Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކަލްޗަރ އޮފް ރެޒިލިއެންސް ސެޝަން

އީއެމްސީން އައްޑޫސިޓީގައި ހިންގި ޚާއްސަ ސެޝަންތަކަށް ބޮޑު ތަރުޙީބެއް

7 މާރިޗު 2022 | ހޯމަ 04:36

350 އަށް ވުރެ ގިނަ މީހުންވަނީ ސެޝަންތަކުގައި ބައިވެރިވެ ތަމްރީން ހޯދާފައި

އައިޝަތު މުހައްމަދު
އައިޝަތު މުހައްމަދު | 7 މާރިޗު 2022 | ހޯމަ 04:36
އައްޑޫގައި ބޭއްވި ކަލްޗަރ އޮފް ރެޒިލިއެންސް ސެޝަންތަކުގެ ތެރެއިން

އައްޑޫގައި ބޭއްވި ކަލްޗަރ އޮފް ރެޒިލިއެންސް ސެޝަންތަކުގެ ތެރެއިން

ހަރުދަނާ މުޖުތަމަޢަކަށް ބޭނުންވާނެ ޒުވާނުން ބިނާކޮށް އެކި ދާއިރާތަކުން މީހުން ހޭލުންތެރިކުރުމަށް މަސައްކަތްކުރާ އަމިއްލަ ޖަމްޢިއްޔާއެއްކަމަށްވާ "އެންލައިޓްން އަ މައިންޑްފުލް" އިން އައްޑޫގައި ހިންގި މަޢުލޫމާތު ސެޝަންތައް ނިންމާލައިފިއެވެ.

އީއެމްސީއާއެކު އައްޑޫސިޓީ ކައުންސިލާއި މޯލްޑިވްސް ޕޮލިސް ސާރވިސް ގުޅިގެން ހިންގި މި ސެޝަންތައް ކުރިއަށް ދިޔައީ މާޗް 1 އިން 6 ގެ ނިޔަލަށެވެ. މިޕްރޮގްރާމް  އަމާޒުކޮށްފައިވަނީ އައްޑޫ ސިޓީ ކައުންސިލްގެ މުވައްޒަފުންނަށާއި ހިތަދޫ އަދި ގަމުގައި ޙަރަކާތްތެރިވާ މޯލްޑިވްސް ޕޮލިސް ސާރވިސްގެ ސްޓާފުންނާއި އައްޑޫ ސިޓީގެ ފުރާ ޢުމުރުގެ ޒުވާނުންގެ އިތުރުން ސްކޫލްތަކުގެ ބެލެނިވެރިންނަށެވެ.

Advertisement - newsAdvertisement

ކަލްޗަރ އޮފް ރެޒިލިއެންސް، ހޭންޑް އިން ހޭންޑް ފޯރ އަ ބިއުޓިފުލްގެ ނަމުގައި ކުރިއަށްދިޔަ ސެޝަންތަކުގައި އިފެކްޓިވް ކޮމިއުނިކޭޝަން އަދި ކަސްޓަމަރ ކެއަރ އަށް އަހުލުވެރިކުރުމުގެ ސެޝަނެއް އައްޑޫ ސިޓީ ކައުންސިލް މުވައްޒަފުންނަށް ވަނީ ހިންގާފައެވެ. މި ސެޝަންގައި މަޢުލޫމާތުދެއްވީ ރައްޔިތުންގެ މަޖްލީހުގެ ޑިރެކްޓަރ އޮފް މީޑިއާ އެންޑް ކޮމިއުނިކޭޝަންސް ޙަސަން ޒިޔާއުއެވެ. ޒިޔާއުވަނީ އައްޑޫ ސިޓީގެ ޒުވާނުންނަށް ވެސް އެކްޓިވް ކޮމިއުނިކޭޝަން އާއި ގުޅޭ އިތުރު ސެޝަނެއް ނަންގަވައި ދެއްވާފައެވެ.

މި ޕްރޮގްރާމްގެ ތެރެއިން އައްޑޫގައި ޙަރަކާތްތެރިވާ މޯލްޑިވްސް ޕޮލިސް ސާރވިސްގެ ސްޓާފުންނަށް މަޢުލޫމާތު ދެއްވާފައިވަނީ ޤައުމަށް ޚިދުމަތް ކުރުމުގައި ވިސްނަންވީ ކަންތައްތަކުގެ މައްޗަށެވެ. ޑރ ޢަލީ އިޙްސާން ނަންގަވައި ދެއްވި މިސެޝަންގައި އޭނާ ވަނީ ލިބިވަޑައިގެންފައިވާ ތަޖުރިބާގެ އަލީގައި ޤައުމީ ލޯބި އުފައްދާނެ ގޮތާއި ޤައުމަށް ވަފާތެރި ބައެއްގެ ގޮތުގައި ތިބެގެން ޚިދުމަތްކުރާނެ ގޮތުގެ މުހިއްމު އިރުޝާދުތަކެއް ފޯރުކޮށްދެއްވާފައެވެ.

ޕްރޮގްރާމްގެ ތެރެއިން އައްޑޫ ސިޓީގެ ސްކޫލްތަކުގެ ބެލެނިވެރިންނަށް ސްމާޓް ޕޭރެންޓިންގ އާއި ބެހޭ ގޮތުން މައިންޑްފުލްނެސްގެ ކޯޗް ރާޑޯ މުޙައްމަދު ރާޝިދުވަނީ ޚާއްސަ ސެޝަނެއް ނަންގަވައި ދެއްވާފައެވެ. އޭގެ އިތުރުން ހަރުދަނާ ޖީލެއް ބިނާ ކުރުމުގައި ޒުވާނުން ބާރު ވެރި ކުރުމާއި ބެހޭ ގޮތުން "ކައިންޑް" ގެ ސީއީއޯ ޢައިޝަތު ޙަސަންއާއި ޔޫތު ލީޑަރު އަރްޝަދު އަޝްރަފް ވަނީ މަޢުލޫމާތު ދެއްވާފައެވެ.

ބޮޑު ތަރުޙީބެއް ލިބިގެންދިޔަ މި ޕްރޮގްރާމްގެ ތެރޭ ކާމިޔާބު މީހަކަށްވުމަށް ކުރެވިދާނެ ކަންތައްތަކާއި ބެހޭ ގޮތުން ބައިވެރިންނަށް ވަނީ އެގްޒެކެޓިވް ލައިފް ކޯޗް ހައްވާ ޝަހީނާ މުޙައްމަދު މަޢުލޫމާތު ދެއްވާފައެވެ.

މި ޕްރޮގްރާމްގެ ފުރަތަމަ ސެޝަންގައި ކީނޯޓް ސްޕީކަރެއްގެ ގޮތުން ވާހަކަދެއްކެވީ މާޕްގެ ޕްރެޒިޑެންޓް ޙުސެއިން ޢަފީފްއެވެ. ޕްރޮގްރާމްގެ ތެރެއިން އިތުރު ސެޝަންތައް ނަންގަވައިދެއްވި ބޭފުޅުންގެ ތެރޭގައި އީއެމްސީގެ ކޯފައުންޑިންގ ޕްރެޒިޑެންޓުން ކަމުގައިވާ އައިމިނަތު ރީމާ ރަޝީދާއި ސަމާ އިބްރާހިމްދީދީ ހިމެނިވަޑައިގެންނެވިއެވެ.

މި ޕްރޮގްރާމާއި ބެހޭގޮތުން ރާއްޖެއެމްވީއަށް މަޢުލޫމާތު ދެއްވަމުން އައްޑޫ ސިޓީ ހިތަދޫ  މާމެންދޫ ދާއިރާގެ ކައުންސިލަރު އާމިނަތު ޢަދާލާ ރަޝީދު ވިދާޅުވީ 350 އަށްވުރެ ގިނަ ބައިވެރިންނާއެކު ނިމިގެންދިޔަ ޕްރޮގްރާމަކީ ވަރަށް ޚާއްސަ އިސްކަމެއް މުޖުތަމަޢުން ފޯރުކޮށްދޭން ޖެހޭ ނާޒުކު ޢުމުރުފުރާއެއް ކަމަށްވާ ފުރާވަރު ޢުމުރުފުރާގެ ކުދިންނަށް އަގުހުރި އެތައް މަޢުލޫމާތުތަކެއް ލިބިގެންދިޔަ ޕްރޮގްރާމެއް ކަމަށެވެ.

ކައުންސިލުންވަނީ މި ޕްރޮގްރާމް އިސްވެ ހިންގެވި އެންލައިޓްން އަ މައިންޑްފުލް ޖަމްޢިއްޔާއިން މި ފަދަ މުހިއްމު ޕްރޮގްރާމެއް އައްޑޫ ސިޓީއަށް އަމާޒުކޮށް ހިންގެވި ކަމަށްޓަކައި އެޖަމްޢިއްޔާގެ ހިންގުންތެރި ވެރިންނަށް ޝުކުރު އަދާކުރައްވާފައެވެ.

2020 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި އުފެއްދި އެންލައިޓްން އަ މައިންޑްފުލް ކޮމިއުނިޓީއަކީ ދުޅަހެޔޮ، އުފާވެރި، ހިތްހަމަޖެހޭ މުޖުތަމައުއެއް ބިނާކުރުމާއި އަމާންކަމާއި އޮމާންކަން ވެށީގައި ގާއިމްކުރުމުގެ އިތުރުން ސުލްހަމަސަލަސްކަމަށް ލޯބިކުރުމާއިއެކު ބުރަކޮށް ފައިދާހުރި މަސައްކަތްތައް ކުރާ ޖީލެއް ބިނާކޮށް މުޖުތަމައު ހަރުދަނާ ކުރުމުގެ މަޤްސަދުގައި ހިންގަމުން އަންނަ ޖަމްޢިއްޔާއެކެވެ.

އެންލައިޓްން އަ މައިންޑްފުލް ކޮމިއުނިޓީ

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

3

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

4

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

13 މާރިޗު 2017

ފަނޑިޔާރު އަލީ ހަމީދަށް ތުހުމަތު ކުރެވޭ ކަސްބީ އަންހެނުންނާ އެކު ގުޅުން ހިންގި ވީޑިއޯގެ މައްސަލަ ނުބަލަން ނިންމައިފި

13 މާރިޗު 2017
ފަނޑިޔާރު އަލީ ހަމީދަށް ތުހުމަތު ކުރެވޭ ކަސްބީ އަންހެނުންނާ އެކު ގުޅުން ހިންގި ވީޑިއޯގެ މައްސަލަ ނުބަލަން ނިންމައިފި
11 މާރިޗު 2017

ފޭދޫ އެމްޑީޕީ ޖަގަހައަށް ވަދެ މާރާމާރީ ހިންގި މީހަކު ޒަހަމް ކޮށްލައިފި

11 މާރިޗު 2017
ފޭދޫ އެމްޑީޕީ ޖަގަހައަށް ވަދެ މާރާމާރީ ހިންގި މީހަކު ޒަހަމް ކޮށްލައިފި
02 މާރިޗު 2017

ޕީޕީއެމްއިން ކައުންސިލް އިންތިޚާބަށް ރީރެޖިސްޓަރ ކުރުމުގެ ޚާއްސަ ހަރަކާތެއް ބާއްވަނީ

02 މާރިޗު 2017
ޕީޕީއެމްއިން ކައުންސިލް އިންތިޚާބަށް ރީރެޖިސްޓަރ ކުރުމުގެ ޚާއްސަ ހަރަކާތެއް ބާއްވަނީ
28 ފެބުރުއަރީ 2017

ހަމުގެ ބަލިތަކަށް ޚާއްސަ ޑޮކްޓަރެއް މޯލްޑިކެއަރގައި

28 ފެބުރުއަރީ 2017
ހަމުގެ ބަލިތަކަށް ޚާއްސަ ޑޮކްޓަރެއް މޯލްޑިކެއަރގައި
22 ފެބުރުއަރީ 2017

ފ އަތޮޅުގައި "ބޮޑު ޕްރޮޖެކްޓެއް" ހިންގިޔަސް އެއަތޮޅުގައި ރައްޔިތުން ދިރިއުޅޭނެ: ޑރ ޚަލީލް

22 ފެބުރުއަރީ 2017
ފ އަތޮޅުގައި "ބޮޑު ޕްރޮޖެކްޓެއް" ހިންގިޔަސް އެއަތޮޅުގައި ރައްޔިތުން ދިރިއުޅޭނެ: ޑރ ޚަލީލް
06 ފެބުރުއަރީ 2017

ރ. މަޑުއްވަރީގައި ހިންގި 3 މާރާމާރީއަކާ ގުޅިގެން 7 މީހަކު ހައްޔަރުކޮށްފި

06 ފެބުރުއަރީ 2017
ރ. މަޑުއްވަރީގައި ހިންގި 3 މާރާމާރީއަކާ ގުޅިގެން 7 މީހަކު ހައްޔަރުކޮށްފި
30 ޖެނުއަރީ 2017

ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް 157 ވަޒީފާ ސަރުކާރުން ހަމަޖައްސާދީފި

30 ޖެނުއަރީ 2017
ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް 157 ވަޒީފާ ސަރުކާރުން ހަމަޖައްސާދީފި
26 ޖެނުއަރީ 2017

ބަނގުރާ ކޮންޓްރޯލް ކުރުމަށްޓަކައި ޚާއްސަ ޤާނޫނެއް ހެދުމުގެ މަސއްކަތް ދަނީ ކުރަމުން: ހޯމް މިނިސްޓަރު

26 ޖެނުއަރީ 2017
ބަނގުރާ ކޮންޓްރޯލް ކުރުމަށްޓަކައި ޚާއްސަ ޤާނޫނެއް ހެދުމުގެ މަސއްކަތް ދަނީ ކުރަމުން: ހޯމް މިނިސްޓަރު
22 ޖެނުއަރީ 2017

ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި

22 ޖެނުއަރީ 2017
ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް