Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
241 ކޮމިޓީ

އިންޑިއާ އައުޓް ހަރަކާތަށް ފަންޑުކުރަނީ ކޮންބައެއްކަން ވަނީ ދެނެގަނެވިފައި - ސީޕީ ހަމީދު

ޓްރާންސް ނޭޝަނަލް ކްރައިމް ހުއްޓުވުމާއި، ފިޔަވަޅުތައް އަޅަން ޖެހެނީ އެހެން ދައުލަތްތަކާއި ގުޅިގެން

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް, ރާއްޖެ އެމްވީ | 10 ފެބުރުއަރީ 2022 | ބުރާސްފަތި 11:26
ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީން، މިނިސްޓްރީ އޮފް ހޯމް އެފެއަރޒް އަދި ދިވެހި ފުލުހުންގެ ޚިދުމަތުގެ ބޭފުޅުންނާ ބައްދަލުކުރުން

ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީން، މިނިސްޓްރީ އޮފް ހޯމް އެފެއަރޒް އަދި ދިވެހި ފުލުހުންގެ ޚިދުމަތުގެ ބޭފުޅުންނާ ބައްދަލުކުރުން

އިންޑިއާ އައުޓް ހަރަކާތަށް ފަންޑުކުރަނީ ކޮން ބައެއްކަން ދެނެގަނެވިފައިވާކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

އިދިކޮޅުން ހިންގާ އިންޑިއާ އައުޓް ހަރަކާތުގެ ސަބަބުން ރާއްޖޭގެ ސަލާމަތަށް އޮތް ނުރައްކާ ދެނެގަތުމަށް 241 ކޮމިޓީން ކުރިއަށް ގެންދާ ދިރާސާއަށް މައުލޫމާތު ދެއްވުމަށް ވަޑައިގެން ސީޕީ ހަމީދު ވިދާޅުވީ، އިންޑިއާ އައުޓް ހަރަކާތަށް ފަންޑުކުރާ މީހުން މިލިއަނުން ޚަރަދުކޮށްގެން ހިންގާ މި ހަރަކާތުގެ ފަހަތުގައި އޮތް މަގުސަދު ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓުން އެނގެން އެބައޮތް ކަމަށެވެ. އެހެންނަމަވެސް ފަންޑު ކުރަނީ ކޮންބައެއްކަމެއް ސީޕީ ވިދާޅެއްނުވެއެވެ.

Advertisement - newsAdvertisement

މި ހަރަކާތުގެ މަގުސަދާ ގުޅޭގޮތުން ފުލުހުން ބެލި ބެލުމުން 6 ކަމެއް ފާހަގަކުރެވިފައިވާ ކަމަށްވެސް ސީޕީ ވިދާޅުވިއެވެ.

ހަމީދު ވިދާޅުވީ, އެއްވެސް ކަމެއްގައި, އިންޑިއާގެ ސިފައިން ކަމަށް ބުނާ ބަޔަކު ރާއްޖޭގައި ތިބެގެން ރާއްޖޭގެ ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ އަމަލެއް ކުރާކަމަށް ފާހަގަކުރެވިފައި ނުވާކަމަށެވެ. އެކި ކަހަލަ އެހީތެރިކަން ފޯރުކޮށްދިނުމަށް އެކި ގައުމުތަކުގައި އެހެން ގައުމުގެ ސިފައިން ތިބޭ ކަމަށާއި، އެއް ދައުލަތުން އަނެއް ދައުލަތަށް އެހީވުމަކީ އޮންނަ ކަމެއް ކަމަށެވެ.

ޓްރާންސް ނޭޝަނަލް ކްރައިމް ހުއްޓުވުމާއި، ފިޔަވަޅުތައް އަޅަން ޖެހެނީ އެހެން ދައުލަތްތަކާއި ގުޅިގެން ކަމަށްވާއިރު, މިފަދަ ނަފްރަތުގެ ހަރަކާތުގެ ސަބަބުން ގޮންޖެހުންތައް ކުރިމަތިވާނެކަމަށް ހަމީދު ވިދާޅުވިއެވެ. ފާއިތުވި ދުވަސްތަކުގައި ހިންގި މަސްތުވާތަކެތީގެ ބޮޑެތި އޮޕަރޭޝަންތައް ހިންގާފައިވަނީވެސް އެކުވެރި ދައުލަތްތަކާ ގުޅިގެން ކަމަށް ހަމީދު ވިދާޅުވިއެވެ.

ކޮންމެ ގައުމެއްގައިވެސް ހަތިޔާރާއެކު ތިބޭނީ އެ ގައުމެއްގެ ސަލާމަތީ ބާރުތަކުން ކަމަށާއި، ރާއްޖޭގެ ސަރަހައްދެއްގައި ހަތިޔާރާއެކު އެހެން ދައުލަތެއްގެ ސިފައިން ތިބިކަން ފާހަގަކުރެވިފައި ނެތް ކަމަށް ހަމީދު ވިދާޅުވިއެވެ. 

އިދިކޮޅުން ހިންގަމުންދާ ހަރަކާތަކީ ގައުމުގެ ދާޚިލީ ހަމަޖެހުމަށް ނުރަނގަޅު އަސަރު ފޯރާނެ ކަމެއްކަން ފާހަގަކުރައްވައި ސީޕީ ވިދާޅުވީ، މިހާރުވެސް ރަށްރަށުގައި މި ހަރަކާތް ހިންގާފައިވާއިރު، ކުރިއަށް އޮތްތަނުގައި މި ހަރަކާތް ހިންގުމަށް ރާވައި, ޚަރަދުތަކެއް ކޮށްފައިވާ ކަމަށެވެ. މި ހަރަކާތުގެ ސަބަބުން, ށ. ފުނަދޫ ސްކޫލްގެ ފާރުގައި ލިޔުނު މައްސަލައަކާއި, އައްޑޫ ސިޓީގައި ހުރި އިންޑިއާ ރައްޔިތަކާއި ދިވެއްސަކާ ދެމެދު ހިނގި ކަމެއް ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާކަމަށްވެސް ސީޕީ ވިދާޅުވިއެވެ.

ނުރައްކާތެރި ކުށްތަކަށް އަރައިގަންނަ މީހުންނާއި، ދީނުގެ ނަމުގައި ހަގީގަތާ ޚިލާފު ވާހަކަ ދައްކާ މީހުން މި ހަރަކާތުގައި ބައިވެރިވާކަމަށާއި، މީސްމީޑިއާގައި މި ހަރަކާތް ފާއިތުވި ހަތަރު މަހެއްހާ ދުވަހު ވަރަށް ބޮޑަށް ހިންގާފައިވާކަމަށެވެ. އިނގިރޭސި ބަހުންވެސް މި ޚަބަރުތައް ފަތުރަމުން ދިޔުމަކީ ކަންބޮޑުވެވަޑައިގަންނަވާކަމެއް ކަމަށް ހަމީދު ވިދާޅުވިއެވެ.

ރައްޔިތުންގެ އަމަން އަމާންކަން ބެލެހެއްޓުމަށް އަޅާ ފިޔަވަޅުތައް އެޅުމުގައި ގޮންޖެހުންތަކެއް ހުރިކަންވެސް ސީޕީ ފާހަގަކުރެއްވިއެވެ. އެގޮތުން ނުރައްކާތެރި ކުށްތަކަށް އަރައިގަންނަ މީހުން މި ހަރަކާތުގައި ބައިވެރިކުރުމުގެ ސަބަބުން ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވާކަމަށް ވިދާޅުވިއެވެ.

ކުށެއް ކޮށްފާނެ ކަމުގެ ނުރައްކާ ކުޑަކުރުން އެއީ ފުލުހުންގެ އަމާޒެއް ކަމަށާއި، ކޮންޓްރޯލް ނުވާވަރަށް ފެތުރިގެން ހިނގައްޖެނަމަ ނުރައްކާ ބޮޑުވާނެ ކަމަށް ހަމީދު ވިދާޅުވިއެވެ. އެހެންކަމުން ސަލާމަތަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާކަމަށް ހަމީދު ވިދާޅުވިއެވެ.  

ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް, މުހައްމަދު ހަމީދުއިންޑިއާ އައުޓް

ކޮމެންޓް

އިތުރަށް ކިޔާލަން

ކުޑަކުދިން އޮންލައިންކޮށް އެކްސްޕްލޮއިޓްކުރުން: ރާއްޖޭގައި ކޮންމެ 10،000 މީހުންގެ ތެރެއިން 94 މީހަކީ މިފަދަ މައްސަލަތަކުގައި ހިމެނޭ މީހެއް

ކުޑަކުދިން އޮންލައިންކޮށް އެކްސްޕްލޮއިޓްކުރުން: ރާއްޖޭގައި ކޮންމެ 10،000 މީހުންގެ ތެރެއިން 94 މީހަކީ މިފަދަ މައްސަލަތަކުގައި ހިމެނޭ މީހެއް

30 ނޮވެމްބަރު 2025
މަޖިލިހުގައި ފޮރިން މިނިސްޓަރ ދޮގު ހެއްދެވި މައްސަލަ ހުށަހަޅައިފި

މަޖިލިހުގައި ފޮރިން މިނިސްޓަރ ދޮގު ހެއްދެވި މައްސަލަ ހުށަހަޅައިފި

18 އޯގަސްޓު 2025
ޔާމީނުގެ ފަރާތުން ހުށަހެޅުއްވި "އިންޑިއާ އައުޓް" ގަރާރުގެ މައްސަލަ ކޯޓުން ބޭރުކޮށްލައިފި

ޔާމީނުގެ ފަރާތުން ހުށަހެޅުއްވި "އިންޑިއާ އައުޓް" ގަރާރުގެ މައްސަލަ ކޯޓުން ބޭރުކޮށްލައިފި

30 އޮކްޓޯބަރު 2024
މުއިއްޒު ވެރިކަމަށް އައި މެންޑޭޓާ ހިލާފުވެއްޖެ، އަހުދާ ހިލާފުވުމުން ދެން ވެރިކަމުގައި ހުރުމުގެ ހައްގެއް ނެތް - ޔާމީން

މުއިއްޒު ވެރިކަމަށް އައި މެންޑޭޓާ ހިލާފުވެއްޖެ، އަހުދާ ހިލާފުވުމުން ދެން ވެރިކަމުގައި ހުރުމުގެ ހައްގެއް ނެތް - ޔާމީން

22 އޮކްޓޯބަރު 2024
ހަނިމާދޫގައި ތިބި އިންޑިއާ ސިފައިން މިހާރުވީ އިތުރު، ޑޯނިޔާ ވެސް އެބަ ދުއްވާ-  ހަނިމާދޫ ކައުސިލްގެ ނައިބު

ހަނިމާދޫގައި ތިބި އިންޑިއާ ސިފައިން މިހާރުވީ އިތުރު، ޑޯނިޔާ ވެސް އެބަ ދުއްވާ- ހަނިމާދޫ ކައުސިލްގެ ނައިބު

13 އޮކްޓޯބަރު 2024

އަހަރުތަކުން މިއަދު

15 ޖޫން
އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި
20233 އަހަރު ކުރިން
ރާއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ
20197 އަހަރު ކުރިން
ރާއްޖެ

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު