Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ކޮލަމް
ފަންވަތް ކޮލަމް

ވިހަމަނާފުށި އިޚުތިޔާރު ކުރެވުނުގޮތާއި ކުރުނބާގެ ނަން ދެވުނު ސަބަބު!

ރާއްޖޭގެ ފުރަތަމަ ރިސޯޓް ހުޅުވުނީ ކުރުނބާ ވިލެޖުގެ ނަމުގައި ވިހަމަނާފުށީގައި

ރާއްޖެ އެމްވީ | 20 ފެބުރުއަރީ 2022 | އާދީއްތަ 11:49
ޖޯޖް ކޯބިން އޭނާގެ ކުޑަކުޑަ ދަރިފުޅު ޖޯޖިޔާއަށް ވިހަމަނާފުށީގައި ކުރުނބާ ބޯންދެނީ

ޖޯޖް ކޯބިން އޭނާގެ ކުޑަކުޑަ ދަރިފުޅު ޖޯޖިޔާއަށް ވިހަމަނާފުށީގައި ކުރުނބާ ބޯންދެނީ

ދިވެހިރާއްޖޭގެ އެންމެ ފުރަތަމަ ރިސޯޓަކީ ކުރުނބާ ވިލެޖެވެ. އެއީ ކުރީގެ ރަސްމީ ނަމުންނަމަ މާލެއަތޮޅު ވިހަމަނާފުށްޓެވެ. ދިވެހި ފަތުރުވެރިކަމުގެ ތާރީޚު ފެށުނީ އެރަށުންނެވެ. ދިވެހި ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސް މުހައްމަދު އަމީނު އަވަހާރަވީ އެރަށުގައެވެ. ފަސްދާނުލެވިފައިވަނީ ވެސް އެރަށުގައެވެ. އެގޮތުން ދިވެހިރާއްޖޭގެ ސިޔާސީ ތާރީޚާއި ޖުމްހޫރީ ތާރީޚުގެ ތެރެއަށްވެސް އެރަށް ވަނީ ވަދެފައެވެ. ރައީސް އަމީނުގެ މަގުބަރާ މިހާރުވެސް އެރަށުގައި ފެންނާން އެބަހުއްޓެވެ. ދިވެހިރާއްޖޭގެ ފުރަތަމަ ރިސޯޓުގެ ގޮތުގައި ވިހަމަނާފުށި އިޚުތިޔާރު ކުރެވުނީ ކީއްވެގެންބާވަައެވެ. ރަށުގެ ނަން ނުގެނެސް ކުރުނބާ ވިލެޖުގެ ނަން ދިނުމުގެ ސިއްރަކީ ކޮބައިބާވައެވެ؟

އަޅުގަނޑު ހިތުން ދިވެހިރާއްޖޭގެ ފަތުރުވެރިކަމަށް މިއަހަރު ފަންސާސް އަހަރު ފުރިގެން އެންމެންވެސް ރަންޔޫބީލްގެ ވާހަކަޔާއި ކުރުނބާ ރިސޯޓުގެ ވާހަކަ ދައްކާއިރު މާލެއަތޮޅުގައި އެތައް ފަޅުރަށެއް ހުއްޓައިމެ ވިހަމަނާފުށި އިޚުތިޔާރު ކުރެވެން މެދުވެރިވި ސަބަބާއި އެރަށުގެ ނަން ކުރުނބާ ވިލެޖަކަށް ބަދަލުވި ސަބަބަށް ބަލައިލުމަކީ މުހިންމު ކަމެކެވެ. ތާރީޚަށްޓަކައެވެ. މައުލޫމާތަށްޓަކައެވެ. މިކަންކަމުގެ މައްޗަށް މިހާރު ބަލައިނުލެވުނީ ވިއްޔާ ފަހުން މިކަންކަން ސައުފުކުރުން ފަސޭހަކަމަކަށް ނުވެދާނެއެވެ. ކަންކުރި މީހުންނާއި ކަމުގެ ތެރޭގައި ޝާމިލްވީ މީހުން ދުނިޔޭގައި ތިއްބައި އެމީސްމީހުން ކުރެން އަހައި އޮޅުންފިލުވައި ޔަގީންކޮށްގެން މިއީވެސް ދައްކަން ޖެހިފައިއޮތް ވާހަކައެކެވެ.

ދިވެހިރާއްޖެއަށް ފަތުރުވެރިކަން ތައާރަފުވީއިރު އެ ސިނާއަތުގެ ދޮރާއްޓަކީ ހުޅުލޭގައިވާ އެއަރޕޯޓެވެ. މިހާރުވެސް އެކަން އޮތީ އެހެންނެވެ. މީހުން ދިރިއުޅޭ ރަށްރަށާއި ވަކިން ފަޅުރަށްރަށުގައި ރިސޯޓު ތަރައްގީކޮށް އެތަންތަނުގައި ފަތުރުވެރިން ބޭތިއްބުމުގެ ޚިޔާލު 1972 ގައި އުފަންވެގެން އައިހިނދު އެއަރޕޯޓާއި އެންމެ ކައިރީގައި ހުރި ފަޅު ރަށްރަށުގެ ތެރޭގައި ހިމެނެނީ ވިހަމަނާފުށްޓާއި ފަރުކޮޅުފުށްޓާއި ފުރަނަފުށްޓެވެ. މިރަށްރަށް ބަލައި ދިރާސާކުރިއިރު ޖޯޖް ކޯބިންއަށް އެންމެ ހިތްގައިމު ގޮނޑުދޮށަކާއި ބަނދަރަކާއި މޫދަކާއި މާހައުލެއް ފެނުނީ ވިހަމަނާފުށިންވެ. އެއަރޕޯޓުން ދޯންޏެއްގައި އެންމެ އަވަހަށް ފޯރާންއޮތް ރަށަކީވެސް ވިހަމަނާފުށްޓެވެ. ކޯބިންއަކީ މިކަމުގެ ކޮންސަލްޓެންޓެވެ.

ޖޯޖް ކޯބިންގެ އިރުޝާދުގެ ދަށުން ރިސޯޓެއް ތަރައްގީ ކުރުމުގެ މަސައްކަތް ކޮލިގޭ މުހައްމަދު އުމަރުމަނިކާއި ކެރަފާ އަހުމަދު ނަސީމު ފެއްޓެވިއިރު ފަސޭހައިން ރަށް ލިބުމާއި ނުލިބުމުގެ ސުވާލުވެސް އޮތެވެ. ވިހަމަނާފުށީގެ ވެރިޔަކީ ކަރަންކާ އިބްރާހިމް ރަޝީދެވެ. ފަރުކޮޅުފުށީގެ ވެރިޔަކީ ކަކާގޭ އަހުމަދު ހިލްމީއެވެ. ފުރަނަފުށީގެ ވެރިޔަކީ ނޫރާނީވިލާ އަބްދުލްހައްނާނު ހަލީމެވެ. މި ތިން ބޭފުޅުންނަކީވެސް ސަރުކާރުގެ ބާރުގަދަ ވަޒީރުންނެވެ. މީގެ ތެރެއިން ވިހަމަނާފުށީގެ ވެރިޔާ ކަރަންކާ އިބްރާހިމް ރަޝީދަކީ ކޮލިގޭ މުހައްމަދު އުމަރުމަނިކުގެ އޭރުގެ އަނބިކަބަލުން ކަރަންކާ އައިސްތު ރަޝީދުގެ ބައްޕާފުޅެވެ. އެހެންވީމާ ވިހަމަނާފުށީގެ ކަންކަން ފައިނަލްކުރުން ވެގެންދިޔައީ ވަރަށްވެސް ފަސޭހަ ކަމަކަށެވެ.

ވިހަމަނާފުށި އިޚުތިޔާރު ކުރެވުނު ސަބަބު ބަޔާން ކުރެވިއްޖެއެވެ. ދެން އޮތީ ކުރުނބާ ވިލެޖުގެ ނަން ދެވުނު ގޮތާއި އެނަން ދިނީ ކާކުތޯ ކުރެވޭ ސުވާލެވެ. ވިހަމަނާފުށްޓަކީ ބޭރު މީހުންނަށް ކިޔާން ފަސޭހަ ނަމަކަށް ނުވިއެވެ. ކިޔާންވެސް ފަސޭހައީ އަދި މާކެޓްކުރަންވެސް ފަސޭހައީ ދުލަށް ފަސޭހަ ކުރު ނަމެކެވެ. ޖޯޖް ކޯބިންއަށްވެސް އަދި އޭނާޔާއެކު ރާއްޖެއަށް އެންމެ ފުރަތަމަ ޒިޔާރަތްކުރި ފަތުރުވެރީންނަށްވެސް ރާއްޖެއިން ލިބުނު އެންމެ މީރު އަދި އެންމެ މަގުބޫލު ބުއިމަކީ ކުރުނބާ ފެނެވެ. ރާއްޖެއިން އެންމެ ގިނައިން ލިބެންހުރި އެއްޗަކީވެސް އެއީއެވެ. ބޭނުންވާވަރަށްވުރެ މާގިނައިންވެސް ވިހަމަނާފުށިން ކުރުނބާ ލިބެން ހުއްޓެވެ. އެތައް ސަތޭކަ ރުކެއް ހުއްޓެވެ.

ޖޯޖް ކޯބިންއަށް ކުރުނބާ ކަމުދިޔަލެއް ބޮޑުކަން އަންގައިދޭ އެންމެ ބޮޑު ހެއްކަކީ އޭނާގެ ކުޑަކުޑަ ދަރިފުޅު ޖޯޖިޔާއަށް ކޯބިންގެ އަތުން ކުރުނބާ ބޯންދޭ މަންޒަރު ފެންނަ ފޮޓޯއެކެވެ. މަތީގައި ވަނީ އެފޮޓޯއެވެ. އެހެންވީމާ މާކެޓްކުރުމުގެ ނަމަކަށް އަދި ވިޔަފާރީގެ ނަމަކަށް ކުރުނބާ އިޚުތިޔާރު ކުރެއްވީ ޖޯޖް ކޯބިންއެވެ. ޚިޔާލު އުފަންވީ އޭނާގެ ސިކުނޑީގައެވެ. ކުރުނބާގެ ފަހަތަށް ވިލެޖު ގެނައުމުގެ ސިއްރަކީ ވިލެޖަކީ ހަމަހިމޭން ރަށްފުށުގެ ދިރުއުޅުމާ ގުޅޭ ނަމަކަށް ވުމެވެ. ވިލެޖުތަކަށް ޗުއްޓީ ހޭދަކުރަން ދިޔުމަކީ އޭރުވެސް ވިލާތުގައި އޮންނަ އާދަޔަކަށް ވުމުންނެވެ. މިގޮތުން ކުރުނބާ ވިލެޖު، މިނަން ދެވުނީއެވެ.

ރާއްޖޭގައި އެންމެ ފުރަތަމަ ރިސޯޓުތަކަށް ނަން ދެވުނީ އެރަށެއްގެ އަސްލުނަމާ ގުޅުވައިގެންނެވެ. ބަނޑޮހާއި ބަރޮހާއި ވެލައްސަރާއި ފުރަނަޔަކީ މީގެ މިސާލުތަކެވެ. މިއިން އިސްތިސްނާ ވަނީ ކުރުނބާ ވިލެޖު އެކަންޏެވެ. ތަންކޮޅެއް ފަހުން ހުރިހައި ރިސޯޓެއްގެ ނަން ވިޔަފާރި ބްރޭންޑްތަކަށްވެ ރަށުގެ އަސްލުނަން ދޫކޮށް މާކެޓްކުރަން ފަސޭހަ ނަންނަމަށް ވަނީ ބަދަލުވެފައެވެ. ލެގޫނާޔާއި ފުލްމޫނާއި ޕެރަޑައިސްއަކީ މީގެ މިސާލުތަކެވެ. ފަހުން ކުރުނބާ ވިލެޖުގެ ނަމަށްވެސް ބަދަލެއް ވަނީ އައިސްފައެވެ. ބަދަލުވީ ވިލެޖެވެ. މިހާރު އެއީ ކުރުނބާ މޯލްޑިވްސްއެވެ. މިކަމުން އެކަނިވެސް ޖޯޖް ކޯބިންގެ ދުރުވިސްނުމާއި މާކެޓްކުރުމުގެ ހުނަރު ހާމަވެގެންދެއެވެ.

ޖޯޖް ކޯބިންދިވެހި ފަތުުރުވެރިކަމުގެ ރަންޔޫބީލް

ކޮމެންޓް

އިތުރަށް ކިޔާލަން

ގައުމީ ޔުނިވަރސިޓީގެ "ޓޫރިޒަމް ޖުބްލީ ވޯކް" ބާއްވައިފި

ގައުމީ ޔުނިވަރސިޓީގެ "ޓޫރިޒަމް ޖުބްލީ ވޯކް" ބާއްވައިފި

19 ނޮވެމްބަރު 2022
ފަތުރުވެރިކަމުގެ ސިނާއަތަށް 50 އަހަރު ފުރުމާއި ގުޅިގެން ބާއްވާ އެމް.އެން.ޔޫ ރޯޑް ޝޯވް ނޮވެމްބަރު 19 ގައި

ފަތުރުވެރިކަމުގެ ސިނާއަތަށް 50 އަހަރު ފުރުމާއި ގުޅިގެން ބާއްވާ އެމް.އެން.ޔޫ ރޯޑް ޝޯވް ނޮވެމްބަރު 19 ގައި

02 ނޮވެމްބަރު 2022
ދުނިޔޭގެ ފެންވަރުގެ ވަރުގަދަ ޞިނާޢަތަކަށް ދިވެހި ފަތުރުވެރިކަން ވެގެން ދިޔައީ ފުރިހަމަ މިނިވަންކަމާއެކު އެކަން ކުރުމުގެ އިޚުތިޔާރު ޕްރައިވެޓް ސެކްޓަރަށް ދޫކޮށްލާފައި އޮތުމުން - ރައީސް

ދުނިޔޭގެ ފެންވަރުގެ ވަރުގަދަ ޞިނާޢަތަކަށް ދިވެހި ފަތުރުވެރިކަން ވެގެން ދިޔައީ ފުރިހަމަ މިނިވަންކަމާއެކު އެކަން ކުރުމުގެ އިޚުތިޔާރު ޕްރައިވެޓް ސެކްޓަރަށް ދޫކޮށްލާފައި އޮތުމުން - ރައީސް

04 އޮކްޓޯބަރު 2022
މޮޅެތި ރިސޯޓް، ހޮޓާ މެނޭޖްމަންޓުތަކުން ދަންނާނެ މުވައްޒަފުންގެ މުހިންމުކަން: މައުސޫމް

މޮޅެތި ރިސޯޓް، ހޮޓާ މެނޭޖްމަންޓުތަކުން ދަންނާނެ މުވައްޒަފުންގެ މުހިންމުކަން: މައުސޫމް

04 އޮކްޓޯބަރު 2022
ސްކޫލް ދައުރުން ފެށިގެން ކުދިންގެ ހިތްތަކުގައި ފަތުރުވެރިކަމުގެ ދާއިރާއަށް ލޯބި ޖައްސަން ޖެހޭ: އެމްޔޫ މަނިކު

ސްކޫލް ދައުރުން ފެށިގެން ކުދިންގެ ހިތްތަކުގައި ފަތުރުވެރިކަމުގެ ދާއިރާއަށް ލޯބި ޖައްސަން ޖެހޭ: އެމްޔޫ މަނިކު

04 އޮކްޓޯބަރު 2022

އަހަރުތަކުން މިއަދު

11 މެއި
އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!
20251 އަހަރު ކުރިން
ދުނިޔެ

އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު
20242 އަހަރު ކުރިން
ރާއްޖެ

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ
20233 އަހަރު ކުރިން
ކުޅިވަރު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"
20224 އަހަރު ކުރިން
ރާއްޖެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން
20215 އަހަރު ކުރިން
ރާއްޖެ

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!
20197 އަހަރު ކުރިން
ރިޕޯޓު

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި
20188 އަހަރު ކުރިން
ރާއްޖެ

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު