Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އިންޓަ ސްކޫލް ކޯސްޓަލް ރޯވިން

އިންޓަ ސްކޫލް ރޯވިން މުބާރާތް: އެންމެ ކާމިޔާބު ޓީމަކަށް ކަރާޗީ ބޯޓް ކުލަބު

މި މުބާރާތުގައި ޕާކިސްތާނާއި، ތައިލެންޑް އަދި ޗައިނާގެ އެތުލީޓުން ވާދަކުރޭ

އަތޫފް އާތިފް
އަތޫފް އާތިފް, ރާއްޖެ އެމްވީ | 13 ނޮވެމްބަރު 2021 | ހޮނިހިރު 14:48
އިންޓަ ސްކޫލް ކޯސްޓަލް ރޯވިން ބީޗް ސްޕްރިންޓުގެ ތެރެއިން

އިންޓަ ސްކޫލް ކޯސްޓަލް ރޯވިން ބީޗް ސްޕްރިންޓުގެ ތެރެއިން

ރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވާ ބައިނަލްއަގުވާމީ ރޯވިން މުބާރާތް ކަމަށްވާ "އެމްޑަބްލިއުއެސްސީ އިންޓަ ސްކޫލް ކޯސްޓަލް ރޯވިން ބީޗް ސްޕްރިންޓް 2021" ގެ އެންމެ ކާމިޔާބު ޓީމަށް ޕާކިސްތާނުގެ ކަރާޗީ ބޯޓް ކުލަބު ހޮވިއްޖެއެވެ.

މިދިޔަ ބުރާސްފަތި ދުވަހު އައްޑޫ ސިޓީގައި ފެށި މި މުބާރާތުގައި ރާއްޖޭން ބޭރުގެ 23 އެތުލީޓުން ބައިވެރިވެފައިވެއެވެ. އޭގެ ތެރޭގައި ޕާކިސްތާން، ތައިލެންޑް އަދި ޗައިނާގެ އެތުލީޓުން ހިމެނެއެވެ. މީގެ އިތުރުން އައްޑޫ ސިޓީގެ ފަސް ސްކޫލަކުން 130 ދަރިވަރުން ވަނީ ބައިވެރިވެފައެވެ.

މި މުބާރާތުގައި ހޮނިހިރު ދުވަހު ކުރިއަށްދިޔަ ފައިނަލުގެ 14 އަހަރުން ދަށުގެ އަންހެން ސިންގަލްސްގެ ރަން މެޑަލް ސީދާ ހަތަރު މިނެޓުން ރޭސް ނިންމައިގެން ހޯދީ ކަރާޗީ ބޯޓް ކުލަބުގެ ފާތިމަތު ޖާވޫދް ވަދޫދެވެ. މި ބައިގެ ދެވަނައަށް ދިޔައީ 04:09 މިނެޓުން ރޭސް ނިންމި ކަރާޗީ ބޯޓް ކުލަބުގެ ސެގަދާ އުރޫބާއެވެ. އަދި ތިންވަނައަށް ދިޔައީ 04:14 މިނެޓުން ރޭސް ނިންމި ޝަރަފުއްދީން ސްކޫލުގެ ފާތިމަތު ޔުމްނު އާދިލެވެ.

މި މުބާރާތުގެ 14 އަހަރުން ދަށުގެ ފިރިހެން ޑިވިޝަނުގެ އެއްވަނަ 03:27 މިނެޓުން ރޭސް ނިންމައިގެން ހޯދީ ކަރާޗީ ބޯޓް ކުލަބުގެ ރައްޔާން އިމްރާއެވެ. އަދި 03:37 މިނެޓުން ރޭސް ނިންމި ޝާޔަން އަޒީތަށް މި ބައިގެ ދެވަނަ ލިބުނުއިރު، ތިންވަނައަށް ދިޔައީ 04:06 މިނެޓުން ރޭސް ނިންމި ޝަރަފުއްދީން ސްކޫލުގެ އާހިލް ހަސަން މުޙައްމަދެވެ.

މީގެ އިތުރުން 14 އަހަރުން ދަށުގެ ފިރިހެން ޑަބަލްސްގެ އެއްވަނައަށް ދިޔައީ 03:04 މިނެޓުން ރޭސް ނިންމި ކަރާޗީ ބޯޓް ކުލަބުގެ ރައްޔާން އިމްރާނާއި ހަމްޒާ ނަވީދުގެ ޕެއާއެވެ. 03:06 މިނެޓުން ރޭސް ނިންމައިގެން ހިތަދޫ ސްކޫލުގެ އަޙްމަދު އަލަވީ އަލީ ނަޝީދާއި އަޙްމަދު އައިހަމް ސައީދުގެ ޕެއާ ދެވަނައަށް ދިޔައިރު، ތިންވަނައަށް ދިޔައީ 03:40 މިނެޓުން ރޭސް ނިންމި ހިތަދޫ ސްކޫލުގެ މުޙައްމަދު އަނޫފް އަލީ އާއި އަންފާލް މުޙައްމަދުގެ ޕެއާއެވެ.

މި މުބާރާތުގެ ފިރިހެން ޑިވިޝަނުގެ 15 އަހަރުން ދަށުގެ ސިންގަލްސްގެ ޗެމްޕިއަންކަން 03:27 މިނެޓުން ރޭސް ނިންމައިގެން ހޯދީ ހިތަދޫ ސްކޫލުގެ މުޙައްމަދު އައިހަމެވެ. އަދި މި ޑިވިޝަނުގެ ދެވަނަ 03:26 މިނެޓުން ރޭސް ނިންމައިގެން ކަރާޗީ ބޯޓް ކުލަބުގެ މުޙައްމަދު އަމާން ހޯދިއިރު، 03:40 މިނެޓުން ރޭސް ނިންމައިގެން ތިންވަނަ ހޯދީ ހިތަދޫ ސްކޫލުގެ އަބްދުﷲ އަމީން ވަހީދެވެ.

މީގެ އިތުރުން 15 އަހަރުން ދަށުގެ މިކްސްޑް އިވެންޓުގެ އެއްވަނައަށް 03:31 މިނެޓުން ރޭސް ނިންމި ފޭދޫ ސްކޫލުގެ އަލީ ޝާހީ ރަޝީދާއި އައިޝަތު މަޢާލުގެ ޕެއާ ދިޔައިރު، މި ބައިގެ ދެވަނައަށް ދިޔައީ 03:34 މިނެޓުން ރޭސް ނިންމި ހިތަދޫ ސްކޫލްގެ އަޙްމަދު އައިހަމް ސައީދާއި ފާތިމަތު ނައުފާގެ ޕެއާއެވެ. އަދި މި ބައިގެ ތިންވަނައަށް ދިޔައީ 04:02 މިނެޓުން ރޭސް ނިންމި ޝަރަފުއްދީން ސްކޫލްގެ އާހިލް ހަސަން މުޙައްމަދާއި މަރިޔަމް މައިޝަމް މޫސާގެ ޕެއާއެވެ.

މި މުބާރާތުގެ 18 އަހަރުން ދަށުގެ އަންހެން ސިންގަލްސް ޑިވިޝަނުގެ އެއްވަނައަށް ދިޔައީ 03:26 މިނެޓުން ރޭސް ނިންމި ކަރާޗީ ބޯޓް ކުލަބުގެ އިމަން ޝަހިޚެވެ. 04:14 މިނެޓުން ރޭސް ނިންމި ޝަރަފުއްދީން ސްކޫލުގެ އައިޝަތު އަލިޔާ އަލީ ރަޝީދު ދެވަނައަށް ދިޔައިރު، ތިންވަނައަށް ދިޔައީ 04:38 މިނެޓުން ރޭސް ނިންމި ޝަރަފުއްދީން ސްކޫލުގެ އައިމިނަތު މިޝްކާއެވެ.

މީގެ އިތުރުން 18 އަހަރުން ދަށުގެ އަންހެން ޑަބަލްސްގެ އެއްވަނަ 03:20 މިނެޓުން ރޭސް ނިންމައިގެން ހޯދީ ކަރާޗީ ބޯޓް ކުލަބުގެ އިމާން ސްވަކިހް އާއި ހުވެޔާ ފައިސަލުގެ ޕެއާއިންނެވެ. މި ބައިގެ ދެވަނަ ޝަރަފުއްދީން ސްކޫލުގެ މަރިޔަމް ރަޒާން ރަޝީދާއި އައިޝަތު އަލްޔާ އަލީ ރަޝީދުގެ ޕެއާއިން ހޯދިއިރު، ތިންވަނައަށް ދިޔައީ ޝަރަފުއްދީން ސްކޫލުގެ އައިމިނަތު މިޝްކާ އައިޝަތާއި އާނީ އިބްރާހީމުގެ ޕެއާއެވެ.

ހޮނިހިރު ދުވަހު މި މުބާރާތުގެ ބައެއް ފައިނަލް މެޗުތައް ކުރިއަށްދިޔައިރު، މުބާރާތުގެ ފައިނަލްގެ މެޗުތައް އާދީއްތަ ދުވަހުވެސް ކުރިޔަށްދާނެއެވެ.

ރޯވިން އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން މައުލޫމާތުދޭ ގޮތުން މި މުބާރާތަކީ ރާއްޖޭގެ މާހައުލާ ގުޅޭ ބައިނަލްއަގުވާމީ ކުޅިވަރެއް ރާއްޖެއަށް ތައާރަފުކުރުމާއެކު، ފަލިޖެހުމުގެ ހުނަރު އެކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ދަސްކޮށްދީ، އެ ރޮނގުން ކުޅަދާނަ ފަލިޖެހުންތެރިން އުފެއްދުމުގެ މަގުސަދުގައި ކުރިއަށްގެންދާ މުބާރާތެކެވެ.

މި މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކީ އެމްޑަބްލިޔުއެސްސީއެވެ. ޑިޖިޓަލް ޕާޓްނަރަކީ އުރީދޫއެވެ. އަދި ޑެސްޓިނޭޝަން ޕާޓްނަރައަކީ ވިޒިޓް މޯލްޑިވްސްއެވެ. ޑްރިންކް ޕާޓްނަރެއްގެ ގޮތުގައި މޮގުމޮގު ހަމަޖައްސާފައިވާއިރު، ކޯޕަރޭޓް ސްޕޮންސަރުންގެ ތެރޭގައި އައްޑޫސިޓީ ކައުންސިލް، އެސްޓީއޯ، ސިގްނޭޗާ، ސޮނޭވާ، އަދި ވެންޒާ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ހިމެނެއެވެ. މީގެ އިތުރުން މި މުބާރާތުގެ އޮފިޝަލް ޖާޒީ ސްޕޮންސާކޮށްފައިވަނީ ސަނީ އެންޓަޕްރައިސަސްއިންނެވެ. އަދި މުބާރާތުގެ އޮފިޝަލް މީޑިއާ ޕާޓްނަރަކީ ރާއްޖެޓީވީއެވެ.

ރޯވިން އެސޯސިއޭޝަން އޮފް މޯލްޑިވްސް

ކޮމެންޓް

އިތުރަށް ކިޔާލަން

ރޯވިން އެސޯސިއޭޝަންގެ ހަރަކާތްތަކުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލައިފި

ރޯވިން އެސޯސިއޭޝަންގެ ހަރަކާތްތަކުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލައިފި

19 ފެބުރުއަރީ 2022
ރޯވިންގެ ހާލަތު ކުރިއަށްވުރެ މިހާރު ރަނގަޅު: މަޚްލޫފް

ރޯވިންގެ ހާލަތު ކުރިއަށްވުރެ މިހާރު ރަނގަޅު: މަޚްލޫފް

18 ނޮވެމްބަރު 2021
އިންޓަ ސްކޫލް ރޯވިން މުބާރާތް ކާމިޔާބުކަމާއެކު ނިންމާލައިފި

އިންޓަ ސްކޫލް ރޯވިން މުބާރާތް ކާމިޔާބުކަމާއެކު ނިންމާލައިފި

15 ނޮވެމްބަރު 2021
ރާއްޖޭން ބޭރުގެ 23 އެތުލީޓުންނާއެކު އިންޓަ ސްކޫލް ރޯވިން ފަށައިފި

ރާއްޖޭން ބޭރުގެ 23 އެތުލީޓުންނާއެކު އިންޓަ ސްކޫލް ރޯވިން ފަށައިފި

11 ނޮވެމްބަރު 2021
ކޯސްޓަލް ރޯވިން މުބާރާތުގެ އޮފިޝަލުން މިއަދު އައްޑޫއަށް އަންނާނެ

ކޯސްޓަލް ރޯވިން މުބާރާތުގެ އޮފިޝަލުން މިއަދު އައްޑޫއަށް އަންނާނެ

07 ނޮވެމްބަރު 2021

އަހަރުތަކުން މިއަދު

2 ފެބުރުއަރީ
ސިފައިންގެ މީހަކު އެހެން ސިފައިންގެ ބައެއްގެ ގަޔަށް ބަޑިޖަހަން އުޅުނުކަމުގެ މައުލޫމާތު ލިބިއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ސިފައިންގެ މީހަކު އެހެން ސިފައިންގެ ބައެއްގެ ގަޔަށް ބަޑިޖަހަން އުޅުނުކަމުގެ މައުލޫމާތު ލިބިއްޖެ

އެމްޑީޕީ ޕްރައިމަރީ: ގިނަ މެމްބަރުންތަކަކަށް ޓިކެޓް ކަށަވަރުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ޕްރައިމަރީ: ގިނަ މެމްބަރުންތަކަކަށް ޓިކެޓް ކަށަވަރުވެއްޖެ

މަރުވިކަމަށް ނިންމާ އިންޑިއާގައި އަންދާލި މީހެއް 8 މަސް ފަހުން އެނބުރި ގެއަށް
20233 އަހަރު ކުރިން
ތަފާތު ޚަބަރު

މަރުވިކަމަށް ނިންމާ އިންޑިއާގައި އަންދާލި މީހެއް 8 މަސް ފަހުން އެނބުރި ގެއަށް

އިންޑިއާ އައުޓް ކެމްޕެއިނާ ދެކޮޅަށް ގާނޫނު ހަދާ މައްސަލަ ބޭރު ދުނިޔޭގެ ސަމާލުކަމަށް
20224 އަހަރު ކުރިން
ރާއްޖެ

އިންޑިއާ އައުޓް ކެމްޕެއިނާ ދެކޮޅަށް ގާނޫނު ހަދާ މައްސަލަ ބޭރު ދުނިޔޭގެ ސަމާލުކަމަށް

ކުޅި، ފާ، ޗަސްބިން - އަގުނުކުރެވޭ ފަދަ މާހައުލުތަކެއް
20215 އަހަރު ކުރިން
ރިޕޯޓު

ކުޅި، ފާ، ޗަސްބިން - އަގުނުކުރެވޭ ފަދަ މާހައުލުތަކެއް

މަޖިލީހަށް ގެންނަންވާނީ ޝަރުއީ ދާއިރާ އިސްލާހު ކުރުމުގެ ވިސްނުމާއި ޤާބިލުކަން ހުރި މެމްބަރުން: ނިޝާން
20197 އަހަރު ކުރިން
ރާއްޖެ

މަޖިލީހަށް ގެންނަންވާނީ ޝަރުއީ ދާއިރާ އިސްލާހު ކުރުމުގެ ވިސްނުމާއި ޤާބިލުކަން ހުރި މެމްބަރުން: ނިޝާން

އުއްތަމަ ފަނޑިޔާރު ދިރިއުޅުއްވާ ގެކޮޅަށް އެސްޕީޖީގެ އިސް ބައެއް ފަރާތްތަކުން ގޮސްފި
20188 އަހަރު ކުރިން
ރާއްޖެ

އުއްތަމަ ފަނޑިޔާރު ދިރިއުޅުއްވާ ގެކޮޅަށް އެސްޕީޖީގެ އިސް ބައެއް ފަރާތްތަކުން ގޮސްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު