Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ހުނަރުވެރި ފަންނުވެރި ޒުވާނުން ބިނާކުރުން

ވަޒީފާގެ އަޚުލާގު ނުހިފެހެއްޓޭނަމަ ވަޒީފާގައި ކުރިއަށް ދިޔުމަކީ އުދަނގޫ ކަމެއް: ހަޔަރ އެޑިޔުކޭޝަން މިނިސްޓަރު

މިޒަމާނަކީ ކުޑަކުޑަ ތައުލީމަކާއި ތަމްރީނަކުން އަބަދު އެއް ވަޒީފާއެއްގައި ހުރުމުގެ ފުރުސަތު ފަހިވާނެ ޒަމާނެއް ނޫން

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 6 މާރިޗު 2022 | އާދީއްތަ 07:57
ފުނަރު ޕްރޮގްރާމްގެ ދަސްވެނިންނަށް ސަނަދު ހަވާލު ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން ހަޔަރ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން އާއި ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރު އަހުމަދު ސައީދު

ފުނަރު ޕްރޮގްރާމްގެ ދަސްވެނިންނަށް ސަނަދު ހަވާލު ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން ހަޔަރ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން އާއި ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރު އަހުމަދު ސައީދު

ވަޒީފާގެ އަޚުލާގު ހިފަހައްޓަން ޖެހޭ ކަމަށާއި ވަޒީފާގެ އަޚުލާގު ނުހިފެހެއްޓޭނަމަ ވަޒީފާގައި ކުރިއަށް ދިޔުމަކީ އުދަނގޫ ކަމެއް ކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވެއްޖެއެވެ.

ފެނަކަ އިންސްޓިޓިއުޓް އޮފް ޓްރެއިނިންގ އެންޑް ރިސާޗުން ހިންގި އިންޖީން ރިޕެއަރ އެންޑް މެއިންޓެނެންސް ކޯސް (ފުނަރު ޕްރޮގްރާމް) ނިންމައި ދަރިވަރުންނަށް ސެޓިފިކެޓު ދިނުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ހަޔަރ އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވީ މަސައްކަތުގެ ދާއިރާއިން ހުނަރުވެރި ފަންނުވެރި ޒުވާނުން ބިނާކުރުމަށް ގިނަ ފުރުސަތުތައް ފަހިކޮށްދިނުމަށް މިނިސްޓްރީން އިސްކަންދޭ ކަމަށާއި، އެކަން ކުރަން ތައްޔާރަށް ތިބި ކޮންމެ ބަޔަކާއެކު ވެސް މަސައްކަތް ކުރުމަށް ތައްޔާރަށް ތިބި ކަމަށެވެ. އަދި ސްޓޫޑެންޓް ލޯނަކީ ވެސް އެމަގުސަދުގައި ހުޅުވާލި ފުރުސަތުތައް ކަމަށް ވެސް ވިދާޅުވިއެވެ.

Advertisement - newsAdvertisement

މިނިސްޓަރު ވިދާޅުވީ ވަޒީފާ އަދާކުރާއިރު އެންމެ މުހިއްމު ކަމަކީ އެ ވަޒީފާއެއްގެ އަޚުލާގު ހިފެހެއްޓުން ކަމަށެވެ. ތިމާއަކީ ވަޒީފާގެ އަޚުލާގު ނުހިފެހެއްޓޭ މީހެއްކަމަށްވާނަމަ ވަޒީފާގައި ކުރިއަށް ދިޔުމަކީ ވަރަށް ނާދިރުކަމެއް ކަމަށް ވެސް ވިދާޅުވިއެވެ. މިޒަމާނަކީ ކުޑަކުޑަ ތައުލީމަކާއި ތަމްރީނަކުން އަބަދު އެއް ވަޒީފާއެއްގައި ހުރުމުގެ ފުރުސަތު ފަހިވާނެ ޒަމާނެއް ނޫންކަމަށާއި އެހެންކަމުން ކޮންމެ ވަޒީފާއެއް އަދާކުރިކަމުގައި ވިއަސް އިތުރަށް އިލްމު ހޯދާ އިތުރަށް ތަމްރީނުވުމުގެ ޝައުގުވެރިކަން ބެހެއްޓެވުމަށް މިނިސްޓަރު އެދިވަޑައިގެންނެވި އެވެ.

އެޕްރެންޓިސްޝިޕް ޕްރޮގްރާމަށް އިޝާރަތް ކުރައްވައި މިނިސްޓަރު ވިދާޅުވީ މި ޕްރޮގްރާމަކީ ވަޒީފާގެ މާހައުލަށް ޒުވާނުން ތައްޔާރު ކުރުމަށް ވަރަށް މުހިއްމު ރޯލެއް އަދާކުރާ ޕްރޮގްރާމެއް ކަމަށެވެ.

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ ފެނަކަ އިންސްޓިޓިއުޓް އުފެދިގެން ދިޔައިރު، އެސްއޯއީތަކުން މިފަދަ އިންސްޓިޓިއުޓްތައް އުފައްދަނީ ކީއްކުރަންތޯ ގިނަ ބަޔަކު ސުވާލު އުފެއްދިކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ އެ ފުރުސަތު ފެނަކައަށް ދެއްވީ ފެނަކައިން ވަރަށް މުހިއްމު ދާއިރާއަކުން މީހުން ބިނާކުރުމުގެ މަސައްކަތް ކުރާތީއާއި އަދި ވަރަށް މުހިއްމު ދާއިރާއަކުން މައުލޫމާތު ދިނުމުގެ ފުރުސަތު އޮތްކަން ގަބޫލު ކުރެއްވޭތީކަމަށެވެ. އަދި ފެނަކައިން އެޕްރެންޝިޕް ޕްރޮގްރާމް ފުރިހަމައަށް ކުރުމަކީ ވަރަށް ރަނގަޅު ވަރަށް ބޮޑު ތަޖުރިބާތަކެއް އެޕްރޮގްރާމުގެ ތެރެއިން ލިބިގެންދާނެ ކަމެއް ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.  

މިނިސްޓަރު ވިދާޅުވީ ސަނަދު ލިބިގެންދިޔަ އެޕްރެންޝިޕް ޕްރޮގްރާމަކީ ވަރަށް މުހިއްމު އިނީޝިއޭޓިވްއެއް ކަމަށާއި ފެނަކައަކީ ރާއްޖެއަށް ތަރައްގީ ގެންނަން ބޭނުންވާ ވަރަށް މުހިއްމު ހިއްސާދާރެއް ކަމަށެވެ. ސަރުކާރުގެ މެނިފެސްޓޯގައި ބަޔާންކުރެވިފައިވާ ތަސައްވަރު ހާސިލް ކުރުމުގައި ފެނަކަ ވެގެން ދަނީ ވަރަށް މުހިއްމު ބައިވެރިއަކަށް ކަމަށްވެސް ވިދާޅުވިއެވެ.

ހޮނިހިރު ދުވަހުގެ ރޭ ބޭއްވި ދަސްވެނިވުމުގެ ރަސްމިއްޔާތުގައި އިންޖީން ރިޕެއާ އެންޑް މެއިންޓަނަންސް ލެވެލް ތިނެއްގެ ކޯސް ފުރިހަމަކުރި 23 ދަރިވަރުންނަށް ވަނީ ސެޓްފިކެޓް ދީފައެވެ. އެ ކޯސްތައް ކުރިއަށް ގެންގޮސްފައިވަނީ ރާއްޖޭގެ އަށް ސަރަހައްދަކަށް އަމާޒުކޮށް އަށް ރަށެއްގައެވެ. އެއީ ށ. މިލަންދޫ، ހދ. ކުޅުދުއްފުށި، ނ. ވެލިދޫ، ތ. ވިލިފުށި، ޏ. ފުވައްމުލައް، ދ. ކުޑަހުވަދޫ، ބ. އޭދަފުށި އަދި ސ. ހިތަދޫއެވެ.

މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ. އިބްރާހީމް ހަސަން

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ސްޓޫޑަންޓް ލޯނު ދިނަސް ކޭޝް ފްލޯއަށް ދައްޗެއް ނުވާނެ: މިނިސްޓަރު

ސްޓޫޑަންޓް ލޯނު ދިނަސް ކޭޝް ފްލޯއަށް ދައްޗެއް ނުވާނެ: މިނިސްޓަރު

01 ޖޫން 2023
ކުޅުދުއްފުށި ސިޓީގައި ސްޓޭޓް އޮފް ދި އާރޓް ޓިވެޓް ސެންޓަރެއް ތަރައްގީކުރަނީ

ކުޅުދުއްފުށި ސިޓީގައި ސްޓޭޓް އޮފް ދި އާރޓް ޓިވެޓް ސެންޓަރެއް ތަރައްގީކުރަނީ

06 އެޕްރީލު 2023
މިސަރުކާރުން ޒުވާނުން ބިނާކުރުމަށް މުހިއްމު މަސައްކަތްތަކެއް ކުރައްވާ: ހަޔަރ އެޑިއުކޭޝަން މިނިސްޓަރ

މިސަރުކާރުން ޒުވާނުން ބިނާކުރުމަށް މުހިއްމު މަސައްކަތްތަކެއް ކުރައްވާ: ހަޔަރ އެޑިއުކޭޝަން މިނިސްޓަރ

21 ޑިސެމްބަރު 2022
ސްޓޫޑެންޓް ލޯނު މާފުކުރަން ތާއީދެއް ނުކުރަން، މާފު ކުރާނަމަ ދެމެހެއްޓެނިވި ގޮތެއްގައި އެކަން ނުކުރެވޭނެ: ހަޔަރ އެޑިއުކޭޝަން މިނިސްޓަރު

ސްޓޫޑެންޓް ލޯނު މާފުކުރަން ތާއީދެއް ނުކުރަން، މާފު ކުރާނަމަ ދެމެހެއްޓެނިވި ގޮތެއްގައި އެކަން ނުކުރެވޭނެ: ހަޔަރ އެޑިއުކޭޝަން މިނިސްޓަރު

20 ނޮވެމްބަރު 2022
 ޗަބީ އަށް ޗަބީ ކިޔުނީ ކީއްވެކަން އެނގޭތަ؟

ޗަބީ އަށް ޗަބީ ކިޔުނީ ކީއްވެކަން އެނގޭތަ؟

19 ނޮވެމްބަރު 2022

އަހަރުތަކުން މިއަދު

18 ފެބުރުއަރީ
ސަރުކާރުން ދޫކުރާ މަސްދަޅުތަކަށް 64 މިލިއަނަށް ވުރެ ގިނަ ރުފިޔާ، އަދިއެއްކޮށް ޕޭމަންޓު ދައްކާފައިނުވޭ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސަރުކާރުން ދޫކުރާ މަސްދަޅުތަކަށް 64 މިލިއަނަށް ވުރެ ގިނަ ރުފިޔާ، އަދިއެއްކޮށް ޕޭމަންޓު ދައްކާފައިނުވޭ

ވައުދުވީ ޑޮލަރުން މަސްވެރިންނަށް ފައިސާދޭން، ކުޑަމިނުން ރުފިޔާއިން ވެސް ފައިސާނުދޭތާ 3 މަސް ވަނީ
20242 އަހަރު ކުރިން
ރާއްޖެ

ވައުދުވީ ޑޮލަރުން މަސްވެރިންނަށް ފައިސާދޭން، ކުޑަމިނުން ރުފިޔާއިން ވެސް ފައިސާނުދޭތާ 3 މަސް ވަނީ

12 ދުވަސް ވީ ތަނެއް ނޭނގި: އާސިރަށް ވީ ގޮތާއި އޭގެ ހަގީގަތް!
20233 އަހަރު ކުރިން
ރިޕޯޓު

12 ދުވަސް ވީ ތަނެއް ނޭނގި: އާސިރަށް ވީ ގޮތާއި އޭގެ ހަގީގަތް!

ހިޔާވަހި ހައުސިން މަޝްރޫއު: ރީތި ގަސް އެޕާޓްމެންޓަށް ނަން ބަދަލުކޮށް، ދެއަހަރުގެ ތެރޭގައި މަސައްކަތް ނިންމަނީ
20224 އަހަރު ކުރިން
ރާއްޖެ

ހިޔާވަހި ހައުސިން މަޝްރޫއު: ރީތި ގަސް އެޕާޓްމެންޓަށް ނަން ބަދަލުކޮށް، ދެއަހަރުގެ ތެރޭގައި މަސައްކަތް ނިންމަނީ

ދުނިޔޭގައި ހުންނާނެކަމުގެ އުންމީދު ކަނޑާލި، ހަމައެކަނި އުންމީދަކަށްވީ \"އާއިލާ\"
20215 އަހަރު ކުރިން
ރިޕޯޓު

ދުނިޔޭގައި ހުންނާނެކަމުގެ އުންމީދު ކަނޑާލި، ހަމައެކަނި އުންމީދަކަށްވީ \"އާއިލާ\"

‏ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟‏
20197 އަހަރު ކުރިން
އިސްލާމް

‏ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟‏

އުއްތަމަ ފަނޑިޔާރުގެ ބައްޕާފުޅުގެ ބަސް: ދަރިފުޅު ކުރީ ކުރަންޖެހޭ ކަމެއް!
20188 އަހަރު ކުރިން
ރިޕޯޓު

އުއްތަމަ ފަނޑިޔާރުގެ ބައްޕާފުޅުގެ ބަސް: ދަރިފުޅު ކުރީ ކުރަންޖެހޭ ކަމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު