Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުގަހެއްގައި ދިރިއުޅެމުންދާ ވެނެޒުއޭލާގެ ސަންޗޭޒް

ހިޖުރަކުރީ ރަނގަޅު ދިރިއުޅުމެއް ހޯދަން، މިހާރު ދިރިއުޅެނީ ގަހެެއްގައި

5 މާރިޗު 2022 | ހޮނިހިރު 13:04

ސަންޗޭޒް ކޮލަމްބިއާއަށް ހިޖުރަކުރީ 2016 ވަނަ އަހަރު

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 5 މާރިޗު 2022 | ހޮނިހިރު 13:04
ގަހެއްގައި ދިރިއުޅެމުންދާ ވެނެޒުއޭލާގެ ކަރލޮސް ސަންޗޭޒް

ގަހެއްގައި ދިރިއުޅެމުންދާ ވެނެޒުއޭލާގެ ކަރލޮސް ސަންޗޭޒް

ރަނގަޅު ދިރިއުޅުމެއް ހޯދުމަށް އެއް ތަނުން އަނެއް ތަނަށް ހިޖުރަކުރުމަކީ ގިނަ ބަޔަކު އަބަދުވެސް ކުރާ ކަމެކެވެ. އެކި މީހުން ހިޖުރަކުރުމުގައި އެކި ސަބަބުތައް ހުރެއެވެ. އެއް ބަޔަކު އާއިލާއަށްޓަކައެވެ. އަނެއްބަޔަކު އަމިއްލަ ނަފްސަށްޓަކައި، ރަނގަޅު ދިރިއުޅުމެއް ހޯދުމުގެ މަގުސަދުގައެވެ. މިގޮތުން މިހާތަނަށް އައިއިރު އެތައް މިލިއަން ބަޔަކު ވަނީ އެކި ސަބަބުތަކާހުރެ އެމީހުންގެ އަމިއްލަ ވަޒަން ދޫކޮށް އެހެން ތަންތަނަށް ހިޖުރަކޮށްފައެވެ. މިހާތަނަށް އެއް ތަނުން އަނެއް ތަނަށް ހިޖުރަކޮށްފައިވާ މީހުންގެ ތިންބައިކުޅަ ދެބައި މީހުންނަކީ ވަޒީފާ އަދާކުރުމަށް އެއް ތަނުން އަނެއް ތަނަށް ހިޖުރަކޮށްފައިވާ މީހުންނެވެ.

މީގެ ތެރެއިން ރަނގަޅު ދިރިއުޅުމެއް ހޯދުމަށް އަމިއްލަ ވަޒަން ދޫކޮށް ހިޖުރަކުރި ވެނެޒުއޭލާގެ ރައްޔިތަކު ވަނީ މުޅި ދުނިޔޭގެ ސަމާލުކަން ހޯދާފައެވެ. އެއީ 55 އަހަރުގެ ކަރލޮސް ސަންޗޭޒްއެވެ. ސަންޗޭޒް ވަނީ 2016 ވަނަ އަހަރު އޭނާގެ އަމިއްލަ ވަޒަން ދޫކޮށް ކޮލަމްބިއާއަށް ހިޖުރަކޮށްފައެވެ. އަމިއްލަ ވަޒަން ދޫކޮށް އޭނާ ހިޖުރަކޮށްފައިވަނީ ރަނގަޅު ދިރިއުޅުމެއް ހޯދުމުގެ މަގުސަދުގައެވެ. އޭނާ ހިޖުރަކުރީ އެކަންޏެވެ. އާއިލާގެ އެހެން މީހުން އަދިވެސް ދިރިއުޅެމުންދަނީ ވެނެޒުއޭލާގައެވެ. ގިނަ މީހުން ހިޖުރަކުރަނީ ސަންޗޭޒް އެ ހިޖުރަކުރި ސަބަބަށްޓަކައެވެ. އެހެންނަމަވެސް މިގޮތަށް ހިޖުރަކުރާ ކޮންމެ ބަޔަކަށް އެމީހުން އެ ހާސިލްކުރަން ބޭނުންވާ މަގުސަދު ހާސިލްވޭތޯ ސުވާލު އުފެދެއެވެ.

ރަނގަޅު ދިރިއުޅުމެއް ހޯދަން ހިޖުރަކުރި ސަންޗޭޒް މިހާރު ދިރިއުޅެމުންދަނީ ގަހެއްގައި ހަދާފައި ހުރި ގެއެއްގައެވެ. ނުވަތަ "ޓްރީ ހައުސް" އެއްގައެވެ. މިއީ އޭނާ އުންމީދުކުރި ފަދަ ދިރިއުޅުމަކަށް ނުވެދާނެއެވެ. އެހެންމަވެސް އޭނާ އެ ތަނުގައި ދިރިއުޅެމުންދާތާ މިހާރު ވަނީ ހަތަރު އަހަރަށްވުރެ ގިނަ ދުވަސް ވެފައެވެ. ސަންޗޭޒް ދިރިއުޅެމުންދަނީ ކޮލަމްބިއާ އަދި ވެނެޒުއޭލާ ވަކިކުރާ ބޯޑަރު ކައިރީގައެވެ.

އޭނާ ބުނި ގޮތުގައި އެ ގަސް އޭނާއަށް ލިބުނީ އެގަހުގެ މިލްކުވެރިޔާއަށް އެހީތެރިވެދީގެންނެވެ. މިގޮތުން އެގަހަށް ފެން ދީ، އެ ގަސް ވަރަށް ރަނގަޅަށް ބަލަހައްޓާފައިވާކަމަށް އޭނާ ވަނީ ކިޔައިދީފައެވެ. އަދި އެ ބިންވެސް ރަނގަޅަށް ސާފުކޮށް ބަލަހައްޓާފައިވެއެވެ. އެކަން ކޮށްގެން އޭނާ ވަނީ އެ ބިމުގެ މިލްކުވެރިޔާގެ އިތުބާރު ހޯދާފައެވެ. އެ ގަސް ލިބުމުން އެގަހުގައި އޭނާއަށް ދިރިއުޅެވޭނެ ގޮތް ހެދީއެވެ. އެކަން ކުރީ ލަކުޑިއާއި ވާ ފަދަ ތަކެތި ބޭނުންކޮށްގެން، އޭނާގެ އަމިއްލަ މަސައްކަތުންނެވެ.

ސަންޗޭޒް ބުނިގޮތުގައި އޭނާ އެތަނުގައި ދިރިއުޅެމުންދަނީ ހިތްހަމަޖެހިގެންނެވެ. އެހެންނަމަވެސް ބައެއް ދުވަސްދުވަހު އެކަނިވެރިކަމުގެ އިހުސާސް ވަރަށް ބޮޑަށް ކުރެވޭ ކަމަށް އޭނާ ކިޔައިދީފައިވެއެވެ. އޭނާ ބުނީ އެކަނިވެރިވުމުން ކުރެވިފައިހުރި ރަނގަޅު ކަންތައްތަކާއި، ގޯސްކޮށް ކުރެވިފައި ހުރި ކަންތައްތަކާ ދޭތެރޭ ވިސްނާ ފިކުރު ކުރެވޭ ކަމަށެވެ. އެއީ ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް ގެނުވާ ކަމެއް ކަމަށާއި އަދި ހިތާދަތިކަން ވެސް ގެނުވާ ކަމެއް ކަމަށް ސަންޗޭޒް ކިޔައިދީފައިވެއެވެ.

ސަންޗޭޒް އެ ދިރިއުޅެމުންދަނީ އޭނާ އެންމެ އުންމީދުކުރި ގޮތަށް ކަމަށް ނުވެދާނެއެވެ. އެހެންނަމަވެސް އޭނާ އެ ދިރިއުޅެމުންދަނީ ކޮންމެވެސް ވަރަކަށް ހިތްހަމަޖެހިގެންކަން އޭނާގެ ވާހަކަތަކުން އެނގެއެވެ.

ކަރލޮސް ސަންޗޭޒް

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

5

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

އިތުރަށް ކިޔާލަން

20 ޖުލައި 2017

ހުރިހާ ކަމެއް ކޯޓުން: ވަރަށް ސަޅި، އަދި މިހާރު މާބޮޑަށް ސަޅި!

20 ޖުލައި 2017
ހުރިހާ ކަމެއް ކޯޓުން: ވަރަށް ސަޅި، އަދި މިހާރު މާބޮޑަށް ސަޅި!
29 އެޕްރީލު 2017

"ލޯބިވާ، މިހާރު ވަރަށް ކަންބޮޑުވެއްޖެ، ހެޔޮނުވާނެ ސަލާމަތުން ހުރިއްޔާ އަންގާލަ ދީބަލަ"

29 އެޕްރީލު 2017
"ލޯބިވާ، މިހާރު ވަރަށް ކަންބޮޑުވެއްޖެ، ހެޔޮނުވާނެ ސަލާމަތުން ހުރިއްޔާ އަންގާލަ ދީބަލަ"
13 އެޕްރީލު 2017

ކުރިން ވައްކަން ކުރީ ސޯޓު ލައިގެން، މިހާރު ވައްކަން ކުރަނީ ކޯޓު ލައިގެން

13 އެޕްރީލު 2017
ކުރިން ވައްކަން ކުރީ ސޯޓު ލައިގެން، މިހާރު ވައްކަން ކުރަނީ ކޯޓު ލައިގެން
06 މާރިޗު 2017

ސުނީ މިހާރު ދެކޭ އެންމެ ބޮޑު ހުވަފެނަކީ ޕްރިޔަންކާއާ އެކު ނެށުމެއް ހުށަހެޅުން!

06 މާރިޗު 2017
ސުނީ މިހާރު ދެކޭ އެންމެ ބޮޑު ހުވަފެނަކީ ޕްރިޔަންކާއާ އެކު ނެށުމެއް ހުށަހެޅުން!
28 ފެބުރުއަރީ 2017

ގުރުއާން ހިތުދަސްކުރި އޯޓިސްޓިކް ކުއްޖާ: އާދަޔާ ޚިލާފު ވާހަކަތަކެއް، ހިތްދަތި ތަޖުރިބާތަކެއް، މިހާރު އުފާވެރިކަން!

28 ފެބުރުއަރީ 2017
ގުރުއާން ހިތުދަސްކުރި އޯޓިސްޓިކް ކުއްޖާ: އާދަޔާ ޚިލާފު ވާހަކަތަކެއް، ހިތްދަތި ތަޖުރިބާތަކެއް، މިހާރު އުފާވެރިކަން!
05 ފެބުރުއަރީ 2017

ރާއްޖެ މިހާރު ހިނގަމުންދަނީ އަވަށްޓެރި ލަންކާ ހިނގަމުންދިޔަ މަގުން: އިގްތިސާދީ އަނދަވަޅަކަށް ވެއްޓުމުގެ ބިރު ބޮޑު!

05 ފެބުރުއަރީ 2017
ރާއްޖެ މިހާރު ހިނގަމުންދަނީ އަވަށްޓެރި ލަންކާ ހިނގަމުންދިޔަ މަގުން: އިގްތިސާދީ އަނދަވަޅަކަށް ވެއްޓުމުގެ ބިރު ބޮޑު!
31 ޖެނުއަރީ 2017

އަމިއްލައަށް ހެދޭ ގޯހެއް ރަނގަޅުކުރުމަކީ ބަލިވުމެއް ނޫން!

31 ޖެނުއަރީ 2017
އަމިއްލައަށް ހެދޭ ގޯހެއް ރަނގަޅުކުރުމަކީ ބަލިވުމެއް ނޫން!
20 ޖެނުއަރީ 2017

ރައީސް ޔާމީނާއި ޕީއޭގެ ލީޑަރު ޔާމީން: އެހާރާއި މިހާރު!

20 ޖެނުއަރީ 2017
ރައީސް ޔާމީނާއި ޕީއޭގެ ލީޑަރު ޔާމީން: އެހާރާއި މިހާރު!
17 ޖެނުއަރީ 2017

ޗެސް އަކީ ސަމާލުކަން ދިނުން އިތުރުވެ، ވިސްނުން ރަނގަޅުކޮށްދޭ ކުޅިވަރެއް: ސާރާ ޚާދިމް

17 ޖެނުއަރީ 2017
ޗެސް އަކީ ސަމާލުކަން ދިނުން އިތުރުވެ، ވިސްނުން ރަނގަޅުކޮށްދޭ ކުޅިވަރެއް: ސާރާ ޚާދިމް
12 ޖެނުއަރީ 2017

މިހާރުގެ ހާލަތަށް ބަލާއިރު ދިވެހި ފިލްމީ ދާއިރާއަށް ކުރިއެރުމެއް ނެތް

12 ޖެނުއަރީ 2017
މިހާރުގެ ހާލަތަށް ބަލާއިރު ދިވެހި ފިލްމީ ދާއިރާއަށް ކުރިއެރުމެއް ނެތް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް