Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އަނަސްގެ މަރުގެ މައްސަލަ

އަނަސްގެ މަރު: ދައުވާ ލިބޭ ފަރާތްތައް ޙާދިސާ ހިނގި ތަނުގައި ނެތްކަން ބަޔާންކުރުމަށް ގިނަ ހެކިތަކެއް

މި އަޑުއެހުމުގައި އޮތީ ދިފާއީ ހެކިންގެ ހެކިބަސް ނެގުން

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 17 ފެބުރުއަރީ 2022 | ބުރާސްފަތި 08:00
ރ. މީދޫ ފެންފިޔާޒުގޭ މުޙައްމަދު އަނަސްގެ މަރުގެ މައްސަލައިގެ ދިފާއީ ހެކިންގެ ހެކިބަސް ނެގުން

ރ. މީދޫ ފެންފިޔާޒުގޭ މުޙައްމަދު އަނަސްގެ މަރުގެ މައްސަލައިގެ ދިފާއީ ހެކިންގެ ހެކިބަސް ނެގުން

ރ. މީދޫ ފެންފިޔާޒުގޭ މުޙައްމަދު އަނަސްގެ މަރުގެ މައްސަލައިގެ އަޑުއެހުމެއް ބުރާސްފަތި ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

މި މައްސަލައިގައި އަނަސްއަށް ޙަމަލާ ދިނުމުގައި ޢަމަލީ ގޮތުން ބައިވެރިވި ކަމުގެ ދަޢުވާ ލިބޭ 3 މީހުންނަކީ ޅ. ކުރެންދޫ އަސުރުމާގޭ އަޙްމަދު ޒަޔާނާއި، މ. ދިމިޝްގު، އުސްމާން ޝަރީފް އަދި މ. ލޮނުމިދިލިގޭ އަފްރާހު އަބްދުއްރައްޒާޤުއެވެ.

Advertisement - newsAdvertisement

މީގެއިތުރުން، ތޫނު އެއްޗެއް ބޭނުން ކޮށްގެން ޤަސްތުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ދަޢުވާ އުފުލާފައިވަނީ 4 މީހެއްގެ މައްޗަށެވެ. އެއީ، ލ. ގަން ތުނޑީ ނަންނާރިގޭ، ޖުނައިހު ޢަބްދުﷲ އާއި، ސ. ފޭދޫ ވެސްޓަންވިލާ ހަސަން މަހްފޫޒާއި، ތ. ކިނބިދޫ ގުލްފާމުގޭ، މުޙައްމަދު ޝާޒާއި، ދަފްތަރު ނަންބަރު 1746، ސިމާހް މޫސާ އެވެ.

މި މައްސަލަ ބައްލަވަނީ ގާޒީ އަލީ ނަދީމެވެ. މި އަޑުއެހުމުގައި އޮތީ ދިފާއީ ހެކިންގެ ހެކިބަސް ނެގުމެވެ.

މި އަޑުއެހުމުގައި ދައުވާލިބޭ ޖުނައިޙް އަބްދުﷲ ހާޒިރުވެފައެއް ނުވެއެވެ. އޭނާ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދިއުމަށް އެންމެ ފަހުން ބޭއްވިއަޑުއެހުމުގައިގާޒީ ހުއްދަ ދެއްވާފައިވެއެވެ.

އަފްރާހު އަބްދުލް ރައްޒާޤުގެ ފަރާތުން ހުށައަޅާފައިވާ ދިފާއީ ހެކިންގެ ހެކިބަސް ނެގުން:

އަފްރާހުގެ ފަރާތުން 10 ހެއްކެއް ހުށައެޅިއެވެ. އޭގެ ތެރެއިން 4 ހެއްކެއްގެ ހެކިބަސް މި އަޑުއެހުމުގައި ނަގާފައިވާއިރު، އެއީ ހާދިސާ ހިނގި ތަނުގައި ނެތްކަމުގެ ދިފާއު ނެގުމަށް ހުށައަޅާފައިވާ ހެކިންނެވެ. ބާކީ ތިބި ހެކިންގެ ހެކިބަސް ނަގަން ބޭނުން ނުވާކަމަށް ދިފާއީ ވަކީލު ވިދާޅުވިއެވެ.

އަފްރާހުގެ ފަރާތުން ހާޒިރުކުރި 4 ހެކިންވެސް ވަނީ 2017 ޖުލައި 30 ވަނަ ދުވަހުގެ ރޭގައި އަފްރާހުއާއެކު ގޭމް ކުޅެން އުޅުނު ކަމަށް ބުނެފައެވެ. އަނަސް މަރާލާފައިވަނީ، 2017 ވަނަ އަހަރުގެ ޖުލައި މަހުގެ 31 ވަނަ ދުވަހުގެ ރޭ ލިޓަސް ގަރާޖް ތެރޭ ވަޅިން ހަމަލާދީގެން ނެވެ. 

ހެކިވެރިންނާއި ކުރި ސުވާލުތަކުގައި، 30 ވަނަ ދުވަހާއި 31 ވަނަ ދުވަހު އަފްރާހު އާއި ހުޅުމާލެއިން ދިމާވި ސަބަބާއި ގުޅޭގޮތުން ދައުލަތުން ކުރި ސުވާލު ހިމެނެއެވެ. ޖަވާބުގައި ހެކިވެރިން ބުނީ އެއީ އޭރު މާލޭގައި މާރާމާރީ ގިނަވުމުގެ ސަބަބުން އާއިލާގެ އެދުމުގެ މަތިން ކަމަށެވެ. ޖުލައި 31 ގައި ފުޓްބޯޅަ ކުޅެން ދިއުމުގެ ކުރިން އަފްރާހް ލައިގެން ހުރީ ކޮން އެއްޗެއްތޯވެސް ދައުލަތުން ވަނީ ސުވާލުކޮށްފައެވެ. އޭނާ ލައިގެން ހުރީ ސޯޓަކާއި ޖާރޒީއެއްކަމަށް ބައެއް ހެކިވެރިން ބުނެފައިވެއެވެ.

4 ހެކިވެރިންވެސް ވަނީ އޭރު އަފްރާހު ހުންނަނީ ތުނިކޮށް ބޯ ކޮށައިގެން ކަމަށާއި، ތުނބުޅި މަތިމަސް ނުހުންނާނެކަމަށް ބުނެފައެވެ. އެއީ އަފްރާހުގެ ބަޔާނުގައިވެސް ފާހަގަކޮށްފައިވާ ކަންކަމެވެ.

އަފްރާހުއާ ގުޅޭގޮތުން 4 ހެކިވެރިންވެސް ފާހަގަކޮށްފައިވާ މައިގަނޑު ޓައިމްލައިންތައް:

30 ވަނަ ދުވަހު މާލެެއިން ހުޅުމާލެ ދިޔުން

30 ވަނަ ދުވަހުގެރޭ ހުޅުމާލޭ ގެއެއްގައި ގޭމް ކުޅެން ތިބުން

31 ވަނަ ދުވަހުގެ ހެނދުނު މޫދަށް ދިއުން

31 ވަނަ ދުވަހުގެ ހަވީރު ބާބެކިއު ހަދަން ދިއުން

31 ވަނަ ދުވަހުގެރޭ 20:30 އާއި 22:30 އާއި ދެމެދު ހުޅުމާލޭ ދަނޑަށް ކުޅެން ދިއުން

މުހައްމަދު ޝާޒުގެ ފަރާތުން ހުށައަޅާފައިވާ ދިފާއީ ހެކިންގެ ހެކިބަސް ނެގުން:

ޝާޒްގެ ފަރާތުން ދެ ހެއްކެއް ހުށައަޅާފައިވެއެވެ.

ޝާޒުގެ ފަރާތުން ހުށައެޅި ފުރަތަމަ ހެކިވެރިޔާ ވަނީ އެ ޙާދިސާ ހިނގި ރޭ އޭނާ އާއި ޝާޒް ކެފޭއަކުން ދިމާވިކަމަށް ބުނެފައެވެ. ދައުލަތާއި ދިފާއުން ކުރި ސުވާލުތަކަށް ދިން ޖަވާބުގައި ހެކިވެރިޔާ ވަނީ 09:15 ހާއިރު "ކުއިޗީ" ކެފޭއަށް ދިޔައިރު ޝާޒް އެތަނުގައި އެހެން މީހަކާއެކު (ދެވަނައަށް ހާޒިރުކުރި ހެކިވެރިޔާއާއެކު) ކޮފީއެއް ބޯން އިންކަމަށް ބުނެފައެވެ.

ދެވަނަ ހެކިވެރިޔާ ބުނި ގޮތުގައި އެރޭ 09 ޖެހިހާއިރު އޭނާ އާއި ޝާޒް ކެފޭ ކައިރިން ދިމާވުމުން ދެމީހުން ދިޔައީ ކޮފީއެއް ބުއިމަށެވެ. އެއަށްފަހު ޝާޒް ގެއަށް ދިޔަކަމަށް ހެކިވެރިޔާ ބުންޏެވެ.

ޙަސަން މަހުފޫޒުގެ ފަރާތުން ހުށައަޅާފައިވާ ދިފާއީ ހެކިންގެ ހެކިބަސް ނެގުން:

ހަސަން މަހުފޫޒުގެ ފަރާތުން ހުށައެޅި ހެކިވެރިޔާ ބުނެފައި ވަނީ 31 ޖުލައި 2017 ވަނަ ދުވަހުގެ ރޭ ޙަސަން މަހުފޫޒު އިނީ އޭނާއާއެކު ގޭމްކުޅެން ކަމަށެވެ. އެ ދުވަހު އިރުއޮއްސުނު ފަހުން ދަންވަންދެން އެމީހުން ތިބީ އެކުގައި ގޭމްކުޅެންކަމަށް ހެކިވެރިޔާ ބުންޏެވެ، ދެވަނައަށް ހާޒިރުކުރި ހެކިވެރިޔާވެސް ވަނީ އެރޭ ގޭމް ކުޅެން ތިބިތަނުން މަހުފޫޒުއާ ދިމާވިކަމަށް ބުނެފައެވެ.

ޙަސަން މަހުފޫޒުގެ ފަރާތުން ހުށައެޅި 3 ވަނަ ހެކިވެރިޔާއަށް ހާޒިރުވެވިފައި ނުވެއެވެ. ދިފާއީ ވަކީލު ވަނީ އޭނާގެ ހެކިބަސް އިތުރަށް ނަގަން ބޭނުން ނުވާކަމަށް ބުނެފައެވެ.

އުސްމާން ޝަރީފްގެ ފަރާތުން ހުށައަޅާފައިވާ ދިފާއީ ހެކިންގެ ހެކިބަސް ނެގުން:

އުސްމާން ޝަރީފްގެ ފަރާތުން ހުށައެޅި ހެކިވެރިޔާ ވަނީ ޙާދިސާ ހިނގި ދުވަހު އިރު އޮއްސި 6 އިން ފެށިގެން އެރޭ ދަންވަންދެން އުސްމާން ހުރީ އޭނާއާއެކު އުސްމާން ޝަރީފްގެ ގޭގައިކަމަށް ބުނެފައެވެ. އޭރު 5 ވަރަކަށް އެކުވެރިން އެ ގެއަށް ދިޔަކަމަށް އޭނާ ބުންޏެވެ. އެގޭގައި ތިބީ ގޭމް ކުޅެ، ފިލުމު ބަލަން ކަމަށް ބުނެއެވެ. އެގޮތުން ބަލާފައިވަނީ "މިޝަން އިމްޕޮސިބަލް" ގެ 3 ފިލުމުކަމަށް އޭނާ ބުންޏެވެ. ނަމަވެސް ފިލުމުގައި ވާ ގޮތް މިހާރު ހަނދާނުގައި ނެތްކަމަށް ދައުލަތުން ކުރި ސުވާލަކަށް ޖަވާބުދެމުން އޭނާ ބުންޏެވެ.

ދެން ހާޒިރުކުރި 2 ހެކިންވެސް ވަނީ އެ ނުކުތާތައް ބަޔާންކޮށްފައެވެ. އޭނާގެ ފަރާތުން އިތުރު 2 ހެއްކެއް ހުށައަޅާފައިވީ ނަމަވެސް، އެ ހެކިންގެ ހެކިބަސް ނަގަން މިހާރު ބޭނުން ނުވާކަމަށް ދިފާއީ ވަކީލު ވިދާޅުވިއެވެ.

އަހުމަދު ޒަޔާންގެ ފަރާތުން ހުށައަޅާފައިވާ ދިފާއީ ހެކިންގެ ހެކިބަސް ނެގުން:

ޒަޔާންގެ ފަރާތުން ހުށައެޅި ހެކިވެރިޔާ ވަނީ ޙާދިސާ ހިނގިރޭ އޭނާ ހ.ރޯޒަންޑޭލްއަށް ދިޔައިރު އެގޭގައި ޒަޔާން އިން ކަމަށެވެ. އެރޭ 11 ޖަހަންދެން ޒަޔާން އިނީ އެގޭގައިކަމަށް އޭނާ ބުންޏެވެ. އޭނާ ބުނި ގޮތުގައި ބަލަންތިބީ "ޓައިޓޭނިކް" އެވެ.

ޒަޔާންގެ ފަރާތުން ދެން ހާޒިރުކުރި ހެކިވެރިޔާވެސް ބުނީ އެހެންނެވެ.

ސިމާހު މޫސާގެ ފަރާތުން ހުށައަޅާފައިވާ ދިފާއީ ހެކިންގެ ހެކިބަސް ނެގުން:

ސިމާހުގެ ފަރާތުން ހުށައެޅި އެއް ހެކިވެރިއަކު އެވަގުތު ހާޒިރުވެ ނެތުމުން ހެކިބަސް ނެގުން އެހެން ދުވަހަކަށް ފަސްކުރިއެވެ. އޭނާގެ ފަރާތުން ދެން ހުށައަޅާފައިވާ ދެ ހެކިންނަކީ ޖަލުގައި ތިބި 2 ފަރާތައް ވާތީ އާއި އެމީހުންނަށް ޗިޓް ރައްދުކޮށްދެވިފައި ނުވާތީ އެމީހުންގެ ހެކިބަސް ނެގުންވެސް ވަނީ ފަސްކޮށްފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މަރުވި ދެމަފިރިންގެ މައްސަލަ ދަނީ ތަހުގީގު ކުރަމުން: ޕޮލިސް

މަރުވި ދެމަފިރިންގެ މައްސަލަ ދަނީ ތަހުގީގު ކުރަމުން: ޕޮލިސް

11 ޖެނުއަރީ 2017
 "ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"

"ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ފޭދޫ ފިނޮޅު ވިއްކާލުމުން ފުލުހުންނަށް މާލީ ފައިދާ ލިބޭނެ: ފުލުހުން

ފޭދޫ ފިނޮޅު ވިއްކާލުމުން ފުލުހުންނަށް މާލީ ފައިދާ ލިބޭނެ: ފުލުހުން

10 ޖެނުއަރީ 2017
ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ

ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ

10 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

4 މެއި
މަސްވެރިކަމުގެ ސިނާއަތް 2024 ގައި 48.4 އިންސައްތަ ދަށަށް ހިނގައްޖެ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

މަސްވެރިކަމުގެ ސިނާއަތް 2024 ގައި 48.4 އިންސައްތަ ދަށަށް ހިނގައްޖެ

ރާއްޖެޓީވީއަށް ސަރުކާރުގެ ކުންފުނިތަކުން ދެމުންއައި ހުރިހާ ސްޕޮންސަރތައް ކަނޑާލައިފި
20242 އަހަރު ކުރިން
ރާއްޖެ

ރާއްޖެޓީވީއަށް ސަރުކާރުގެ ކުންފުނިތަކުން ދެމުންއައި ހުރިހާ ސްޕޮންސަރތައް ކަނޑާލައިފި

ކެޕްޓަން ރަޝީދު: " އަޅުގަނޑުމެންނަށް ބޯޓު ނުޖައްސައި ފަރުޖެހޭކަށް ނެތް، ފިއުލްއެއްވެސް، ދާނެ ތަނެއްވެސް ނެތް"
20233 އަހަރު ކުރިން
ރިޕޯޓު

ކެޕްޓަން ރަޝީދު: " އަޅުގަނޑުމެންނަށް ބޯޓު ނުޖައްސައި ފަރުޖެހޭކަށް ނެތް، ފިއުލްއެއްވެސް، ދާނެ ތަނެއްވެސް ނެތް"

ބީޖީ ގަރާޖު ސަރަޙައްދުގައި މަރުވެފައި އޮތް މީހާއަކީ ކާކުކަން ދެނެގަނެފި
20224 އަހަރު ކުރިން
ރާއްޖެ

ބީޖީ ގަރާޖު ސަރަޙައްދުގައި މަރުވެފައި އޮތް މީހާއަކީ ކާކުކަން ދެނެގަނެފި

މަލިކު އިސްބަޣޫލު ފަނި ބުއިންތަ؟ މިއޮތީ ވަރަށް ތަފާތު ރެސިޕީއެއް
20215 އަހަރު ކުރިން
ލައިފް ސްޓައިލް

މަލިކު އިސްބަޣޫލު ފަނި ބުއިންތަ؟ މިއޮތީ ވަރަށް ތަފާތު ރެސިޕީއެއް

ހުކުރު މިސްކިތުގެ އާބާތުރަ ފިލުވުން- ވަޅުދިޔަ ހިއްކަން ފޭބީ ޑެޕިއުޓީ މިނިސްޓަރު
20197 އަހަރު ކުރިން
ރާއްޖެ

ހުކުރު މިސްކިތުގެ އާބާތުރަ ފިލުވުން- ވަޅުދިޔަ ހިއްކަން ފޭބީ ޑެޕިއުޓީ މިނިސްޓަރު

ސައުދީގައި ފައްޅި އަޅަން ވެޓިކަން އާއިއެކު އެއްބަސްވެއްޖެ
20188 އަހަރު ކުރިން
ދުނިޔެ

ސައުދީގައި ފައްޅި އަޅަން ވެޓިކަން އާއިއެކު އެއްބަސްވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު