނަ މުވައްޒަފުންގެ ޕެޓިޝަނެއް
23 ނޮވެމްބަރު 2025

ހައިކޯޓުގެ ފަނޑިޔާރު މުހައްމަދު ފައިސަލް ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވައިފި

23 ނޮވެމްބަރު 2025
 ހައިކޯޓުގެ ފަނޑިޔާރު މުހައްމަދު ފައިސަލް ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް