Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޔޫކްރެއިންގައި ތިބި ދިވެހި ދަރިވަރުން

ޔޫކްރެއިން: ދިވެހި އެއް ދަރިވަރަކު މާލެއަށް އައިސްފައިވާއިރު، 25 ދަރިވަރުން މާލެއަށް އައުމަށް ފުރައިފި

23 ފެބުރުއަރީ 2022 | ބުދަ 14:42

ޔޫކްރެއިންގައި ތިބި ދިވެހިންގެ ހާލަތު ޖަރުމަނުގައި ހުންނަ ރާއްޖޭގެ އެމްބަސީ މެދުވެރިކޮށް ވަރަށް ގާތުން ދަނީ ބަލަމުން

އަމްނާ އިމާދު
އަމްނާ އިމާދު | 23 ފެބުރުއަރީ 2022 | ބުދަ 14:42
ޔޫކްރެއިން

ޔޫކްރެއިން

މަސްރަހު ހޫނުވެ ހަނގުރާމައެއް ފެށިދާނެކަމުގެ ބިރު ހީވެފައިވާ ޔޫކްރެއިންގައި ކިޔަވަމުންދާ ދިވެހި ދަރިވަރުންގެ ތެރެއިން އެއް ދަރިވަރަކު މާލެއަށް އައިސްފައިވާ ކަމަށާއި، 25 ދަރިވަރުން މާލެއަށް އައުމަށް ފުރާފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.

ފޮރިން މިނިސްޓްރީން ބުނީ ޔޫކްރެއިންގައި 35 ދަރިވަރުން ކިޔަވަމުންދާ ކަމަށެވެ. އޭގެ އިތެއިން އެއް ދަރިވަރަކު ބުދަ ދުވަހު މާލެ އައިސްފައިވާ ކަމަށާއި، 25 ދަރިވަރުން މާލެއަށް އައުމަށް ފުރާފައިވާ ކަމަށެވެ. އަދި ހުކުރު ދުވަހު އިތުރު 4 ދަރިވަރުން މާލެއަށް އައުމަށް ފުރާނެ ކަމަށާއި، ޚާރްކީވްގައި ތިބި 5 ދަރިވަރުން ވެސް ރާއްޖެއަށް ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓްރީން ބުނެއެވެ.

Advertisement - newsAdvertisement

މީގެ އިތުރުން ޔޫކްރެއިންގައި ތިބި ދިވެހިންގެ ހާލަތު ޖަރުމަނުގައި ހުންނަ ރާއްޖޭގެ އެމްބަސީ މެދުވެރިކޮށް ވަރަށް ގާތުން ބަލަމުންދާ ކަމަށް މިނިސްޓްރީން ބުނެއެވެ.

ޔޫކްރެއިންގައި ތިބި ދަރިވަރުން ރާއްޖެ ގެނެއުމުގެ މަސައްކަތް ފަށާފައިވާއިރު، ބުދަ ދުވަހު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވަނީ ޔޫކްރެއިންގައި ތިބި ދިވެހި ދަރިވަރުން ރާއްޖެ ގެނައުމަށް ފޮރިން މިނިސްޓްރީއަށް އަންގަވާފައެވެ. އެއާއެކު ފޮރިން މިނިސްޓްރީން ބުނީ ޔޫކްރެއިންގައި ތިބި ހުރިހާ ދަރިވަރުން ރާއްޖެ ގެނައުމަށް ބޮޑު އޮޕަރޭޝަނެއް އަދި ނުހިންގާނެކަމަށެވެ. އަދި ރާއްޖެ އަންނަން ބޭނުންވާ ދަރިވަރުންނަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދޭނެކަމަށް ވަނީ ބުނެފައެވެ. ޔޫކްރެއިން އަށް މިހާރުވެސް ފްލައިޓްތައް ދަތުރުކުރާ ކަމަށާއި ބޯޑަރުތައް އަދިވެސް ހުރީ ހުޅުވާފައިކަމުން ކޮމާޝަލް ފްލައިޓްގައި ދަތުރުކުރެވޭނެ ކަމަށް ބުނެފައިވެއެވެ.

ޔޫކްރެއިންގެ އިރުމަތީ ދެ ސަރަހައްދެއް އެއީ ވަކި ދެ ދައުލަތެއްގެ ގޮތުގައި ކަނޑައެޅުމަށް ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕުޓިން ވަނީ ނިންމަވާފައެވެ. އެއާއެކު މަސްރަހު ކުރިޔަށްވުރެ ބޮޑަށް ހޫނުވެ ސުލްހައިގެ މަގު އޮތީ ވަރަށް ބޮޑަށް ބަންދުވާ ހިސާބުގައެވެ. ރަޝިޔާގެ ރައީސްގެ ނިންމެވުމާއެކު ޔޫކްރެއިންގެ މަސްރަހު ހޫނުވެފައިވާއިރު އެމެރިކާ އާއި ހުޅަނގުގެ ގައުމުތަކުން ވަނީ ރަޝިޔާ އާއި ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅާނެކަމަށް ބުނެފައެވެ. އަދި ޕުޓިންގެ މިނިންވެމަކީ ސުލްހައިގެ މަގު ބަންދުކޮށްލުންކަމަށް ވަނީ ބުނެފައެވެ.

ޕުޓިން ވަނީ އިރުމަތީ ޔޫކްރެއިންގެ ދެ ސަރަަހައްދެއް ވަކި ދެ ދައުލަތެއްގެ ގޮތުގައި ބަލައިގަނެ އެސަރަހައްދުގައި ސުލްހަ ގާއިމުކުރުމަށް ކަމަށް ވިދާޅުވެ އަސްކަރީ ފައުޖުތައް އެސަރަހައްދަށް ދިޔުމަށް އަމުރުކުރައްވާފައެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

27 ޖެނުއަރީ 2017

މެމްބަރު ގައުމަކަށް ވީތީ އދ. ގެ ނިންމުންތައް ދިވެހި ސަރުކާރުން އިޙްތިރާމް ކުރަން ޖެހޭ: މައުމޫން ފެކްޝަން

27 ޖެނުއަރީ 2017
މެމްބަރު ގައުމަކަށް ވީތީ އދ. ގެ ނިންމުންތައް ދިވެހި ސަރުކާރުން އިޙްތިރާމް ކުރަން ޖެހޭ: މައުމޫން ފެކްޝަން
26 ޖެނުއަރީ 2017

މާލޭ ސަރަހައްދަށް މުޅި އާބާދީ ޖަމާކޮށްފަ، ޗައިނާ މީހުންނަށް ރަށްތަށް ދޫކޮށްލަން ދިވެހިން ބޭނުންމެއް ނުވާނެ: ހަސަން ލަތީފް

26 ޖެނުއަރީ 2017
މާލޭ ސަރަހައްދަށް މުޅި އާބާދީ ޖަމާކޮށްފަ، ޗައިނާ މީހުންނަށް ރަށްތަށް ދޫކޮށްލަން ދިވެހިން ބޭނުންމެއް ނުވާނެ: ހަސަން ލަތީފް
15 ޖެނުއަރީ 2017

ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ

15 ޖެނުއަރީ 2017
ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ
15 ޖެނުއަރީ 2017

ދިވެހި ޓެރަރިސްޓް ލީޑަރު ހަނގުރާމަކުރަމުން ދިޔައީ ވަޒަރިސްތާނުގެ ޖަމާއަތަކާއެކު: ދައުލަތް

15 ޖެނުއަރީ 2017
 ދިވެހި ޓެރަރިސްޓް ލީޑަރު ހަނގުރާމަކުރަމުން ދިޔައީ ވަޒަރިސްތާނުގެ ޖަމާއަތަކާއެކު: ދައުލަތް
13 ޖެނުއަރީ 2017

ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް

13 ޖެނުއަރީ 2017
ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް
07 ޖެނުއަރީ 2017

ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް

07 ޖެނުއަރީ 2017
ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
06 ޖެނުއަރީ 2017

!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ

04 ޖެނުއަރީ 2017

ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން

04 ޖެނުއަރީ 2017
ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް