Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ރިކޯޑު އަދަދަކަށް ކައިވެނިކޮށްދިނުން

ގިނަ ކައިވެނިތަކެއް، ބާރު ބޮޑުވުމާ ގުޅިގެން ޕާޓީތައް އެހެން ދުވަހަކަށް

85 ކައިވެންޏެއް ކޮށްދިނުމަށް ނިންމާފައިވޭ

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 22 ފެބުރުއަރީ 2022 | އަންގާރަ 12:48
ފެމިލީ ކޯޓުގައި ކައިވެނި ކުރި ދެ ޒުވާނުން، އާއިލާއެކު

ފެމިލީ ކޯޓުގައި ކައިވެނި ކުރި ދެ ޒުވާނުން، އާއިލާއެކު

ރީތި ތާރީޚުތަކުގައި ކައިވެނި ކުރުމަކީ ޓްރެންޑެކެވެ. ރާއްޖޭގައި އިތުރުން ދުނިޔޭގެ ކަންކޮޅުތަކުގައިވެސް, ކައިވެނި ކުރުމަށް ނިންމާ ދެމީހަކު އެންމެ ފުރަތަމަ ވެސް ބަލާނީ އެ އަހަރެއްގައި އަންނަ އެންމެ ރީތި ތާރީޚުތަކަކަށޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. އެގޮތުން މިއަދަކީ އެފަދަ ދުވަހެކެވެ. 2022 ވަނަ އަހަރުގެ 2 ވަނަ މަހުގެ 22 ވަނަ ދުވަހަކީ މިއަހަރުގެ ތެރޭގައި އަންނަ އެންމެ ރީތި އެއް ތާރީޚެވެ. އެހެންކަމުން މިއަދު ރާއްޖޭގައި ރިކޯޑު އަދަދަކަށް ކައިވެނި ކުރެއެވެ.

އަންގާރަ ދުވަހުގެ އިރުއެރުމާއެކު, މާލޭގެ އިރުމަތީ ފަރާތުގެ ބްރިޖާ ދިމާއާއި ލޮނުޒިޔާރަތް ޕާކު ކުރިމަތި އޮތީ ފުރިބާރުވެފައެވެ. އާއިލާތަކުން ތިބީ, ފެމިލީ ކޯޓުން ނުކުންނަ ދެމަފަރިންނަށް މަރުހަބާ ކިޔުމަށް ތައްޔާރުވެގެންނެވެ. މާފަތިތައް ހިފައިގެންނެވެ. ފެމިލީ ކޯޓު ކައިރީގައި ވެސް ދިގު ކިއު އޮތްއިރު، ކޯޓުން ބުނެފައިވަނީ މިއީ ބިޒީ ދުވަހެއް ކަމަށާއި، 85 ކައިވެންޏެއް ކޮށްދިނުމަށް ނިންމާފައިވާ ކަމަށެވެ. މިއީ ރިކޯޑު އަދަދެވެ. މީގެ ތެރެއިން ކޯޓު ރޫމްގައި 47 ކައިވެންޏެއް ކުރާނެ ކަމަށް ފެމިލީ ކޯޓުން ބުނެއެވެ.

ފެމިލީ ކޯޓުގައި ކޮންމެ 30 މިނެޓަކުން ކައިވެންޏެއް ކޮށްދެމުންދާއިރު, މިއަދާއި މިރޭ ގިނަ ޕާޓީތަކެއް, މާލެ ސިޓީގެ އިތުރުން އަތޮޅުތެރޭގައި އެބައޮތެވެ. އެހެންކަމުން ޑިޒައިނަރުންނާއި ފޮޓޯގްރާފަރުންގެ އިތުރުން, މޭކަޕް އާޓިސްޓުންނާއި ސެލޫންތަކާއި ރެސްޓޯރަންޓްތަކަށް ވަނީ ބާރުބޮޑުވެފައެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދިން މަޝްހޫރު ފޮޓޯގްރާފަރަކު ބުނީ, ހަމައެކަނި އަންގާރަ ދުވަހަށް 5 ކައިވެންޏެއްގެ ފޮޓޯ ނެގުމަށް ލިބިފައިވާ ކަމަށެވެ. ނަމަވެސް ޝޫޓް ކުރުމަށް ދެވޭނީ އެންމެ ކައިވެންޏެއްގެ ކަމުން އެންމެ ފުރަތަމަ ބުކިން ހެދި ކައިވެންޏަށް ފުރުސަތު ދިނީކަމަށެވެ. މީގެ އިތުރުން އެ ޒުވާނާ ބުނީ, ޕާޓީތައް ބޭއްވުމަށް ތަނެއް ނުލިބުމާއި، މޭކަޕް އާރޓިސްޓުން ނުލިބުމާއި، ކޭޓަރިންގެ ޚިދުމަތް ނުލިބިގެން ބައެއް ކައިވެނިތަކުގެ ޕާޓީތައް އެހެން ދުވަހަކަށް ލަސްކޮށްފައިވާކަމަށެވެ.

ކައިވެނީގެ ހެދުންތައް ޑިޒައިންކޮށްދޭ މީހުން ބުނެފައިވަނީ, މީގެ 4 މަސް ކުރިން މިއަދަށް ޚާއްސަކޮށް ކައިވެނި ހެދުންތައް ފަހާފައިވާ ކަމަށެވެ. އަދި ގާތްގަނޑަކަށް 15 އާ 20 ހެދުން ނިންމާފައިވާ ކަމަށެވެ. ކައިވެނި ހަފްލާތަކުގެ ޑެކަރޭޝަންގައި އުޅޭ މީހުން ބުނީ, މިއަދަށް ޚާއްސަކޮށް ބޭރުން ގިނަ އަދަދެއްގެ އާލާތްތައް ގެނެސްފައިވާ ކަމަށާއި، ޓީމަށް އިތުރު މެމްބަރުން ވެސް ނަގާފައިވާ ކަމަށެވެ. އަދި މިދިޔަ އަހަރުގެ ތެރޭގައި މިހާ މަސައްކަތް ބުރަވެފައި ނުވާކަމަށް އެމީހުން ބުނެއެވެ.

މިއަދު ކައިވެނި ކުރި ޒުވާނަކު ބުނީ, އަބަދުވެސް ރީތި ތާރީޚެއްގައި ކައިވެނިކުރަން ބޭނުންވާކަމަށާއި، މިދިޔަ އަހަރުން ފެށިގެން މިއަދަށް ތައްޔާރުވަމުން އައިކަމަށެވެ. ނަމަވެސް ކަން ދިމާކުރި ގޮތުން, ޕާޓީ ބޭއްވުމަށް ބޭނުންވާ ލޮކޭޝަން ހަމަނުޖެހުމުން ޕާޓީ ލަސްކޮށްފައިވާ ކަމަށެވެ. އަންގާރަ ދުވަހުގެ ރޭ މާލޭގެ ނަން މަޝްހޫރު ބޮޑެތި ހުރިހާ ރެސްޓޯރަންޓެއްގެ އިތުރުން, ޕާކުތަކުގައި ޕާޓީތައް އެބައޮތެވެ. ނަމަވެސް ޖާގަ ނުލިބުމުގެ ސަބަބުން އެހެން ދުވަހަށް ޕާޓީތައް ލަސް ކުރި މީހުން ވެސް މަދެއް ނޫނެއެވެ.

ކައިވެނި

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ޒަވާޖީ ހަޔާތަށްވުރެ ބޮޑަށް ވިސްނަނީ ކައިވެނި ޕާޓީއަށްތަ؟

ޒަވާޖީ ހަޔާތަށްވުރެ ބޮޑަށް ވިސްނަނީ ކައިވެނި ޕާޓީއަށްތަ؟

23 މެއި 2023
ރޯދަ މަހު ކައިވެނިކޮށްދޭ ގަޑިތައް އާންމުކޮށްފި

ރޯދަ މަހު ކައިވެނިކޮށްދޭ ގަޑިތައް އާންމުކޮށްފި

14 މާރިޗު 2023
ރީތި ތާރީހަކަށް ވާތީ މިއަދުވެސް ކައިވެނި ގިނަ

ރީތި ތާރީހަކަށް ވާތީ މިއަދުވެސް ކައިވެނި ގިނަ

23 ފެބުރުއަރީ 2023
އަންނަ އަހަރުގެ ހުރިހާ ދުވަހެއްގައި ކައިވެނިކޮށްދޭ ގޮތަށް ފެމިލީ ކޯޓުން ނިންމައިފި

އަންނަ އަހަރުގެ ހުރިހާ ދުވަހެއްގައި ކައިވެނިކޮށްދޭ ގޮތަށް ފެމިލީ ކޯޓުން ނިންމައިފި

31 ޑިސެމްބަރު 2021
21.12.21 ގައި 57 ކައިވެނި

21.12.21 ގައި 57 ކައިވެނި

21 ޑިސެމްބަރު 2021

އަހަރުތަކުން މިއަދު

23 މާރިޗު
މަންދީގެ ގަޔަށް ކަޅުތެޔޮ ޖެހި މީހުން ހޯދައިފި
20251 އަހަރު ކުރިން
ރާއްޖެ

މަންދީގެ ގަޔަށް ކަޅުތެޔޮ ޖެހި މީހުން ހޯދައިފި

އެންމެ ޓުވީޓެއް، މުޅި ސަރުކާރު ޑިފެންސަށް! ވެއްޓުނީ ހޫނު ފެނަށް!
20242 އަހަރު ކުރިން
ރިޕޯޓު

އެންމެ ޓުވީޓެއް، މުޅި ސަރުކާރު ޑިފެންސަށް! ވެއްޓުނީ ހޫނު ފެނަށް!

ބާސްކެޓްގެ ޗެމްޕިއަނުންނަކީ މިދެމަފިރިން, އެކަކު އަނެކަކަށް ހިތްވަރެއް!
20233 އަހަރު ކުރިން
ރިޕޯޓު

ބާސްކެޓްގެ ޗެމްޕިއަނުންނަކީ މިދެމަފިރިން, އެކަކު އަނެކަކަށް ހިތްވަރެއް!

ވަގަށް ނެގީ ބިސްކޯދު ކޭހެއް، ހައްޔަރު ކުރުމުން އެހީ ކާން ލިބޭނެހޭ
20224 އަހަރު ކުރިން
ރިޕޯޓު

ވަގަށް ނެގީ ބިސްކޯދު ކޭހެއް، ހައްޔަރު ކުރުމުން އެހީ ކާން ލިބޭނެހޭ

ދިފާއީ ނިޒާމަށް އެކަށޭނެ މިންވަރަށް އަސަރު ނުކުރާތީ ޔޫއޭއީން ސިނޮފަރމް ވެކްސިންގެ ތިން ޑޯޒު ޖަހަން ނިންމައިފި
20215 އަހަރު ކުރިން
ދުނިޔެ

ދިފާއީ ނިޒާމަށް އެކަށޭނެ މިންވަރަށް އަސަރު ނުކުރާތީ ޔޫއޭއީން ސިނޮފަރމް ވެކްސިންގެ ތިން ޑޯޒު ޖަހަން ނިންމައިފި

ނަފްސާނީ ބަލިތަކަށް ޚާއްސަ ޑިޕާރޓްމަންޓެއް އައިޖީޢެމްއެޗުގައި މާދަމާ ހުޅުވަނީ
20197 އަހަރު ކުރިން
ރާއްޖެ

ނަފްސާނީ ބަލިތަކަށް ޚާއްސަ ޑިޕާރޓްމަންޓެއް އައިޖީޢެމްއެޗުގައި މާދަމާ ހުޅުވަނީ

އިންޓެލިޖެންސް ރިޕޯޓަކީ ޝަރީއަތުގެ އެއްވެސް މަރުހަލާއެއްގައި ބޭނުން ކޮށްގެންވާނެ އެއްޗެއް ނޫން: ކުރީގެ އޭސީޕީ ފައިރޫޝް
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކީ ޝަރީއަތުގެ އެއްވެސް މަރުހަލާއެއްގައި ބޭނުން ކޮށްގެންވާނެ އެއްޗެއް ނޫން: ކުރީގެ އޭސީޕީ ފައިރޫޝް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު