Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ޕެރެސެޓަމޯލުން ހާރޓް އެޓޭކާއި ސްޓްރޯކް

ދިގު މުއްދަތަކަށް ޕެރެސެޓަމޯލު ބޭނުންކުރާ މީހުން، ހާރޓް އެޓޭކާއި ސްޓްރޯކަށް ހުށަހެޅުމުގެ ފުރުސަތު ބޮޑު

ޒުވާނުންނަށް ހާޓް އެޓޭކާއި ސްޓްރޯކް ޖެހުމުގެ ފުރުސަތު ބޮޑު

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް, ރާއްޖެ އެމްވީ | 12 ފެބުރުއަރީ 2022 | ހޮނިހިރު 11:05
ޕެރެސެޓަމޯލް

ޕެރެސެޓަމޯލް

މިފަހަކަށް އައިސް ކުއްލި ކުއްލިއަށް ހާރޓް އެޓޭކާއި، ސްޓްރޯކް ޖެހިގެން މުޅި ދުނިޔެއިން ރިޕޯޓްކުރާ ކޭސްތައް ދަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ. މީގެ ކުރިން ހާރޓް އެޓޭކާއި ސްޓްރޯކަކީ އުމުރުން 40 އަހަރުން މަތީގެ މީހުންނަށް ކުރިމަތިލާންޖެހޭ ކަމެއްގެ ގޮތުގައި ވަނީ ސިފަކުރެވިފައެވެ. އެހެންނަމަވެސް ފާއިތުވި އަހަރުތަކުގެތެރޭގައި މިކަން ވަނީ ވަރަށް ބޮޑަށް ބަދަލުވެފައެވެ. މިހާރު ހާރޓް އެޓޭކާއި ސްޓްރޯކް ޖެހޭ މީހުންގެ ތެރޭގައި ވިހީގެ އަހަރުތަކުގެ ތެރޭގައި އުޅޭ ޒުވާނުންވެސް ހިމެނެއެވެ. މިގޮތުން ކޮންމެ 5 ހާރޓް އެޓޭކަކުން އެއް ހާރޓް އެޓޭކަކީ 20 އަހަރާއި 30 އަހަރުގެ މީހަކަށް ޖެހޭ ހާރޓް އެޓޭކެއްގެ ގޮތުގައި ވަނީ ރެކޯޑުކުރެވިފައެވެ.

މިކަން މިގޮތަށް ބަދަލުވުމުގެ ފަހަތުގައި ވަރަށް ގިނަ ސަބަބުތައް ވެއެވެ. ފުރަތަމަ ކަމެއްގެ ގޮތުން އާންމު ގޮތެއްގައި ހާރޓް އެޓޭކް ޖެހޭ ސަބަބުތަކަކީ, ހަކަރު ބައްޔާއި، މާ ބޮޑަށް ފަލަވެ ބަރުދަން އިތުރުވުމާއި، ލޭގެ ޕްރެޝަރު މަތިވުމާއި، ހަށިގަނޑަށް ގެއްލުންވާފަދަ ކެއުންތައް ބޭނުންކުރުމާއި، ހެލިފެލިވެ ނޫޅުން ފަދަ ކަންކަމެވެ. އެހެންނަމަވެސް ހާރޓް އެޓޭކްތައް ޖެހެނީ ހަމައެކަނި މި ސަބަބާހުރެ ނޫންކަމަށް އެކި ފަރާތްތަކުން މިހާތަނަށް ހަދާފައިވާ ދިރާސާތަކުން ދައްކައެވެ. މިގޮތުން ކާލެވޭ ބޭހެއްގެ ސަބަބުންވެސް ހާރޓް އެޓޭކެއް ޖެހުމަށް މަގުފަހިވެގެންދެއެވެ.

މިގޮތުން ތަނަކަށް ތަދުވެ ހުން އައިސް ކަމެއް ވާނަމަ އެންމެ ފަސޭހައިން ކާލެވޭ އެއް ބޭހަކީ ޕެރެސެޓަމޯލްއެވެ. ގިނަ ފަހަރަށް ޕެރެސެޓަމޯލް ކެވެނީ ޑޮކްޓަރެއްގެ ލަފާ މިކަމުގައި ހޯދައިގެންނެއް ނޫނެވެ. މިގޮތުން ޔުނިވަރސިޓީ އޮފް އެޑިންބަރގްއިން ހަދާފައިވާ ދިރާސާއަކުން ދައްކާފައިވާ ގޮތުގައި, ޕެރެސެޓްމޯލް ކެއުމުން ހާރޓް އެޓޭކެއް ނުވަތަ ސްޓްރޯކެއް ޖެހުމުގެ ނުރައްކާ ބޮޑީ ލޭގެ ޕްރެޝަރު މަތި މީހުންނަށެވެ. އެހެންނަމަވެސް މިކަމުގެ ނުރައްކާ ބޮޑުވެގެންދަނީ ދިގު މުއްދަތަކަށް ޕެރެސެޓަމޯލް ބޭނުންކުރާ ނަމައެވެ.

މި ދިރާސާގައި 110 ވޮލެންޓިއަރުން ވަނީ ބައިވެރިވެފައެވެ. މީގެ ތެރެއިން ތިން ބައިކުޅަ ދެބައި މީހުންނަކީ ލޭގެ ޕްރެޝަރު ދަށްކުރުމަށް ބޭސް ކާ މީހުންނެވެ. އެމީހުން ވަނީ ދެ ހަފުތާ ވަންދެން 1 ގްރާމްގެ ޕެރެސެޓަމޯލް ކޮންމެ ދުވަހަކު 4 ފަހަރު ކައިފައެވެ. ދިރާސާގައި ބައިވެރިވި މީހުންގެ ތެރެއިން ހަށިގަނޑުގެ އެކި ތަންތަނަށް ތަދުވާ މީހުންނަށްވެސް މި ޑޯޒް ދީފައިވާއިރު، ދެ ހަފްތާ ފަހުން އިތުރު ދެ ހަފްތާ ވަންދެން "އިންއެކްޓިވް ޑްރަގް"އެއް ދީފައިވެއެވެ.

އެޑިންބަރގްގެ ކްލިނިކަލް ފަރމަކޮލޮޖިސްޓެއް ކަމަށްވާ ޕްރޮފެސަރ ޖޭމްސް ޑިއަރ ބުނީ މި ދިރާސާއިން ހާމަވި އެއް ކަމަކީ ދިގު މުއްދަތަށް ޕެރެސެޓަމޯލް ބޭނުންކުރާނަމަ އެއިން ލޭގެ ޕްރެޝަރު މަތިކޮށްދޭކަން ކަމަށެވެ. އަދި ލޭގެ ޕްރެޝަރު މަތިވުމަކީ ހާރޓް އެޓޭކް އަދި ސްޓްރޯކް ޖެހުމަށް ވަރަށް ބޮޑަށް މަގުފަހިކޮށްދޭ ކަމެކެވެ. އެހެންކަމުން މި ދިރާސާގައި ބައިވެރިވި އެކްސްޕަރޓުން ވަނީ ބަލި މީހުންނަށް ޕެރެސެޓްމޯލް ދޭނަމަ ޑޯޒް ދަށްކޮށް ދިނުމަށް އިރުޝާދު ދީފައެވެ. އަދި ލޭގެ ޕްރެޝަރު މަތި މީހުންނަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް ވަނީ އިރުޝާދު ދީފައެވެ. ލޭގެ ފްރެޝަރު މަތި މީހުން ޕެރެސެޓަމޯލް ބޭނުންކުރުން ރައްކާތެރި ނޫން ނަމަވެސް އެމީހުންނަށް ޕެއިން ކިލަރ ނެގުން ރައްކާތެރިކަމަށްވެސް ބުނެފައިވެއެވެ.

މި ދިރާސާއިން މިކަމަށް އިތުރަށް ސަމާލުކަން ދޭންޖެހޭކަން ވަނީ ހާމަވެގެން ގޮސްފައެވެ. ވަކިން ޚާއްސަކޮށް ލޭގެ ޕްރެޝަރު މަތި މީހުން މިކަމަށް ސަމާލުކަން ދޭންޖެހޭ މިންވަރު ބޮޑެވެ. ތަނަކަށް ތަދުވެ ހުން އައުން ފަދަ ކަންކަން ދިމާވާނަމަ ޑޮކްޓަރެއްގެ ލަފާ ހޯދުން މުހިންމެވެ. އަދި ޑޮކްޓަރުގެ އިރުޝާދުގެ މަތިން ބޭހެއް ބޭނުންކުރުން ބުއްދިވެރިއެވެ. މި ދިރާސާއިންވެސް އެނގުނު ގޮތުގައި ޕެރެސެޓްމޯލްއިން ލޭގެ ޕްރެޝަރު ވަރަށް ބޮޑަށް މަތިކޮށްދެއެވެ. އަދި މިއީ ހާރޓް އެޓޭކާއި ސްޓްރޯކަށް ހުށަހެޅޭނެ ކަމެކެވެ.

ޕެރެސެޓަމޯލް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ޓްރަމްޕް ވިދާޅުވީ، މާބަނޑު އިރު ޕެރަސެޓަމޯލް ބޭނުން ކުރުމުންނާއި ކުޑަކުދިންނަށް ވެކްސިން ދިނުމުން އޯޓިޒަމްގެ ނުރައްކާ އޮންނަ ކަމަށް، ޑަބްލިޔުއެޗްއޯ އިން ބުނަނީ އެފަދަ ހެތްކެއް ނެތް ކަމަށް!

ޓްރަމްޕް ވިދާޅުވީ، މާބަނޑު އިރު ޕެރަސެޓަމޯލް ބޭނުން ކުރުމުންނާއި ކުޑަކުދިންނަށް ވެކްސިން ދިނުމުން އޯޓިޒަމްގެ ނުރައްކާ އޮންނަ ކަމަށް، ޑަބްލިޔުއެޗްއޯ އިން ބުނަނީ އެފަދަ ހެތްކެއް ނެތް ކަމަށް!

24 ސެޕްޓެމްބަރު 2025
ގިނައިން ޗޮކްލެޓް ކެއުމާއި ކޮފީ ބުއިމަކީ އުމުރު ދިގުވުމުގެ ސިއްރެއް: ދުނިޔޭގެ އެންމެ އުމުރުން ދުވަސްވީ މީހާ

ގިނައިން ޗޮކްލެޓް ކެއުމާއި ކޮފީ ބުއިމަކީ އުމުރު ދިގުވުމުގެ ސިއްރެއް: ދުނިޔޭގެ އެންމެ އުމުރުން ދުވަސްވީ މީހާ

19 ސެޕްޓެމްބަރު 2020
ކޮވިޑްގެ ހިޔަނިން ދުނިޔެ ނެއްޓޭނެ ދުވަހެއްގެ އިންތިޒާރު ދިގުލަނީ....

ކޮވިޑްގެ ހިޔަނިން ދުނިޔެ ނެއްޓޭނެ ދުވަހެއްގެ އިންތިޒާރު ދިގުލަނީ....

02 އޯގަސްޓު 2020
ފެންނަނީ ތުންދިގު ހިބަރުތަކެއް އޮޑިއަށް ފުންމާލިތަން، ދެން ޖެހޭނީ ސަލާމަތް ހޯދަން

ފެންނަނީ ތުންދިގު ހިބަރުތަކެއް އޮޑިއަށް ފުންމާލިތަން، ދެން ޖެހޭނީ ސަލާމަތް ހޯދަން

28 އޯގަސްޓު 2019
ލުތުފީގެ މައްސަލަ: ޖަލްސާއަށް މީހުން ގެނައުމަށް ބޭނުންކުރާ ސްޓަންޓެއްބާ؟

ލުތުފީގެ މައްސަލަ: ޖަލްސާއަށް މީހުން ގެނައުމަށް ބޭނުންކުރާ ސްޓަންޓެއްބާ؟

01 ޖުލައި 2019

އަހަރުތަކުން މިއަދު

21 ފެބުރުއަރީ
ވިލިނގިލި ދާއިރާގެ ރައީސް އިންތިޚާބު ހުސެއިން ހަސަން ކާމިޔާބު ކޮށްފި
20251 އަހަރު ކުރިން
ރާއްޖެ

ވިލިނގިލި ދާއިރާގެ ރައީސް އިންތިޚާބު ހުސެއިން ހަސަން ކާމިޔާބު ކޮށްފި

ސަޕްލިމަންޓްރީ ބަޖެޓުން މަސްވެރިންނަށް ކަނޑައެޅި 100 މިލިއަން ރުފިޔާއިން މުއިއްޒު ކުރެއްވީ ހަނީމޫން ދަތުރުތަކެއް - ރައީސް ޞާލިޙު
20242 އަހަރު ކުރިން
ރާއްޖެ

ސަޕްލިމަންޓްރީ ބަޖެޓުން މަސްވެރިންނަށް ކަނޑައެޅި 100 މިލިއަން ރުފިޔާއިން މުއިއްޒު ކުރެއްވީ ހަނީމޫން ދަތުރުތަކެއް - ރައީސް ޞާލިޙު

ސަލްމާން ރުޝްދީ އަށް ހަމަލާދިން މީހާއަށް އީރާނުން ބޮޑު ބިމެއް ދެނީ
20233 އަހަރު ކުރިން
ދުނިޔެ

ސަލްމާން ރުޝްދީ އަށް ހަމަލާދިން މީހާއަށް އީރާނުން ބޮޑު ބިމެއް ދެނީ

ނަދީމްގެ މަރު: ޚުލާސާ ބަޔާން އިއްވައިފި، ޙުކުމް ކުރުން މާރޗު މަހު
20224 އަހަރު ކުރިން
ރާއްޖެ

ނަދީމްގެ މަރު: ޚުލާސާ ބަޔާން އިއްވައިފި، ޙުކުމް ކުރުން މާރޗު މަހު

މަރުވުމުގެ ހަފްތާއެއް ކުރިން އަނބިމީހާ ކައިރީގައި ބުނި ފަހު ބަސް: އަލިޔާ މި މަރުވަނީޔޭ، އަލިޔާއަށް ހިތްހެޔޮ ކުރައްޗޭ!
20215 އަހަރު ކުރިން
ރިޕޯޓު

މަރުވުމުގެ ހަފްތާއެއް ކުރިން އަނބިމީހާ ކައިރީގައި ބުނި ފަހު ބަސް: އަލިޔާ މި މަރުވަނީޔޭ، އަލިޔާއަށް ހިތްހެޔޮ ކުރައްޗޭ!

ބަސް ދިފާއުކުރަން ޖިހާދުވި ދަރިވަރުންތަކެއްގެ ސަބަބުން ފެށުނު މާދަރީ ބަހުގެ ދުވަސް !
20197 އަހަރު ކުރިން
ރިޕޯޓު

ބަސް ދިފާއުކުރަން ޖިހާދުވި ދަރިވަރުންތަކެއްގެ ސަބަބުން ފެށުނު މާދަރީ ބަހުގެ ދުވަސް !

ޕީޖީ ބިޝާމް، ޖެނެރަލް ޝިޔާމް އަދި ޗައިނާ ސަފީރު ރައީސް އޮފީހަށް!
20188 އަހަރު ކުރިން
ރާއްޖެ

ޕީޖީ ބިޝާމް، ޖެނެރަލް ޝިޔާމް އަދި ޗައިނާ ސަފީރު ރައީސް އޮފީހަށް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު