Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މާލޭ ސިޓީ ކައުންސިލް

ސަރުކާރުގެ ވިސްނުން ބަދަލުކޮށް، ކައުންސިލްތަކަށް ބާރުވެރިކަން ދޭނެ ކަމަށް އުންމީދުކުރަން: ޝިފާ

ރައްޔިތުންގެ އެދޭ ބަދަލާ ދޭތެރޭ ވިސްނާނެ ކަމަށް އުންމީދު ކުރަން

މުހަންމަދު ވިސާމް
މުހަންމަދު ވިސާމް, ރާއްޖެ އެމްވީ | 4 ޖޫން 2017 | އާދީއްތަ 03:06
މާލޭ ސިޓީ ކައުންސިލްގެ މޭއަރު ސިފާ މުހައްމަދު

މާލޭ ސިޓީ ކައުންސިލްގެ މޭއަރު ސިފާ މުހައްމަދު

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ނިގުޅާއިގެންފައިވާ ކައުންސިލްގެ ބާރުވެރިކަން އަނބުރާ ކައުންސިލްތަކަށް ދޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ސިފާ މުހައްމަދު ވިދާޅުވެއްޖެ އެވެ.

މާލޭ ސިޓީ ކައުންސިލްގެ މޭޔަރުކަމަށް އިންތިހާބު ވެވަޑައިގަތުމަށް ފަހު، ފުރަތަމަ ފަހަރަށް މީޑިއަކަށް ދެއްވި އިންޓަވިއުގައި ރާއްޖެޓީވީގެ ސުންގަޑި ސުންމިނެޓްގައި ޕްރޮހްރާމްގައި ވާހަކަ ދައްކަވަމުން ޝިފާ ވިދާޅުވީ ނިމިގެން ދިޔަ ލޯކަލް ކައުންސިލް އިންތިހާބްގައި ރައްޔިތުން ވޯޓް ދިނީ ކައުންސިލްތަކަށް ބާރުވެރިކުރުމަށް ކަމަށް ރައީސް އަބްދުﷲ ޔާމީންނަން މިއަދު ވިސްނި ވަޑައިގަންނަވާނެ ކަމަށެވެ. އަދި އެއާއި އެކު ރައްޔިތުން އެދޭ ގޮތަށް ކައުންސިލްތަކަށް ގެއްލިފައިވާ ބާރުވެރިކަން ރައްޔިތުންގެ މަޖިލީހުގެ ތެރެއިން އެމަނިކުފާން ހޯދަދެއްވާނެ ކަމަށް ވެސް އުންމީދު ކުރައްވާކަމަށް ރާއްޖޭގެ ފުރަތަމަ އަންހެން މޭއަރު ޝފާ ވިދާޅުވިއެވެ.

" އަޅުގަނޑުމެން އުންމީދު މި ކުރާނީ ސަރުކާރުގެ ފަރާތުން ވަރަށް ބޮޑަށް އަޅުގަނޑުމެންނަން، ކުރިއާއި ހިލާފައް ރައްޔިތުން ވޯޓް ދިންގޮތް ވިސްނާ ވަޑައިގެން، އަޅުގަނޑުމެންނަން ކުރިއަށް ވުރެ ރަނގަޅަށް ޙިދުމަތެއް ރައްޔިތުންނަން ދިނުމަށް މަގުފަހިކޮށްދެއްވާނެ ކަމަށް،އެއީ އެންމެ މުހިންމު ކަމެއް ކަމަށް އަޅުގަނޑުމެން މި ބަލަނީ" ޝިފާ ވިދާޅުވިއެވެ.

ޝިފާ ވިދާޅުވި ގޮތުގައި ލޯކަލް ކައުންސިލް އިންތިހާބްގެ މެޖޯރިޓީ އިދިކޮޅު އެންމެ ބޮޑު ޕާޓީ އެމްޑީޕީއަށް ލިބިފައިވާތީ، އެކި މުއައްސަސާތަކުގައި މަސައްކަތްކުރައްވާ ވެރިން ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަރިހުގައި ރައްޔިތުން އެދޭ ބާރުވެރިކަން ކައުންސިލްތަކަށް ދިނުމަށް އެދެމެން ދާ ކަމަށެވެ. ކައުންސިލްތަށް ބާރުވެރިކުރުމަށް ސަރުކާރާއި އަލަށް އިންތިހާބްވި ކައުންސިލަރުންނާއި އެކީ މަޝްވަރާކޮށްގެން ކުރިއަށް ގެންދެވިދާނެ ކަމަށް ޝިފާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން އުންމީދު މި ކުރަނީ ރައީސް އަބްދުﷲ ޔާމީނަން މިކަންކަން ވިސްނި ވަޑައިގަންނަވާ އަލަށް މިކަންކަން މުރާޖާކުރައްވާ މަޖިލީހުގެ ތެރެއިން ރަނގަޅު ބަދަލެއް ގެނެސް ދެއްވާނެ ކަމަށް" ޝިފާ ވިދާޅުވިއެވެ.

މާލޭގެ އެކި ދާއިރާތަކުން އިންތިހާބުވެޑައިގެންނެވި ކައުންސިލަރުންނާއި އެކު މާލޭގެ ރައްޔިތުންނަން ދިމާވެފައިވާ ދަތިކަންކަން ހައްލުކުރުމަށް ކުރެވޭނެ މަސައްކަތްތަކާއި ގުޅޭ ގޮތުން އެކަންކަން ހައްލުކުރުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔާގީންކަން ސިފާ ވަނީ މާލޭގެ ރައްޔިތުންނަން ދެއްވާފައެވެ. މިހާރުން މިހާރަށް މާލޭގެ ރައްޔިތުންނަން ދިމާވެފައިވާ މައްސަލަތަށް ސަރުކާރުގެ ސަމާލުކަމަށް ގެންނާނެކަމަށް ވެސް ޝިފާ ވިދާޅުވިއެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

މި ސަރުކާރުގެ ތިން އަހަރުގައި 4،000 ކުދިން ވަޒީފާގެ ބާޒާރަށް ވަނީ ތަމްރީނު ކުރެވިފައި: މިނިސްޓަރު

މި ސަރުކާރުގެ ތިން އަހަރުގައި 4،000 ކުދިން ވަޒީފާގެ ބާޒާރަށް ވަނީ ތަމްރީނު ކުރެވިފައި: މިނިސްޓަރު

01 ފެބުރުއަރީ 2017
މިނިސްޓަރު ޝައިނީއަކީ ސަރުކާރުގެ ފަރާތުން ގުރުބާންކުރާ "ކަންބަޅިއެއް": އަލީ ޒާހިރު

މިނިސްޓަރު ޝައިނީއަކީ ސަރުކާރުގެ ފަރާތުން ގުރުބާންކުރާ "ކަންބަޅިއެއް": އަލީ ޒާހިރު

30 ޖެނުއަރީ 2017
ރާއްޖެ ޓީވީގެ ނޫސްވެރިންނަށް ހުކުމް ކުރުމަކީ ސަރުކާރުގެ ފިނޑި ޢަމަލެއް:އެމްޔޫއޯ

ރާއްޖެ ޓީވީގެ ނޫސްވެރިންނަށް ހުކުމް ކުރުމަކީ ސަރުކާރުގެ ފިނޑި ޢަމަލެއް:އެމްޔޫއޯ

24 ޖެނުއަރީ 2017
ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް

ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް

21 ޖެނުއަރީ 2017
ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި

ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި

20 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

23 މާރިޗު
މަންދީގެ ގަޔަށް ކަޅުތެޔޮ ޖެހި މީހުން ހޯދައިފި
20251 އަހަރު ކުރިން
ރާއްޖެ

މަންދީގެ ގަޔަށް ކަޅުތެޔޮ ޖެހި މީހުން ހޯދައިފި

އެންމެ ޓުވީޓެއް، މުޅި ސަރުކާރު ޑިފެންސަށް! ވެއްޓުނީ ހޫނު ފެނަށް!
20242 އަހަރު ކުރިން
ރިޕޯޓު

އެންމެ ޓުވީޓެއް، މުޅި ސަރުކާރު ޑިފެންސަށް! ވެއްޓުނީ ހޫނު ފެނަށް!

ބާސްކެޓްގެ ޗެމްޕިއަނުންނަކީ މިދެމަފިރިން, އެކަކު އަނެކަކަށް ހިތްވަރެއް!
20233 އަހަރު ކުރިން
ރިޕޯޓު

ބާސްކެޓްގެ ޗެމްޕިއަނުންނަކީ މިދެމަފިރިން, އެކަކު އަނެކަކަށް ހިތްވަރެއް!

ވަގަށް ނެގީ ބިސްކޯދު ކޭހެއް، ހައްޔަރު ކުރުމުން އެހީ ކާން ލިބޭނެހޭ
20224 އަހަރު ކުރިން
ރިޕޯޓު

ވަގަށް ނެގީ ބިސްކޯދު ކޭހެއް، ހައްޔަރު ކުރުމުން އެހީ ކާން ލިބޭނެހޭ

ދިފާއީ ނިޒާމަށް އެކަށޭނެ މިންވަރަށް އަސަރު ނުކުރާތީ ޔޫއޭއީން ސިނޮފަރމް ވެކްސިންގެ ތިން ޑޯޒު ޖަހަން ނިންމައިފި
20215 އަހަރު ކުރިން
ދުނިޔެ

ދިފާއީ ނިޒާމަށް އެކަށޭނެ މިންވަރަށް އަސަރު ނުކުރާތީ ޔޫއޭއީން ސިނޮފަރމް ވެކްސިންގެ ތިން ޑޯޒު ޖަހަން ނިންމައިފި

ނަފްސާނީ ބަލިތަކަށް ޚާއްސަ ޑިޕާރޓްމަންޓެއް އައިޖީޢެމްއެޗުގައި މާދަމާ ހުޅުވަނީ
20197 އަހަރު ކުރިން
ރާއްޖެ

ނަފްސާނީ ބަލިތަކަށް ޚާއްސަ ޑިޕާރޓްމަންޓެއް އައިޖީޢެމްއެޗުގައި މާދަމާ ހުޅުވަނީ

އިންޓެލިޖެންސް ރިޕޯޓަކީ ޝަރީއަތުގެ އެއްވެސް މަރުހަލާއެއްގައި ބޭނުން ކޮށްގެންވާނެ އެއްޗެއް ނޫން: ކުރީގެ އޭސީޕީ ފައިރޫޝް
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކީ ޝަރީއަތުގެ އެއްވެސް މަރުހަލާއެއްގައި ބޭނުން ކޮށްގެންވާނެ އެއްޗެއް ނޫން: ކުރީގެ އޭސީޕީ ފައިރޫޝް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު