Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކެނެބިސް ޓްރެފިކް ކުރުން

ކެނެބިސް ޓްރެފިކްކޮށް އިއުތިރާފުވި މީހަކު އުމުރަށް ޖަލަށް ލުމާއެކު 1 ލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފި

ކްރިމިނަލް ކޯޓުގައި މި މައްސަލަ ބެއްލެވީ ގާޒީ އާދަމް މުޙައްމަދު

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 5 މާރިޗު 2022 | ހޮނިހިރު 03:58
ފުލުހުން ހިންގި އޮޕަރޭޝަނެއްގެ ތެރެއިން- 14 ގްރާމަށްވުރެ ގިނަ އަދަދަކަށް ކެނެބިސް ނުވަތަ ކެނެބިސް މިކްސްޗަރ ހުރެއްޖެނަމަ، އެ އެއްޗެއް ހުރީ ޓްރެފިކް ކުރުމަށް ކަމަށް ބެލެވޭ

ފުލުހުން ހިންގި އޮޕަރޭޝަނެއްގެ ތެރެއިން- 14 ގްރާމަށްވުރެ ގިނަ އަދަދަކަށް ކެނެބިސް ނުވަތަ ކެނެބިސް މިކްސްޗަރ ހުރެއްޖެނަމަ، އެ އެއްޗެއް ހުރީ ޓްރެފިކް ކުރުމަށް ކަމަށް ބެލެވޭ

ކެނެބިސް ޓްރެފިކްކޮށް އެކަމަށް އިއުތިރާފުވި މީހަކު އުމުރަށް ޖަލަށް ލުމާއެކު 1 ލައްކަ ރުފިޔާއިން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ޙުކުމް ކޮށްފިއެވެ.

ކްރިމިނަލް ކޯޓުން މި ޙުކުމް ކޮށްފައިވަނީ ތ. ކިނބިދޫ ދީފްރަމްގޭ ޔޫނުސް ރަޝާދުގެ މައްޗަށެވެ. އެގޮތުން އޭނާގެ މައްޗަށް އުފުލާފައިވަނީ ކެނެބިސް ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާއެވެ.

މި މައްސަލައިގައި އޭނާގެ މައްޗަށް ދައުވާ ކޮށްފައިވަނީ އޭނާ އިތުރު ބަޔަކާއެކު ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމަށްފަހު އެތަކެތި ޓްރެފިކް ކުރާ ކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ހައްޔަރުކޮށް އޭނާގެ މައްޗަށް އެކަށީގެންވާ ހެކި ހުރުމުންނެވެ. އޭނާ ހައްޔަރު ކޮށްފައިވަނީ 29 އޭޕްރީލް 2021 ގައެވެ.

މަސްތުވާތަކެއްޗާ ބެހޭ ޤާނޫނުގައިވާ ގޮތުން އެތަކެއްޗަށް ދެވިހިފާފައިވާ މީހެއްގެ އަތުން 14 ގްރާމަށްވުރެ ގިނަ އަދަދަކަށް ކެނެބިސް ނުވަތަ ކެނެބިސް މިކްސްޗަރ ހުރެއްޖެނަމަ، އެ އެއްޗެއް ހުރީ ޓްރެފިކް ކުރުމަށް ކަމަށް ބެލެވޭނެއެވެ.

އަދި ކެނެބިސް ޓްރެފިކް ކުރުމުގެ ކުށުގެ އަދަބަކީ އުމުރަށް ޖަލަށް ލުމާއެކު، އެއް ލައްކަ ރުފިޔާއިން ފެށިގެން އެއް ލައްކަ ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމެވެ.

މި މައްސަލައިގައި ޔޫނުސް ރަޝާދުގެ މައްޗަށް ކޮށްފައިވާ ދައުވާއަށް ޖަވާބުދާރީވަމުން އޭނާ ވަނީ އެއްވެސް މަޖުބޫރުކަމެއް އަދި ނުފޫޒެއް ނެތްކަން ފާހަގަކޮށް ދައުވާއަށް އިއުތިރާފުވެފައެވެ. އަދި އެއީ ސައްޙަ އިއުތިރާފެއް ކަމަށް ކަނޑައަޅައި، ޝަރީއަތުން ވަނީ އަވަސްނިޔާގެ އަޑުއެހުން ކުރިއަށް ގެންގޮސްފައެވެ. އަވަސްނިޔާގެ އަޑުއެހުމުގައިވެސް އޭނާ ވަނީ އިއުތިރާފު ދަމަހައްޓާފައެވެ.

އޭނާގެ އިއުތިރާފާއެކު ކުށް ސާބިތުވާކަމަށް ކަނޑައަޅާފައިވާއިރު، ދައުލަތުން ވަނީ އޭނާގެ މައްޗަށް ކަނޑައެޅޭނެ އަދަބަކީ އުމުރަށް ޖަލަށް ލުމާއެކު، އެއްލައްކަ ރުފިޔާއިން ޖޫރިމަނާކުރުންކަން ފާހަގަކޮށްފައެވެ. އަދި ޔޫނުސް ރަޝާދު ވަނީ ވީހާވެސް ލުއި އަދަބެއް ދިނުމަށް އެދިފައެވެ.

ކްރިމިނަލް ކޯޓުގައި މި މައްސަލަ ބެއްލެވި ގާޒީ އާދަމް މުޙައްމަދު ވަނީ ޔޫނުސް ރަޝާދު އުމުރަށް ޖަލަށް ލުމާއެކު، އެއްލައްކަ ރުފިޔާއިން ޖޫރިމަނާ ކުރުމަށް ޙުކުމް ކުރައްވާފައެވެ. އަދި އެ ފައިސާ 1 މާރޗުން ފެށިގެން 12 މަސް ދުވަހުގެ ތެރޭގައި މީރާއަށް ދެއްކުމަށްވެސް ޙުކުމުގައި އަންގަވާފައިވެއެވެ.

ކްރިމިނަލް ކޯޓްމަސްތުވާތަކެތި

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި
10 ޑިސެމްބަރު 2025

ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

10 ޑިސެމްބަރު 2025
ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި
08 ޑިސެމްބަރު 2025

އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި

08 ޑިސެމްބަރު 2025
އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި
07 ޑިސެމްބަރު 2025

ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

07 ޑިސެމްބަރު 2025
ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް
06 ޑިސެމްބަރު 2025

އެޕަރޓްމަންޓަކަށް ވަދެ، ތޫނު އެއްޗަކުން މީހަކަށް ހަމަލާ ދިން މައްސަލާގައި ހައްޔަރު ކުރި މީހާގެ ބަންދަށް ފަސް ދުވަސް

06 ޑިސެމްބަރު 2025
އެޕަރޓްމަންޓަކަށް ވަދެ، ތޫނު އެއްޗަކުން މީހަކަށް ހަމަލާ ދިން މައްސަލާގައި ހައްޔަރު ކުރި މީހާގެ ބަންދަށް ފަސް ދުވަސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު