Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ241 ކޮމިޓީ

އިންޑިއާ އައުޓް ގޮވާއިރު، އައުޓްކުރަންވީ ކޮންއެއްޗެއްކަމެއް މިހާރު ނޭނގޭ - އިމްރާން

އިންޑިއާ އައުޓް ހަރަކާތުގައި، ކުށުގެ ވެށީގައި އުޅޭ ގިނަ ބަޔަކު ބައިވެރިވޭ

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 9 ފެބުރުއަރީ 2022 | ބުދަ 11:46
ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ

ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ

އިދިކޮޅުން ކުރިއަށްގެންދާ އިންޑިއާ އައުޓް ހަރަކާތުގައި, އައުޓްކުރަންވީ ކޮންއެއްޗެއްކަމެއް މިހާރު ނޭނގޭކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

އިންޑިއާ އައުޓް ހަރަކާތުން ރާއްޖޭގެ ގައުމީ ސަލާމަތަށް އޮތް ނުރައްކާ ދެނެގަތުމަށް 241 ކޮމިޓީން ކުރިއަށްގެންދާ ދިރާސާއަށް މައުލޫމާތު ދެއްވަމުން ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވީ، ފުރަތަމަ ފެށިގެން އައިގޮތާ މިހާރު މި ހަރަކާތް ހިންގަމުންދާ ގޮތްވެސް ތަފާތުކަމަށެވެ. ރާއްޖެއަކީ ހުޅުވިފައި އޮތް ޑިމޮކްރެޓިކް ވެއްޓެއްކަމަށްވާތީ، ޚިޔާލު ފާޅު ކުރުމުގެ ފުރުސަތު އިދިކޮޅަށްވެސް އޮންނާނެ ކަމަށެވެ. ކޮންމެ އަމަލަކީ ޓެރަރިޒަމްގެ އަމަލެއް ކަމަށްބަލައި ތަހުގީގުކޮށް ހުކުމް ކުރުމަކީ ރާއްޖެފަދަ ޑިމޮކްރެޓިކް ވެއްޓެއްގައި ކުރަން ބޭނުންވާ ކަމެއް ނޫންކަމަށް އިމްރާން ވިދާޅުވިއެވެ.

އިދިކޮޅުން ހިންގާ އިންޑިއާ އައުޓް ހަރަކާތުގެ ސަބަބުން, މީހުންގެ ހަށިގަނޑާއި ފުރާނައަށް ގެއްލުންވާ ހިސާބަށްވެސް ކަންކަން ދާކަމަށް އިމްރާން ވިދާޅުވިއެވެ. އިމްރާން ވިދާޅުވީ، މިކަމާގުޅިގެން މިނިސްޓްރީއަށް ޝަކުވާތައް ހުށަހެޅޭ ކަމަށެވެ. އިންޑިއާ އައުޓް ކެމްޕެއިނުގެ ސަބަބުން ރާއްޖޭގައި ތިބި އިންޑިއާ ޓީޗަރުންނާއި ޑޮކްޓަރުން ބިރުވެރިކަމެއްގެ ތެރެއަށް ވެއްޓޭ ހިސާބަށް ކަންކަން ގޮސްފައިވާ ކަމަށެވެ. މިކަހަލަ އަމަލުތަކުގެ ސަބަބުން ރާއްޖޭގެ ސަލާމަތާ ދާޚިލީ ހަމަޖެހުމަށް ގެއްލުންވާނެކަމަށް އިމްރާން ވިދާޅުވިއެވެ.

އިންޑިއާއަކީ ރާއްޖޭގެ ރައްޔިތުން ގިނަ ބޭނުންތަކަށް ދަތުރުކުރާ ގައުމަކަށްވާއިރު, މިފަދަ ހަރަކާތްތަކުގެ ސަބަބުން ގެއްލުންތަކެއްވާނެ ކަމަށް އިމްރާން ވިދާޅުވިއެވެ.

ދޭދޭ ގައުމުތަކާ އޮންނަ ގުޅުމުގެ ތެރެއިން ރާއްޖޭގެ ސަރަހައްދުގައި އެކި ގައުމުތަކުގެ ނޭވީ ހަރަކާތްތެރިވާ ކަމަށާއި، ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލަށް ގެއްލުންވާ އެއްވެސް ކަމަކަށް ޖާގަ ނުދެއްވާނެކަމަށް މިނިސްޓަރ އިމްރާން ވިދާޅުވިއެވެ.

އިންޑިއާ އައުޓް ހަރަކާތުގައި ކުށުގެ ވެށީގައި އުޅޭ ގިނަ ބަޔަކު ބައިވެރިވެ، އެހެން މީހުންގެ ފުރާނައާއި މުދަލަށް ގެއްލުންވާފަދަ ކަންކަން ވެސް ހިނގަމުން އަންނަކަމަށް އިމްރާން ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީރައްޔިތުންގެ މަޖިލިސް

އިތުރަށް ކިޔާލަން

09 ނޮވެމްބަރު 2025

މަގާމުގެ ނުފޫޒާއި ޖިންސީ ފުރައްސާރައިގެ ބޮޑެތި ތުހުމަތުތަކެއް އޭސީޕީ ޝިފާން އާއި ޑީސީޕީ ފަރުހާދު އަށް، މައްސަލަ 241 ކޮމެޓީ އަށް

09 ނޮވެމްބަރު 2025
މަގާމުގެ ނުފޫޒާއި ޖިންސީ ފުރައްސާރައިގެ ބޮޑެތި ތުހުމަތުތަކެއް އޭސީޕީ ޝިފާން އާއި ޑީސީޕީ ފަރުހާދު އަށް، މައްސަލަ 241 ކޮމެޓީ އަށް
28 އޮކްޓޯބަރު 2025

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

28 އޮކްޓޯބަރު 2025
މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!
28 އޮކްޓޯބަރު 2025

ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

28 އޮކްޓޯބަރު 2025
ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް
27 އޮކްޓޯބަރު 2025

އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

27 އޮކްޓޯބަރު 2025
އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން
22 އޮކްޓޯބަރު 2025

ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

22 އޮކްޓޯބަރު 2025
ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް
21 އޮކްޓޯބަރު 2025

"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"

21 އޮކްޓޯބަރު 2025
"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"
21 އޮކްޓޯބަރު 2025

އެސްއީޒެޑް ގާނޫނަށް ހުށަހެޅި އިސްލާހަކީ ރަނގަޅު އިންވެސްޓަރުންގެ ޝައުގުވެރިކަން ރާއްޖެއަށް ގެއްލޭގޮތަށް އޮތް ބިލެއް: މައުރޫފް

21 އޮކްޓޯބަރު 2025
އެސްއީޒެޑް ގާނޫނަށް ހުށަހެޅި އިސްލާހަކީ ރަނގަޅު އިންވެސްޓަރުންގެ ޝައުގުވެރިކަން ރާއްޖެއަށް ގެއްލޭގޮތަށް އޮތް ބިލެއް: މައުރޫފް
20 އޮކްޓޯބަރު 2025

މިއަދު އެންސްޕާ އަދި އާސަންދައިގެ ޚިދުމަތް ލިބެނީ މި ސަރުކާރުގެ ވެރިންނާއި މަޖިލިސް މެމްބަރުން ގާތު ސަލާން ޖަހައިގެން: މެމްބަރު ސަމީރު

20 އޮކްޓޯބަރު 2025
މިއަދު އެންސްޕާ އަދި އާސަންދައިގެ ޚިދުމަތް ލިބެނީ މި ސަރުކާރުގެ ވެރިންނާއި މަޖިލިސް މެމްބަރުން ގާތު ސަލާން ޖަހައިގެން: މެމްބަރު ސަމީރު
09 އޮކްޓޯބަރު 2025

ޚުދުމުޚްތާރުކަމާއި އަނިޔާވެރިކަން އިސްނުކުރުމަށް އަދާލަތު ޕާޓީން ސަރުކާރަށް ގޮވާލައިފި

09 އޮކްޓޯބަރު 2025
ޚުދުމުޚްތާރުކަމާއި އަނިޔާވެރިކަން އިސްނުކުރުމަށް އަދާލަތު ޕާޓީން ސަރުކާރަށް ގޮވާލައިފި
17 ސެޕްޓެމްބަރު 2025

މަޖިލީހުން މީޑިއާ ކޮންޓްރޯލް ބިލު ފާސްކުރީ ގަވައިދާ ޚިލާފަށް, އެ ގާނޫނަށް އެއްވެސް މީހަކު ތަބާވާކަށް ނުޖެހޭނެ: ރޮޒައިނާ

17 ސެޕްޓެމްބަރު 2025
މަޖިލީހުން މީޑިއާ ކޮންޓްރޯލް ބިލު ފާސްކުރީ ގަވައިދާ ޚިލާފަށް, އެ ގާނޫނަށް އެއްވެސް މީހަކު ތަބާވާކަށް ނުޖެހޭނެ: ރޮޒައިނާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު