Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޖައިލަމްގެ މަރުގެ މައްސަލަ

ޖައިލަމްގެ މަރުގެ މައްސަލައިގެ ޙުކުމް 10 މާރޗުގައި

2 މާރިޗު 2022 | ބުދަ 08:55

ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ އިސްމާއިލް ޝަފީއު

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 2 މާރިޗު 2022 | ބުދަ 08:55
ޖައިލަމްގެ މަރުގެ މައްސަލައިގައި ކްރިމިނަލް ކޯޓުގައި ދައުވާ އުފުލާފައިވަނީ 4 މީހެއްގެ މައްޗަށް

ޖައިލަމްގެ މަރުގެ މައްސަލައިގައި ކްރިމިނަލް ކޯޓުގައި ދައުވާ އުފުލާފައިވަނީ 4 މީހެއްގެ މައްޗަށް

ހ. ހަންޑްރެޑް ފްލާވަރސް, ޖައިލަމް އަހުމަދު ޝާކިރުގެ މަރުގެ މައްސަލައިގެ ހުކުމްކުރުން މާރޗް މަހުގެ 10 ވަނަ ދުވަހަށް ތާވަލުކޮށްފިއެވެ.

މި މައްސަލައިގައި ބުދަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ދިޔަ އަޑުއެހުމަކީ ޖައިލަމްގެ މަރުގެ މައްސަލަ ދިރާސާ ކުރައްވަމުން ގެންދެވިއިރު ގާޒީއަށް ފާހަގަކުރެއްވުނު ކަންކަމާއި ގުޅިގެން އިތުރަށް ސާފުކުރައްވަން ބޭނުންވެވަޑައިގެންނެވި ބައެއް ކަންކަން ސާފު ކުރެއްވުމަށް ބޭއްވެވި އަޑުއެހުމެކެވެ.

Advertisement - newsAdvertisement

ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ އިސްމާއިލް ޝަފީއުއެވެ.

ގާޒީ ވިދާޅުވީ، ދައުވާ ލިބޭ 3 ފަރާތެއް ހައްޔަރުކުރިއިރު ނުވަތަ ސުވާލު ކުރެވުނުއިރު ޤާނޫނީ އިންޒާރު ދިންކަން އެނގޭނެ ލިޔުމެއް ނެތް ކަމަށެވެ. ނަމަވެސް ދައުވާ ލިބޭ މުޙައްމަދު ހުމައިދު އާއި ގުޅިގެން އެފަދަ ލިޔުމެއް ހުށައެޅިފައިވާކަން ގާޒީ ފާހަގަކުރެއްވިއެވެ.

އެކަމަށް ޖަވާބު ދެއްވަމުން ދައުލަތުގެ ވަކީލާ ވިދާޅުވީ، އަލީ އިރުފާނާއި ނަސީބު ސައީދު އަދި އިސްމާއިލް އަނީޤުއަށް ޤާނޫނީ އިންޒާރު ދިން ލިޔެކިޔުންތައް ދައުލަތަށް ލިބިފައިވާ ކަމަށެވެ. އެ ލިޔެކިޔުންތަކުގެ ފޯލިއޯ ނަންބަރުތައް ދައުލަތުން ވަނީ އަޑުއެހުމުގައި ކިޔާދެއްވާފައެވެ. އަދި ކޯޓަށް އެ ލިޔެކިޔުންތައް ލިބިފައިނުވާނަމަ، ހިއްސާ ކުރައްވާނެކަން ވަނީ ފާހަގަކުރައްވާފައެވެ.

ގާޒީ ވަނީ ވީހާވެސް އަވަހަށް އެ ލިޔެކިޔުންތައް ކޯޓަށް ހިއްސާ ކުރެއްވުމަށް ދަންނަވާފައެވެ.

ގާޒީ ވިދާޅުވީ، ދެން މި މައްސަލައިގެ އޮންނާނީ ޙުކުމް ކުރެއްވުމަށް ބާއްވަވާ އަޑުއެހުން ކަމަށެވެ. އެގޮތުން 10 މާރޗު 2022 ވާ ބުރާސްފަތި ދުވަހުގެ 1400 ގައި މި މައްސަލައިގެ ޙުކުމް ކުރެއްވުމަށް ވަނީ ތާވަލު ކުރައްވާފައެވެ.

ޖައިލަމްގެ މަރުގެ މައްސަލައިގެ ޚުލާސާ ބަޔާން އިއްވާފައިވަނީ 2 ފެބްރުއަރީ 2022 ގައެވެ.

ކްރިމިނަލް ކޯޓްމަރު

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި
10 ޑިސެމްބަރު 2025

ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

10 ޑިސެމްބަރު 2025
ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި
08 ޑިސެމްބަރު 2025

އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި

08 ޑިސެމްބަރު 2025
އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި
07 ޑިސެމްބަރު 2025

ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

07 ޑިސެމްބަރު 2025
ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް
06 ޑިސެމްބަރު 2025

އެޕަރޓްމަންޓަކަށް ވަދެ، ތޫނު އެއްޗަކުން މީހަކަށް ހަމަލާ ދިން މައްސަލާގައި ހައްޔަރު ކުރި މީހާގެ ބަންދަށް ފަސް ދުވަސް

06 ޑިސެމްބަރު 2025
އެޕަރޓްމަންޓަކަށް ވަދެ، ތޫނު އެއްޗަކުން މީހަކަށް ހަމަލާ ދިން މައްސަލާގައި ހައްޔަރު ކުރި މީހާގެ ބަންދަށް ފަސް ދުވަސް
03 ޑިސެމްބަރު 2025

ސަނީ 30 ދުވަހަށް ބަންދު ކޮށްފި

03 ޑިސެމްބަރު 2025
ސަނީ 30 ދުވަހަށް ބަންދު ކޮށްފި
03 ޑިސެމްބަރު 2025

ގާޒީ ފާއިޒް މަގާމުން ވަކި ކުރަން ފާސްކޮށްފި

03 ޑިސެމްބަރު 2025
ގާޒީ ފާއިޒް މަގާމުން ވަކި ކުރަން ފާސްކޮށްފި
01 ޑިސެމްބަރު 2025

ފެނަކަ ބްރާންޗު ތަކުގައި ސެކިއުރިޓީ ކެމެރާ ހަރުކުރާނެ ބަޔަކު ކަނޑައެޅުމުގައި ކޮރަޕްޝަން ހިންގާފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ދައުވާ ކުރަން ހުށަހަޅައިފި

ކްރިމިނަލް ކޯޓުގެ ގާޒީ، ފާއިޒް ވަކިކުރުމުގެ މައްސަލަ ކޮމިޓީއަށް

01 ޑިސެމްބަރު 2025
ކްރިމިނަލް ކޯޓުގެ ގާޒީ، ފާއިޒް ވަކިކުރުމުގެ މައްސަލަ ކޮމިޓީއަށް
28 ނޮވެމްބަރު 2025

‎ސަޢީދު އަށް ހުކުމް އިއްވިތާ ދެ މަސް، ދައުވާ ސާބިތުވި އަނެއް ފަރާތަށް ދިފާޢުވާން އިތުރު ފުރުޞަތެއް: އިންސާފުވެރިތަ؟

28 ނޮވެމްބަރު 2025
‎ސަޢީދު އަށް ހުކުމް އިއްވިތާ ދެ މަސް، ދައުވާ ސާބިތުވި އަނެއް ފަރާތަށް ދިފާޢުވާން އިތުރު ފުރުޞަތެއް: އިންސާފުވެރިތަ؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް