Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސަވާދީއްތަ ދަތުރު

ސަވާދީއްތަ ދަތުރު: މާދަމާ މާލެ އަތޮޅަށް ދަތުރުފަށަނީ

16 ފެބުރުއަރީ 2022 | ބުދަ 14:09

މި ދަތުރު ނިންމާލަން ހަމަޖެހިފައިވަނީ ފަރި އައިލެންޑް ރިޒޯޓަށް

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 16 ފެބުރުއަރީ 2022 | ބުދަ 14:09
ސަވާދީއްތަ ދަތުރު

ސަވާދީއްތަ ދަތުރު

މޯލްޑިވްސް އިންޓެގްރޭޓަޑް ޓުއަރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ)ގެ ފަރާތުން މުޅި ދުނިޔެއަށް ހުޅުވާލައިގެން ކުރިއަށްގެންދާ ޔޮޓް ރެލީ ނިންމާލުމުގެ ގޮތުން, ބުރާސްފަތި ދުވަހު ކ. އަތޮޅަށް އައުމަށް ދަތުރު ފަށަން ނިންމައިފިއެވެ.

ސަވާދީއްތަ ދަތުރާ ގުޅިގެން ރާއްޖެއެމްވީއަށް މައުލޫމާތުދެއްވަމުން, މި ދަތުރު އިންތިޒާމްކުރާ އެމްއައިޓީޑީސީގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ރާއިދު ވިދާޅުވީ, ނ. ލަންދޫއިން ފުރައިގެން މިހާރު ރެލީގެ ބައިވެރިން ތިބީ ޅ. ދިއްފުށިމާދޫގައި ކަމަށެވެ. ނ. ލަންދޫއިން ރެލީގެ ބައިވެރިންނަށް ވަރަށް ފުރިހަމަ އަލްވަދާއެއް ކިޔާފައިވާކަމަށާއި، ފަތުރުވެރިންނަށް ހަދިޔާވެސް ދީފައިވާކަމަށް ރާއިދު ވިދާޅުވިއެވެ.

Advertisement - newsAdvertisement

ރާއިދު ވިދާޅުވީ ބުރާސްފަތި ދުވަހުގެ ހެނދުނު ކ. އަތޮޅަށް ދިއުމަށް ދަތުރު ފަށާނެ ކަމަށެވެ. އަދި މާލެ އަތޮޅަށް ކުރާ ދަތުރުގައި ގާފަރުގައި ބަނދަރުކުރާނެކަމަށެވެ. އަދި ޔޮޓު ރެލީ ނިންމާލުމުގެ ރަސްމިއްޔާތު ކުރިއަށްދާނީ ކ. އަތޮޅު ފަރި އައިލެންޑް ރިޒޯޓުގައި ކަމަށް ރާއިދު ވިދާޅުވިއެވެ. ޔޮޓު ރެލީގެ އެންމެ ފަހު މަންޒިލްގެ ގޮތުގައި ކަނޑައަޅާފައިވަނީ ބ. ތުޅާދޫ ކަމަށާއި, އެހެންނަމަވެސް ތުޅާދޫ މޮނިޓަރިންގައި އޮތުމުގެ ސަބަބުން ތުޅާދޫއަށް ދަތުރުކުރެވިފައިނުވާކަމަށް ރާއިދު ވިދާޅުވިއެވެ.

ރަށްރަށުގެ ރައްޔިތުންގެ ފަރާތުން މި ދަތުރަށް ވަރަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަކަން ފާހަގަކުރައްވައި ރާއިދު ވިދާޅުވީ, ރަށްރަށުގައި ދިރިއުޅޭ ރައްޔިތުން ފަތުރުވެރިކަމަށް ބޭނުންވެފައިވާ މިންވަރު މިދަތުރުން ހާމަވާ ކަމަށެވެ. މި ދަތުރުގެ ތެރެއިން ރާއްޖޭގެ ރަށްތައް އިޝްތިހާރުކޮށް އެރަށްތަކުގެ ޚާއްސަ ކަންކަން ފަތުރުވެރިން ދަނީ ބޭރުގެ އެކި ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ހިއްސާކުރަމުންނެވެ.

ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކޮށް ކުރިއެރުވުމަށް ބާއްވާ މި ރެލީގައި ޖުމްލަ 9 ޔޮޓެއް ބައިވެރިވިއެވެ. ނަމަވެސް މަގުބޫލު އުޒުރަކާއެކު ދެޔޮޓް ވަނީ ދަތުރާ ވަކިވެފައެވެ. ކާމިޔާބުކަމާއެކު ކުރިއަށް ގެންދާ މި ދަތުރާ ގުޅޭގޮތުން ރާއިދު ވިދާޅުވީ, މިއަށްވުރެ މާ ފުރިހަމަކޮށް މިއަންނަ އަހަރު ވެސް މިރެލީ ކުރިއަށް ގެންދިއުމަށް ނިންމާފައިވާކަމަށެވެ. އަދި އުންމީދަކީ މެދުނުކެނޑި ކޮންމެ އަހަރަކުވެސް ސިލްސިލާކޮށް މިދަތުރުތައް ކުރިއަށް ގެންދެވުން ކަމަށެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

5

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

އިތުރަށް ކިޔާލަން

21 ޖެނުއަރީ 2017

ހޭވައްލާ ގެ ނަމުގައި މީރާއިން މުޅި މާލެ ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި

21 ޖެނުއަރީ 2017
ހޭވައްލާ ގެ ނަމުގައި މީރާއިން މުޅި މާލެ ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި
21 ޖެނުއަރީ 2017

ތިލަފުއްޓަށް ދަތުރުކުރި ދޯންޏެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

21 ޖެނުއަރީ 2017
ތިލަފުއްޓަށް ދަތުރުކުރި ދޯންޏެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި
20 ޖެނުއަރީ 2017

ގދ. އަތޮޅަށް ކުރެއްވި ކެމްޕެއިން ދަތުރު ވަރަށް ކާމިޔާބު: ހަސަން ލަތީފް

20 ޖެނުއަރީ 2017
ގދ. އަތޮޅަށް ކުރެއްވި ކެމްޕެއިން ދަތުރު ވަރަށް ކާމިޔާބު: ހަސަން ލަތީފް
19 ޖެނުއަރީ 2017

މާލެއިން ފުރައިގެން ފެލިދޫއަށް ދަތުރު ކުރަމުންދިޔަ މުދާ އުފުލާ ދޯންޏެއް ފަރަކަށް އަރައިފި

19 ޖެނުއަރީ 2017
މާލެއިން ފުރައިގެން ފެލިދޫއަށް ދަތުރު ކުރަމުންދިޔަ މުދާ އުފުލާ ދޯންޏެއް ފަރަކަށް އަރައިފި
17 ޖެނުއަރީ 2017

ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި

17 ޖެނުއަރީ 2017
ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި
17 ޖެނުއަރީ 2017

ވިސާމްގެ ޝަރީއަތް: ހެކި ބަސް ނެގުން މާދަމާ!

17 ޖެނުއަރީ 2017
ވިސާމްގެ ޝަރީއަތް: ހެކި ބަސް ނެގުން މާދަމާ!
16 ޖެނުއަރީ 2017

ރީނދޫ ހުން އުޅޭ ޤައުމުތަކަށް ދަތުރު ކުރުމުގައި ސަމާލުވުމަށް އަންގައިފި

16 ޖެނުއަރީ 2017
ރީނދޫ ހުން އުޅޭ ޤައުމުތަކަށް ދަތުރު ކުރުމުގައި ސަމާލުވުމަށް އަންގައިފި
13 ޖެނުއަރީ 2017

އަލިފާން ރޯވި "މާކޯ ޕޯލޯ 2" ބޯޓުގެ ފަޅުވެރިން މާލެ ގެނެސްފި

13 ޖެނުއަރީ 2017
އަލިފާން ރޯވި "މާކޯ ޕޯލޯ 2" ބޯޓުގެ ފަޅުވެރިން މާލެ ގެނެސްފި
12 ޖެނުއަރީ 2017

ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި

12 ޖެނުއަރީ 2017
ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި
12 ޖެނުއަރީ 2017

ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް

12 ޖެނުއަރީ 2017
 ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް