Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔުއެފާ ޗެމްޕިއަންސް ލީގު

ޗެމްޕިއަންސް ލީގު: ޔުނައިޓެޑް ދެވަނަ ބުރަށް، ބަސެލް ސީއެސްކޭއޭ އަތްދަށުވެއްޖެ

1 ނޮވެމްބަރު 2017 | ބުދަ 08:32

ބެންފީކާއާ ދެކޮޅަށް ކުޅުނު މެޗު ޔުނައިޓެޑުން ކާމިޔާބު ކޮށްފައި ވަނީ 2-0 ގެ ނަތީޖާއަކުން

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 1 ނޮވެމްބަރު 2017 | ބުދަ 08:32
ޑޭލީ ބްލިންޑް ޕެނަލްޓީ ޖަހަނީ - މި މެޗުން މޮޅުވެ ޔުނައިޓެޑް ވަނީ ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުކޮށްފައި

ޑޭލީ ބްލިންޑް ޕެނަލްޓީ ޖަހަނީ - މި މެޗުން މޮޅުވެ ޔުނައިޓެޑް ވަނީ ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުކޮށްފައި

ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުން މެންޗެސްޓާ ޔުނައިޓެޑް ޖާގަ ހޯދިއިރު އެފްސީ ބަސެލް ސީއެސްކޭއޭ މޮސްކޯ އަތްދަށު ވެއްޖެއެވެ.

ޗެމްޕިއަންސް ލީގުގެ ގްރޫޕް "އޭ" ގައި އަމިއްލަ ދަނޑުގައި ޕޯޗުގަލްގެ ބެންފީކާއާ ދެކޮޅަށް ކުޅުނު މެޗު ޔުނައިޓެޑުން ކާމިޔާބު ކޮށްފައި ވަނީ 2-0 ގެ ނަތީޖާ އަކުންނެވެ. ދެ ޓީމުގެ ފަރާތުން ވެސް ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ދެ ޓީމުން ވެސް ވަނީ ލަނޑު ޖެހުމަށް ރަނގަޅު ފުރުސަތުތަކެއް ތަނަވަސް ކޮށްފައެވެ. މި ދެ ޓީމު، މީގެ ކުރިން އޮކްޓޯބަރު މަހުގެ 18 ވަނަ ދުވަހު ކުޅުނު މެޗު ނިމިފައި ވަނީ 1-0 އިން ޔުނައެޓެޑްގެ ކޮޅަށް ބުރަ ވެގެންނެވެ.

މެޗުގެ 15 ވަނަ މިނެޓުގައި ޔުނައިޓެޑްގެ އެންތަނީ މާޝިއާލްއަށް ބެންފީކާގެ އޭރިއާ ތެރެއިން ފައުލް ކުރުމާ ގުޅިގެން ރެފްރީ ދިން ޕެނަލްޓީ މާޝިއާލް ފޮނުވާލުމުން ބެންފީކާގެ ޒުވާން ކީޕަރު މައިލް ސްލިވާ ވަނީ ދިފާއުކޮށްފައެވެ. ޔުނައިޓެޑަށް ޕެނަލްޓީ ލިބުނުތާ ތިން މިނެޓު ތެރޭ ބެންފީކާގެ ޑިއޭގޯ ގޮންކަލްވޭސް ފޮނުވާލި ހަމަލާ ޑެހޭއާ ވަނީ ދިފާއުކޮށްފައެވެ. ޔުނައިޓެޑަށް މެޗުގެ ލީޑު ލިބިގެން ދިޔައީ ފުރަތަމަ ހާފުގެ އެންމެ ފަހު މިނެޓުގައި އޭރިއާ ބޭރުން މަޓިޗް ފޮނުވާލި ބާރު ހަމަލާ ގޯލުގެ ދަނޑީގައި ޖެހުމަށް ފަހު ރީބައުންސަށް ނުކުތް ވަގުތު ބެންފީކާގެ ކީޕަރުގެ ގައިގައި ޖެހިފައި ގޯލުގެ ތެރެއަށް ވަނުމުންނެވެ.

ފުރަތަމަ ހާފު 1-0 އަކުން ޔުނައިޓެޑް ކުރީގައި އޮވެގެން ނިމިގެން ދިޔައިރު ބެންފީކާއިން ވަނީ ދެވަނަ ހާފުގައި އެ ޓީމުގެ ކުޅުން އިތުރަށް ރަނގަޅުކޮށް ލަނޑު ޖެހުމަށް ފުރުސަތު ތަނަވަސް ކޮށްފައެވެ. އެގޮތުން މެޗުގެ 66 ވަނަ މިނެޓުގައި ރައުލް ހިމެނޭޒް ފޮނުވާލި ހަމަލާ އަމާޒުވެފައި ވަނީ ޔުނައިޓެޑްގެ ގޯލުގެ ދަނޑިއަށެވެ. ޔުނައިޓެޑަށް މެޗުގައި އެ ޓީމުގެ ލީޑު ފުޅާކޮށްދިނީ ޑިފެންޑަރު ޑޭލީ ބްލިންޑްއެވެ. މި ލަނޑަކީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެންއެރި މާކަސް ރަޝްފޯޑަށް ބެންފީކާގެ ޕެނަލްޓީ އޭރިއާ ތެރެއިން ފައުލް ކުރުމާ ވިދިގެން ލިބުނު ޕެނަލްޓީއަކުން އޭނާ ކާމިޔާބުކުރި ލަނޑެކެވެ.

މި ގްރޫޕުގެ ދެވަނަ މެޗުގައި ރަޝިއާގެ ސީއެސްކޭއޭ މޮސްކޯ ވަނީ ރަށުން ބޭރުގައި ސުވިޓްޒަލޭންޑުގެ އެފްސީ ބަސެލްއާ ދެކޮޅަށް ކުޅުނު މެޗު 2-1 ގެ ނަތީޖާއަކުން ކާމިޔާބު ކޮށްފައެވެ. މި މަހުގެ 18 ވަނަ ދުވަހު މި ދެ ޓީމު ވާދަކުރި މެޗު ނިމިފައި ވަނީ 2-0 ގެ ނަތީޖާއަކުން ބަސެލްގެ މައްޗަށް ބުރަވެގެން ކަމުގައިވާއިރު މި މެޗުގެ ވެސް ފުރަތަމަ ލަނޑު ޖަހާ ލީޑު ނަގާފައި ވަނީ އެ ޓީމުންނެވެ. އެގޮތުން މުހައްމަދު އެލްޔޫނުސީ ތަނަވަސް ކޮށްދިން ފުރުސަތެއްގައި މި ލަނޑު އެ ޓީމަށް ޖަހައިދިނީ ލޫކަސް ޒުފީއެވެ.

ފުރަތަމަ ހާފު 1-0 ގެ ނަތީޖާއަކުން ބަސެލް ކުރީގައި އޮވެގެން ނިމުނުއިރު ދެވަނަ ހާފުގައި ސީއެސްކޭއޭއިން ވަނީ ދެ ލަނޑު ޖަހައި މެޗުގެ ނަތީޖާ އަނބުރާލާފައެވެ. އެގޮތުން އެ ޓީމުގެ ފުރަތަމަ ލަނޑު ބެބްރާސް ނާޗޯ ތަނަވަސް ކޮށްދިން ފުރުސަތެއްގައި އެލަން ޒަގޮއޭވް ޖަހައިދިން އިރު 79 ވަނަ މިނެޓުގައި ޕޮންޓަސް ވާންބްލޫމް ވަނީ ލަނޑެއް ޖަހައި އެ ޓީމުގެ ކޮޅަށް ނަތީޖާ އަނބުރާލަ ދީފައެވެ.

މި ގްރޫޕުގައި ހުރިހާ ޓީމެއް ވެސް ތިން މެޗު ކުޅެފައިވާއިރު ޕޮއިންޓް ތާވަލުގެ އެއްވަނައިގައި ބާރަ ޕޮއިންޓާ އެކު އޮތީ މެންޗެސްޓާ ޔުނައިޓެޑްއެވެ. ދެވަނައިގައި ހަ ޕޮއިންޓާއެކު ބަސެލް އޮތްއިރު ތިން ވަނައިގައި ހަ ޕޮއިންޓާއެކު ލަނޑުގެ ތަފާތުން އޮތީ ސީއެސްކޭއޭ މޮސްކޯއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ހަތަރުވަނަ ބުރުގައި ޔުނައިޓެޑް ބައްދަލުކުރާނީ ވިގަންއާ

10 ޖެނުއަރީ 2017
ހަތަރުވަނަ ބުރުގައި ޔުނައިޓެޑް ބައްދަލުކުރާނީ ވިގަންއާ
08 ޖެނުއަރީ 2017

އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް

08 ޖެނުއަރީ 2017
އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް
07 ޖެނުއަރީ 2017

ޔަންގޮން ޔުނައިޓެޑްގެ ކުރީގެ ކޯޗު ސެކުލޮސްކީ މާޒިޔާ އަށް ސޮއިކޮށްފި

07 ޖެނުއަރީ 2017
ޔަންގޮން ޔުނައިޓެޑްގެ ކުރީގެ ކޯޗު ސެކުލޮސްކީ މާޒިޔާ އަށް ސޮއިކޮށްފި
06 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

06 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި
04 ޖެނުއަރީ 2017

ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ

04 ޖެނުއަރީ 2017
ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ
04 ޖެނުއަރީ 2017

ޔުނައިޓެޑް ދޫކޮށްލަން ބޭނުންވާ ކަމަށް ޑިޕޭ ބުނެފި

04 ޖެނުއަރީ 2017
ޔުނައިޓެޑް ދޫކޮށްލަން ބޭނުންވާ ކަމަށް ޑިޕޭ ބުނެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް