Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުން

ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މީހަކު ދަށު ކޯޓުން ސަލާމަތްވެފައި ހުއްޓައި ހައިކޯޓުން 15 އަހަރަށް ޖަލަށް

1 މާރިޗު 2022 | އަންގާރަ 02:51

ދައުލަތުން އޭނާއާ ދެކޮޅަށް ޝަފަހީ 6 ހެކިންނާއި ކިތާބީ 4 ހެކިން ހުށައަޅާފައިވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 1 މާރިޗު 2022 | އަންގާރަ 02:51
ހައިކޯޓު- ހައިކޯޓުން މި މައްސަލަ ސާބިތުވާކަމަށް ނިންމެވީ 3 ފަނޑިޔާރުންގެވެސް އިއްތިފާޤުން

ހައިކޯޓު- ހައިކޯޓުން މި މައްސަލަ ސާބިތުވާކަމަށް ނިންމެވީ 3 ފަނޑިޔާރުންގެވެސް އިއްތިފާޤުން

ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މީހަކު ދަށު ކޯޓުން ސަލާމަތްވެފައި ހުއްޓައި އެ ނިންމުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އޭނާ 15 އަހަރަށް ޖަލަށްލާން ޙުކުމްކޮށްފިއެވެ.

ހައިކޯޓުގައި މި މައްސަލަ ބެއްލެވީ ފަނޑިޔާރު ހުސައިން ޝަހީދު އާއި، ފަނޑިޔާރު މުޙައްމަދު ނިޔާޒުގެ އިތުރުން، ފަނޑިޔާރު ހުސައިން މަޒީދުއެވެ. އެގޮތުން ހޯމަ ދުވަހު ހައިކޯޓުން ކުރި ޙުކުމުގައި ވަނީ މި މައްސަލައިގައި ދައުވާ ލިބޭ ފަރާތުގެ މައްޗަށް ކުށް ސާބިތުނުވާކަމަށް 2021 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 6 ވަނަ ދުވަހު ކޮށްފައިވާ ޙުކުމް ބާތިލުކޮށް، އޭނާގެ މައްޗަށް ކުށް ސާބިތުވާކަމަށް ކަނޑައަޅައި 15 އަހަރުގެ މުއްދަތަކަށް ޖަލަށް ލުމަށް ޙުކުމްކޮށްފައެވެ.

Advertisement - newsAdvertisement

ހައިކޯޓުން މި މައްސަލަ ސާބިތުވާކަމަށް ނިންމެވީ 3 ފަނޑިޔާރުންގެވެސް އިއްތިފާޤުންނެވެ.

މި މައްސަލައިގައި އުފުލާފައިވާ ދައުވާއަކީ އިތުބާރުކުރެވޭ މަޤާމެއްގައި ހުރެ ކުޑަ ކުއްޖަކާމެދު ޖިންސީ އަމަލެއް ހިންގުމުގެ ކުށުގެ ދައުވާއެވެ. އެ ދައުވާ އުފުލާފައިވަނީ ޖިންސީ ގޯނާ ލިބުނު ކުޑަކުއްޖާގެ ޅިޔަނެއްގެ މައްޗަށެވެ.

މި މައްސަލަ ދަށު ކޯޓުން ނިންމިއިރު ބުނެފައިވަނީ ކުޑަކުއްޖާ އޭނާގެ ޅިޔަނަށް ނިސްބަތްކޮށް މިފަދަ ޝަކުވާއެއް އުފުލާފައިވަނީ ނުނިޔަތެއް އޮވެގެންކަން ޝަރީޢަތަށް ޤަބޫލު ކުރެވޭ ކަމަށެވެ. އެހެންނަމަވެސް، ކުޑަކުއްޖާ އެވާހަކަތައް ދެއްކުމަށް ނުނިޔަތެއް އޮތްކަން ސާބިތުކުރުމަށް ދިފާއުން އެއްވެސް ހެއްކެއް ހުށައަޅާފައިނުވާކަންވެސް ދައުލަތުން ފާހަގަކުރެއެވެ.

ކުުޑަކުއްޖާގެ މެޑިކޯ ލީގަލް ރިޕޯޓަށް ބަލާއިރު، މެޑިކޯ ލީގަލް ރިޕޯޓު ހަދާފައިވަނީ ހާދިޘާ ހިނގާ ދިޔަތާ 9 މަސްފަހުން ކަމަށާއި، ކުޑަކުއްޖާއަށް އެއްވެސް ގެއްލުމެއް ލިބިފައިނުވާކަން އެރިޕޯޓަށް ބެލުމުން އެނގޭކަމަށް މި މައްސަލައިގައި ދައުވާ ލިބޭ ފަރާތުން ބުނެއެވެ. އެހެންނަމަވެސް، މި މައްސަލައިގައި ކަން ހިނގާފައިވާ ގޮތަށް ބަލާއިރު، ޖިންސީ ޢަމަލު ހިންގިކަމަށް ބެލުމުގައި ބޭރު ފުށުން ފެނި ފާހަގަކުރެވޭފަދަ އަނިޔާއެއް އެ ޢަމަލު ހިންގުނު ކުޑަކުއްޖާއަށް ލިބިފައިވުން ލާޒިމު ނޫންކަމަށް ދައުލަތުން ވަނީ ބުނެފައެވެ.

މި މައްސަލައިގައި 27 ފެބްރުއަރީ 2022 ގައި ބޭއްވުނު އަޑުއެހުމުގައި އޭނާގެ މައްޗަށް ކުށް ސާބިތުވާކަމަށް ޝަރީއަތުން ކަނޑައެޅިއެވެ. އެގޮތުން މި މައްސަލައިގައި ހިމެނޭ ކުޑަ ކުއްޖާއަށް ޖިންސީ ގޯނާ ކުރި ކަމަށް އެކުއްޖާ ބުނާ ބުނުމަކީ ހަދައިގެން ދައްކާ ވާހަކައެއް ނޫންކަން ދައުވާ ލިބޭ ފަރާތުގެ އަމިއްލަ ފޯނުން އެ ކުއްޖާއަށް ކޮށްފައިވާ ޗެޓް ލޮގުން ސާބިތުވާކަމަށް ކޯޓުން ކުރި ޙުކުމުގައި ބުނެފައިވެއެވެ. އޭނާގެ ޗެޓްލޮގްތަކަށް ބަލާއިރު، ކުޑަކުއްޖާއާމެދު ޖިންސީ އަމަލެއް ހިންގުނީ "ފެޑަޕް ވެގެން ކަމަށް" އޭނާ ބުނެފައި އޮވެއެވެ.

އޭގެ އިތުރުންވެސް މި މައްސަލައިގައި ދައުލަތުން އޭނާ އާއި ދެކޮޅަށް ޝަފަހީ 6 ހެކިންނާއި ކިތާބީ 4 ހެކިން ހުށައަޅާފައިވެއެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

3

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

4

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

23 ޖެނުއަރީ 2017

ސައިކަލެއްގެ ތެރޭގައި އޮތް ފޯނެއް ވަގަށްނެގި މީހަކު ހޯދަން އިއުލާން ކޮށްފި

23 ޖެނުއަރީ 2017
ސައިކަލެއްގެ ތެރޭގައި އޮތް ފޯނެއް ވަގަށްނެގި މީހަކު ހޯދަން އިއުލާން ކޮށްފި
17 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!

17 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!
15 ޖެނުއަރީ 2017

ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި

15 ޖެނުއަރީ 2017
ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި
14 ޖެނުއަރީ 2017

ފުޅިއަޅައިގެން ފީނަނިކޮށް ޑީކޯވި މީހަކު ހެލިކޮޕްޓަރުގައި ގަމަށް ގެންގޮސްފި

14 ޖެނުއަރީ 2017
ފުޅިއަޅައިގެން ފީނަނިކޮށް ޑީކޯވި މީހަކު ހެލިކޮޕްޓަރުގައި ގަމަށް ގެންގޮސްފި
11 ޖެނުއަރީ 2017

ކުޑަކުއްޖަކާ ބެހުނު މީހަކު ދޫކޮށްލުމުން ވިލިނގިލީ ރައްޔިތުން ރުޅި ގަދަވެއްޖެ!

11 ޖެނުއަރީ 2017
ކުޑަކުއްޖަކާ ބެހުނު މީހަކު ދޫކޮށްލުމުން ވިލިނގިލީ ރައްޔިތުން ރުޅި ގަދަވެއްޖެ!
10 ޖެނުއަރީ 2017

އެެމްއާރްޑީސީގެ ލެޑްލައިޓެއް ވަގަށް ނެގި މީހަކު ޖަލަށް ލުމަށް ހުކުމް ކޮށްފި

10 ޖެނުއަރީ 2017
އެެމްއާރްޑީސީގެ ލެޑްލައިޓެއް ވަގަށް ނެގި މީހަކު ޖަލަށް ލުމަށް ހުކުމް ކޮށްފި
09 ޖެނުއަރީ 2017

ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ

09 ޖެނުއަރީ 2017
ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ
08 ޖެނުއަރީ 2017

ދެ ދަޅު ނެސްކެފޭ ވަގަށް ނެގި މީހަކު ދެ މަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފި

08 ޖެނުއަރީ 2017
ދެ ދަޅު ނެސްކެފޭ ވަގަށް ނެގި މީހަކު ދެ މަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފި
08 ޖެނުއަރީ 2017

އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް

08 ޖެނުއަރީ 2017
އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް
06 ޖެނުއަރީ 2017

ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި

06 ޖެނުއަރީ 2017
ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް