Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއާރޮން ރަމްސީ

ބަޔާނުން ރަމްސީ އަށް ފާރަލަނީ

އާސެނަލްއާއެކު ރަމްސީ ހަދާފައިވާ އެއްބަސްވުން އަންނަ ސީޒަނުގައި ހަމަވޭ

އައިޝަތު ޝާނީ
އައިޝަތު ޝާނީ | 16 ނޮވެމްބަރު 2018 | ހުކުރު 23:36
އާސެނަލް އަށް ކުޅެމުން އަންނަ އާރޮން ރަމްސީ

އާސެނަލް އަށް ކުޅެމުން އަންނަ އާރޮން ރަމްސީ

ބަޔާން މިއުނިކުން އާސެނަލް އަށް ކުޅެމުން އަންނަ އާރޮން ރަމްސީ އަށް ފާރަލަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ޑެއިލީ މެއިލް އިން ބުނީ ކުރިޔަށް އޮތް ޖެނުއަރި ޓްރާންސްފާގައި ރަމްސީ ހޯދުމަށް ބަޔާނުން މަސައްކަތް ކުރަމުން އަންނަ ކަމަށާއި، އެގޮތުން އެ ކްލަބުން އޭނާ އަށް ފާރަލަމުން އަންނަ ކަމަށެވެ.

ކުރިޔަށް އޮތް ސީޒަނަށްފަހު އާސެނަލްއާއެކު ރަމްސީ ހަދާފައިވާ އެއްބަސްވުން ހަމަވާއިރު، ބެލެވޭ ގޮތުގައި މި ޓްރާންސްފާގައި އޭނާ އެހެން ކްލަބަކަށް ބަދަލުވާނެ ކަމަށް ބެލެވެއެވެ.

ކާޑިފް ސިޓީން 2006 ވަނަ އަހަރު ކެރިޔަރު ފެށި ރަމްސީ ވަނީ އެ ކްލަބަށް 22 މެޗު ކުޅެ ދެ ލަނޑު ކާމިޔާބުކޮށްފައެވެ. ކާޑިފް ދޫކޮށް ރަމްސީ އާސެނަލް އަށް ބަދަލުވީ 2008 ވަނަ އަހަރެވެ.

ރަމްސީ ވަނީ އާސެނަލްއާއެކު ހޭދަކުރި 10 ސީޒަނުގައި އެޓީމަށް މިހާތަނަށް ކުޅުނު 343 މެޗުގައި 59 ލަނޑު ކާމިޔާބުކޮށްފައެވެ. އޭނާ ވަނީ އެޓީމާއެކު ތިން އެފްއޭކަޕް އަދި ދެ އެފްއޭ ކޮމިއުނިޓީ ޝިލްޑް ކާމިޔާބުކޮށްފައެވެ. އާސެނަލްގެ މޮޅު ކުޅުންތެރިޔާގެ މަގާމު ދެ ފަހަރެއްގެ މަތިން ހޯދާފަވާ ރަމްސީ ވަނީ ވޭލްސްގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ދެ ފަހަރު ހޯދާފައެވެ. މީގެއިތުރުން ރަމްސީ ވަނީ ވޭލްސް ގައުމީ ޓީމަށް މިހާތަނަށް ކުޅުނު 56 މެޗުގައި 14 ލަނޑު ކާމިޔާބުކޮށްފައެވެ.

އިތުރަށް ކިޔާލަން

02 ޖެނުއަރީ 2019

ޖެނުއަރީ ޓްރާންސްފާގައި ރަމްސީ އާސެނަލް ދޫކޮށްލާނެ ކަމަށް ނުބެލެވޭ: އެމެރީ

02 ޖެނުއަރީ 2019
ޖެނުއަރީ ޓްރާންސްފާގައި ރަމްސީ އާސެނަލް ދޫކޮށްލާނެ ކަމަށް ނުބެލެވޭ: އެމެރީ
23 ޑިސެމްބަރު 2018

ރަމްސީ ހޯދުމުގެ ރޭހުގައި ޔުވަންޓަސް ވެސް ބައިވެރިވެއްޖެ

23 ޑިސެމްބަރު 2018
ރަމްސީ ހޯދުމުގެ ރޭހުގައި ޔުވަންޓަސް ވެސް ބައިވެރިވެއްޖެ
09 ޑިސެމްބަރު 2018

ވެލްބެކަށް ގަލަސަތަރާއި އިން ފާރަލަނީ!

09 ޑިސެމްބަރު 2018
ވެލްބެކަށް ގަލަސަތަރާއި އިން ފާރަލަނީ!
02 ޑިސެމްބަރު 2018

ބާސާ އިން ކޮމްޕެނީ އަށް ފާރަލަނީ!

02 ޑިސެމްބަރު 2018
ބާސާ އިން ކޮމްޕެނީ އަށް ފާރަލަނީ!
08 ނޮވެމްބަރު 2018

އިންޓަ އިން މާޝިއާލް އަށް ފާރަލަނީ!

08 ނޮވެމްބަރު 2018
އިންޓަ އިން މާޝިއާލް އަށް ފާރަލަނީ!
28 އޮކްޓޯބަރު 2018

ބުންޑަސްލީގާ: މެއިންޒް ބަލިކޮށް ބަޔާނުން ފަރަގު ކުޑަކޮށްފި

28 އޮކްޓޯބަރު 2018
ބުންޑަސްލީގާ: މެއިންޒް ބަލިކޮށް ބަޔާނުން ފަރަގު ކުޑަކޮށްފި
22 އޮކްޓޯބަރު 2018

ރެއާލުން އިބްރަހަމޮވިޗަށް ފާރަލަނީ!

22 އޮކްޓޯބަރު 2018
ރެއާލުން އިބްރަހަމޮވިޗަށް ފާރަލަނީ!
13 މާރިޗު 2018

ރޮބެން އަދި ރިބެރީގެ ކޮންޓްރެކްޓް ބަޔާނުން އާކުރަނީ

13 މާރިޗު 2018
ރޮބެން އަދި ރިބެރީގެ ކޮންޓްރެކްޓް ބަޔާނުން އާކުރަނީ
14 ނޮވެމްބަރު 2017

ވޮޓްފޯޑުގެ ކޯޗަށް އެވަޓަންއިން ފާރަލަނީ!

14 ނޮވެމްބަރު 2017
ވޮޓްފޯޑުގެ ކޯޗަށް އެވަޓަންއިން ފާރަލަނީ!
09 އެޕްރީލު 2017

ޑޯޓްމަންޑް ބަލިކޮށް ބަޔާނުން ތާވަލުގެ އެއްވަނަ އަށް

09 އެޕްރީލު 2017
ޑޯޓްމަންޑް ބަލިކޮށް ބަޔާނުން ތާވަލުގެ އެއްވަނަ އަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު