Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމަސްތުވާތަކެތީގެ މައްސަލަތައް

މަސްތުވާތަކެތީގެ މައްސަލަތައް ތަހުގީގުކުރުމުގައި، ގަސްދުގައި ގޯސްހަދާ މީހުން އެބަތިބި - އޭޖީ

17 ފެބުރުއަރީ 2022 | ބުރާސްފަތި 14:27

ހެކި ވަޒަންކުރުމުގެ ތަފްސީލުތައް ގާނޫނުގައި ނެތުމުން، ލޫޕްހޯލް ހުރެ، މައްސަލަތައް ސާބިތުނުވޭ

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 17 ފެބުރުއަރީ 2022 | ބުރާސްފަތި 14:27
ޖުޑިޝަރީ ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން

ޖުޑިޝަރީ ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން

މަސްތުވާތަކެތީގެ މައްސަލަތައް ތަހުގީގުކުރުމުގައި ރޭވިގެން އިންތިޒާމްވެގެން ގޯސްހަދާ މީހުން އެބަތިބިކަމަށް އެޓާރނީ ޖެނެރަލް އިބްރާހީމް ރިފްއަތު ވިދާޅުވެއްޖެއެވެ.

ޖިނާއީ މައްސަލަތަކުގެ އަޑުއެހުންތައް ތާވަލުކުރެވޭގޮތާ އެއްގޮތަށް ކުރިއަށްނުދާ މައްސަލައާ ގުޅޭގޮތުން، ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝިއަރީ ކޮމިޓީން, ޖުޑީޝަލް ސަރވިސް ކޮމިޝަންއާ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ބޭފުޅުންނާއެކު ކުރިއަށްގެންދިޔަ ބައްދަލުވުމުގައި އޭޖީ ރިފްއަތު ވިދާޅުވީ، ނިޒާމު އޮންނަ ގޮތް އެނގިތިބެ, ލޫޕްހޯލްތައް އެނގިގެން ގަސްދުގައި އެކަން ކުރާ މީހުން ތަހުގީގީ އިދާރާތަކުގައި އެބަތިބިކަމަށެވެ. އަދި މިކަމުގެ ސަބަބުން މައްސަލަތައް ސާބިތުކުރުމުގައި ގޮންޖެހުންތައް ހުންނަ ކަމަށެވެ.

Advertisement - newsAdvertisement

އެހެންކަމުން މިކަން ހައްލު ކުރުމަށް ހެއްކާ ބެހޭ ތަފްސީލީ ބިލެއް މިހާރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ކަމަށް އޭޖީ ވިދާޅުވިއެވެ. އެ ގާނޫނުގައި ވަރަށް ތަފްސީލްކޮށް, ހެކިބަސް ދޭ މީހާއަށް ހިމާޔަތް ދިނުމާއި އެމީހާގެ ހައްގުތައް ރައްކާތެރި ކުރެވޭނެ ގޮތް ހިމަނާފައިވާނެ ކަމަށް އޭޖީ ރިއްފަތު ވިދާޅުވިއެވެ.

ކޯޓުތަކުގައި މައްސަލަ ސާބިތުނުވާ ސަބަބުތަކާ ބެހޭ ގޮތުން އިތުރަށް އޭޖީ ރިއްފަތު ވިދާޅުވީ، މިހާރުވެސް ކޯޓުތަކުގައި އަމަލުކުރަމުން އަންނަނީ 1970ގެ އަހަރުތަކުގެ ތެރޭގައި ފާސްކޮށްފައި އޮތް ހެއްކާ ބެހޭ ގާނޫނަށް ކަމަށާއި، އޭގައި ތަފްސީލުކޮށް އުސޫލުތަކާއި ހަމަތައް ނެތްކަމަށެވެ. އެހެންކަމުން އެ ގާނޫނުގެ ދަށުން, މައްސަލަ ބައްލަވާ ގާޒީއަށް ހެކި ވަޒަންކުރުމަށް ބޮޑެތި ބާރުތަކެއް ލިބިފައިވާކަމަށެވެ. އެހެންކަމުން ހެކި ވަޒަންކުރުމުގެ ތަފްސީލުތައް އެ ގާނޫނުގައި ނެތުމުން, ލޫޕްހޯލް ހުރެ, މައްސަލަތައް ސާބިތުނުވުމަކީ އެކަށީގެންވާކަމެއް ކަމަށެވެ.

ސިއްރު ހެކިބަސް ދޭމީހާ އެއީ ކާކުކަން އެނގި، އެ ހެކިބަސް ގެއްލި، އޭނައަށް ތުރެޓް އަންނަ ހިސާބަށްދާކަން އޭޖީ ފާހަގަކުރެއްވިއެވެ. އަދި މިއީ މައްސަލަތައް ސާބިތު ނުވުމަށް ދިމާވާ ސަބަބުތައްކަން އޭޖީ ފާހަގަކުރެއްވިއެވެ.  

އޭޖީ ވިދާޅުވީ, ޖިނާއީ އަދުލުގެ ނިޒާމުގައި މައްސަލަތައް އެބަހުރިކަމަށާއި، ގާނޫނުތަކަށް ގެންނަންޖެހޭ ބަދަލު މިހާރުވެސް ގެންނަމުންދާކަމަށެވެ. މަދަނީ އިޖުރާއަތުގެ ގާނޫނަށް އަމަލުކުރަން ފެށުމުން މަދަނީ މައްސަލަތައް އަވަސްވެގެންދާނެކަމަށާއި, ޖިނާއީ އިޖުރާއަތުގެ ގާނޫނަށްވެސް އިސްލާހު ގެނައުމަށް ކޯޓުތަކުން އެދެމުންދާތީ އެކަންވެސް މި އަހަރު ކުރައްވާނެކަމަށް އޭޖީ ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

07 ފެބުރުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައަކާ ގުޅިގެން ދެ މީހަކު ހޯދަނީ

07 ފެބުރުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައަކާ ގުޅިގެން ދެ މީހަކު ހޯދަނީ
05 ފެބުރުއަރީ 2017

އަނެއްކާވެސް އެކިއެކި ޕްރޮމޯޝަންތަކުގެ ނަމުގައި މަކަރު ހަދައިގެން ފައިސާ ހޯދާ މައްސަލަތައް އިތުރުވެއްޖެ

05 ފެބުރުއަރީ 2017
އަނެއްކާވެސް އެކިއެކި ޕްރޮމޯޝަންތަކުގެ ނަމުގައި މަކަރު ހަދައިގެން ފައިސާ ހޯދާ މައްސަލަތައް އިތުރުވެއްޖެ
24 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައެއްގައި މީހަކު އުމުރަށް ޖަލަށް

24 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައެއްގައި މީހަކު އުމުރަށް ޖަލަށް
23 ޖެނުއަރީ 2017

ކިނބުދޫ ދާއިރާގައި ހުރި މައްސަލަތައް ރިޔާޒު ޓްވިޓާއަށް އޮއްސާލައިފި

23 ޖެނުއަރީ 2017
ކިނބުދޫ ދާއިރާގައި ހުރި މައްސަލަތައް ރިޔާޒު ޓްވިޓާއަށް އޮއްސާލައިފި
19 ޖެނުއަރީ 2017

މައްސަލަތައް ހައްލުކުރެވޭނީ ޚަބަރު ލިޔާއިރު ރަނގަޅު އެންޓަނާއަކާއި ރަނގަޅު ފިލްޓަރެއް ގެންގުޅެގެން: ޝަހީބު

19 ޖެނުއަރީ 2017
މައްސަލަތައް ހައްލުކުރެވޭނީ ޚަބަރު ލިޔާއިރު ރަނގަޅު އެންޓަނާއަކާއި ރަނގަޅު ފިލްޓަރެއް ގެންގުޅެގެން: ޝަހީބު
19 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައިގައި އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް އަމުރަށް ޖަލަށް!

19 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައިގައި އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް އަމުރަށް ޖަލަށް!
17 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!

17 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!
10 ޖެނުއަރީ 2017

ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ

10 ޖެނުއަރީ 2017
ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް