Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެބޮޑީވޯން ކެމެރާ ބޭނުންކުރަން ފެށުން

ބޮޑީވޯން ކެމެރާއަކީ ރައްޔިތުންނާއި ފުލުހުންނަށްވެސް ރައްކާތެރިކަން ލިބިދޭނެ މުހިއްމު ވަސީލަތެއް: މިނިސްޓަރ

13 ފެބުރުއަރީ 2022 | އާދީއްތަ 08:49

މިއީ ފުލުހުންގެ މުއައްސަސާ ރިފޯރމް ކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އުސް ހަރުފަތަކަށް ވާސިލުވެވުނު ދުވަހެއް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 13 ފެބުރުއަރީ 2022 | އާދީއްތަ 08:49
ބޮޑީވޯން ނުވަތަ ގައިގަ ހަރުކޮށްފަ ހުންނަ ކެމެރާ ބޭނުން ކުރުން ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރ އިމްރާން ވާހަކަ ދައްކަވަނީ

ބޮޑީވޯން ނުވަތަ ގައިގަ ހަރުކޮށްފަ ހުންނަ ކެމެރާ ބޭނުން ކުރުން ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރ އިމްރާން ވާހަކަ ދައްކަވަނީ

ބޮޑީވޯން ކެމެރާއަކީ ރައްޔިތުންނާއި ފުލުހުންނަށްވެސް ރައްކާތެރިކަން ލިބިދޭނެ މުހިއްމު ވަސީލަތެއްކަމަށް ހޯމް މިނިސްޓަރ ޝެއިޙް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ދިވެހި ފުލުހުންގެ ހިދުމަތުގައި އަލަށް ބޭނުންކުރަން ފެށު ބޮޑީވޯން ނުވަތަ ގައިގަ ހަރުކޮށްފަ ހުންނަ ކެމެރާ ބޭނުން ކުރުން ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ އިމްރާން ވިދާޅުވީ، މި ޕްރޮޖެކްޓަކީ މި ސަރުކާރު ވެރިކަމަށް އައިއިރު ކެމްޕޭން ދުވަސްވަރުން ފެށިގްން އެކި މަރުޙަލާތަކުގައި ސަރުކާރުން ކޮށްފައިވާ މުހިއްމު މަސައްކަތެއް ކަމަށެވެ. މިނިސްޓަރ ވިދާޅުވީ މިއީ ފުލުހުންގެ މުއައްސަސާ ރިފޯރމް ކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އުސް ހަރުފަތަކަށް ވާސިލުވެވުނު ދުވަހެއް ކަމަށެވެ.

Advertisement - newsAdvertisement

މިނިސްޓަރ ވިދާޅުވީ، ޒަމާނީ މުއައްސަސާއަަކަށް ފުލުހުންގެ މުއައްސަސާ ހެދުމަށްޓަކައި ކުރެވޭ އެންމެ މުހިއްމު އެއް މަސައްކަތަކީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ކުރާ މަސައްކަތްތައް ކަމަށެވެ. އެކަމަށް ސަރުކާރުންވެސް ޚާއްސަ އިސްކަމެއްދޭކަން ފާހަގަ ކުރައްވައި މިނިސްޓަރ ވިދާޅުވީ، 5 އަހަރުގެ ސްޓެރެޓިޖިކް ޕްލޭންގެ ތެރޭގައި ހިމަނުއްވައިގެން މިކަން ޙާސިލު ކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ.

ބޮޑީވޯން ކެމެރާގެ ސަބަބުން އެންމެ މުހިއްމު ފައިދާއެއް ކުރާނީ ރައްޔިތުންނަށްކަން ފާހަގަ ކުރައްވައި މިނިސްޓަރ އިތުރަށް ވިދާޅުވީ، އެކި ޙާލަތްތަކާއި ކުރިމަތިލާންޖެހޭ ރައްޔިތުމީހާއެކޭ އެއްގޮތަށް ފުލުސް އޮފިސަރަށްވެސް ރައްކާތެރިކަން ލިބިދޭ ކަމަށެވެ. އެގޮތުން ފުލުހުންނަށް ކުރިމަތިވާ ތުހުމަތުތަކުގެ ސާފު ޙައްލެއް މި ވަސީލަތްތަކުގެ ޒަރިއްޔާއިން ލިބިގެންދާނެކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ. މިއީ މައްސަލައިގެ ޙަޤީޤަތް ހާމަވެ، ޒިންމާ ނަގަންޖެހޭ ފަރާތްތައް ޒިންމާދާރު ކުރެވޭނެ ވަސީލަތެއްކަން ފާހަގަ ކުރައްވައި މިނިސްޓަރ ވަނީ މި ވަސީލަތްތައް އިތުރަށް ފުޅާކުރަންވެސް ޖެހޭކަމަށް ވިދާޅުވެފައެވެ.

މިނިސްޓަރ ވަނީ ކޮވިޑުގެ ބަލިމަޑުކަމުގެ ތެރެއިން ސަރުކާރުން މިފަދަ މަސައްކަތެއް ފެށުމަށް ނިންމި ނިންމުމަކީ ހިތްވަރުގަދަ ފިޔަވަޅެއްކަމަށް ވިދާޅުވެފައެވެ. މިއީ ދައުލަތުން ކުރި މުހިއްމު ހޭދައެއްކަމަށްވެސް ވިދާޅުވިއެވެ.

ފުލުހުންގެ ތެރެއިން ރައްޔިތުންނަށް ދެމުންދާ ޚިދުމަތްތައް އިތުރަށް ފުރިހަމަ ކުރުމަށްޓަކައި ފުލުހުންނަށް ދެވޭ ތަމްރީނުތައް ހަރުދަނާ ކުރުމަށްވެސް ޚާއްސަ މަސައްކަތްތަކެއް ކުރެވެމުންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ދާދި ފަހުންވެސް އެފަދަ މުހިއްމު ތަމްރީނުތައް ކުރިއަށް ގެންދެވިފައިވާކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސްމިނިސްޓަރ އިމްރާން

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

08 ޑިސެމްބަރު 2025

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި
04 ޑިސެމްބަރު 2025

ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

04 ޑިސެމްބަރު 2025
ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް
03 ޑިސެމްބަރު 2025

ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު

03 ޑިސެމްބަރު 2025
ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު
22 ނޮވެމްބަރު 2025

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި

22 ނޮވެމްބަރު 2025
 ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި
19 ނޮވެމްބަރު 2025

އަންހެން ދެ ކުދިންނަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަން ފަށައިފި

19 ނޮވެމްބަރު 2025
އަންހެން ދެ ކުދިންނަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަން ފަށައިފި
14 ނޮވެމްބަރު 2025

ޒަމާނީ ބަދަލުތަކަށް ތަމްރީނު ހޯދައި، ގޮންޖެހުންތަކުން އަރައިގަތުމުގެ ހިތްވަރު ފުލުހުންގެ އެބަހުރި: ސީޕީ

14 ނޮވެމްބަރު 2025
ޒަމާނީ ބަދަލުތަކަށް ތަމްރީނު ހޯދައި، ގޮންޖެހުންތަކުން އަރައިގަތުމުގެ ހިތްވަރު ފުލުހުންގެ އެބަހުރި: ސީޕީ
13 ނޮވެމްބަރު 2025

މަސްތުވާތަކެތީގެ ޑީލަރުންގެ ފަހަތުން ފުލުހުން ދާނެކަން ރައީސް އިއުލާން ކުރައްވައިފި

13 ނޮވެމްބަރު 2025
މަސްތުވާތަކެތީގެ ޑީލަރުންގެ ފަހަތުން ފުލުހުން ދާނެކަން ރައީސް އިއުލާން ކުރައްވައިފި
11 ނޮވެމްބަރު 2025

ބަނގުރާ ބޮއެގެން ދަރިފުޅަށް ޖިންސީ ގޯނާކުރި މަންމަ ހައްޔަރުކޮށްފި

11 ނޮވެމްބަރު 2025
ބަނގުރާ ބޮއެގެން ދަރިފުޅަށް ޖިންސީ ގޯނާކުރި މަންމަ ހައްޔަރުކޮށްފި
10 ނޮވެމްބަރު 2025

ރިކޯޑުކޮށްފައިވާ ޒާތީ މައުލޫމާތު ވަނީ ބަދަލު ކޮށްފައި، މައްސަލަ ބަލައި ދިނުމަށް އޭސީޕީ ޝިފާން އެދިވަޑައިގެންފި

10 ނޮވެމްބަރު 2025
ރިކޯޑުކޮށްފައިވާ ޒާތީ މައުލޫމާތު ވަނީ ބަދަލު ކޮށްފައި، މައްސަލަ ބަލައި ދިނުމަށް އޭސީޕީ ޝިފާން އެދިވަޑައިގެންފި
09 ނޮވެމްބަރު 2025

ރައްޔިތުންގެ ހައްގުތައް ހޯދައިދިނުމަށް ސީޕީ ނަވީން، އެންއައިސީ މެންބަރުންނާ ބައްދަލުކުރައްވައި މަޝްވަރާ ކުރައްވައިފި

09 ނޮވެމްބަރު 2025
ރައްޔިތުންގެ ހައްގުތައް ހޯދައިދިނުމަށް ސީޕީ ނަވީން، އެންއައިސީ މެންބަރުންނާ ބައްދަލުކުރައްވައި މަޝްވަރާ ކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް