Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމަސްތުވާތަކެތީގެ މައްސަލަތައް

މަސްތުވާތަކެތީގެ ނެޓްވޯރކްތައް ފެއިލްކޮށްލުމަށް ދަނީ ހަފަރާތުން މަސައްކަތް ކުރަމުން: މިނިސްޓަރު އިމްރާން

28 ފެބުރުއަރީ 2022 | ހޯމަ 14:53

އެންމެ ބޮޑު އިޖްތިމާއީ ބަލިމަޑުކަމުން އަރައިގަނެވޭނީ ވަށާޖެހޭ ނިޒާމެއްގެ ތެރެއިން މަސައްކަތްކޮށްގެން

އަމްނާ އިމާދު
އަމްނާ އިމާދު | 28 ފެބުރުއަރީ 2022 | ހޯމަ 14:53
ހޯމް މިނިސްޓަރު ޝެއިޚް އިމްރާން އަބްދުﷲ

ހޯމް މިނިސްޓަރު ޝެއިޚް އިމްރާން އަބްދުﷲ

މަސްތުވާތަކެތީގެ ވިޔަފާރިން ނަފާލިބި މުއްސަނދިވެ, ބާރުވެރިވެ, އަނެކުންގެ ހިތްތަކަށް ބިރުވެރިކަން ވައްދާފައިވާ ބޮޑެތި ނެޓްވޯރކްތައް ރާއްޖޭގައި އެބައޮތް ކަމަށާއި، އެ ނެޓްވޯރކްތަކުގެ މަސައްކަތްތައް ފެއިލް ކުރުމަށް ހަފަރާތުން މަސައްކަތްކުރާ ކަމަށް ހޯމް މިނިސްޓަރު ޝެއިޚް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އިމްރާން މިހެން ވިދާޅުވީ އާދިއްތަ ދުވަހު ކ. މާފުށީގައި ކުރިއަށް ގެންދިޔަ ޑްރަގް ރިހެބިލިޓޭޝަން ޕްރޮގްރާމް އިފްތިތާހްކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

Advertisement - newsAdvertisement

މިނިސްޓަރު ވިދާޅުވީ ވޭތުވެދިޔަ ބައި ގަރުނެއްހާ ދުވަހުގެ ތެރޭގައި މުޅި ރާއްޖެއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އިޖްތިމާއީ ބަލިމަޑުކަމުން އަރައިގަނެވޭނީ ސަރުކާރާއި ސަރުކާރުގެ މުއައްސަސާތަކާއި ޖަމްއިއްޔާ ޖަމާއަތްތަކާއި އަދި މިކަމުގައި ބައިވެރިވެ ޝާމިލުވާންޖެހޭ އާއިލާތަކާއި މިހުރިހާ ފަރާތްތައް ގުޅިގެން, ވަށާޖެހޭ ނިޒާމެއް ގާއިމުކޮށްގެން ކަމަށެވެ.

ޑްރަގް ރިހެބިލިޓޭޝަން ޕްރޮގްރާމަށް އިޝާރަތްކުރައްވައި މިނިސްޓަރު ވިދާޅުވީ, މިއީ ސީދާ, އަދި ނުސީދާ ގޮތެއްގައި ރާއްޖޭގެ ކޮންމެ އާއިލާއަކަށް އޭގެ ހެޔޮ އަސަރު ފޯރާނެ ޕްރޮގްރާމެއް ކަމަށާއި، މި ޕްރޮގްރާމްގެ ސަބަބުން މާޔޫސްވެފައިވާ އާއިލާތަކަށް އުފާވެރިކަން ލިބޭނެ ކަމަށެވެ. މި ޕްރޮގްރާމް ކުރިއަށް ގެންދިއުމުގައި ގިނަ އުދަނގޫ ގޮންޖެހުންތައް އެބަހުރިކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ, މިނިސްޓްރީ އޮފް ހެލްތާއި، ކަރެކްޝަނަލް ސަރވިސްއާއި ސަލާމަތީ މުއައްސަސާތަކާއި މިޕްރޮގްރާމުގައި ބައިވެރިވާ ހުރިހާ ފަރާތްތަކުން ވަރަށް ވިސްނައި ސަމާލުކަން ދޭންޖެހޭ ކަމަށާއި، އުދަނގޫތައް ކުރިމަތިވާނެކަން ދެނެތިބެ މަސައްކަތްތައް ކުރިއަށް ގެންދަންޖެހޭ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ޑްރަގް ރިހެބިލިޓޭޝަން ޕްރޮގްރާމުގެ ފޭސްތައް ނިމިގެންދާއިރު, މުޖުތަމައާ ގުޅި ރަނގަޅު ގޮތުގައި ވަޒީފާ އަދާކުރެވޭނެ މާހައުލެއް ގާއިމްކޮށްދިނުމަކީ އަމާޒު ކަމަށެވެ. އަދި މި މަސައްކަތް ކުރުމުގައި ޕްރޮގްރާމުގެ ބައިވެރިން ބެލެހެއްޓުމުގެ ކަންކަން ކޮށްދޭ މުއައްސަސާތަކުގެ ވަރަށް ބޮޑު ޒިންމާއެއް އޮންނާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މުޅި މައްސަލައިން އަރައިގަތުމަށް އިޖްތިމާއީ ބޮޑު ޒިންމާއެއް އޮތްކަން އެންމެން ގަބޫލުކުރަން ޖެހޭ ކަމަށާއި، ޑީލްކުރާ ފަރާތްތަކަށް ތަފާތުކުރުންތައް ގެންގުޅެންޖެހޭ ކަމަށް ވިދާޅުވިއެވެ. އަދި މަސްތުވާތަކެތިން ސަލާމަތްވުމަށް މަސައްކަތްކުރާ މީހުންނަށާއި، އެފަރާތްތަކުގެ އާއިލާއަށް އެކަމުގައި ދޭންޖެހޭ ފުރިހަމަ އެއްބާރުލުން ފޯރުކޮށްދިނުމަށް މިނިސްޓަރު އެދިވަޑައިގަތެވެ.

މަސްތުވާތަކެތި މައްސަލަތައް ހައްލު ކުރުމަށް މިސަރުކާރުން އޮތީ ވަރަށް ސާބިތުކަންމަތީގައި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2017

ޓިވެޓް ޕްރޮގްރާމުތަކަށް ޖަރުމަން ސަރުކާރުގެ އެހީތެރިކަން ހޯދަނީ

20 ޖެނުއަރީ 2017
ޓިވެޓް ޕްރޮގްރާމުތަކަށް ޖަރުމަން ސަރުކާރުގެ އެހީތެރިކަން ހޯދަނީ
20 ޖެނުއަރީ 2017

"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ

20 ޖެނުއަރީ 2017
"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ
19 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައިގައި އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް އަމުރަށް ޖަލަށް!

19 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައިގައި އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް އަމުރަށް ޖަލަށް!
17 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!

17 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!
17 ޖެނުއަރީ 2017

މެޑިސިން ކިޔަވާ ދަރިވަރުންގެ ރަޖިސްޓްރޭޝަން މައްސަލަ ހައްލު ކުރުމަށް ބަންގަލޭދޭޝް ސަރުކާރާއެކު ދަނީ މަޝްވަރާ ކުރަމުން: ފޮރިން މިނިސްޓްރީ

17 ޖެނުއަރީ 2017
މެޑިސިން ކިޔަވާ ދަރިވަރުންގެ ރަޖިސްޓްރޭޝަން މައްސަލަ ހައްލު ކުރުމަށް ބަންގަލޭދޭޝް ސަރުކާރާއެކު ދަނީ މަޝްވަރާ ކުރަމުން: ފޮރިން މިނިސްޓްރީ
16 ޖެނުއަރީ 2017

އިންތިޚާބު ކާމިޔާބު ކުރަން ހިންގާ ކޮރަޕްޝަންގައި ކުންފުނިތައް ދަނީ ބޭނުންކުރަމުން: އަނަސް

16 ޖެނުއަރީ 2017
އިންތިޚާބު ކާމިޔާބު ކުރަން ހިންގާ ކޮރަޕްޝަންގައި ކުންފުނިތައް ދަނީ ބޭނުންކުރަމުން: އަނަސް
12 ޖެނުއަރީ 2017

ބޭރުގެ ވަކީލުންތަކަކާ ހަވާލުކޮށްގެން ނެކްސްބިޒް މައްސަލަ މިދަނީ ދިރާސާކުރަމުން: ބަންޑާރަނައިބު

12 ޖެނުއަރީ 2017
ބޭރުގެ ވަކީލުންތަކަކާ ހަވާލުކޮށްގެން ނެކްސްބިޒް މައްސަލަ މިދަނީ ދިރާސާކުރަމުން: ބަންޑާރަނައިބު
11 ޖެނުއަރީ 2017

މަރުވި ދެމަފިރިންގެ މައްސަލަ ދަނީ ތަހުގީގު ކުރަމުން: ޕޮލިސް

11 ޖެނުއަރީ 2017
މަރުވި ދެމަފިރިންގެ މައްސަލަ ދަނީ ތަހުގީގު ކުރަމުން: ޕޮލިސް
10 ޖެނުއަރީ 2017

ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ

10 ޖެނުއަރީ 2017
ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް