Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އިންޓަ ސްކޫލް ކޯސްޓަލް ރޯވިން

އިންޓަ ސްކޫލް ރޯވިން މުބާރާތް ކާމިޔާބުކަމާއެކު ނިންމާލައިފި

ގިނަ މެޑަލް ހޯދީ ޕާކިސްތާނުގެ ކަރާޗީ ބޯޓް ކުލަބުން

އަތޫފް އާތިފް
އަތޫފް އާތިފް, ރާއްޖެ އެމްވީ | 15 ނޮވެމްބަރު 2021 | ހޯމަ 10:08
އިންޓަ ސްކޫލް ކޯސްޓަލް ރޯވިން ބީޗް ސްޕްރިންޓުގެ ތެރެއިން

އިންޓަ ސްކޫލް ކޯސްޓަލް ރޯވިން ބީޗް ސްޕްރިންޓުގެ ތެރެއިން

ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވި ބައިނަލްއަގުވާމީ ރޯވިން މުބާރާތް ކަމަށްވާ "އެމްޑަބްލިއުއެސްއީ އިންޓަ ސްކޫލް ކޯސްޓަލް ރޯވިން ބީޗް ސްޕްރިންޓް 2021" ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

މިދިޔަ ބުރާސްފަތި ދުވަހު އައްޑޫ ސިޓީގައި ފެށި މި މުބާރާތުގައި ރާއްޖޭން ބޭރުގެ 23 އެތުލީޓުން ވާދަކުރިއެވެ. އޭގެ ތެރޭގައި ޕާކިސްތާން، ތައިލެންޑް އަދި ޗައިނާގެ އެތުލީޓުން ހިމެނެއެވެ. މީގެ އިތުރުން އައްޑޫ ސިޓީގެ ފަސް ސްކޫލަކުން 130 ދަރިވަރުން ވަނީ މި މުބާރާތުގައި ބައިވެރިވެފައެވެ.

މި މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރޯވިން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް އަޙްމަދު ހަބީބް ވިދާޅުވީ މިއީ މިހާތަނަށް ބޭއްވުނު އެންމެ ކާމިޔާބު މުބާރާތް ކަމަށެވެ. އަދި މި މުބާރާތުގެ ތަޖުރިބާގެ އަލީގައި ކުރިއަށް ހުރި މުބާރާތްތައް މިއަށްވުރެ ފުރިހަމައަށް ބޭއްވިގެންދާނެ ކަމަށް ހަބީބް ވިދާޅުވިއެވެ.

ހަބީބް ވިދާޅުވީ ރޯވިން އެސޯސިއޭޝަނުގެ އަމާޒަކީ މުޅި ރާއްޖެއަށް ރޯވިން ފުޅާކުރުން ކަމަށާއި، މިއީ ދިވެހީންގެ ސަގާފަތާވެސް ގުޅިފައިވާ ކުޅިވަރެއް ކަމުގައެވެ. އަދި ކުރިއަށް އޮތް ތަނުގައި ރޯވިންގެ ބައިނަލްއަގުވާމީ ގިނަ މުބާރާތްތަކެއް ބޭއްވިގެންދާނެ ކަމަށް ހަބީބް ވަނީ ވިދާޅުވެފައެވެ.

އިންޓަ ސްކޫލް ރޯވިން މުބާރާތުގެ އެންމެ ގިނަ މެޑަލް ހޯދި ޓީމަކީ ޕާކިސްތާނުގެ ކަރާޗީ ބޯޓް ކުލަބެވެ. މި މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތުގައި ވަނީ މުބާރާތުގެ ވަނަވަނައަށްދިޔަ ފަރާތްތަކަށް މެޑަލް ދީފައެވެ. މީގެ އިތުރުން ލޯންގް ޑިސްޓެންސް ރޯވިން ޗެލެންޖެއްވެސް ވަނީ ކުރިއަށްގެންގޮސްފައެވެ.

މުބާރާތުގެ ކާމިޔާބީ ފާހަގަކޮށް އާދީއްތަ ދުވަހުގެރޭ އައްޑޫ ހައި ސްކޫލުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަމުން މި މުބާރާތުގެ ޓައިޓެލް ސްޕޮންސަރު އަދި ޝަރަފުވެރި މެހެމާން އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު ވިދާޅުވީ އައްޑޫ ސިޓީގައި ކުރިއަށްދިޔަ ރޯވިން މުބާރާތަކީ ފުރިހަމަ މުބާރާތެއް ކަމުގައެވެ. އަދި ކުރިއަށް އޮތްތަނުގައި މި ކުޅިވަރު ކުރިއެރުވުމަށް ވެދޭން ޖެހޭ އެހީ އެމްޑަބްލިއުއެސްސީގެ ފަރާތުން ވެދެއްވާނެ ކަމުގައި ޝާހު ވިދާޅުވިއެވެ.

ރޯވިން އެސޯސިއޭޝަނުން މައުލޫމާތުދޭ ގޮތުން މި މުބާރާތަކީ ރާއްޖޭގެ މާހައުލާ ގުޅޭ ބައިނަލްއަގުވާމީ ކުޅިވަރެއް ރާއްޖެއަށް ތައާރަފުކުރުމާއެކު، ފަލިޖެހުމުގެ ހުނަރު އެކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ދަސްކޮށްދީ، އެ ރޮނގުން ކުޅަދާނަ ފަލިޖެހުންތެރިން އުފެއްދުމުގެ މަގުސަދުގައި ކުރިއަށްގެންދިޔަ މުބާރާތެކެވެ.

ރޯވިން އެސޯސިއޭޝަން އޮފް މޯލްޑިވްސްއަކީ މާލެ ފިޔަވައި އަތޮޅުތެރޭގެ ރަށެއްގައި ހިންގާ ހަމައެކަނި ކުޅިވަރު އެސޯސިއޭޝަނެވެ. 2009 ވަނަ އަހަރުން ފެށިގެން އެ އެސޯސިއޭޝަނުން މިހާތަނަށް ފަލިޖެހުމުގެ ރޭސްތަކާއި ތަފާތު މުބާރާތްތައް ބޭއްވުމުގެ އިތުރުން، ބައިނަލްއަގުވާމީ މުބާރާތްތަކުގައިވެސް ރާއްޖެ ތަމްސީލުކޮށް މެޑެލް ހޯދާފައިވެއެވެ.

މި މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކީ އެމްޑަބްލިޔުއެސްސީއެވެ. ޑިޖިޓަލް ޕާޓްނަރަކީ އުރީދޫއެވެ. އަދި ޑެސްޓިނޭޝަން ޕާޓްނަރައަކީ ވިޒިޓް މޯލްޑިވްސްއެވެ. ޑްރިންކް ޕާޓްނަރެއްގެ ގޮތުގައި މޮގުމޮގު ހަމަޖެއްސިއިރު، ކޯޕަރޭޓް ސްޕޮންސަރުންގެ ތެރޭގައި އައްޑޫސިޓީ ކައުންސިލް، އެސްޓީއޯ، ސިގްނޭޗާ، ސޮނޭވާ، އަދި ވެންޒާ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ހިމެނުނެވެ. މީގެ އިތުރުން މި މުބާރާތުގެ އޮފިޝަލް ޖާޒީ ސްޕޮންސާކޮށްފައިވަނީ ސަނީ އެންޓަޕްރައިސަސްއިންނެވެ. އަދި މުބާރާތުގެ އޮފިޝަލް މީޑިއާ ޕާޓްނަރަކީ ރާއްޖެޓީވީއެވެ.

ރޯވިން އެސޯސިއޭޝަން އޮފް މޯލްޑިވްސް

ކޮމެންޓް

އިތުރަށް ކިޔާލަން

ރޯވިން އެސޯސިއޭޝަންގެ ހަރަކާތްތަކުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލައިފި

ރޯވިން އެސޯސިއޭޝަންގެ ހަރަކާތްތަކުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލައިފި

19 ފެބުރުއަރީ 2022
ރޯވިންގެ ހާލަތު ކުރިއަށްވުރެ މިހާރު ރަނގަޅު: މަޚްލޫފް

ރޯވިންގެ ހާލަތު ކުރިއަށްވުރެ މިހާރު ރަނގަޅު: މަޚްލޫފް

18 ނޮވެމްބަރު 2021
އިންޓަ ސްކޫލް ރޯވިން މުބާރާތް: އެންމެ ކާމިޔާބު ޓީމަކަށް ކަރާޗީ ބޯޓް ކުލަބު

އިންޓަ ސްކޫލް ރޯވިން މުބާރާތް: އެންމެ ކާމިޔާބު ޓީމަކަށް ކަރާޗީ ބޯޓް ކުލަބު

13 ނޮވެމްބަރު 2021
ރާއްޖޭން ބޭރުގެ 23 އެތުލީޓުންނާއެކު އިންޓަ ސްކޫލް ރޯވިން ފަށައިފި

ރާއްޖޭން ބޭރުގެ 23 އެތުލީޓުންނާއެކު އިންޓަ ސްކޫލް ރޯވިން ފަށައިފި

11 ނޮވެމްބަރު 2021
ކޯސްޓަލް ރޯވިން މުބާރާތުގެ އޮފިޝަލުން މިއަދު އައްޑޫއަށް އަންނާނެ

ކޯސްޓަލް ރޯވިން މުބާރާތުގެ އޮފިޝަލުން މިއަދު އައްޑޫއަށް އަންނާނެ

07 ނޮވެމްބަރު 2021

އަހަރުތަކުން މިއަދު

20 އެޕްރީލު
ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން ދިނުމަށް ގޮވާލާ އދ އަށް ހުށަހެޅި ގަރާރަށް ރާއްޖެއިން ޖެހީ ހެޔޮ ފާހަގައެއް
20251 އަހަރު ކުރިން
ރާއްޖެ

ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން ދިނުމަށް ގޮވާލާ އދ އަށް ހުށަހެޅި ގަރާރަށް ރާއްޖެއިން ޖެހީ ހެޔޮ ފާހަގައެއް

ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ފަށައިފި
20242 އަހަރު ކުރިން
ރާއްޖެ

ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ފަށައިފި

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި

ޕައިނަޕަލް އަޕް ސައިޑް ޑައުން ކޭކް
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޕައިނަޕަލް އަޕް ސައިޑް ޑައުން ކޭކް

އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނުގެ މައިކަނބަލުން އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނުގެ މައިކަނބަލުން އަވަހާރަވެއްޖެ

ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
20197 އަހަރު ކުރިން
ދުނިޔެ

ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް

ވަޒީރު އަތަށް ފިހިގަނޑު ދިނުމަކުން މާލެ ސާފެއް ނުވާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ވަޒީރު އަތަށް ފިހިގަނޑު ދިނުމަކުން މާލެ ސާފެއް ނުވާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު