Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ގޯލްޑަން ފުޓްސަލް ޗެލެންޖު

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް "ގޯލްޑަން ފުޓްސަލް ޗެލެންޖު" ފަށައިފި

މި މުބާރާތުގައި 91 ޓީމަކުން ބައިވެރިވޭ

އަތޫފް އާތިފް
އަތޫފް އާތިފް, ރާއްޖެ އެމްވީ | 20 ފެބުރުއަރީ 2022 | އާދީއްތަ 13:02
ގޯލްޑަނަ ފުޓްސަލް ޗެލެންޖުގައި ހޮނިހިރު ދުވަހުގެރޭ ކުޅުނު މެޗެއްގެ ތެރެއިން

ގޯލްޑަނަ ފުޓްސަލް ޗެލެންޖުގައި ހޮނިހިރު ދުވަހުގެރޭ ކުޅުނު މެޗެއްގެ ތެރެއިން

ނުވަދިހަ އެއް ޓީމާއެކު ގޯލްޑަން ފުޓްސެލް ޗެލެންޖުގެ ކުޅުން ފަށައިފިއެވެ.

ހުޅުމާލޭ ރެހެންދި ފުޓްސަލް ދަނޑުގައި ކުލަގަދަ ރަސްމިއްޔާތުގައި އެންމެ ފަހުގެ ޗެމްޕިއަން ތ. ތިމަރަފުށިން މި ފަހަރުގެ މުބާރާތުގެ ތަށި ވަނީ ދައްކާލާފައެވެ.

ހޮނިހިރު ދުވަހުގެރޭ ވަނީ ޒޯން އެކެއްގެ ހަ މެޗެއް ކުޅެފައެވެ. އޭގެ ތެރެއިން އެންމެ ފޯރިގަދަކޮށް ދިޔައީ ނޭކުރެންދޫ އާއި ނާވައިދޫގެ މެޗެވެ. މި މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ ނަމަވެސް ދެވަނަ ހާފު ފަށައިގެން ނާވައިދޫން ވަނީ ދެ ލަނޑު ޖަހާ ލީޑު ނަގައިފައެވެ. އެގޮތުން ނާވައިދޫއަށް ލީޑު ނަގައިދިނީ އަބްދުﷲ ވިސާމެވެ. އަދި އޭގެ އިރުކޮޅެއްގެ ތެރޭގައި އަބްދުﷲ ޝާފިއު (ޝާއްޕެ) ވަނީ އެ ޓީމުގެ ލީޑުފުޅާކޮށްދީފައެވެ.

ނޭކުރެންދޫއިން މި މެޗުގެ ނަތީޖާ ހަމަހަމަކުރީ ފަހު ވަގުތުގައެވެ. މެޗުގެ ފުރަތަމަ ލަނޑު ނޭކުރެންދޫއިން ކާމިޔާބުކުރީ 30 ވަނަ މިނެޓުގައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ މުޙައްމަދު ފަރުހާން (ފަރުއްކޮ)އެވެ. އަދި ނޭކުރެންދޫއިން ނަތީޖާ ހަމަހަމަ ކުރި ލަނޑު ޖަހައިދިނީ ފަރުއްކޮގެ އެހީތެރިކަމާއެކު ކެޕްޓަން މުޙައްމަދު ވިލްފްއެވެ.

ހޮނިހިރު ދުވަހު ކުޅުނު ފުރަތަމަ މެޗުގައި ބައްދަލުކުރީ ހއ. ހޯރަފުއްޓާއި ހއ. ވަށަފަރެވެ. މި މެޗު 3-1 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ހޯރަފުށި ޓިމެވެ. މި މެޗުގައި ހޯރަފުށިން ކާމިޔާބުކުރި ލަނޑުތައް އެ ޓީމަށް ޖަހައިދިނީ އަބްދުﷲ ޔާމީން (ޔާނު) އާއި އިބްރާހީމް ބިޝާރު އަދި އަލީ ޝިމާހުއެވެ. ވަށަފަރުން ކާމިޔާބުކުރި ހަމައެކަނި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ މުޙައްމަދު ޒައިދު މުސްތަފާއެވެ. ދެވަނަ މެޗުގައި ހދ. ކުމުންދޫ އާއި ހދ. ފިނޭ ބައްދަލުކުރިއިރު، މި މެޗު ފިނޭއިން ކާމިޔާބުކުރީ 4-2 ގެ ނަތީޖާއަކުންނެވެ. ފިނޭއިން ކާމިޔާބުކުރި ހަތަރު ލަނޑުގެ ތެރެއިން ދެ ލަނޑު ކާމިޔާބުކުރީ ޝަމީމް ރަޝީދެވެ. ދެން ޖެހި ދެ ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ކެޕްޓަން އަލީ މިސްބާހާއި، މުޙައްމަދު އާނިމްއެވެ.

ތިންވަނަ މެޗުގައި ހއ. ދިއްދޫ އިން ވަނީ 8-1 ގެ ނަތީޖާއަކުން ހއ. މާރަންދޫ ބަލިކޮށްފައެވެ. ދިއްދޫގެ ލަނޑުތައް އެ ޓީމަށް ކާމިޔާބު ކޮށްދިނީ ހައިޝަމް ރަޝީދާއި، ހިސާމް ހަސަން ވަހީދާއި، އާދަމް ނަސީމް އަދި ތައުމީން ނޫހުއެވެ. މީގެ ތެރެއިން ހައިޝަމް ވަނީ ހަތަރު ލަނޑު ޖަހައިފައެވެ.

މީގެ އިތުރުން ހޮނިހިރު ދުވަހުގެރޭ ށ. މިލަންދޫ އާއި ށ. ބެލެއްފަހި ބައްދަލުކުރި މެޗު މިލަންދޫ އިން ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުންނެވެ. މިލަންދޫގެ ލަނޑުތައް އެ ޓީމަށް ކާމިޔާބު ކޮށްދިނީ ހަސަން ނާސިހު އާދަމް އާއި އަބްދުﷲ ނާޖީއެވެ.

ށ. ކޮމަންޑޫ އަތުން އެ އަތޮޅު ފޯކައިދޫ މޮޅުވީ 3-1 ގެ ނަތީޖާއަކުންނެވެ. ފޯކައިދޫގެ ލަނޑުތައް އެ ޓީމަށް ކާމިޔާބުކޮށްދިނީ މުޙައްމަދު ރިޝްވާން (ފުކޭ) އާއި، ހުސެއިން ނަބީހް އަދި އިބްރާހީމް މުޝީރުއެވެ.

މި މުބާރާތުގައި އާދީއްތަ ދުވަހުގެރޭ ވެސް ހަ މެޗެއް ކުޅޭނެއެވެ.

މި މުބާރާތުގައި ޖުމްލަ އަށް ޒޯނެއް ހިމެނޭއިރު، މިއަހަރުގެ މުބާރާތުގައި ޖުމްލަ 91 ޓީމު ބައިވެރިވެފައިވާ ކަމަށް މުބާރާތް އިންތިޒާމުކުރާ ގޯލްޑަން ފުޓްސަލް އެސޯސިއޭޝަނުން ބުނެއެވެ. މުޅި މުބާރާތުގެ ޗެމްޕިއަންޓީމަށް 65،000 ރުފިޔާގެ އިނާމެއް ހުށަހަޅާފައިވާއިރު، ރަނަރަޕް ޓީމަށް 25،000 ރުފިޔާ ވަނީ ހުށަހަޅާފައެވެ.

ދެ އަހަރުގެ މެދުކެނޑުމަކަށްފަހު ގޯލްޑަން ފުޓްސަލް ޗެލެންޖް ބާއްވާއިރު، މި މުބާރާތް އެންމެ ފަހުން ބޭއްވީ 2019 ވަނަ އަހަރެވެ. އެ ފަހަރު ފައިނަލުގައި ބ. އޭދަފުށި ބަލިކޮށް ޗެމްޕިއަންކަން ހޯދާފައިވަނީ ތ. ތިމަރަފުށިންނެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖް

ކޮމެންޓް

އިތުރަށް ކިޔާލަން

ކާށިދޫ އިން ގޯލްޑަަން ފުޓްސަލް ޗެލެންޖު ކާމިޔާބު ކޮށްފި

ކާށިދޫ އިން ގޯލްޑަަން ފުޓްސަލް ޗެލެންޖު ކާމިޔާބު ކޮށްފި

26 ފެބުރުއަރީ 2025
ގޯލްޑަން ފުޓްސަލްގެ ފައިނަލް ދެކުނަށް، ވާދަކުރާނީ ގަމާއި ވާދޫ

ގޯލްޑަން ފުޓްސަލްގެ ފައިނަލް ދެކުނަށް، ވާދަކުރާނީ ގަމާއި ވާދޫ

15 މާރިޗު 2023
ގދ.އަތޮޅުގެ ޗެމްޕިއަންކަން ވާދޫއަށް، ޅ.އަތޮޅު ޗެމްޕިއަނަކީ ކުރެންދޫ

ގދ.އަތޮޅުގެ ޗެމްޕިއަންކަން ވާދޫއަށް، ޅ.އަތޮޅު ޗެމްޕިއަނަކީ ކުރެންދޫ

25 ފެބުރުއަރީ 2023
އއ ގެ ޗެމްޕިއަންކަން ބޮޑުފޮޅުދޫ އަދި އދ.ގެ ޗެމްޕިއަންކަން މާމިގިލި ހޯދައިފި

އއ ގެ ޗެމްޕިއަންކަން ބޮޑުފޮޅުދޫ އަދި އދ.ގެ ޗެމްޕިއަންކަން މާމިގިލި ހޯދައިފި

25 ފެބުރުއަރީ 2023
ތ.އަތޮޅުގެ ޗެމްޕިއަންކަން ކިނބިދޫއަށް، ލ.އަތޮޅު ޗެމްޕިއަންކަން ހޯދީ ގަން

ތ.އަތޮޅުގެ ޗެމްޕިއަންކަން ކިނބިދޫއަށް، ލ.އަތޮޅު ޗެމްޕިއަންކަން ހޯދީ ގަން

25 ފެބުރުއަރީ 2023

އަހަރުތަކުން މިއަދު

22 ޖެނުއަރީ
ސަރުކާރުގެ ސުޕަރމެޖޯރިޓީ އޮތް މަޖިލިސް ދެފަޅިވެ، ދެ ފެކްޝަނަކަށް ބެހިގެން ދަނީއެވެ.
20251 އަހަރު ކުރިން
ރާއްޖެ

ސަރުކާރުގެ ސުޕަރމެޖޯރިޓީ އޮތް މަޖިލިސް ދެފަޅިވެ، ދެ ފެކްޝަނަކަށް ބެހިގެން ދަނީއެވެ.

ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި
20242 އަހަރު ކުރިން
ރާއްޖެ

ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި

އަމާޒަށް ދުނި ޖެހުމުގައި އަތީރުގެ ސާބިތުކަން ކަސިޔާރުވުމެއް ނެތް
20233 އަހަރު ކުރިން
ތަފާތު ޚަބަރު

އަމާޒަށް ދުނި ޖެހުމުގައި އަތީރުގެ ސާބިތުކަން ކަސިޔާރުވުމެއް ނެތް

އަދާލަތު ޕާޓީގެ އިސްސަފުގައި، އިޔާޒާއި ޒައިދުގެ ބަހެއް ނުވިކުނު
20224 އަހަރު ކުރިން
ރާއްޖެ

އަދާލަތު ޕާޓީގެ އިސްސަފުގައި، އިޔާޒާއި ޒައިދުގެ ބަހެއް ނުވިކުނު

ފައިސާއަށް ފާރިޝް ހިޔާނާތްތެރިވީ ކަމަށް ވިދާޅުވެ ދިޔާނާ ފުލުހަށް
20215 އަހަރު ކުރިން
ރާއްޖެ

ފައިސާއަށް ފާރިޝް ހިޔާނާތްތެރިވީ ކަމަށް ވިދާޅުވެ ދިޔާނާ ފުލުހަށް

އީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަނީ!
20197 އަހަރު ކުރިން
ރާއްޖެ

އީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަނީ!

ޓެކްސީ ޑްރައިވަރުންނަށް ކޮމާންޑު ކުރުމުގައި ފުރާވަރު އަންހެން ކުއްޖެއް!
20188 އަހަރު ކުރިން
ރިޕޯޓު

ޓެކްސީ ޑްރައިވަރުންނަށް ކޮމާންޑު ކުރުމުގައި ފުރާވަރު އަންހެން ކުއްޖެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު