Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޓްރާންސްފާ ބާޒާރު

އެމްބާޕޭ އާއި ހާލަންޑްގެ ސޮއި ރެއާލުން ހޯދާނެ

އެމްބާޕޭ ހުރީ ރެއާލަށް ބަދަލުވާން ތައްޔާރަށް

އަތޫފް އާތިފް
އަތޫފް އާތިފް | 19 ފެބުރުއަރީ 2022 | ހޮނިހިރު 11:22
ފްރާންސްގެ ޒުވާން ތަރި ކީލިއަން އެމްބާޕޭ އާއި ނޯވޭގެ ޒުވާން ތަރި އާލިން ބްރައުޓް ހާލަންޑް

ފްރާންސްގެ ޒުވާން ތަރި ކީލިއަން އެމްބާޕޭ އާއި ނޯވޭގެ ޒުވާން ތަރި އާލިން ބްރައުޓް ހާލަންޑް

ފްރާންސްގެ ޕީއެސްޖީއަށް ކުޅެމުން އަންނަ ޒުވާން ތަރި ކީލިއަން އެމްބާޕޭ އާއި ޖަރުމަނުގެ ބޮރޫޝިއާ ޑޯޓުމުންޑަށް ކުޅެމުން އަންނަ އާލިއަން ބްރައުންޓް ހާލަންޑް ރެއާލް މެޑްރިޑަށް ސޮއިކުރާނެކަމުގެ ޔަގީންކަން އެބައޮތްކަމަށް ސްޕެނިޝް ލީގުގެ ރައީސް ހާވިއޭ ޓެބާސް ވިދާޅުވެއްޖެއެވެ.

ރެއާލުގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އެ ކުލަބް ދޫކޮށްލުމުން ރެއާލުން ވަނީ އެމްބާޕޭ ހޯދުމަށް މީގެ ކުރިން ތިން ފަހަރެއްގެ މަތިން މަސައްކަތްކޮށްފައެވެ. އެކަމުގެ ހުރަހަކަށްވީ އެމްބާޕޭ ޕީއެސްޖީއާއެކު ހަދާފައި އޮތް އެއްބަސްވުމެވެ. ރެއާލުން ތިން ފަހަރުގެ މަތިން އެމްބާޕޭ ހޯދުމަށް ބިޑް ކުރުމުންވެސް ޕީއެސްޖީން ވަނީ ރެއާލްގެ ހުށަހެޅުމަށް ނޫނެކޭ ބުނެފައެވެ.

ރިޕޯޓްތައް ބުނާ ގޮތުން އެމްބާޕޭ މި ސީޒަނަށްފަހު ރެއާލަށް ބަދަލުވާން ހުރީ ތައްޔާރަށެވެ. ޕީއެސްޖީން އެމްބާޕޭގެ މުސާރަ ބޮޑުކޮށް އައު ކޮންޓްރެކްޓެއް ހުށަހަޅާފައިވީ ނަމަވެސް އެމްބާޕޭގެ ވިސްނުން ހުރީ އައު ޗެލެންޖެއް ނަގަން ކުލަބު ބަދަލުކުރުމަށެވެ. އެކަމަކު ދާދި ފަހުން މީޑިއާއަށް ދިން އިންޓަވިއުގައި އެމްބާޕޭ ވަނީ އޭނާގެ މުސްތަގުބަލާ ބެހޭ ގޮތުން ވާހަކަދައްކަން ބޭނުންނުވާ ކަމަށް ބުނެފައެވެ.

ސްޕެނިޝް ލީގުގެ ރައީސް ޓެބާސް ވިދާޅުވީ، އޭނާ ގަބޫލުކުރާ ގޮތުގައި އެމްބާޕޭ އާއި ހާލަންޑް ގަތުމުގެ ގާބިލުކަން މިވަގުތު ހުރީ ހަމައެކަނި ރެއާލްގައެވެ. އޭނާ ވިދާޅުވީ ބޮޑެތި ކުލަބުތަކަށް ކޮވިޑާއެކު އައި މާލީ ދަތިކަމުގެ ތެރޭގައި މި ދެ ކުޅުންތެރިންގެ ސޮއި އެއް ފަހަރާ ހޯދޭނީ ހަމައެކަނި ރެއާލަށް ކަމަށެވެ.

ޓެބާސް ވިދާޅުވީ ރެއާލާ ވާދަކުރަން އޮތް ދެ ކުލަބަކީ ބާސެލޯނާ އާއި ޔުވެންޓަސް ކަމަށާއި، އެ ދެ ކުލަބުވެސް އޮތީ މާލީ ގޮތުން އަޑިއަޅާލާފައި ކަމަށެވެ.

އަންނަ ހޫނު މޫސުމުގެ ޓްރާންސްފާ ބާޒާރުގައި ރެއާލަށް ދުނިޔޭގެ މިވަގުތު ތިބި އެންމެ ހުނަރުވެރި ދެ ޒުވާން ކުޅުންތެރިން އައުން ވެގެންދާނީ، މުޅި ލީގަށް ލިބޭނެ ކުރިއެރުމަކަށެވެ. އަދި ބާސާގެ ތަރި ލިއޮނެލް މެސީ އާއި ރޮނާލްޑޯ ސްޕެނިޝް ލީގު ދޫކޮށްލުމުން ލީގު ކުރިއަރުވަން މި ވަގުތު އެންމެ މުހިންމީ މި ދެ ކުޅުންތެރިންގެ ސޮއި ހޯއްދުން ކަމަށް ޓެބާސް ވިދާޅުވިއެވެ.

ކީލިއަން އެމްބާޕޭއާލިން ބްރައުޓް ހާލަންޑްސްޕެނިޝް ލީގު

އިތުރަށް ކިޔާލަން

15 ޑިސެމްބަރު 2025

އަލަވޭސް އަތުން މޮޅުވެ ރެއާލް އަށް ހަމަ ޖެހުމެއް

15 ޑިސެމްބަރު 2025
އަލަވޭސް އަތުން މޮޅުވެ ރެއާލް އަށް ހަމަ ޖެހުމެއް
14 ޑިސެމްބަރު 2025

އޮސަސޫނާ ބަލިކޮށް، ބާސެލޯނާާ އިން ލީޑު ފުޅާ ކޮށްފި

14 ޑިސެމްބަރު 2025
އޮސަސޫނާ ބަލިކޮށް، ބާސެލޯނާާ އިން ލީޑު ފުޅާ ކޮށްފި
08 ޑިސެމްބަރު 2025

ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި

08 ޑިސެމްބަރު 2025
ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި
07 ޑިސެމްބަރު 2025

ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި

07 ޑިސެމްބަރު 2025
ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި
04 ޑިސެމްބަރު 2025

އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި

04 ޑިސެމްބަރު 2025
އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު