Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އައިއެސް ހަނގުރާމަ

އައިއެސް ހަނގުރާމަ ފެށިފަހުން ކޯލިޝަންގެ ހަމަލާތަކުގައި އާމުންގެ 484 މަރު

މަދަނީ ޖަމްއިއްޔާތަކުން ލަފާކުރާއަދަދު އެތައް ގުނައެއް އިތުރު

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު, ރާއްޖެ އެމްވީ | 3 ޖޫން 2017 | ހޮނިހިރު 10:31
އޯގަސްޓް 2014 ގައި އައިއެސްއާ ދެކޮޅަށް އޮޕަރޭޝަން ފެށިފަހުން އާއްމުންގެ 3،800 މީހުން މަރުވެފައިވާނެ އެއާވޯސް ލަފާކުރޭ

އޯގަސްޓް 2014 ގައި އައިއެސްއާ ދެކޮޅަށް އޮޕަރޭޝަން ފެށިފަހުން އާއްމުންގެ 3،800 މީހުން މަރުވެފައިވާނެ އެއާވޯސް ލަފާކުރޭ

އެމެރިކާއިސްވެ އޮވެ އައިއެސްއާ ދެކޮޅަށް ހަނގުރާމަ ކުރުމަށް އުފައްދާފައިވާ ކޯލިޝަނުގެ އަތުން 2014 ވަނަ އަހަރުގެ މެދުތެެރެއިން ފެށިގެން މިހާތަނަށް އާއްމުންގެ 484 މީހުން މަރުވެފައިވާކަމަށް ހުކުރުދުވަހު ރިޕޯޓްކޮށްފިއެވެ.

ދި އޮޕަރޭޝަން އިންހެރެންޓް ރިޒޯލްވް ކޯލިޝަނުން ވަނީ މަރުވި މީހުންގެ އަދަދުގެ ތެރެއަށް އޭޕްރީލްމަހު 132 މީހުން އިތުރުކޮށްފައެވެ. އޭގެ ތެރޭގައި ހުޅަނގު މޫސަލްގައި އައިއެސްގެ ސްނައިޕަރަކަށް އަމާޒުކޮށް މާޗްމަހުގެ 17 ވަނަ ދުވަހު އެމެރިކާގެ އަސްކަރީ މަތިންދާބޯޓުން ވައްޓާލި ބޮމުގެ ސަބަބުން މަރުވި 105 މީހުންވެސް ހިމެނެއެވެ.

ގިނަ އަދަދެއްގެ ގޮވާތަކެއްޗާއެކު އޮތް އެބޮން އޮޅުމަކުން ވައްޓާލެވިފައިވަނީ އާއްމުން ދިރިއުޅެމުން ދިޔަ އިމާރާތަކަށެވެ.

ދި އިންހެރެންޓް ރިޒޯލްވް ޓާސްކް ފޯސްއިން "އާއްމުންނަށް ލިބޭ ހާނީއްކައިގެ ރިޕޯޓް ވަރަށް ސީރިއަސްކޮށް ނަގަން އަދި އެ ހުރިހާ ރިޕޯޓެއް ވަރަށް ރަނގަޅަށް ބަލަން އެއީ ހިނގާފާނެ ކަަމެއްތޯ" އެމެރިކާ އިސްވެއޮވެ އުފައްދާފައިވާ ޓާސްކް ފޯސްއިން ކޮންމެ މަހަކު ނެރޭ ރިޕޯޓްގައި ބުނެފައިވެއެވެ.

މީގެއިތުރުން އެ ކޯލިޝަނުގެ ހަަމަލާތައް ފެށުނުފަހުން މިހާތަނަަށް ދިން 21،035 ހަމަލާގެ ތެރެއިން އާއްމުން މަރުވި ކަމަށް ލިބިފައިވާ ސައްހަ ރިޕޯޓްތަކުގެ އަދަދަކީ އޭގެ އެންމެ 0.27 ޕަސެންޓްކަމަށް އެ ކޯލިޝަނުންބުނެއެވެ.

ހުކުރު ދުވަހު އެ ކޯލިޝަނުން އާއްމުކުރި އަދަދުތައް ދައްކާގޮތުން އިރާގާއި ސީރިޔާގައި އާއްމުން މަރުވިކަމަށް މަދަނީ ޖަމްއިއްޔާތަކުން ލަފާކޮށްފައިވާ އަދަދަށްވުރެ ކޯލިޝަނުން ބުނާ އަދަދު އަދިވެސް މަދެވެ.

ނޫސްވެރިންތަކެއް ގުޅިގެން އުފައްދާފައިވާ، ލަންޑަންގައި ގާއިމްވެފައިވާ އެއާވޯސް ނަމަކަށް ކިޔާ ޖަމާއަތަކުން ލަފާކޮށްފައިވާގޮތުގައި އޯގަސްޓް 2014 ގައި އައިއެސްއާ ދެކޮޅަށް އޮޕަރޭޝަން ފެށިފަހުން އާއްމުންގެ 3،800 މީހުން މަރުވެފައިވާނެއެވެ.

ސީރިރިއަން އޮބްޒަވޭޓޮރީ ފޮރ ހިއުމަން ރައިޓްސް އިން ލަފާކުރާ ގޮތުގައި އޭޕްރީލްމަހުގެ 23 ހުން ފެށިގެން މެއިމަހުގެ 23 އާ ދެމެދަކީ 2014 ވަނަ އަހަރުންފެށިގެން މިހާތަަނަށް އެންމެ ގިނައިން އާއްމުން މަރުވި މަހެވެ.

ހުކުރު ދުވަހު އާޢްމުކުރި ރަސްމީ ރިޕޯޓްގައި މައުލޫމާތު ހިމަނާފައިވަނީ އޭޕްރީލްމަސް ނިމުމާ ހަމައަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރަޝިއާއިން ޔޫކްރެއިން ހަނގުރާމަވެރިންގެ ޕާސްޕޯޓް ބަލައިގަންނަނީ

ރަޝިއާއިން ޔޫކްރެއިން ހަނގުރާމަވެރިންގެ ޕާސްޕޯޓް ބަލައިގަންނަނީ

19 ފެބުރުއަރީ 2017
ޖާނުންފިދާވުމުގެ ހަމަލާއާ ގުޅިގެން ޕާކިސްތާނުން ހިންގި އޮޕަރޭޝަނުގައި ގިނަ ހަނގުރާމަވެރިންތަކެއް މަރާލައިފި

ޖާނުންފިދާވުމުގެ ހަމަލާއާ ގުޅިގެން ޕާކިސްތާނުން ހިންގި އޮޕަރޭޝަނުގައި ގިނަ ހަނގުރާމަވެރިންތަކެއް މަރާލައިފި

18 ފެބުރުއަރީ 2017
ޕާކިސްތާނުގައި ޖާނުންފިދާވެގެން ދިން ހަމަލާތަކުގައި ހަތް މަރު

ޕާކިސްތާނުގައި ޖާނުންފިދާވެގެން ދިން ހަމަލާތަކުގައި ހަތް މަރު

16 ފެބުރުއަރީ 2017
ފްރާންސަށް ނިސްބަތްވާ އައިއެސްގެ ހަނގުރާމަވެރިއަކަށް އަމާޒުކޮށް 72 ގަޑިއިރުގެ ހަމަލާތަކެއް

ފްރާންސަށް ނިސްބަތްވާ އައިއެސްގެ ހަނގުރާމަވެރިއަކަށް އަމާޒުކޮށް 72 ގަޑިއިރުގެ ހަމަލާތަކެއް

11 ފެބުރުއަރީ 2017
އައިއެސްގެ ހަނގުރާމަވެރިން ކަމަށް ބެލެވޭ ބަޔަކު ރެޑް ކްރޮސްގެ މުވައްޒަފުންތަކެއް މަރާލައިފި

އައިއެސްގެ ހަނގުރާމަވެރިން ކަމަށް ބެލެވޭ ބަޔަކު ރެޑް ކްރޮސްގެ މުވައްޒަފުންތަކެއް މަރާލައިފި

09 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

15 ޖޫން
އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި
20233 އަހަރު ކުރިން
ރާއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ
20197 އަހަރު ކުރިން
ރާއްޖެ

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު