Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ހަށިވިއްކުމާއި ޑޮލަރުގެ ވަގު ވިޔަފާރީގައި ބިދޭސީން، ހައްލެއް ނެތް!

ކަޅު ބާޒާރުގައި ޑޮލަރުވިއްކާ 11 ބިދޭސީންނާއި، ހަށިވިއްކުމުގެ ވިޔަފާރީގައި ހަރަކާތްތެރިވާ 46 ބިދޭސީން ޑީޕޯޓު ކޮށްފައިވޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 24 ފެބުރުއަރީ 2022 | ބުރާސްފަތި 14:24
ކަޅުބާޒާރުގައި ޑޮލަރުގެ މުއާމަލާތަކީ މިހާރު ބިލިޔަން ރުފިޔާގެ ބޮޑު ވިޔަފާރިއެެއް

ކަޅުބާޒާރުގައި ޑޮލަރުގެ މުއާމަލާތަކީ މިހާރު ބިލިޔަން ރުފިޔާގެ ބޮޑު ވިޔަފާރިއެެއް

ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލައަކީ ރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައެވެ. ހައްލުކުރަން ކިތަންމެ މަސައްކަތެއް ކުރިނަމަވެސް މިއަދާ ހަމައަށް ވެސް ހައްލު ނުވެ އޮތް ގައުމީ ބޮޑު މައްސަލައެވެ. ގައުމީ ބޮޑު މައްސަލައެއްގެ އިތުރުން މިއީ އިގުތިސާދީ ގޮތުންވެސް އެތަކެއް ގެއްލުމެއް ލިބެމުން އަންނަ ކަމެކެވެ.

ރާއްޖެއަކީ ބޭރު ފައިސާއަށް, ވަކިން ޚާއްސަކޮށް އެމެރިކާ ޑޮލަރަށް ބަރޯސާވާ ގައުމެކެވެ. އިދާރާތަކުން މަސައްކަތް ކުރަނީ ގައުމުގެ އެތެރޭގައި ޑޮލަރު ދައުރުވާނެ ގޮތެއް ހޯދުމަށެވެ. ނަމަވެސް ރާއްޖެއިން ބޭރަށް ފޮނުވާ ޑޮލަރުގެ އަދަދު މިލިއަނުން އަހަރެއްގެ މައްޗަށް ގުނާލެވޭ އިރު، މީގެ ތެރޭގައި ބިދޭސީން ޖަމާކޮށް ބޭރަށް ފޮނުވާލާ އެތައް މިލިއަން ޑޮލަރު ހިމެނެއެވެ. ވަކިން ޚާއްސަކޮށް ކަޅު ބާޒާރުގައި ޑޮލަރު މާރުކުރުމުގައި ހަރަކާތްތެރިވާ ބިދޭސީން ފޮނުވާ ގިނަ އަދަދެއްގެ ޑޮލަރެވެ.

މި މައްސަލަ ހައްލުކުރުމަށް ވެސް މަސައްކަތްތަކެއް ކުރެވިފައި އެބަހުއްޓެވެ. ނަމަވެސް މިކަމަކީ އަޑި ނޭނގޭ ބޮޑު ގްރޫޕަކުން ކުރަމުން އަންނަ ކަމެކެވެ. އެތައް މިލިއަން ޑޮލަރެއް ގަވާއިދާ ޚިލާފަށް ބޭރުވެއެވެ. އެކަމަށްވެސް ހައްލެއް ނާދެއެވެ. ގަވާއިދާ ގާނޫނު ހަދާފައި އޮތްނަމަވެސް އެކަންކަމަށް ހައްލެއް ނެތެވެ. ގާނޫނާއި ގަވާއިދަށްވުރެ, އެކަން ކުރާ މީހުން މާ ހުޝިޔާރެވެ.

މީގެ އިތުރުން ރާއްޖޭގައި ހަށިވިއްކުމުގެ އެތައް ވިޔަފާރިއެއް ހިންގާ ބިދޭސީ ގްރޫޕްތައް އެބަތިއްބެވެ. މިއީ ގައުމީ މައްސަލައެއްގެ އިތުރުން, އެކަމުގެ ސަބަބުން ސިއްހީ އެތަކެއް ނޭދެވޭ ނަތީޖާތަކެއް ނިކުންނާނެ ކަމެކެވެ. މިކަންކަން ކުރަމުން އަންނަނީ ވެސް މޮޅަށް ރޭވިގެންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް އިމިގްރޭޝަނުން ހިއްސާކުރި މައުލޫމާތުތަކަށް ބަލާއިރު, ކަޅު ބާޒާރުގައި ޑޮލަރުވިއްކާ 11 ބިދޭސީންނާއި ހަށިވިއްކުމުގެ ވިޔަފާރީގައި ހަރަކާތްތެރިވާ 46 ބިދޭސީން ޑީޕޯޓު ކޮށްފައިވެއެވެ. ފުލުހުން ވަނީ ބިދޭސީން އެކި ކުށްތަކުގައި ހަރަކާތްތެރިވުމުގެ 18 މައްސަލައެއް, ޚާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ހިއްސާކޮށްފައެވެ.

އިމިގްރޭޝަން ޑިޕާޓްމަންޓުން ބުނެފައިވަނީ, ފުލުހުންނާ ގުޅިގެން ހިންގި އޮޕަރޭޝަންތަކެއްގައި, ކަޅު ބާޒާރުގައި ލާރި މާރުކުރުމުގެ މައްސަލަތަކުގައިވެސް 11 ބިދޭސީން ހިފި، ދާދި ފަހުންވެސް ޑީޕޯޓު ކޮށްފައިވާ ކަމަށެވެ. ހަމައެއާއެކު، ހަށިވިއްކުމުގެ ވިޔަފާރީގައި އުޅޭ 46 ބިދޭސީންވެސް ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި ފުރުވާލެވިފައިވެއެވެ.

ރާއްޖޭގައި އުޅޭ ބިދޭސީން ކުށްތަކަށް އަރައިގަންނަ މައްސަލަތައް ގިނަވެފައިވާއިރު، ރާއްޖޭގައި ބަނގުރާ ވިއްކުމާއި އެއިން ވިޔަފާރިކުރުމުގެ މައްސަލަތަކުގައި 525 ބިދޭސީން ހަރަކާތްތެރިވާކަން ފާހަގަކުރެވިފައިވެއެވެ. ޑްރަގް ޓްރެފިކްކުރުމުގެ މައްސަލަތަކުގައިވެސް 146 ބިދޭސީން ބައިވެރިވެފައިވާކަމަށް ތަފާސް ހިސާބުތަކުން ފެންނަން އެބަހުއްޓެވެ.

މިކަމުގެ ހައްލެއްގެ ގޮތުން އެމީހުން ޑިޕޯޓް ކޮށްލަން ބަލާއިރު، އެމީހުން ޑިޕޯޓްކޮށްލުމުގެ ކުރިން ޑިޓެންޝަން ސެންޓަރު ތަކުގައި ބައިތިއްބައެވެ. ނަމަވެސް އިންތިޒާމްތައް ހުންނަ ގޮތުން ބަޔަކު ފިލައިގެން ގޮސް އަނެއްކާ ވެސް މި ވިޔަފާރިތަކުގައި ފާޅުކޮށް އުޅޭތަން ފެނެއެވެ. ޑިޓެންޝަންގައި ތިބޭ މީހުން ފުރުވާލުމަށް އާންމު ގޮތެއްގައި 7 ދުވަހާއި 15 ދުވަހުގެ މުއްދަތެއް ނަގައެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި މިދިޔަ 3 އަހަރު ތެރޭގައި, ހަމައެކަނި މަސްތުވާތަކެތި ޓްރެފިކްކުރުމާ ގުޅުންހުރި މައްސަލަތަކުގައި ޝާމިލުވާ 41 ބިދޭސީން ފާހަގަކުރެވިފައިވެއެވެ.އަދި މާލޭގެ ޑްރަގް ކެފޭތަކުން އާންމުކޮށް ޚިދުމަތް ހޯދާ 1،118 ދިވެހީންގެ އިތުރުން، 139 ބިދޭސީންވެސް ފާހަގަކުރެވިފައިވާކަމަށް ފުލުހުން ވަނީ މީޑިއާތަކަށް މައުލޫމާތު ހިއްސާކޮށްފައެވެ.

ފުލުހުން ހިއްސާކޮށްފައިވާ މައުލޫމާތުތަކުގެ ތެރޭގައި, މެރިޖް ވިސާގައި ރާއްޖެ އައިސް، އެކި ކަހަލަ ކުށްތަކަށް އަރައިގަންނަ މައްސަލަތައް ފާހަގަވެފައިވެއެވެ. އިމިގްރޭޝަނުން ބުނެފައިވަނީ އެއީ ގޮންޖެހުންތައްވެސް ބޮޑު މައްސަލައެއް ކަމަށެވެ. އެގޮތުން ފުލުހުންނާ ގުޅިގެން މިހާރުވެސް މަސައްކަތްތަކެއް ކުރަމުންދާއިރު، ދިވެއްސަކާ ކައިވެނިކޮށްގެން އުޅޭ މީހަކު ޑީޕޯޓުކޮށްލާއިރު ދިމާވާ ގާނޫނީ މައްސަލަތައްވެސް ހުރިކަން އިމިގްރޭޝަނުން ފާހަގަކުރެއެވެ.

ރާއްޖޭގައި އުޅެން ފަސޭހައަކަށް, އުމުރުން ދުވަސްވީ މީހުންނާ ކައިވެނިކޮށްގެން އެކި ކުށްތަކަށް އަރައިގަންނަމުންދާ ބިދޭސީންގެ މައްސަލަތައްވެސް ވަނީ ފާހަގަވެފައެވެ. އެގޮތުން ޖިނާއީ ކުށެއް ސާބިތުވާ މިންވަރަށް ފުލުހުންނަށް ހެކި ނުހޯދޭ ހާލަތްތަކަށް ބަލާއިރުވެސް, އިމިގްރޭޝަން ގާނޫނުގެ ތެރެއިން އެކަންކަމަށް ފިޔަވަޅު އަޅަން ބަލާއިރު ގާނޫނީ ގޮތުން ގޮންޖެހުންތައް އެބަހުއްޓެވެ.

ގަވާއިދާއި ޚިލާފުވާ މީހުންގެ މައްސަލަވެސް އިމިގްރޭޝަން ގާނޫނުގެ ދަށުން ބަލަނީ މަދަނީ ކުށެއްގެ ގޮތުގައެވެ. ވުމާއެކު އިމިގްރޭޝަނުން އެ ފަރާތްތަކާމެދު އެޅެން އޮންނަނީ އިދާރީ ފިޔަވަޅެކެވެ. އެގޮތުން އެމީހަކު ފުރުވާލެވެންދެން ކޮންޓްރޯލަރ ކަނޑައަޅާ ތަނެއްގައި ޑިޓެންޝަންގައި ބަހައްޓަންޖެހޭނެކަމަށް މިހާރު އިމިގްރޭޝަން ގާނޫނުގައި އޮވެއެވެ. މި ގާނޫނުތަކަށް ހައްލު ގެންނަން އެބަޖެހެއެވެ. އެ މަސައްކަތް ވެސް އެބަކުރެއެވެ.

އިމިގްރޭޝަންގެ އައު ގާނޫނުގެ މަސައްކަތް އޭޖީ އޮފީހާއެކު ކުރަމުންދާއިރު، ގަވާއިދާ ޚިލާފަށް ވިދޭސީން ރާއްޖެ އައިސް އުޅުމަކީ, މިހާރު އޮތް މިންވަރަށްވުރެ ބޮޑު ކުށަކަށް ހެދުމަށް މަސައްކަތް ކުރަން ޖެހޭތީ އެމަސައްކަތް ވެސް ދަނީ ކުރަމުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރައީސް މައުމޫންގެ އަސަރުން ފުރިގެންވީ ހިތްވަރުގަދަ ވަގުތުކޮޅު

ރައީސް މައުމޫންގެ އަސަރުން ފުރިގެންވީ ހިތްވަރުގަދަ ވަގުތުކޮޅު

08 ފެބުރުއަރީ 2018
ބާރު އޮތަސް ހިތުހުރި ގޮތެއް ނެހެދޭނެ ވަގުތު އަންނާނެއެވެ.

ބާރު އޮތަސް ހިތުހުރި ގޮތެއް ނެހެދޭނެ ވަގުތު އަންނާނެއެވެ.

28 ޖެނުއަރީ 2018
2017: ސަރުކާރު ބަލިކަށިވި ކޮންމެ ވަގުތަކު \"ޝަރުއީ\" ފަރުވާ

2017: ސަރުކާރު ބަލިކަށިވި ކޮންމެ ވަގުތަކު "ޝަރުއީ" ފަރުވާ

30 ޑިސެމްބަރު 2017
ވަކީލުންތައް ތާއަބަދަށް ދިގުދެމިގެންދާ ވަގުތީ ފިޔަވަޅެއްގެ ޝިކާރައަކަށް!؟

ވަކީލުންތައް ތާއަބަދަށް ދިގުދެމިގެންދާ ވަގުތީ ފިޔަވަޅެއްގެ ޝިކާރައަކަށް!؟

13 ސެޕްޓެމްބަރު 2017
 ފާރިސް ދޫކޮށްލަންވީ ވަގުތު ނާދޭތަ؟ ސާފު ނުވަނީ ކޮންއެއްޗެއް؟

ފާރިސް ދޫކޮށްލަންވީ ވަގުތު ނާދޭތަ؟ ސާފު ނުވަނީ ކޮންއެއްޗެއް؟

31 އޯގަސްޓު 2017

އަހަރުތަކުން މިއަދު

15 ޖެނުއަރީ
ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު
20242 އަހަރު ކުރިން
ރާއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"
20233 އަހަރު ކުރިން
ރިޕޯޓު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި
20215 އަހަރު ކުރިން
ރާއްޖެ

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!
20197 އަހަރު ކުރިން
ރާއްޖެ

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ
20188 އަހަރު ކުރިން
ސިއްހަތު

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު