Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އިފްތިތާހަށް ދިމާވެފައިވާ މައްސަލަތައް

މަދަރުސަތުލް އިފްތިތާހުގެ ހިންގުން ހަރުދަނާކޮށް ސްކޫލަށް ދިމާވެފައިވާ ދަތިތައް ހައްލުކޮށްދިނުމަށް ގޮވާލާ ގަރާރެއް ހުށަހަޅައިފި

ގަރާރު ހުށަހެޅުއްވުމުން ގަރާރުގައި ފާހަގަކޮށްފައިވާ ގިނަ ކަންތައްތަކެއް އެޑިޔުކޭޝަން މިނިސްޓްރީން ހައްލު ކޮށްދެއްވާފައިވާ ކަަމަށް ޝިޔާމް ވިދާޅުވި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 23 ފެބުރުއަރީ 2022 | ބުދަ 07:44
ނައިފަރު ދާއިރާގެ މެމްބަރ އަހުމަދު ޝިޔާމް

ނައިފަރު ދާއިރާގެ މެމްބަރ އަހުމަދު ޝިޔާމް

މަދްރަސަތުލް އިފްތިތާހުގެ ހިންގުން ހަރުދަނާކޮށް ދެވޭ ތަޢުލީމުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި ސްކޫލަށް ދިމާވެފައިވާ ދަތިތައް ވީހާވެސް އަވަހަށް ޙައްލުކޮށްދިނުމަށް އެދި ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމު ގަރާރެއް ހުށަހަޅުއްވާ އެގަރާރަށް ބަހުސް ކުރިޔަށް ގެންގޮސްފިއެވެ.

ބުދަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހަށް ގަރާރަށް ހުށަހަޅުއްވަމުން ޝިޔާމް ވިދާޅުވީ މިއީ މާލެ ފިޔަވައި ރާއްޖޭގައި ހުރި އެންމެ ގިނަ ދުވަސްވީ އެއް މަދުރަސާކަމަށްވާ ނައިފަރު މަދްރަސަތުލް އިފްތިތާހަށް ދިމާވެފައިވާ މައްސަލަތަކުގެ ސަބަބުން، އެމަދުރަސާއިން ތައުލީމު ހާސިލުކުރަމުންދާ ދަރިވަރުންނަށާއި އެމަދަރުސާގެ ޓީޗަރުންނާއި ހިންގުންތެރިންނަށް ދިމާވެފައިވާ ދަތިތަކާއި އެކަންކަމުގެ ސަބަބުން ދަރިވަރުންގެ ތައުލީމަށް ކުރާ ނޭދެވޭ އަސަރު ކުޑަކުރުމަށްޓަކައި މިމައްސަލަތައް ވީހާވެސް އަވަހަށް ހައްލުކޮށްދިނުމަށް އެދި އިލްތިމާސްކުރުމަށްޓަކައި ހުށަހަޅާ ގަރާރެއް ކަމަށެވެ.

Advertisement - newsAdvertisement

ޝިޔާމްގެ ގަރާރުގައި ވަނީ އިފްތިތާހު ހިންގުމަށާއި ދަރިވަރުންގެ ތައުލީމަށް އެކަންކަމުގެ ސަބަބުން ދަތިތަކާއި ކުރިމަތިވެފައިވާތީ އިފްތިތާހުގެ ސީނިއަރ މެނޭޖްމަންޓް ޓީމާއި ބައެއް ބެލެނިވެރިންނާއި ޓީޗަރުންނާއެކު ބަދަލުކުރެވުނު ޚިޔާލުތަކުގެ އަލީގައި ވަރަށް އަވަހަށް ހައްލު ކުރަންޖެހޭ ކަންތައްތަކުގެ ގޮތުގައި 18 ކަމެއް ފާހަގަކޮށްފައެވެ.

އޭގެތެރޭގައި ހިމެނެނީ އަލަށް އިމާރާތްކުރެވިފައިވާ އައު ކްލާސްރޫމް ބްލޮކް މަސައްކަތް ނިމި އެތައް މަހެއްވީއިރުވެސް އިމާރާތަށް ކަރަންޓް ލެވިފައިނެތުމުން އެތައް ކުދިންގެ ކިޔެވުމަށް ބޭނުން ނުކުރެވި ސްކޫލްގައި ޖާގައިގެ ދަތިކަން ކުރިމަތިވެފައިވުމެވެ. އަދި މިހާރު ބޭނުންކުރަމުންދާ އިމާރާތުގައި ދާއިމީ ކަރަންޓެއް ސްކޫލްގައި ނެތުމެވެ.

އަދި އައު ބްލޮކަށް ފަރުނީޗަރު ހަމަކޮށްދިނުމާއި މިހާރުވެސް ބޭނުންކުރަމުން އަންނަ ގިނަ ފަރުނީޗަރު ހަލާކުވެ ސްކޫލްގެ ދަރިވަރުންނާއި ޓީޗަރުންނަށް ބޭނުންވާ ވަރަށްވެސް ފަރުނީޗަރު ނެތުމެވެ. ކޮމްޕިޔުޓަރ ލެބޯޓްރީ މިހާރު ހުރި އިމާރާތް އެހެން އިމާރާތަކަށް ބަދަލުކޮށް ސިސްޓަމްތައް އަޕްގްރޭޑްކުރުމަށްވެސް ވަނީ ހުށަހަޅާފައެވެ.

އަދި އައު އިމާރާތުގައި ޓީޗަރުންނަށް މަސައްކަތްކުރަން ފަސޭހަކަމާއެކު ތިބެވޭނެ މާހައުލެއް ގާއިމުކޮށްދިނުމާއި ސައުންޑް ސިސްޓަމް ހަލާކުވެފައި ހުރުމުގެ ސަބަބުން ދަރިވަރުންނަށް ދޭންޖެހޭ އެނައުންސްމެންޓްތަކާއި އެސެމްބްލީ އަދި ޖަލްސާ އަދި ގަޑިހަމަވެގެން ޖަހާ ރަނގަބީލުގެ އަޑު ސްކޫލްގެ ގޯތިތެރެއަށް ނީވޭ މައްސަލަ ހައްލުކޮށްދިނުމެވެ.

ސްކޫލްގެ ބައެއް ކުލާސްރޫމްތަކަށް އިންޓަރނެޓް ނުލިބޭ މައްސަލަ ހައްލުކުރުމަށާއި ތައުލީމީ ގޮތުން ސްކޫލް، ގައުމީ އަދި ބައިނަލްއަގްވަމީ ގޮތުން މަތީ ވަނަތައް ހާސިލުކުރާ ދަރިވަރުންގެ ކާމިޔާބީ ފާހަގަކުރުމަށް މިހާރަށްވުރެ ބޮޑު އަހައްމިއްޔަތުކަމެއް ދެވޭނެ ނިޒާމެއް ގާއިމުކުރުމެވެ.

އަދި ސްކޫލްގައި ޑެޕިއުޓީ ޕްރިންސްޕަލަކު ނެތުމާއި އެކްސްޓްރާ ކަރިކިއުލަރ ހަރަކާތްތައް މަދުކަންވެސް ހުށަހަޅާފައިވެއެވެ.

މީގެއިތުރުން ސްކޫލް ޕްރިންޓިންގ ރޫމްގެ ގިނަ މެޝިނަރީސްތައް ހަލާކުވެފައި ވުމުގެ ސަބަބުން ފިލާވަޅު ނަގައިދިނުމަށް ކުރަންޖެހޭ މަސައްކަތްތަކަށް ޓީޗަރުންނަށް ބޮޑު ހޭދައެއް ކުރަންޖެހުންވެސް ވަނީ ހުށަހަޅާފައެވެ.

ޝިޔާމް ވިދާޅުވީ މިދިޔަ އަހަރު ގަރާރު ހުށަހެޅުއްވުމުން ގަރާރުގައި ފާހަގަކޮށްފައިވާ ގިނަ ކަންތައްތަކެއް އެޑިޔުކޭޝަން މިނިސްޓްރީން ހައްލުކޮށްދެއްވާފައިވާކަަމަށެވެ. ނަމަވެސް އަދިވެސް ހައްލުނުވެ ހުރި ކަންކަން ހައްލުކޮށްދިނުމަށް ވަނީ އެދިވަޑައިގަންނަވާފައެވެ.

ރައްޔިތުންގެ މަޖިލިސްޅ. ނައިފަރު

ކޮމެންޓް

އިތުރަށް ކިޔާލަން

މާލެ އިން ނައިފަރަށް ދަތުރުކުރަމުން ދިޔަ "ނަސްރު ބޯޓު" އަޑިޔަށް ހިނގައްޖެ

މާލެ އިން ނައިފަރަށް ދަތުރުކުރަމުން ދިޔަ "ނަސްރު ބޯޓު" އަޑިޔަށް ހިނގައްޖެ

16 އޮކްޓޯބަރު 2025
އުރީދޫގެ 7 ވަނަ އުމްރާ ލިބުނު ފަރާތަކަށް ހުއްރިއްޔަތު

އުރީދޫގެ 7 ވަނަ އުމްރާ ލިބުނު ފަރާތަކަށް ހުއްރިއްޔަތު

10 ސެޕްޓެމްބަރު 2025
ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރުން ލާޒިމްވާ ބިލު ތަސްދީގުނުކުރައްވާ އަނބުރާ މަޖިލީހަށް

ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރުން ލާޒިމްވާ ބިލު ތަސްދީގުނުކުރައްވާ އަނބުރާ މަޖިލީހަށް

16 މެއި 2024
92 އިންސައްތަ މަސައްކަތް ނިންމާ 19 ވަނަ ރައްޔިތުންގެ މަޖިލިސް ތާރީޚުގެ ތެރެއަށް

92 އިންސައްތަ މަސައްކަތް ނިންމާ 19 ވަނަ ރައްޔިތުންގެ މަޖިލިސް ތާރީޚުގެ ތެރެއަށް

14 މެއި 2024
މަޖިލީހުގެ ތާރީޚުގައި އެންމެ ގިނަ މަސައްކަތްކުރީ 19 ވަނަ މަޖިލީހުން: އަސްލަމް

މަޖިލީހުގެ ތާރީޚުގައި އެންމެ ގިނަ މަސައްކަތްކުރީ 19 ވަނަ މަޖިލީހުން: އަސްލަމް

13 މެއި 2024

އަހަރުތަކުން މިއަދު

8 ޖެނުއަރީ
ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ
20242 އަހަރު ކުރިން
މީހުން

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ
20233 އަހަރު ކުރިން
ރާއްޖެ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް
20224 އަހަރު ކުރިން
ރާއްޖެ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!
20197 އަހަރު ކުރިން
ރިޕޯޓު

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު