Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިންޑިޔާގައި ބުރުގާއާ ދެކޮޅަށް ނިންމި ނިންމުން

ބުރުގާގެ މައްސަލަ ކުރިމަތިވުމުން ބަންދުކުރި ކަރުނާޓަކާގެ ބައެއް ސްކޫލްތައް ހުޅުވައިފި

14 ފެބުރުއަރީ 2022 | ހޯމަ 21:22

ސްކޫލްތަކަށް ކުދިން ވަންނަމުންދިޔައިރު ފުލުހުން ދިޔައީ އެސަރަހައްދުގެ ސަލާމަތީ ކަންކަން ބަލަހައްޓަމުން

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 14 ފެބުރުއަރީ 2022 | ހޯމަ 21:22
އުދުޕީގައި ހުރި ކޮލެޖެއް ކައިރިން މުސްލިމު ކިޔަވާ ކުއްޖަކު ހިނގާފައިދަނީ، އެސަރަހައްދަކީ ހަމަނުޖެހުން އެންމެ ބޮޑު ސަރަހައްދު

އުދުޕީގައި ހުރި ކޮލެޖެއް ކައިރިން މުސްލިމު ކިޔަވާ ކުއްޖަކު ހިނގާފައިދަނީ، އެސަރަހައްދަކީ ހަމަނުޖެހުން އެންމެ ބޮޑު ސަރަހައްދު

އިންޑިޔާގައި ތައުލީމުދޭ ތަންތަނަށް ބުރުގާ އަޅައިގެން ނުވަދެވޭ އުސޫލަށް އަމަލުކުރަން ފެށުމާއެކު އެޤައުމުގެ ދެކުނު ސްޓޭޓެއް ކަމުގައިވާ ކަރުނާޓަކާގައި ހިނގަމުންދާ މުޒާހަރާތައް ހޫނުވެ އެސްޓޭޓްގެ ސްކޫލްތަކާއި ކޮލެޖްތައް މިދިޔަ ހަފްތާގައި ވަގުތީ ގޮތުން ބަންދުކުރުމަށްފަހު ބައެއް ސްކޫލްތައް ހުޅުވައިފިއެވެ.

ސްކޫލްތަކަށް ކުދިން ވަންނަމުންދިޔައިރު ފުލުހުން ދިޔައީ އެސަރަހައްދުގެ ސަލާމަތީ ކަންކަން ބަލަހައްޓަމުންނެވެ. އުދުޕީގައި ހުރި ސަރުކާރުން ހިންގާ އަންހެން ކުދިންނަށް ކިޔަވައިދޭ ސްކޫލަށް ކުދިން ވަންނަމުން ދިޔައީ ބުރުގާ އަޅައިގެންނެވެ.

ޕްރައިމަރީ އާއި ހައި ސްކޫލްތައް އަލުން ހުޅުވާއިރު ކަމާބެހޭ އިދާރާތަކުން ވަނީ އެތަންތަނާއި 200 މީޓަރު ކައިރީގައި ފަސް މީހުންނަށް ވުރެ ގިނައިން ނުތިބެވޭ ގޮތް ހަދާފައެވެ. ސްކޫލްތައް ހުޅުވާލިނަމަވެސް ކޮލެޖްތައް ހުރީ އަދިވެސް ބަންދުކޮށްފައެވެ.

މިދިޔަ ހަފްތާގައި ކޯޓުން ވަނީ ކިޔަވާކުދިން އެއްވެސް ދީނަކާ ގުޅޭގޮތުން ހެދުން އަޅައިގެން ނުދިޔުމަށް އެދިފައެވެ. އެއީ ހިންދީން އަޅާ ސްކާފު ކަމުގައިވިޔަސް މުސްލިމުން އަޅާ ބުރުގާ ކަމުގައި ވިޔަސް އިތުރު އެންގުމެއް އެންގުމުގެ ކުރިން އެގޮތަށް އަމަލުކުރުމަށް ވަނީ އެދިފައެވެ.

ބުރުގާ އަޅައިގެން ސްކޫލްތަކަށް ނުވަދެވޭ މައްސަލައިގައި އެއީ ހައްޤެއްކަމަށް ބުނެ ދަރިވަރުންތަކެއް ވަނީ ކަރުނާޓަކާގެ ހައިކޯޓަށް ޕެޓިޝަނެއް ހުށަހަޅާފައެވެ. މިޕެޓިޝަންގެ އަޑުއެހުމެއް ހޯމަ ދުވަހު ބާއްވާފައިވާއިރު މި ޕެޓިޝަންގައި ލޯޔަރެއްގެ ގޮތުގައި މަސައްކަތްކުރަމުން އަންނަ ޑެވަޑަދް ކަމަޓް ބުނީ ސްކޫލަށް ވަނީއްސުރެވެސް އެކުދިން ދަނީ ބުރުގާ އަޅައިގެންކަމަށެވެ. އާންމު ގޮތެއްގައި ހުއްދަ ހޯދަނީ ސްކޫލް ޔުނީފޯމާ އެއް ކުލައަކުން ބުރުގާ އެޅުމަށްކަމަށް ލޯޔަރު ބުންޏެވެ.

މިދިޔަ ހަފްތާގައި ބައެއް ސްކޫލްތަކުން ވަނީ ބުރުގާ އަޅައިގެން ތިބި ކުދިން ސްކޫލަށް ވެއްދުމަށް ދެކޮޅު ހަދާފައެވެ. ސަބަބެއް ކަމަށް ބުނެފައިވަނީ އެއީ އިންޑިޔާގެ އެޑިޔުކޭޝަން މިނިސްޓްރީގެ ނިންމުންކަމަށެވެ.

އެއާއެކު ދަރިވަރުންނާއި ބެލެނިވެރިން ވަނީ އެނިންމުމާއި ދެކޮޅަށް މުޒާހަރާކުރަން ފަށާފައެވެ.

ބުރުގާގެ މައްސަލައިގައި ފާއިތުވި ދުވަސްތަކުގައި ވަނީ މަޝްރަހު ހޫނުވެފައެވެ. ވަކިން ޚާއްސަކޮށް ހިންދޫންގެ މެޖޯރިޓީ އޮންނަ ސަރަހައްދުތަކުގައި މައްސަލަ ވަނީ ހޫނުވެފައެވެ.

ވެރިކަން ކުރާ ބީޖޭޕީއަށް ބޮޑު ތާއީދެއް ހިންދީންގެ މެޖޯރިޓީ އޮންނަ ސިޓީތަކުގައި އޮވެއެވެ. އިންޑިޔާގެ އާބާދީގެ 80 އިންސައްތަ އަކީ ހިންދީންނެވެ. މުސްލިމުންގެ އާބާދީ އަކީ 13 އިންސައްތައެވެ. މޯދީ ވެރިކަމާއި ހަވާލުވެވަޑައިގެންނެވި ފަހުން އިންޑިޔާގެ މުސްލިމުންނަށް އަންނަނީ އެކިގޮތްގޮތަކުން ދަތިކޮށް ހިންދީންގެ ހައްދު ފަހަނައަޅާފައިވާ މީހުން ރުއްސުމަށް އެކި ޒާތުގެ ކަންކަން ކުރައްވަމުންނެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

5

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

އިތުރަށް ކިޔާލަން

07 މާރިޗު 2017

ސިހުރުހަދަން ކުޑަކުއްޖަކު މެރި މައްސަލައިގައި ތިން މީހުން ހައްޔަރުކޮށްފި

07 މާރިޗު 2017
ސިހުރުހަދަން ކުޑަކުއްޖަކު މެރި މައްސަލައިގައި ތިން މީހުން ހައްޔަރުކޮށްފި
03 މާރިޗު 2017

މުޒާހިރީން މެރި މައްސަލަ މުބާރަކްގެ މައްޗަށް ސާބިތެއް ނުވި

03 މާރިޗު 2017
މުޒާހިރީން މެރި މައްސަލަ މުބާރަކްގެ މައްޗަށް ސާބިތެއް ނުވި
28 ފެބުރުއަރީ 2017

ރަހީނެއްގެ ބޯ ބުރިކުރި މައްސަލައިގައި ރައީސް ޑުޓާޓޭ މަޢާފަށް އެދިވަޑައިގެންފި

28 ފެބުރުއަރީ 2017
ރަހީނެއްގެ ބޯ ބުރިކުރި މައްސަލައިގައި ރައީސް ޑުޓާޓޭ މަޢާފަށް އެދިވަޑައިގެންފި
25 ފެބުރުއަރީ 2017

ޕާކިސްތާނު މަތިންދާ ބޯޓަކަށް ގޮނޑިއަށް ވުރެ ގިނައިން ފަސިންޖަރުން އެރުވި މައްސަލަ ބަލަނީ

25 ފެބުރުއަރީ 2017
ޕާކިސްތާނު މަތިންދާ ބޯޓަކަށް ގޮނޑިއަށް ވުރެ ގިނައިން ފަސިންޖަރުން އެރުވި މައްސަލަ ބަލަނީ
24 ފެބުރުއަރީ 2017

ޑްރަގް ހަނގުރާމަ އާއި ދެކޮޅު ސެނެޓަރު ވެސް ޑްރަގް މައްސަލައިގައި ހައްޔަރުކޮށްފި

24 ފެބުރުއަރީ 2017
ޑްރަގް ހަނގުރާމަ އާއި ދެކޮޅު ސެނެޓަރު ވެސް ޑްރަގް މައްސަލައިގައި ހައްޔަރުކޮށްފި
23 ފެބުރުއަރީ 2017

ކިމްގެ މަރުގެ މައްސަލައިގައި މެލޭޝިއާގެ މައްޗަށް އުތުރުކޮރެއާއިން ތުހުމަތުކޮށްފި

23 ފެބުރުއަރީ 2017
ކިމްގެ މަރުގެ މައްސަލައިގައި މެލޭޝިއާގެ މައްޗަށް އުތުރުކޮރެއާއިން ތުހުމަތުކޮށްފި
22 ފެބުރުއަރީ 2017

ނަމްގެ މަރުގެ މައްސަލައިގައި ތުހުމަތު ކުރެެވޭ އެކަކީ އެމްބްސީގެ އޮފިޝަލެއް:މެލޭޝިއާ

22 ފެބުރުއަރީ 2017
ނަމްގެ މަރުގެ މައްސަލައިގައި ތުހުމަތު ކުރެެވޭ އެކަކީ އެމްބްސީގެ އޮފިޝަލެއް:މެލޭޝިއާ
18 ފެބުރުއަރީ 2017

ކިމް ޖޮންގ ނަމްގެ މަރުގެ މައްސަލައިގައި އިތުރު ފިރެހެނަކު ހައްޔަރުކޮށްފި

18 ފެބުރުއަރީ 2017
  ކިމް ޖޮންގ ނަމްގެ މަރުގެ މައްސަލައިގައި އިތުރު ފިރެހެނަކު ހައްޔަރުކޮށްފި
16 ފެބުރުއަރީ 2017

ފްލިންގެ މައްސަލަ ބެލުމަށް ރިޕަބްލިކަން ޕާޓީގެ އިސްބޭފުޅުން ވެސް ތާއީދު

16 ފެބުރުއަރީ 2017
ފްލިންގެ މައްސަލަ ބެލުމަށް ރިޕަބްލިކަން ޕާޓީގެ އިސްބޭފުޅުން ވެސް ތާއީދު
01 ފެބުރުއަރީ 2017

ފަލަސްތީނާއި އިޒްރޭލުގެ މައްސަލަ ހައްލު ކުރުމަށް ބައިނަލްއަގްވާމީ މުޖުތަަމައުގެ ރޯލް ކުޅެން ޖެހޭ: ބޮޑު ވަޒީރު ނަވާޒް ޝަރީފް

01 ފެބުރުއަރީ 2017
ފަލަސްތީނާއި އިޒްރޭލުގެ މައްސަލަ ހައްލު ކުރުމަށް ބައިނަލްއަގްވާމީ މުޖުތަަމައުގެ ރޯލް ކުޅެން ޖެހޭ: ބޮޑު ވަޒީރު ނަވާޒް ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް