Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެބިދޭސީންގެ މައްސަލަ

މެރިޖް ވިސާގައި ބިދޭސީން ރާއްޖެ އައިސް، އެކި ކަހަލަ ކުށްތަކަށް އަރައިގަންނަ މައްސަލަތައް ގިނަވަނީ

23 ފެބުރުއަރީ 2022 | ބުދަ 08:46

ފުލުހުންނާއި ގުޅިގެން މިހާރުވެސް މަސައްކަތްތަކެއް ކުރަމުންދޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 23 ފެބުރުއަރީ 2022 | ބުދަ 08:46
ރަސްމީ ލިޔެކިޔުން ނެތް ބިދޭސީ މަސައްކަތްތެރިންގެ މައްސަލަ އާއި ގުޅޭގޮތުން، ރައްޔިތުންގެ މަޖިލީހުގެ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީން ކަމާއި ގުޅުންހުރި އިދާރާތަކާއި ބައްދަލުކުރެއްވުން

ރަސްމީ ލިޔެކިޔުން ނެތް ބިދޭސީ މަސައްކަތްތެރިންގެ މައްސަލަ އާއި ގުޅޭގޮތުން، ރައްޔިތުންގެ މަޖިލީހުގެ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީން ކަމާއި ގުޅުންހުރި އިދާރާތަކާއި ބައްދަލުކުރެއްވުން

މެރިޖް ވިސާގައި ބިދޭސީން ރާއްޖެ އައިސް، އެކި ކަހަލަ ކުށްތަކަށް އަރައިގަންނަ މައްސަލަތައް ގިނަވެފައިވާތީ ރައްޔިތުންގެ މަޖިލީހުގެ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީގައި ކަމާއި ގުޅުން ހުރި އިދާރާތަކުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ރަސްމީ ލިޔެކިޔުން ނެތް ބިދޭސީ މަސައްކަތްތެރިންގެ މައްސަލަ އާއި ގުޅޭގޮތުން، ރައްޔިތުންގެ މަޖިލީހުގެ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީން ބުދަ ދުވަހު ވަނީ މިނިސްޓްރީ އޮފް ފޮރިން އެފެއާޒް، މޯލްޑިވްސް އިމިގްރޭޝަން އަދި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ބޭފުޅުންނާ ބައްދަލު ކުރައްވާފައެވެ.

Advertisement - newsAdvertisement

އޭގެކުރިން މި ކޮމިޓީއަށް ފުލުހުން ލިއުމުން ހިއްސާކޮށްފައިވާ މައުލޫމާތުތަކުގެ ތެރޭގައި މެރިޖް ވިސާގައި ރާއްޖެ އައިސް، އެކި ކަހަލަ ކުށްތަކަށް އަރައިގަންނަ މައްސަލަތައް ފާހަގަވެފައިވާކަމަށް ބަޔާންކޮށްފައިވެއެވެ. އެކަމާއި ގުޅޭ ގޮތުން ކޮމިޓީން ސުވާލު ކުރުމުން އިމިގްރޭޝަން ކޮންޓްރޯލަރ މުޙައްމަދު އަހުމަދު (ހަނަފީ) ވިދާޅުވީ، އެއީ ގޮންޖެހުންތައްވެސް ބޮޑު މައްސަލައެއް ކަމަށެވެ. އެގޮތުން ފުލުހުންނާ ގުޅިގެން މިހާރުވެސް މަސައްކަތްތަކެއް ކުރަމުންދާއިރު، ދިވެއްސަކާ ކައިވެނިކޮށްގެން އުޅޭ މީހަކު ޑީޕޯޓު ކޮށްލާއިރު ދިމާވާ ޤާނޫނީ މައްސަލަތަލެއްވެސް ހުރިކަން ހަނަފީ ފާހަގަކުރެއްވިއެވެ.

ހަނަފީ ވިދާޅުވީ، މިހާރުވެސް ބައެއް ފަރާތްތަކަށް ފިޔަވަޅު އަޅާފައިވާނެ ކަމަށެވެ. މިކަހަލަ މައްސަލަތަކުގައި ވިސާ ކެންސަލް ކޮށްފައި ފޮނުވާލެވޭނެ އެކަށީގެންވާ ސަބަބުތަކެއް ޤާއިމުކުރަން ޖެހޭއިރު، ބައެއް ފަރާތްތަކުގެ މައްޗަށް ހަށިވިއްކުމާއި އެފަދަ ޖިނާއީ ކުށްތަކުގެ ތުހުމަތުވެސް ކުރެވޭކަމަށް ހަނަފީ ވިދާޅުވިއެވެ.

ހަނަފީ ވިދާޅުވި ގޮތުގައި ރާއްޖޭގައި އުޅެން ފަސޭހައަކަށް އުމުރުން ދުވަސްވީ މީހުންނާއި ކައިވެނިކޮށްގެން އެކި ކުށްތަކަށް އަރައިގަންނަމުންދާ ބިދޭސީންގެ މައްސަލަތައްވެސް ވަނީ ފާހަގަވެފައެވެ. އެގޮތުން ޖިނާއީ ކުށެއް ސާބިތުވާ މިންވަރަށް ފުލުހުންނަށް ހެކި ނުހޯދޭ ޙާލަތްތަކަށް ބަލާއިރުވެސް އިމިގްރޭޝަން ޤާނޫނުގެ ތެރެއިން އެކަންކަމަށް ފިޔަވަޅު އަޅަން ބަލާއިރު ޤާނޫނީ ގޮތުން ގޮންޖެހުންތައް ހުރިކަމަށް އޭނާ ވިދާޅުވިއެވެ.

ހަނަފީ ވިދާޅުވި ގޮތުގައި ޤަވާއިދާއި ޚިލާފުވާ މީހުންނަށްވެސް އިމިގްރޭޝަން ޤާނޫނުގެ ދަށުން ބަލަނީ މަދަނީ ކުށެއްގެ ގޮތުގައެވެ. ވުމާއެކު އިމިގްރޭޝަނަށް އެ ފަރާތްތަކާއި މެދުގައި އެޅެނީ އިދާރީ ފިޔަވަޅެއްކަމަށް ހަނަފީ ވިދާޅުވިއެވެ. އެގޮތުން އެމީހަކު ފުރުވާލެވެންދެން ކޮންޓްރޯލަރ ކަނޑައަޅުއްވާ ތަނެއްގައި ޑިޓެންޝަންގައި ބަހައްޓަންޖެހޭނެކަމަށް މިހާރު އިމިގްރޭޝަން ޤާނޫނުގައި އޮވެއެވެ. ނަމަވެސް އިމިގްރޭޝަންގެ އައު ޤާނޫނުގެ މަސައްކަތް އޭޖީ އޮފީހާއެކު ކުރެވެމުންދާއިރު، ޤަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅުމަކީ މިހާރު އޮތް މިންވަރަށްވުރެ ބޮޑު ކުށަކަށް ހެދުމަށް މަސައްކަތް ކުރައްވަމުންދާކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.

އޭގެ އިތުރުން، ޓުއަރިސްޓް ވިސާގައި އައިސް ރާއްޖޭގައި މަސައްކަތް ކުރާ މައްސަލައަށް އަލިއަޅުވާލައްވާ ހަނަފީ ވިދާޅުވީ، އެފަދަ މީހުން ހޯދައި ފުރުވާލުމަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ. އެގޮތުން ކުރެވިފައިވާ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން ޓުއަރިސްޓް ވިސާގައި އައިސް ރާއްޖޭގައި ޤަވާއިދާއި ޚިލާފަށް މަސައްކަތް ކުރާ މީހުންގެ ނިސްބަތްވެސް މަދު ކުރެވިފައިވާކަމަށް ހަނަފީ ވިދާޅުވިއެވެ.

ކޮމިޓީގައި ބައެއް މެމްބަރުން ވަނީ އެފަދަ މައްސަލަތައް ޙައްލު ކުރުމަށް ބައެއް ޤައުމުތަކުގައި ބިދޭސީންނާއި ކައިވެނި ކުރުން ވަކި މުއްދަތަކަށް މަނާކުރާ ކަމަށެވެ. އެކަހަލަ އެއްވެސް ވިސްނުމެއް ރާއްޖެއިން ގެންގުޅޭތޯ މެމްބަރުން ވަނީ ސުވާލު ކުރައްވާފައެވެ.

އެކަމާއި ގުޅޭގޮތުން ހަނަފީ ވިދާޅުވީ، މިހާރު އަމަލުކުރަމުންދާ ގޮތަށް ބަލާއިރު، ކޯޓުތަކުން ކައިވެނި ކުރުމުގެ ހުއްދަ ދޭނީވެސް އެމީހަކީ ޤާނޫނާއި ޤަވާއިދާ އެއްގޮތަށް އުޅޭ މީހެއްކަން ކަށަވަރު ކުރުމަށްފަހު ކަމަށެވެ. ނަމަވެސް އެކަމުގެ ނަހަމަ ބޭނުން ބައެއް ފަރާތްތަކުން ހިފަމުންދާކަމަށް އޭނާ ވިދާޅުވިއެވެ.

އެހެންނަމަވެސް، އިމިގްރޭޝަން އިން ބްލެކް ލިސްޓް ކޮށްފައިވާ ފަރާތްތަކާއި ރާއްޖެއިން ބޭރަށް ގޮސް ކައިވެނި ކުރާ މައްސަލަތައްވެސް ވަނީ ފެންމަތިވެފައެވެ. އެހިސާބުން ހިއުމަން ރައިޓްސް ކޮމިޝަނާއި އެކި އިދާރާތަކަށް ހުށައަޅައިގެން އެމީހެއް ގެނައުމުގެ މަސައްކަތް ކުރާކަން އިމިގްރޭޝަނުން ފާހަގަކުރެއެވެ. އޭގެ ތެރެއިންވެސް އެންމެ ބޮޑެތި ގޮންޖެހުންތައް ކުރިމަތިވަނީ އެފަދަ ކައިވެންޏަށް ދަރިން ލިބޭ ޙާލަތްތަކުގައިކަން އެ އިދާރާއިން ފާހަގަކުރެއެވެ.

އެހިސާބުން ނަގާ ފިޔަވަޅެއްގެ ސަބަބުން އާއިލާތައް ރޫޅާލުމަށްވެސް މަޖުބޫރުވާ ޙާލަތްތައް އަންނަކަން އިމިގްރޭޝަން ކޮންޓްރޯލަރ ފާހަގަކުރެއްވިއެވެ.

އިމިގްރޭޝަންގެ އައު ޤާނޫނުގެ މަސައްކަތް އޭޖީ އޮފީހާއެކު ކުރެވެމުންދާއިރު، ޤަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅުމަކީ މިހާރު އޮތް މިންވަރަށްވުރެ ބޮޑު ކުށަކަށް ހެދުމުން މި ކަންކަމަށް އެކަށީގެންވާ ޙައްލެއް އަންނާނެކަމަށް އިމިގްރޭޝަނުންވެސް ލަފާކުރެއެވެ.

ބިދޭސީންރައްޔިތުންގެ މަޖިލިސް

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

28 އޮކްޓޯބަރު 2025

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

28 އޮކްޓޯބަރު 2025
މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!
28 އޮކްޓޯބަރު 2025

ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

28 އޮކްޓޯބަރު 2025
ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް
27 އޮކްޓޯބަރު 2025

އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

27 އޮކްޓޯބަރު 2025
އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން
22 އޮކްޓޯބަރު 2025

ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

22 އޮކްޓޯބަރު 2025
ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް
21 އޮކްޓޯބަރު 2025

"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"

21 އޮކްޓޯބަރު 2025
"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"
21 އޮކްޓޯބަރު 2025

އެސްއީޒެޑް ގާނޫނަށް ހުށަހެޅި އިސްލާހަކީ ރަނގަޅު އިންވެސްޓަރުންގެ ޝައުގުވެރިކަން ރާއްޖެއަށް ގެއްލޭގޮތަށް އޮތް ބިލެއް: މައުރޫފް

21 އޮކްޓޯބަރު 2025
އެސްއީޒެޑް ގާނޫނަށް ހުށަހެޅި އިސްލާހަކީ ރަނގަޅު އިންވެސްޓަރުންގެ ޝައުގުވެރިކަން ރާއްޖެއަށް ގެއްލޭގޮތަށް އޮތް ބިލެއް: މައުރޫފް
20 އޮކްޓޯބަރު 2025

މިއަދު އެންސްޕާ އަދި އާސަންދައިގެ ޚިދުމަތް ލިބެނީ މި ސަރުކާރުގެ ވެރިންނާއި މަޖިލިސް މެމްބަރުން ގާތު ސަލާން ޖަހައިގެން: މެމްބަރު ސަމީރު

20 އޮކްޓޯބަރު 2025
މިއަދު އެންސްޕާ އަދި އާސަންދައިގެ ޚިދުމަތް ލިބެނީ މި ސަރުކާރުގެ ވެރިންނާއި މަޖިލިސް މެމްބަރުން ގާތު ސަލާން ޖަހައިގެން: މެމްބަރު ސަމީރު
09 އޮކްޓޯބަރު 2025

ޚުދުމުޚްތާރުކަމާއި އަނިޔާވެރިކަން އިސްނުކުރުމަށް އަދާލަތު ޕާޓީން ސަރުކާރަށް ގޮވާލައިފި

09 އޮކްޓޯބަރު 2025
ޚުދުމުޚްތާރުކަމާއި އަނިޔާވެރިކަން އިސްނުކުރުމަށް އަދާލަތު ޕާޓީން ސަރުކާރަށް ގޮވާލައިފި
17 ސެޕްޓެމްބަރު 2025

މަޖިލީހުން މީޑިއާ ކޮންޓްރޯލް ބިލު ފާސްކުރީ ގަވައިދާ ޚިލާފަށް, އެ ގާނޫނަށް އެއްވެސް މީހަކު ތަބާވާކަށް ނުޖެހޭނެ: ރޮޒައިނާ

17 ސެޕްޓެމްބަރު 2025
މަޖިލީހުން މީޑިއާ ކޮންޓްރޯލް ބިލު ފާސްކުރީ ގަވައިދާ ޚިލާފަށް, އެ ގާނޫނަށް އެއްވެސް މީހަކު ތަބާވާކަށް ނުޖެހޭނެ: ރޮޒައިނާ
09 ސެޕްޓެމްބަރު 2025

ނޯޓިސް ދިނުމުން ފަސް މެންބަރުން ވެސް މާލީ ބަޔާން ހުށަހަޅައިފި

09 ސެޕްޓެމްބަރު 2025
ނޯޓިސް ދިނުމުން ފަސް މެންބަރުން ވެސް މާލީ ބަޔާން ހުށަހަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް