Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުން

ކޮވިޑަށްފަހު ފަތުރުވެރިކަމުގެ އައު ރެކޯޑެއް

14 ފެބުރުއަރީ 2022 | ހޯމަ 09:54

ސަރުކާރުގެ މިއަހަރުގެ ޓާގެޓަކީ މިއަހަރު ނިމުމުގެ ކުރިން 1.6 މިލިއަން ޓޫރިސްޓުން ރާއްޖެ ގެނައުން

މުހައްމަދު ޔާސިރު މޫސާ
މުހައްމަދު ޔާސިރު މޫސާ | 14 ފެބުރުއަރީ 2022 | ހޯމަ 09:54
ރާއްޖެ އަންނަ ފަތުރުވެރިންގެ ތެރެއިން ޗައިނާ ފަތުރުވެރިންތަކެއް

ރާއްޖެ އަންނަ ފަތުރުވެރިންގެ ތެރެއިން ޗައިނާ ފަތުރުވެރިންތަކެއް

ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި ބޭއްވުމަށްފަހު އަލުން ހުޅުވާލިފަހުން ރާއްޖެއަށް އަންނަ ފަތުރުވެރީންގެ އަދަދު އިތުރުވެ އައު ރެކޯޑެއް ހަދައިފިއެވެ.

ބޯޑަރު ހުޅުވާލިފަހުން އެއް ދުވަސްތެރޭގައި ރާއްޖެއަށް އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން އައިސްފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހުއެވެ. އެދުވަހު ޖުމްލަ 7،098 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ. ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން މިމަހުގެ 12 ވަނަ ދުވަހު 7،668 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ. މިއީ ކޮވިޑުގެ ފަހުން އެއް ދުވަސްތެރޭގައި ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރި ދުވަހެވެ.

ފާއިތުވި ޖެނުއަރީ މަހާއި އަޅާ ބަލާއިރު މިމަހުގެ ތެރޭގައި ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު ވަނީ އިތުރުވެފައެވެ. އެގޮތުން މިދިޔަ މަހުގެ މިހާތަނާއި އަޅާބަލާއިރު، މިމަހުގެ މިހާތަނަށް ރާއްޖެއަށް މިހާރު އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރަނީ ރަޝިޔާއިންނެވެ. އެގޮތުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ 16.2 އިންސައްތަ ހިއްސާ ކުރަނީ ރަޝިޔާއިންނެވެ. ދެވަނައަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ރާއްޖެއަށް އަންނަނީ އިނގިރޭސިވިލާތުންނެވެ. ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ 11.3 އިންސައްތަ ހިއްސާ ކުރަނީ އިނގިރޭސިވިލާތުންނެވެ. ތިންވަނައަށް އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ އިންޑިއާއިންނެވެ. ރާއްޖެ އަންނަ ފަތުރުވެރިންގެ 8.3 އިންސައްތަ ހިއްސާ ކުރަނީ އިންޑިއާއިންނެވެ.

މިހާރު އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް 4،831 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރެއެވެ. އަދި އާންމު ގޮތެއްގައި އެވްރެޖްކޮށް ނުވަ ދުވަހުގެ މުއްދަތަކަށް ރާއްޖޭގައި މަޑުކުރެެވެ. މިމަހުގެ 12 ވަނަ ދުވަހާއި ހަމައަށް ޖުމްލަ 189،734 ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ. މީގެ ތެރެއިން ޖެނުއަރީ މަހު ރާއްޖެ ޒިޔާރަތްކޮށްފައި ވަނީ 131،764 ފަތުރުވެރިންނެވެ. އަދި މިމަހުގެ މިހާތަނަށް 57،970 ފަތުރުވެރިއަކު ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ.

ސަރުކާރުގެ މިއަހަރުގެ ޓާގެޓަކީ މިއަހަރު ނިމުމުގެ ކުރިން 1.6 މިލިއަން ޓޫރިސްޓުން ރާއްޖެ ގެނައުމެވެ. މި އަމާޒަށް ވާސިލުވުމަށްޓަކައި ރާއްޖެ އިޝްތިހާރުކުރުމުގެ ގިނަ މަސައްކަތްތަކެއް ސަރުކާރުން އަންނަނީ ކުރަމުންނެވެ.

އެންމެ ހިނގާ

1

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

2

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

3

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

4

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

5

ޓްރަމްޕް ދަތުރު ކުރެއްވި ހެލިކޮޕްޓަރާއި މަތިންދާބޯޓެއް ވައިގެ ތެރޭގައި ނުރައްކާތެރި މިންވަރަކަށް ކައިރިވި ހާދިސާއެއް!

އިތުރަށް ކިޔާލަން

21 އޮކްޓޯބަރު 2017

ޕާރމިއުމަރީސްގެ އައު ޝޯވްރޫމެއް ހުޅުމާލޭގައި ހުޅުވައިފި

21 އޮކްޓޯބަރު 2017
ޕާރމިއުމަރީސްގެ އައު ޝޯވްރޫމެއް ހުޅުމާލޭގައި ހުޅުވައިފި
02 އޮކްޓޯބަރު 2017

އެލް މޯބައިލްގެ އައު ފިހާރައެއް އަނެއްކާވެސް ހުޅުމާލޭގައި ހުޅުވައިފި

02 އޮކްޓޯބަރު 2017
އެލް މޯބައިލްގެ އައު ފިހާރައެއް އަނެއްކާވެސް ހުޅުމާލޭގައި ހުޅުވައިފި
21 ސެޕްޓެމްބަރު 2017

"ދަ ގެސްޓް"ގެ އައު ޝޯވްރޫމެއް ހުޅުމާލޭގައި ހުޅުވައިފި

21 ސެޕްޓެމްބަރު 2017
"ދަ ގެސްޓް"ގެ އައު ޝޯވްރޫމެއް ހުޅުމާލޭގައި ހުޅުވައިފި
19 ސެޕްޓެމްބަރު 2017

އެމްޓީސީސީގެ އޮޕަރޭޝަންސްތައް ރަގަޅު ކުރުމަށް އައު ޓަގްބޯޓަކާއި ބާޖެއް ގެނެސްފި

19 ސެޕްޓެމްބަރު 2017
އެމްޓީސީސީގެ އޮޕަރޭޝަންސްތައް ރަގަޅު ކުރުމަށް އައު ޓަގްބޯޓަކާއި ބާޖެއް ގެނެސްފި
18 ސެޕްޓެމްބަރު 2017

XLގެ އައު ރޭންޖެއް ބީއެޗްއެމްއިން ބާޒާރަށް ނެރެފި

18 ސެޕްޓެމްބަރު 2017
XLގެ އައު ރޭންޖެއް ބީއެޗްއެމްއިން ބާޒާރަށް ނެރެފި
14 ސެޕްޓެމްބަރު 2017

ޕިއްޒާ ބޯނާގެ އިތުރު އައުޓްލެޓް ހުޅުވައިފި

14 ސެޕްޓެމްބަރު 2017
ޕިއްޒާ ބޯނާގެ އިތުރު އައުޓްލެޓް ހުޅުވައިފި
29 އޯގަސްޓު 2017

ޔޫރޯ ސްޓޯރގެ އައު ފިހާރަ ހުޅުވައިފި

29 އޯގަސްޓު 2017
ޔޫރޯ ސްޓޯރގެ އައު ފިހާރަ ހުޅުވައިފި
12 ޖުލައި 2017

ޓީޓީއެމް އަކީ ފަތުރުވެރިކަމުގެ ދައިރާގެ ވިޔަފާރިތަށް އިޝްތިހާރު ކުރުމަށް ލިބިގެންދާ ރަނުގެ ފުރުސަތެއް: ވިޔަފާރިވެރިން

12 ޖުލައި 2017
ޓީޓީއެމް އަކީ ފަތުރުވެރިކަމުގެ ދައިރާގެ ވިޔަފާރިތަށް އިޝްތިހާރު ކުރުމަށް ލިބިގެންދާ ރަނުގެ ފުރުސަތެއް: ވިޔަފާރިވެރިން
27 އެޕްރީލު 2017

ހުޅުމާލޭގައި މުޅިން އައު އުރީދޫގެ އެކްސްޕީރިއަންސް ސެންޓަރެއް ހުޅުވައިފި

27 އެޕްރީލު 2017
ހުޅުމާލޭގައި މުޅިން އައު އުރީދޫގެ އެކްސްޕީރިއަންސް ސެންޓަރެއް ހުޅުވައިފި
05 މާރިޗު 2017

އޭއެޗް ބްރަދާސްގެ އައު ފިހާރައެއް ހުޅުވައިފި

05 މާރިޗު 2017
އޭއެޗް ބްރަދާސްގެ އައު ފިހާރައެއް ހުޅުވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް