Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެނެތިދިއުމުގެ ބިރުހީވެފައިވާ ދިރޭތަކެތި

ނެތިދިއުމުގެ ބިރު ހީވެފައިވާ ދިރޭތަކެތީގެ ވިޔަފާރިކުރުމުގެ ބިލަށް ފުލުހުންނާއި ކަސްޓަމްސްގެ ޚިޔާލުވެސް ހޯދައިފި

2 މާރިޗު 2022 | ބުދަ 07:05

ކަސްޓަމްސްއަށް ތަންފީޒީ ގޮތުން ބޮޑެތި ޒިންމާތަކެއް ޙަވާލުކޮށްފައިވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 2 މާރިޗު 2022 | ބުދަ 07:05
ރައްޔިތުންގެ މަޖިލީހުގެ އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީއިން، ނެތިދިއުމުގެ ބިރު ހީވެފައިވާ ދިރޭތަކެތީގެ ވިޔަފާރިކުރުމުގެ ބިލާއި ގުޅޭ ގޮތުން ކަމާއި ގުޅޭ އިދާރާތަކާއި ބައްދަލުކުރެއްވުނ

ނެތިދިއުމުގެ ބިރު ހީވެފައިވާ ދިރޭތަކެތީގެ ވިޔަފާރިކުރުމުގެ ބިލާއި ގުޅޭގޮތުން މޯލްޑިވްސް ކަސްޓަމްސް ސަރވިސް އާއި، ދިވެހި ފުލުހުންގެ ޚިދުމަތުގެ ބޭފުޅުންނާއި ރައްޔިތުންގެ މަޖިލީހުގެ އެންވަޔަރމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީން ބައްދަލުކުރައްވައިފިއެވެ.

ނެތިދިއުމުގެ ބިރު ހީވެފައިވާ ދިރޭތަކެތީގެ ވިޔަފާރިކުރުމުގެ ބިލާއި ގުޅޭ ގޮތުން ބުދަ ދުވަހު ކޮމިޓީން ވަނީ ކަމާއި ގުޅުންހުރި ބައެއް އިދާރާތަކާއި މަޝްވަރާ ކުރައްވާފައެވެ. އެގޮތުން ބުދަ ދުވަހުގެ ކޮމިޓީ ބައްދަލުވުމުގައި މޯލްޑިވްސް ކަސްޓަމްސް ސަރވިސްއާއި، ދިވެހި ފުލުހުންގެ ޚިދުމަތުގެ އިތުރުން، އެ ތަކެތި އިމްޕޯޓް ކުރާ ބައެއް ފަރާތްތަކާވެސް ކޮމިޓީން ވަނީ ބައްދަލުކުރައްވާފައެވެ.

Advertisement - newsAdvertisement

މި ބައްދަލުކުރެއްވުމުގައި ވާހަކަދައްކަވަމުން ކަސްޓަމްސްގެ ފަރާތުން ޑެޕިއުޓީ ޗީފް ސުޕްރިންޓެންޑެންޓް އަހުމަދު ސިމާހް ވިދާޅުވީ، މި ބިލުގެ ދަށުން ކަސްޓަމްސްއަށް ތަންފީޒީ ގޮތުން ބޮޑެތި ޒިންމާތަކެއް ޙަވާލުކޮށްފައިވާ ކަމަށެވެ. އެގޮތުން ބޯޑަރ ލެވެލްގައި ތަންފީޒު ކުރަންޖެހޭ ކަންކަމާއި، އެތަކެތި އެތެރެކުރުމަށްފަހު ގެންގުޅޭތޯ ބެލުމަށް ކުރަންޖެހޭ ކަންކަމަކީވެސް ކަސްޓަމްސްގެ މަސްއޫލިއްޔަތު ނުހަނު ބޮޑަށް ހިމެނޭ ކަންކަންކަމަށް އޭނާ ވިދާޅުވިއެވެ.

ސިމާހް ވިދާޅުވީ، ރާއްޖެއަށް އެތަކެތި ގެނައުމާއި އިމްޕޯޓު ކުރުމަކީ ތަފާތު ދެ ކަމެއް ކަމަށާއި، ބިލުންވެސް އެކަން މިހާރަށްވުރެ ސާފުވާން ޖެހޭ ކަމަށެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަދައްކަވަމުން ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން ބައިވެރިވެވަޑައިގެންނެވި ޓެކްނިކަލް ޑިރެކްޓަރު ގާސިމް އަލީ ވިދާޅުވީ، މިއީ ރާއްޖޭގެ ކޮންމެ ހިސާބެއްގައިވެސް ހިނގާފާނެ ކަމެއް ކަމަށެވެ. ވީއިރު އެ ޙާލަތްތަކުގައި އެތަކެތި ތަންފީޒީ އިދާރާތަކުން ނެގުމާމެދު އަމަލުކުރާނެ ގޮތާއިމެދު އުސޫލުތަކެއް ހުންނަންޖެހޭކަމަށް އޭނާ ވިދާޅުވިއެވެ.

މީގެއިތުރުން، އެފަދަ ތަކެތި ނައްތާލުމުގައި ހިނގާ ޚަރަދަށް ޒިންމާވާނީ އެތަކެތި އެތެރެކުރާ ފަރާތުންކަމަށް ބިލުގައި ބަޔާން ކޮށްފައިވާއިރު، އެކަމާ ގުޅިގެންވެސް އޭނާ ވަނީ ވާހަކަދައްކަވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް، އަހުމަދު ވިދާޅުވީ، އަތޮޅުތެރޭގެ އެކި ހިސާބުތަކުގައި ޤަވާއިދާ ޚިލާފަށް ބައެއް ދޫނި ހިފައި ގެންގުޅޭތީ އެތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ކަމަށެވެ. އަދި އެތަކެތި ބެލެހެއްޓުމުގައި ދިމާވާ ގޮންޖެހުންތައްވެސް ކޮމިޓީގައި ވަނީ ހިއްސާ ކުރައްވާފައެވެ.

އޭނާ ވިދާޅުވީ، އެކަމަށް ޚަރަދުތަކެއްވެސް ކުރަންޖެހޭއިރު، ސަރަޙައްދީ ގޮތުން އެފަދަ ފެސިލިޓީތަކެއް ހުރުމަކީ ބޭނުންތެރިކަމެއްކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ.

މި ބިލަކީ ކޮންވެންޝަން އޮން އިންޓަނޭޝަނަލް ޓްރޭޑް އިން އެންޑެންޖާޑް ސްޕީސިސް އޮފް ވައިލްޑް ފައުނާ އެންޑް ފްލޯރާ (ސައިޓީސް) ގެ ދަށުން ހެދުމަށް ލާޒިމުކުރާ ޤާނޫނަކާއި ގުޅޭ ބިލެކެވެ. ކޮމިޓީގެ މުޤައްރިރު ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވިދާޅުވީ، ސައިޓީސްގެ ހުރިހާ މެމްބަރު ޤައުމުތަކުންވެސް މި ޤާނޫނު އެކުލަވާލާފައިވާ ކަމަށެވެ. ރާއްޖެއިން ޤާނޫނު އެކުލަވާލާފައި ނުވާތީ ރާއްޖެއާމެދު ފިޔަވަޅު އެޅުމަށްވެސް ސައިޓީސްއިސް ވިސްނަމުންދާ ކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާކަމަށް ސަލީމް ވިދާޅުވިއެވެ.

"ދިވެހިރާއްޖެއަށް ދޫނި އެތެރެކުރުމާއި ބެހޭ ގަވާއިދު" އާއި ޚިލާފަށް ރާއްޖެއަށް އެތެރެކޮށްފައިވާ 5 ޝިޕްމަންޓެއްގައި ހިމެނޭ ދޫނިތަކެއް ނައްތާލި މައްސަލައެއް ދާދި ފަހުންވެސް ފެންމަތިވެފައިވެއެވެ.

ރައްޔިތުންގެ މަޖިލިސްމޯލްޑިވްސް ޕޮލިސް ސަރވިސްމޯލްޑިވްސް ކަސްޓަމްސް ސާރވިސް

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

08 ޑިސެމްބަރު 2025

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި
04 ޑިސެމްބަރު 2025

ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

04 ޑިސެމްބަރު 2025
ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް
03 ޑިސެމްބަރު 2025

ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު

03 ޑިސެމްބަރު 2025
ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު
22 ނޮވެމްބަރު 2025

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި

22 ނޮވެމްބަރު 2025
 ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި
19 ނޮވެމްބަރު 2025

އަންހެން ދެ ކުދިންނަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަން ފަށައިފި

19 ނޮވެމްބަރު 2025
އަންހެން ދެ ކުދިންނަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަން ފަށައިފި
16 ނޮވެމްބަރު 2025

51 މިލިއަން އަށް ލިބޭ ކޮންޓޭނަރު ސްކޭނަރެއް ގަންނަން ފިނޭންސުން ހަމަޖައްސައި ދިނީ އެންމެ 15 މިލިއަން ރުފިޔާ: ކަސްޓަމްސް

16 ނޮވެމްބަރު 2025
51 މިލިއަން އަށް ލިބޭ ކޮންޓޭނަރު ސްކޭނަރެއް ގަންނަން ފިނޭންސުން ހަމަޖައްސައި ދިނީ އެންމެ 15 މިލިއަން ރުފިޔާ: ކަސްޓަމްސް
14 ނޮވެމްބަރު 2025

ޒަމާނީ ބަދަލުތަކަށް ތަމްރީނު ހޯދައި، ގޮންޖެހުންތަކުން އަރައިގަތުމުގެ ހިތްވަރު ފުލުހުންގެ އެބަހުރި: ސީޕީ

14 ނޮވެމްބަރު 2025
ޒަމާނީ ބަދަލުތަކަށް ތަމްރީނު ހޯދައި، ގޮންޖެހުންތަކުން އަރައިގަތުމުގެ ހިތްވަރު ފުލުހުންގެ އެބަހުރި: ސީޕީ
13 ނޮވެމްބަރު 2025

ކަސްޓަމްސް އެކަށީގެންވާ ގޮތެއްގައި މަސައްކަތެއް ނުކުރޭ، އެތަން ޖަވާބުދާރީ ކުރުވޭކަށް ނެތް: މެންބަރު ނާޒިމް

13 ނޮވެމްބަރު 2025
ކަސްޓަމްސް އެކަށީގެންވާ ގޮތެއްގައި މަސައްކަތެއް ނުކުރޭ، އެތަން ޖަވާބުދާރީ ކުރުވޭކަށް ނެތް: މެންބަރު ނާޒިމް
13 ނޮވެމްބަރު 2025

މަސްތުވާތަކެތީގެ ޑީލަރުންގެ ފަހަތުން ފުލުހުން ދާނެކަން ރައީސް އިއުލާން ކުރައްވައިފި

13 ނޮވެމްބަރު 2025
މަސްތުވާތަކެތީގެ ޑީލަރުންގެ ފަހަތުން ފުލުހުން ދާނެކަން ރައީސް އިއުލާން ކުރައްވައިފި
11 ނޮވެމްބަރު 2025

ބަނގުރާ ބޮއެގެން ދަރިފުޅަށް ޖިންސީ ގޯނާކުރި މަންމަ ހައްޔަރުކޮށްފި

11 ނޮވެމްބަރު 2025
ބަނގުރާ ބޮއެގެން ދަރިފުޅަށް ޖިންސީ ގޯނާކުރި މަންމަ ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް