Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ރޯވިން އެސޯސިއޭޝަން އޮފް މޯލްޑިވްސް

ރޯވިން އެސޯސިއޭޝަންގެ ހަރަކާތްތަކުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލައިފި

ޔޫތު ޑެވެލޮޕްމެންޓް ޕްރޮގްރާމްތަކެއް ހިންގުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައި

މުހައްމަދު ޔާސިރު މޫސާ
މުހައްމަދު ޔާސިރު މޫސާ, ރާއްޖެ އެމްވީ | 19 ފެބުރުއަރީ 2022 | ހޮނިހިރު 11:15
އިންޓަ ސްކޫލް ކޯސްޓަލް ރޯވިން ބީޗް ސްޕްރިންޓުގެ ތެރެއިން

އިންޓަ ސްކޫލް ކޯސްޓަލް ރޯވިން ބީޗް ސްޕްރިންޓުގެ ތެރެއިން

ރޯވިން އެސޯސިއޭޝަންގެ ހަރަކާތްތަކުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ހުޅުވާލައިފިއެވެ.

ރޯވިން އެސޯސިއޭޝަނުން ބުނީ އެ އެސޯސިއޭޝަނުން ހިންގާ ހަރަކާތްތަކުގައި ބައިވެރިވާން ބޭނުންވާ ޒުވާނުން އެ އެސޯސިއޭޝަންއާއި ގުޅައިގެން ބައިވެރިވުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ. މީގެ ތެރޭގައި ރިކްރިއޭޝަނަލް ރޯވިން އަދި ކޮމްޕެޓިޓިވް ރޯވިންގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށްވެސް ވަނީ ފުރުސަތު ހުޅުވާލާފައެވެ.

ރޯވިން އެސޯސިއޭޝަންގެ މަސައްކަތް އިތުރަށް ފުޅާކުރުމަށް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ރޯވިން ކުލަބުތައް އުފައްދައިގެން ކުރިއަށް ގެންދިއުމަށް މިހާރު ވަނި ނިންމާފައެވެ. އެގޮތުން ހއ. ހޯރަފުށީގައި ކުލަބެއް އުފައްދާ، ރޯވިންގެ ހަރަކާތްތައް ކުރިއަށް ގެންދިއުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ.

ރޯވިންގެ ހަރަކާތްތައް މިހާރު ކުރިއަށް ގެންދަނީ އައްޑޫސިޓީގައި އެކަންޏެވެ. އެގޮތުން އައްޑޫގެ އެކި ސްކޫލްތަކުގައި ޔޫތު ޑެވެލޮޕްމެންޓް ޕްރޮގްރާމްތަކެއް ހިންގުމުގެ މަސައްކަތް އެ އެސޯސިއޭޝަނުން ކުރިޔަށް ގެންދެއެވެ. މީގެ އިތުރުން އައްޑޫގައި ރާއްޖެއިން ބޭރުގެ ސްކޫލުތަކަށްވެސް ހުޅުވާލައިގެން މިދިޔަ އަހަރުވެސް ވަނީ އިންޓަ ސްކޫލް ކޯސްޓަލް ރޯވިން ބީޗް ސްޕްރިންޓް ގެ ނަމުގައި މުބާރާތެއް ކުރިއަށް ގެންގޮސްފައެވެ.

މި މުބާރާތުގައި ރާއްޖޭން ބޭރުގެ 23 އެތުލީޓުން ވާދަކުރިއެވެ. އޭގެ ތެރޭގައި ޕާކިސްތާން، ތައިލެންޑް އަދި ޗައިނާގެ އެތުލީޓުން ހިމެނެއެވެ. މީގެ އިތުރުން އައްޑޫ ސިޓީގެ ފަސް ސްކޫލަކުން 130 ދަރިވަރުން ވަނީ މި މުބާރާތުގައި ބައިވެރިވެފައެވެ.

ރޯވިން އެސޯސިއޭޝަނުން ބުނީ މިއަހަރުގެ ތެރޭގައި ޖުމްލަ ހަތަރު މުބާރާތެއް ބޭއްވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އޭގެތެރޭގައި އިންޓަނޭޝަނަލް، ނޭޝަނަލް އަދި ސްކޫލް ފެންވަރުގެ މުބާރާތްތައް ހިމެނޭ ކަމަށެވެ.

ރޯވިން އެސޯސިއޭޝަން އޮފް މޯލްޑިވްސްއަކީ މާލެ ފިޔަވައި އަތޮޅުތެރޭގެ ރަށެއްގައި ހިންގާ ހަމައެކަނި ކުޅިވަރު އެސޯސިއޭޝަނެވެ. 2009 ވަނަ އަހަރުން ފެށިގެން އެ އެސޯސިއޭޝަނުން މިހާތަނަށް ފަލިޖެހުމުގެ ރޭސްތަކާއި ތަފާތު މުބާރާތްތައް ބޭއްވުމުގެ އިތުރުން، ބައިނަލްއަގުވާމީ މުބާރާތްތަކުގައިވެސް ރާއްޖެ ތަމްސީލުކޮށް މެޑެލް ހޯދާފައިވެއެވެ.

ރޯވިން އެސޯސިއޭޝަން އޮފް މޯލްޑިވްސް

ކޮމެންޓް

އިތުރަށް ކިޔާލަން

ރޯވިންގެ ހާލަތު ކުރިއަށްވުރެ މިހާރު ރަނގަޅު: މަޚްލޫފް

ރޯވިންގެ ހާލަތު ކުރިއަށްވުރެ މިހާރު ރަނގަޅު: މަޚްލޫފް

18 ނޮވެމްބަރު 2021
އިންޓަ ސްކޫލް ރޯވިން މުބާރާތް ކާމިޔާބުކަމާއެކު ނިންމާލައިފި

އިންޓަ ސްކޫލް ރޯވިން މުބާރާތް ކާމިޔާބުކަމާއެކު ނިންމާލައިފި

15 ނޮވެމްބަރު 2021
އިންޓަ ސްކޫލް ރޯވިން މުބާރާތް: އެންމެ ކާމިޔާބު ޓީމަކަށް ކަރާޗީ ބޯޓް ކުލަބު

އިންޓަ ސްކޫލް ރޯވިން މުބާރާތް: އެންމެ ކާމިޔާބު ޓީމަކަށް ކަރާޗީ ބޯޓް ކުލަބު

13 ނޮވެމްބަރު 2021
ރާއްޖޭން ބޭރުގެ 23 އެތުލީޓުންނާއެކު އިންޓަ ސްކޫލް ރޯވިން ފަށައިފި

ރާއްޖޭން ބޭރުގެ 23 އެތުލީޓުންނާއެކު އިންޓަ ސްކޫލް ރޯވިން ފަށައިފި

11 ނޮވެމްބަރު 2021
ކޯސްޓަލް ރޯވިން މުބާރާތުގެ އޮފިޝަލުން މިއަދު އައްޑޫއަށް އަންނާނެ

ކޯސްޓަލް ރޯވިން މުބާރާތުގެ އޮފިޝަލުން މިއަދު އައްޑޫއަށް އަންނާނެ

07 ނޮވެމްބަރު 2021

އަހަރުތަކުން މިއަދު

20 އެޕްރީލު
ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން ދިނުމަށް ގޮވާލާ އދ އަށް ހުށަހެޅި ގަރާރަށް ރާއްޖެއިން ޖެހީ ހެޔޮ ފާހަގައެއް
20251 އަހަރު ކުރިން
ރާއްޖެ

ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން ދިނުމަށް ގޮވާލާ އދ އަށް ހުށަހެޅި ގަރާރަށް ރާއްޖެއިން ޖެހީ ހެޔޮ ފާހަގައެއް

ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ފަށައިފި
20242 އަހަރު ކުރިން
ރާއްޖެ

ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ފަށައިފި

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި

ޕައިނަޕަލް އަޕް ސައިޑް ޑައުން ކޭކް
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޕައިނަޕަލް އަޕް ސައިޑް ޑައުން ކޭކް

އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނުގެ މައިކަނބަލުން އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނުގެ މައިކަނބަލުން އަވަހާރަވެއްޖެ

ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
20197 އަހަރު ކުރިން
ދުނިޔެ

ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް

ވަޒީރު އަތަށް ފިހިގަނޑު ދިނުމަކުން މާލެ ސާފެއް ނުވާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ވަޒީރު އަތަށް ފިހިގަނޑު ދިނުމަކުން މާލެ ސާފެއް ނުވާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު