Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމޭރީ ގްރޭސްގެ މަރުގެ މައްސަލަ

މޭރީގެ މަރު: ލަމްހާ ޝަރީއަތް ނިމެންދެން ބަންދު ކުރުމާމެދު ގޮތެއް ނިންމުން މާދަމާ

20 ފެބުރުއަރީ 2022 | އާދީއްތަ 07:39

ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ ހުސައިން ފާއިޒު ރަޝާދު

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 20 ފެބުރުއަރީ 2022 | އާދީއްތަ 07:39
މޭރީގެ މަރުގެ މައްސަލައިގައި ދައުލަތުން ދައުވާކުރަނީ މޭރީގެ ފިރިމީހާ ފިލިޕީންސްގެ ރައްޔިތެއްކަމަށްވާ މާރވިން އެސް.ވައި ވާރގަސްއާއި ޅ.ހިންނަވަރު، މާފިނި، ހަލީމަތު ލަމްޙާ އަބްދުއްރަހްމާނުގެ މައްޗަށް

މޭރީގެ މަރުގެ މައްސަލައިގައި ދައުލަތުން ދައުވާކުރަނީ މޭރީގެ ފިރިމީހާ ފިލިޕީންސްގެ ރައްޔިތެއްކަމަށްވާ މާރވިން އެސް.ވައި ވާރގަސްއާއި ޅ.ހިންނަވަރު، މާފިނި، ހަލީމަތު ލަމްޙާ އަބްދުއްރަހްމާނުގެ މައްޗަށް

އައިޖީއެމްއެޗްގައި މަސައްކަތް ކުރަމުން ދިޔަ ފިލިޕީންސްގެ އަންހެން ނަރުހެއް ކަމަށްވާ މޭރީ ގްރޭސްގެ މަރުގެ މައްސަލައިގައި ދައުވާ އުފުލާފައިވާ ޅ. ހިންނަވަރު، މާފިނި، ހަލީމަތު ލަމްހާ އަބްދުއްރަހްމާނު ޝަރީއަތް ނިމެންދެން ބަންދު ކުރުމާމެދު ގޮތެއް ނިންމުން ހޯމަ ދުވަހަށް ތާވަލުކޮށްފިއެވެ.

މި މައްސަލާގައި ބުރާސްފަތި ދުވަހު ބޭއްވި އަޑުއެހުމުގައި މޭރީގެ ފިރިމީހާ, ފިލިޕީންސްގެ ރައްޔިތެއްކަމަށްވާ މާރވިން އެސް.ވައި ވާރގަސް ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ވަނީ އަމުރު ކުރައްވާފައެވެ.

Advertisement - newsAdvertisement

ލަމްހާގެ މައްޗަށް މި މައްސަލައާ ގުޅިގެން އުފުލާފައިވަނީ މޭރީ މަރާލުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާއާއި އިތުރު ދައުވާތަކެކެވެ. މި މައްސަލައިގައި ބުރާސްފަތި ދުވަހު ކުރިއަށް ދިޔަ އަޑުއެހުމުގައި ދިފާއީ ވަކީލު ވަނީ ދައުލަތުން ހުށައަޅާފައިވާ ފޯމާއި ގުޅިގެން އިތުރު ވަގުތު ބޭނުންވާކަމަށް ވިދާޅުވެފައެވެ. ދައުލަތުންވެސް ވަނީ ދިފާއަށް އެ ފުރުސަތު ދެއްވުމުގައި އިއުތިރާޒެއް ނެތްކަން ފާހަގަ ކުރައްވާފައެވެ.

ވުމާއެކު، 21 ފެބްރުއަރީގައި އޮންނަ އަޑުއެހުމުގައި ބަންދާމެދު ތަފްސީލީ ގޮތެއްގައި ވާހަކަދެއްކުމަށް ނިންމަވައި ގާޒީ އެ ދުވަހު ވަނީ ލަމްހާ 4 ދުވަހަށް ބަންދު ކުރުމަށް އަމުރު ކުރައްވާފައެވެ. އެ އަޑުއެހުމުގައި ދިފާއީ ވަކީލު ވަނީ, ބަންދާއި ގުޅޭ އަޑުއެހުން ނޫސްވެރިން ނުވައްދައި ކުރިއަށް ގެންދިއުމަށް އެދިވަޑައިގެންފައެވެ. ސަބަބެއްގެ ގޮތުގައި ފާހަގަ ކުރެއްވީ އެ އަޑުއެހުމުގައި ލަމްހާގެ ޒާތީ މައުލޫމާތުތަކެއް ހުރުމެވެ.

ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ ހުސައިން ފާއިޒު ރަޝާދެވެ. 

މި މައްސަަލަ އާއި ގުޅިގެން ދައުލަތުން ވަނީ ލަމްހާ ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް އެދިވަޑައިގެންފައެވެ. އެގޮތުން ދައުލަތުގެ ވަކީލާ ވިދާޅުވީ، ލަމްހާގެ ފަރާތުން މާވިންއަށް ކޮށްފައިވާ މެސެޖެއްގައި, އަންހެނެއްގެ ގަޔަށް ސިރިންޖު ޖަހާނެ ގޮތުގެ ވާހަކައާއި ގުޅޭ މެސެޖުތަކެއް ކޮށްފައިވާ ކަމަށާއި، އޭގެ ފަހުން މާވިން ގޫގްލް ސަރޗް މެދުވެރިކޮށް, އެފަދައިން މީހަކު މަރާނެ ގޮތް ސަރޗްކޮށްފައިވާކަމަށެވެ. އަދި އޭގެ އިރުކޮޅެއް ފަހުން އެމީހުންގެ ދަރިފުޅު ލަމްހާ އާއި ހަވާލުކޮށް، މޭރީ މަރާލުމުގެ އަމަލު ހިންގާފައިވާކަމަށް ވަކީލާ ވިދާޅުވިއެވެ. ލަމްހާގެ ގެއިން ފެނުނު ބައެއް ސިރިންޖު ތަކަކީ ބޭނުންކޮށްފައިވާ ސިރިންޖުތަކެއް ކަމަށާއި، އޭގެ ތަހުލީލު ކުރުމަށް ބޭރަށް ފޮނުވާފައިވާނެ ކަމަށްވެސް ވަކީލާ ވިދާޅުވިއެވެ.

ލަމްހާގެ މައްޗަށް, އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އުފުލާފައިވާއިރު، އޭނާގެ މައްޗަށް ވަނީ, އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫންގޮތެއްގައި ބާރުހިންގުމުގެ ކުށުގެ ދަައުވާވެސް އުފުލާފައެވެ. އަދި ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގައި ކުރުމުގެ ދަައުވާވެސް އުފުލާފައިވާއިރު، ލަމްހާ ދިރިއުޅޭ ގެ ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން ބަލައި ފާސްކުރިއިރު، ލަމްހާ ދިރިއުޅޭ ކޮޓަރި ތެރެއިން، ހޮސްޕިޓަލްތަކާއި ފަރުވާ ދޭ މަރުކަޒުތަކުގެ ބޭނުމަށް އެކަނި, ދޫކުރެވޭ ބާވަތުގެ ބޭސްތަކެއް ފެނިފައިވެއެވެ.

މޭރީ ގްރޭސްކްރިމިނަލް ކޯޓް

އެންމެ ހިނގާ

1

ލަންކާ އެމްބަސީގައި ހުރި ތަރޑް ސެކެޓަރީއެއްގެ ބޭއަދަބީ ވީޑިއޯއެއް އާންމުވެ، އޭނާ ވަކިކުރަން ރައީސް އޮފީހުން ފޮރިން މިނިސްޓްރީއަށް އަންގައިފި

2

އީރާނު ހަނގުރާމައިގައި ބައިވެރިވި އެމެރިކާގެ 5000 މީހުންގެ މަނަވަރު އަބްރަހަމް ލިންކަން ތައިލެންޑްގައި މަޑުކުރާތީ ހަށިވިއްކުން ހުއްޓުވަން ފުލުހުން ނެރެފި

3

"އީރާނާ ދެކޮޅަށް ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފާނެ"

4

އަބްރަހަމް ލިންކަން އެނބުރި ޤައުމަށް ދިޔުމުގެ ތެރޭގައި ސިންގަޕޫރު ކައިރިން ދަތުރުކޮށްފި

5

އަނެއްކާ ވެސް އެކްސިޑެންޓެއް ހިނގައި، 17 އަހަރުގެ އަންހެން ކުއްޖަކަށް އަނިޔާވެއްޖެ

އިތުރަށް ކިޔާލަން

12 ޑިސެމްބަރު 2025

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

12 ޑިސެމްބަރު 2025
ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި
11 ޑިސެމްބަރު 2025

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި
10 ޑިސެމްބަރު 2025

ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

10 ޑިސެމްބަރު 2025
ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި
08 ޑިސެމްބަރު 2025

އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި

08 ޑިސެމްބަރު 2025
އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި
07 ޑިސެމްބަރު 2025

ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

07 ޑިސެމްބަރު 2025
ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް
06 ޑިސެމްބަރު 2025

އެޕަރޓްމަންޓަކަށް ވަދެ، ތޫނު އެއްޗަކުން މީހަކަށް ހަމަލާ ދިން މައްސަލާގައި ހައްޔަރު ކުރި މީހާގެ ބަންދަށް ފަސް ދުވަސް

06 ޑިސެމްބަރު 2025
އެޕަރޓްމަންޓަކަށް ވަދެ، ތޫނު އެއްޗަކުން މީހަކަށް ހަމަލާ ދިން މައްސަލާގައި ހައްޔަރު ކުރި މީހާގެ ބަންދަށް ފަސް ދުވަސް
03 ޑިސެމްބަރު 2025

ސަނީ 30 ދުވަހަށް ބަންދު ކޮށްފި

03 ޑިސެމްބަރު 2025
ސަނީ 30 ދުވަހަށް ބަންދު ކޮށްފި
03 ޑިސެމްބަރު 2025

ގާޒީ ފާއިޒް މަގާމުން ވަކި ކުރަން ފާސްކޮށްފި

03 ޑިސެމްބަރު 2025
ގާޒީ ފާއިޒް މަގާމުން ވަކި ކުރަން ފާސްކޮށްފި
01 ޑިސެމްބަރު 2025

ފެނަކަ ބްރާންޗު ތަކުގައި ސެކިއުރިޓީ ކެމެރާ ހަރުކުރާނެ ބަޔަކު ކަނޑައެޅުމުގައި ކޮރަޕްޝަން ހިންގާފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ދައުވާ ކުރަން ހުށަހަޅައިފި

ކްރިމިނަލް ކޯޓުގެ ގާޒީ، ފާއިޒް ވަކިކުރުމުގެ މައްސަލަ ކޮމިޓީއަށް

01 ޑިސެމްބަރު 2025
ކްރިމިނަލް ކޯޓުގެ ގާޒީ، ފާއިޒް ވަކިކުރުމުގެ މައްސަލަ ކޮމިޓީއަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް