Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޖަރުމަނު ލީގު

ބަޔާނުން ބޯކުމް އަތްދަށުވެއްޖެ

13 ފެބުރުއަރީ 2022 | އާދީއްތަ 13:46

ބޯކުމް އަތުން ބަޔާން ބަލިވީ 4-3 ގެ ނަތީޖާއަކުން

އަތޫފް އާތިފް
އަތޫފް އާތިފް | 13 ފެބުރުއަރީ 2022 | އާދީއްތަ 13:46
ޖަރުމަނު ލީގުގައި ބޯކުމް އާއި ބަޔާން ބައްދަލުކުރި މެޗުގެ ތެރެއިން

ޖަރުމަނު ލީގުގައި ބޯކުމް އާއި ބަޔާން ބައްދަލުކުރި މެޗުގެ ތެރެއިން

ޖަރުމަނު ލީގުގައި ވީއެފްއެލް ބޯކުމް އެންމެ ފަހުގެ ޗެމްޕިއަން ބަޔާން މިއުނިކް ބަލިކޮށްފިއެވެ،

ރަށުން ބޭރުގައި ކުޅުނު މި މެޗު ބޯކުމް ކާމިޔާބުކުރީ 4-2 ގެ ނަތީޖާއަކުންނެވެ.

މިއީ މިދިޔަ 18 އަހަރު ތެރޭގައި ބަޔާން އަތުން ބޯކުމް އަށް ލިބުނު ފުރަތަމަ މޮޅެވެ. މީގެ ކުރިން 2018 ވަނަ އަހަރުގައި ބޯކުމް ވަނީ ބަޔާން އަތުން މޮޅުވެފައެވެ.

މި މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނަގާފައިވަނީ ބަޔާންއެވެ. މި ލަނޑު ބަޔާންއަށް ކާމިޔާބު ކޮށްދިނީ އިތުބާރު ފޯވާޑް ރޮބާޓް ލެވަންޑޯސްކީއެވެ. މިއީ ކިންގްސްލީ ކޯމަންގެ އެހީތެރިކަމާއެކު އޭނާ ކާމިޔާބުކުރި ލަނޑެކެވެ. އެކަމަކު މެޗުގެ 14 ވަނަ މިނެޓުގައި ބޯކުމް އިން ވަނީ ލަނޑު ޖަހާ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ކްރިސްޓޮފާ އަންޓްވީ އަޖޭއިއެވެ. އޭގެ ފަހުން މެޗުގެ 37 ވަނަ މިނެޓުގައި ބޯކުމް އިން ވަނީ ލަނޑު ޖަހާ ލީޑު ނަގައިފައެވެ. ލިބުނު ޕެނަލްޓީއަކުން މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ޔާގެން ލޮކާޑިއާއެވެ.އޭގެ ދެ މިނެޓު ފަހުން ބޯކުމް އިން ވަނީ ލީޑު ފުޅާކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ކްރިސްޓިއަން ގަމްބޯއާއެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން ބޯކުމް އިން ވަނީ ހަތަރުވަނަ ލަނޑު ޖަހައިފައެވެ. މެޗުގެ 43 ވަނަ މިނެޓުގައި މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ގެރިޓް ހޯލްޓްމަންއެވެ.

ދެވަނަ ހާފުގައި ބަޔާނުން ކުޅުން ރަނގަޅުކޮށް ބޯކުމްގެ ހާފަށް ނުރައްކާކުރިއިރު މެޗުގެ 75 ވަނަ މިނެޓުގައި ބަޔާނުން ވަނީ ލަނޑު ޖަހާ ފަރަގު ކުޑަކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ވެސް ލެވަންޑޯސްކީއެވެ.

މި ނަތީޖާއާއެކު ބަޔާނުން ލީގު ތާވަލުގެ އެއްވަނައިގައި އޮތީ ކުޅުނު 22 މެޗުން 52 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނައިގައި އޮތް ބޮރޫޝިއާ ޑޯޓުމުންޑަށް 21 މެޗުން ލިބިފައިވަނީ 43 ޕޮއިންޓެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

13 ނޮވެމްބަރު 2019

ބަޔާނުން ގާޑިއޯލާ އަނބުރާ ގެންނަން ބޭނުންވޭ!

13 ނޮވެމްބަރު 2019
ބަޔާނުން ގާޑިއޯލާ އަނބުރާ ގެންނަން ބޭނުންވޭ!
04 ނޮވެމްބަރު 2019

ބޮޑު ބައްޔާ އެކު ބަޔާނުން ކޯޗު ވަކިކޮށްފި

04 ނޮވެމްބަރު 2019
ބޮޑު ބައްޔާ އެކު ބަޔާނުން ކޯޗު ވަކިކޮށްފި
10 ޖޫން 2019

ބަޔާނުން ސާނޭ ގަތުމަށް 100 މިލިއަން ޔޫރޯ ހުށަހަޅަން އެއްބަސްވެއްޖެ

10 ޖޫން 2019
ބަޔާނުން ސާނޭ ގަތުމަށް 100 މިލިއަން ޔޫރޯ ހުށަހަޅަން އެއްބަސްވެއްޖެ
15 މެއި 2019

ބަޔާނުން ސާނޭ ހޯދުމުގެ މަސައްކަތް ފަށައިފި

15 މެއި 2019
ބަޔާނުން ސާނޭ ހޯދުމުގެ މަސައްކަތް ފަށައިފި
16 ނޮވެމްބަރު 2018

ބަޔާނުން ރަމްސީ އަށް ފާރަލަނީ

16 ނޮވެމްބަރު 2018
ބަޔާނުން ރަމްސީ އަށް ފާރަލަނީ
28 އޮކްޓޯބަރު 2018

ބުންޑަސްލީގާ: މެއިންޒް ބަލިކޮށް ބަޔާނުން ފަރަގު ކުޑަކޮށްފި

28 އޮކްޓޯބަރު 2018
ބުންޑަސްލީގާ: މެއިންޒް ބަލިކޮށް ބަޔާނުން ފަރަގު ކުޑަކޮށްފި
13 މާރިޗު 2018

ރޮބެން އަދި ރިބެރީގެ ކޮންޓްރެކްޓް ބަޔާނުން އާކުރަނީ

13 މާރިޗު 2018
ރޮބެން އަދި ރިބެރީގެ ކޮންޓްރެކްޓް ބަޔާނުން އާކުރަނީ
02 ނޮވެމްބަރު 2017

އޭއެފްސީ 19 އަހަރުން ދަށުގެ މުބާރާތް: ފަހު ވަގުތު ރާއްޖެ ބަންގަލްދޭޝް އަތްދަށުވެއްޖެ

02 ނޮވެމްބަރު 2017
އޭއެފްސީ 19 އަހަރުން ދަށުގެ މުބާރާތް: ފަހު ވަގުތު ރާއްޖެ ބަންގަލްދޭޝް އަތްދަށުވެއްޖެ
01 ނޮވެމްބަރު 2017

ޗެމްޕިއަންސް ލީގު: ޔުނައިޓެޑް ދެވަނަ ބުރަށް، ބަސެލް ސީއެސްކޭއޭ އަތްދަށުވެއްޖެ

01 ނޮވެމްބަރު 2017
ޗެމްޕިއަންސް ލީގު: ޔުނައިޓެޑް ދެވަނަ ބުރަށް، ބަސެލް ސީއެސްކޭއޭ އަތްދަށުވެއްޖެ
09 އެޕްރީލު 2017

ޑޯޓްމަންޑް ބަލިކޮށް ބަޔާނުން ތާވަލުގެ އެއްވަނަ އަށް

09 އެޕްރީލު 2017
ޑޯޓްމަންޑް ބަލިކޮށް ބަޔާނުން ތާވަލުގެ އެއްވަނަ އަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް