Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ2022 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 7 ވަނަ ޖަލްސާ

ޔޫކުރައިންގައި ތިބި ދަރިވަރުންގެ ރައްކާތެރިކަމަށް ގޮވާލައި ހުށަހެޅި ގަރާރު ބޭރުކޮށްލައިފި

16 ފެބުރުއަރީ 2022 | ބުދަ 05:57

މައްސަލަ ބަލައިގަންނަން ވޯޓް ދެއްވީ 7 މެންބަރުން، މައްސަލަ ބަލައިނުގަތުމަށް 17 މެންބަރުން ވޯޓް ދެއްވި

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 16 ފެބުރުއަރީ 2022 | ބުދަ 05:57
ނޮޅިވަރަމް ދާއިރާ މުހައްމަދު ނަޝީދު އަބްދުﷲ

ނޮޅިވަރަމް ދާއިރާ މުހައްމަދު ނަޝީދު އަބްދުﷲ

ޔޫކުރައިންގައި ތިބި ދަރިވަރުންގެ ރައްކާތެރިކަމަށް ގޮވާލައި ހުށަހެޅި ކުއްލި މައްސަލަ ބަލައިނުގަނެ މަޖިލީހުން ބޭރުކޮށްލައިފިއެވެ.

ކުއްލި މައްސަލަ ހުށަހެޅުއްވީ، ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދުއެވެ.

Advertisement - newsAdvertisement

ކުއްލި މައްސަލަ ބަލައިގަންނަން ވޯޓް ދެއްވީ 7 މެންބަރުންނެވެ. މައްސަލަ ބަލައިގަތުމަށް 17 މެންބަރުން ވޯޓް ދެއްވިއިރު ވަކި ގޮތަކަށް ވޯޓު ނުދެއްވާ 1 މެމްބަރަކު އިންނެވިއެވެ. ވޯޓުގައި ބައިވެރިވެވަޑައިގެންނެވީ 25 މެމްބަރުންނެވެ. އެހެންކަމުން ކުއްލި މައްސަލަ އާއިމެދު ބަހުސް ކުރަން ފާސްނުވެ، މައްސަލަ ވަނީ މަޖިލީހުން ބޭރުކޮށްލާފައެވެ.

ކުއްލި މައްސަލާގައި ވަނީ ޔޫކުރައިނާއި ރަޝިޔާ އިންވާ ބޯޑަރު ސަރަހައްދަށް ރަޝިޔާގެ ސިފައިން ޖަމާކުރުމުގެ ސަބަބުން ނުތަނަވަސްކަން ބޮޑުވެފައިވާއިރު، ޔޫކުރައިނަށް ރަޝިޔާއިން ވަރަށް އަވަހަށް އަސްކަރީ ހަމަލާއެއް ދީފާނެކަމަށް އެ ގައުމުގެ ރައީސް ވިދާޅުވެފައިވާ ކަމަށެވެ. އަދި ޔޫކުރައިނަށް ރަޝިޔާއިން ހަމަލާއެއް ދިނުމާއެކު ހަނގުރާމަ ފެށިއްޖެ ހާލަތެއްގައި އެ ގައުމުން ބޭރުވެ ރައްކާތެރި މަންޒިލަކަށް ދިއުން ދަތިވާނެ ކަމަށެވެ.

ޔޫކުރެއިނުގެ އެކި ޔުނިވާސިޓީތަކުގައި މިހާރުވެސް ފަންސާހަށްވުރެ ގިނަ ދިވެހި ދަރިވަރުން ތައުލީމު ހާސިލުކުރަމުންދާއިރު، ޔޫކުރައިނުގައި ކިޔަވަމުން އަންނަ ދަރިވަރުން ހަނގުރާމައިގެ ހާލަތުގައި އެ ގައުމުން ނެރެ ސަލާމަތް މަންޒިލަކަށް ގެންދިއުމަކީ ބޮޑެތި ގޮންޖެހުންތައް ކުރިމަތިވާނެ ކަމެއްކަމަށްވާތީ، އެ ގައުމުގައި ތިބި ދަރިވަރުން ރައްކާތެރި މަންޒިލަކަށް ގެންދިއުމުގެ މަސައްކަތްކުރުމަށް ޚާރިޖީވަޒީރަށް މިމައްސަލާގައި ގޮވާލާފައިވެއެވެ.

މީގެ އިތުރުން އިންޑިއާގައި ވެރިކަންކުރާ ހަރުކަށި ހިންދޫ ވިސްނުމުގެ ފަރާތްތަކާއި ހަރުކަށި ހިންދޫ ޖަމާއަތްތަކުން، އެ ގައުމުގެ މުސްލިމުންނަށް ކުރިމަތިކުރަމުންދާ ތުރާތަކުގެ ތެރެއިން އެ ގައުމުގެ ސުކޫލުތަކާއި ކޮލެޖުތަކާއި ޔުނިވާސިޓީތަކުގައި ކިޔަވާ މުސްލިމު އަންހެންކުދިންނަށް ބުރުގާ ނަގަން މަޖުބޫރުކުރުވައި، އެ ކުދިންނާ ދިމާކޮށް ފުރައްސާރަކޮށް ދަތިކުރަމުން އަންނަ ކަމަށް މި މައްސަލައިގައިވަނީ ބުނެފައެވެ.

އިންޑިއާ އަކީވެސް ގިނ އަދަދެއްގެ ދިވެހިން ކިޔަވަމުން އަންނަ ތަނަކަށްވާއިރު، އޭގެ ތެރޭގައި ބުރުގާއަޅާ އަންހެން ކުދިން ހިމެނޭތީ އެ ކުދިންނަށް ހިންދޫ ވިސްނުމުގެ ހަރުކަށި މީހުންނާއި އިންޑިއާގެ ވެރިކަން ކުރާ ބީޖޭޕީން ގެންގުޅޭ ވިސްނުމުގެ ތުރާއާއި ދަތިތައް އެކުދިންނަށް ކުރިމަތިވުމުގެ ފުރުސަތު އޮތުމާއެކު އެކުދިންގެ ހައްގުތައް ރައްކާތެރިކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށެވެ.

މައްސަލަ ހުށަހެޅުއްވުމުން، ނިޒާމީ ނުކުުތާ ނަންގަވައި އެމްޑި،ޕީގެ ޕީޖީ ލީޑަރު އަލީ އާޒިމް ވިދާޅުވީ، މިއީ ހުށަހެޅޭނެ މައްސަލައެއް ނޫން ކަމަށެވެ. ސަބަބެއް ކަަމަށް ވިދާޅުވީ، ޔޫކްރެއިންގައި ތިބި ދަރިވަރުންގެ ރައްކާތެރިކަމަށް ފޮރިން މިނިސްޓްރީން މިހާރުވެސް ފިޔަވަޅު އަޅަމުން ގެންދާ ކަމަށެވެ. އެހެންކަމުން މިއީ މިހާރު ހިނގާ ކަމެއް ނޫން ކަމުން މައްސަލަ ހުށަހެޅުއްވޭނެ ފުރުސަތު ނެތް ކަަމަށެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

05 ފެބުރުއަރީ 2017

ފްލެޓް ލިބުނު ފަރާތްތަކަށް ފައިސާ ދެއްކޭނެ ނިޒާމެއް ގާއިމް ކުރުމަށް މައުމޫން ފެކްޝަނުން ގޮވާލައިފި

05 ފެބުރުއަރީ 2017
ފްލެޓް ލިބުނު ފަރާތްތަކަށް ފައިސާ ދެއްކޭނެ ނިޒާމެއް ގާއިމް ކުރުމަށް މައުމޫން ފެކްޝަނުން ގޮވާލައިފި
04 ފެބުރުއަރީ 2017

ކުޅުދުއްފުށިގައި ޖުވާ ކުޅެންތިބި ބަޔަކު ހައްޔަރު ކޮށްފި

04 ފެބުރުއަރީ 2017
ކުޅުދުއްފުށިގައި ޖުވާ ކުޅެންތިބި ބަޔަކު ހައްޔަރު ކޮށްފި
28 ޖެނުއަރީ 2017

ނާޒިމް ދޫކޮށްލަން އަދާލަތުންވެސް ގޮވާލައިފި

28 ޖެނުއަރީ 2017
ނާޒިމް ދޫކޮށްލަން އަދާލަތުންވެސް ގޮވާލައިފި
27 ޖެނުއަރީ 2017

އދ ގެ ވޯކިން ގުރޫޕްގެ ނިންމުމާ އެއްގޮތަށް ނާޒިމް މިނިވަން ކުރުމަށް އެމްޑީޕީން ގޮވާލައިފި

27 ޖެނުއަރީ 2017
އދ ގެ ވޯކިން ގުރޫޕްގެ ނިންމުމާ އެއްގޮތަށް ނާޒިމް މިނިވަން ކުރުމަށް އެމްޑީޕީން ގޮވާލައިފި
17 ޖެނުއަރީ 2017

މެޑިސިން ކިޔަވާ ދަރިވަރުންގެ ރަޖިސްޓްރޭޝަން މައްސަލަ ހައްލު ކުރުމަށް ބަންގަލޭދޭޝް ސަރުކާރާއެކު ދަނީ މަޝްވަރާ ކުރަމުން: ފޮރިން މިނިސްޓްރީ

17 ޖެނުއަރީ 2017
މެޑިސިން ކިޔަވާ ދަރިވަރުންގެ ރަޖިސްޓްރޭޝަން މައްސަލަ ހައްލު ކުރުމަށް ބަންގަލޭދޭޝް ސަރުކާރާއެކު ދަނީ މަޝްވަރާ ކުރަމުން: ފޮރިން މިނިސްޓްރީ
15 ޖެނުއަރީ 2017

ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ

15 ޖެނުއަރީ 2017
ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ
13 ޖެނުއަރީ 2017

އިންސާފުވެރި އިންތިހާބަކަށް ގޮވާލައި ބޭއްވި އެއްވުމަށް ފުލުހުން ހުރަސްއަޅައިފި

13 ޖެނުއަރީ 2017
އިންސާފުވެރި އިންތިހާބަކަށް ގޮވާލައި ބޭއްވި އެއްވުމަށް ފުލުހުން ހުރަސްއަޅައިފި
13 ޖެނުއަރީ 2017

މިނިވަން އިންސާފުވެރި އިންތިޚާބެއް ހޯދުމަށް ގޮވާލައި އެމްޔޫއޯއިން އެއްވުމެއް ބާއްވަނީ

13 ޖެނުއަރީ 2017
 މިނިވަން އިންސާފުވެރި އިންތިޚާބެއް ހޯދުމަށް ގޮވާލައި އެމްޔޫއޯއިން އެއްވުމެއް ބާއްވަނީ
12 ޖެނުއަރީ 2017

ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް

12 ޖެނުއަރީ 2017
 ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް
11 ޖެނުއަރީ 2017

ރޯވި މަސްބޯޓުގައި ތިބި މީހުން ފެނިއްޖެ

11 ޖެނުއަރީ 2017
ރޯވި މަސްބޯޓުގައި ތިބި މީހުން ފެނިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް