Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެގިނަ އަދަދެއްގެ ދޫނިތަކެއް މަރާލުން

ރާއްޖެއަށް އެތެރެ ކުރުމަށް ހުއްދަ ލިބިފައިނުވާ ގިނަ ދޫނިތަކެއް މަރާލައިފި

120 ދޫނި މަރާލީ އެޓަރނީ ޖެނެރަލް އޮފީހުގެ ލަފާގެ މަތިން

އަމްނާ އިމާދު
އަމްނާ އިމާދު | 8 ފެބުރުއަރީ 2022 | އަންގާރަ 16:54
މަރާލާފައިވާ ދޫނިތައް

މަރާލާފައިވާ ދޫނިތައް

ރާއްޖެއަށް އެތެރެ ކުރުމަށް ހުއްދަ ލިބިފައިނުވާ ގިނަ ދޫނިތަކެއް މަރާލައިފިއެވެ.

މިދޫނިތައް މަރާލާފައިވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޕްލާންޓް އެންޑް އެނިމަލް ޔުނިޓުގައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ދޫނިތައް މަރާލީ އިންޖެކްޝަން ޖަހައިގެންނެވެ. އެއީ 120 ދޫނި ކަމަށާއި، އޭގެ އަގު 800،000 ރުފިޔާއަށް އަރާ ކަމަށް މައުލޫމާތު ލިބެއެވެ.

މިމައްސަލައާ ގުޅިގެން ފިޝަރީޒް މިނިސްޓްރީން ބުނީ އެ ދޫނިތަކަކީ, އެތެރެކުރުން ހުއްދަނޫންއިރު ރާއްޖެއަށް އެތެރެ ކުރަން އުޅުމުގެ ތެރޭގައި ހިފަހައްޓާފައިވާ ދޫނިތަކެއް ކަމަށެވެ. އަދި އެދޫނިތައް ހިފަހައްޓާފައި ހުންނަތާ ތިން މަހަށްވުރެ ގިނަ ދުވަސްވެފައިވާނެ ކަމަށާއި، އެ މަރާލާފައިވަނީ އެޓަރނީ ޖެނެރަލް އޮފީހުގެ ލަފާގެ މަތިން ކަމަށެވެ.

އަނިޔާވެރި ގޮތެއްގައި ދޫނިތަކެއް މަރާލީ ކަމަށް ބުނެ، ގިނަ ބައެއްގެ ފާޑު ކިޔުން ފިޝަރީޒް މިނިސްޓްރީއަށް ވަނީ އަމާޒުވެފައެވެ.

ދޫނިތަައް މަރާލުމާ ގުޅިގެން ރާއްޖެއެމްވީއަށް އެންވަޔަރަންމެންޓަލް ޕްރޮޓެކްޝަން އެޖެންސީގެ ޑިރެކްޓަރ ޖެނެރަލް އިބްރާހިމް ނައީމް ވިދާޅުވީ, މިމައްސަލަ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. ގަވާއިދާ ޚިލާފަށް ރާއްޖެއަށް އެތެރެ ކުރާ ދޫނިތައް މަރާލުމަކީ އަބަދުވެސް އަމަލު ކުރަމުން އަންނަ އުސޫލު ކަމަށާއި، ނަމަވެސް އެނޫން ގޮތެއް މިކަމުގައި ހޯދަން ޖެހޭ ކަމަށެވެ. އެހެންކަމުން މަރާނުލައި ކަންކަން ކުރާނެ ގޮތެއް ނިންމައި ގާނޫނާއި ގަވާއިދު ބަދަލުކުރަން ޖެހޭ ކަމަށް ނައީމް ވިދާޅުވިއެވެ.

މައުލޫމާތު ލިބޭ ގޮތުގައި މަރާލި ދޫނިތައް ރާއްޖެއަށް އެތެރެކުރިއިރު ހުއްދަ ލިބިފައިނުވި ނަމަވެސް ގަވާއިދަށް ފަހުން ގެނެސްފައިވާ އިސްލާހާއެކު އެދޫނިތައް ރާއްޖެއަށް އެތެރެ ކުރެވެއެވެ.

ފިޝަރީސް މިނިސްޓްރީ

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

ހުޅުމާލެ އިން 49 ދޯންޏާއެކު ފެށި، ބޮޑު ކަންނެލި މަސްވެރިންގެ އިހުތިޖާޖުގެ ބައިވެރިން މާލެ އަށް

10 ޑިސެމްބަރު 2025
ހުޅުމާލެ އިން 49 ދޯންޏާއެކު ފެށި، ބޮޑު ކަންނެލި މަސްވެރިންގެ އިހުތިޖާޖުގެ ބައިވެރިން މާލެ އަށް
08 ޖޫން 2024

ސިޓީ ކައުންސިލްގެ އިސްނެގުމާއި އެކު މާލޭގެ ފަޅު ތެރެ ސާފުކޮށްފި

08 ޖޫން 2024
ސިޓީ ކައުންސިލްގެ އިސްނެގުމާއި އެކު މާލޭގެ ފަޅު ތެރެ ސާފުކޮށްފި
11 އެޕްރީލު 2024

11 ރަށެއްގައި އައިސްޕްލާންޓް ގާއިމްކުރަނީ

11 އެޕްރީލު 2024
11 ރަށެއްގައި އައިސްޕްލާންޓް ގާއިމްކުރަނީ
27 ޑިސެމްބަރު 2023

ފިޝަރީޒް ކޮލެޖް ގާއިމްކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

27 ޑިސެމްބަރު 2023
ފިޝަރީޒް ކޮލެޖް ގާއިމްކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި
17 ސެޕްޓެމްބަރު 2023

ސަރުކާރުން މަސް ގަންނަ އަގު ބޮޑުކުރީ އެންމެ އަވަހަށް ފުރުސަތު ލިބުމުން: ފިޝަރީޒް މިނިސްޓަރު

17 ސެޕްޓެމްބަރު 2023
ސަރުކާރުން މަސް ގަންނަ އަގު ބޮޑުކުރީ އެންމެ އަވަހަށް ފުރުސަތު ލިބުމުން: ފިޝަރީޒް މިނިސްޓަރު
05 ފެބުރުއަރީ 2023

މިދިޔަ އަހަރު ރާއްޖެއިން ޖުމްލަ 76099.8 މެޓްރިކް ޓަނުގެ މަސް ބޭރުކުރި

05 ފެބުރުއަރީ 2023
މިދިޔަ އަހަރު ރާއްޖެއިން ޖުމްލަ 76099.8 މެޓްރިކް ޓަނުގެ މަސް ބޭރުކުރި
11 ޑިސެމްބަރު 2022

ހުވަދުއަތޮޅުގެ މަސްވެރިންނަށް ދިމާވެފައިވާ ދަތިތައް ދާދިއަވަހަށް ހައްލުކޮށްދެއްވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވައިފި

11 ޑިސެމްބަރު 2022
ހުވަދުއަތޮޅުގެ މަސްވެރިންނަށް ދިމާވެފައިވާ ދަތިތައް ދާދިއަވަހަށް ހައްލުކޮށްދެއްވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވައިފި
11 ޑިސެމްބަރު 2022

މަސްވެރިކަމުގެ ސިނާޢަތުގައި މިހާރު ހުރި ބޮޑެތި މައްސަލަތައް މިފެށޭއަހަރުގެ މެދަކާއި ހަމައަށް ހައްލުކުރެެވޭނެ - ރައީސް

11 ޑިސެމްބަރު 2022
މަސްވެރިކަމުގެ ސިނާޢަތުގައި މިހާރު ހުރި ބޮޑެތި މައްސަލަތައް މިފެށޭއަހަރުގެ މެދަކާއި ހަމައަށް ހައްލުކުރެެވޭނެ - ރައީސް
27 އޮކްޓޯބަރު 2022

އަލަށް ޤާއިމު ކުރެވޭ ހެޗަރީއާއެކު ފާނައިގެ މަސްވެރިކަން ކުރިއަރުވަން ބޭނުންވާ ކުދި ފާނަ ލިބިގެންދާނެ: މިނިސްޓަރު

27 އޮކްޓޯބަރު 2022
އަލަށް ޤާއިމު ކުރެވޭ ހެޗަރީއާއެކު ފާނައިގެ މަސްވެރިކަން ކުރިއަރުވަން ބޭނުންވާ ކުދި ފާނަ ލިބިގެންދާނެ: މިނިސްޓަރު
26 ސެޕްޓެމްބަރު 2022

ސަރުކާރުގެ ވައުދުތައް ފުއްދުނު މިންވަރާ މެދު ވަޒީރާއި ކުރި ސުވާލުގެ ޖަވާބުދެއްވީ ޤާސިމް!

26 ސެޕްޓެމްބަރު 2022
ސަރުކާރުގެ ވައުދުތައް ފުއްދުނު މިންވަރާ މެދު ވަޒީރާއި ކުރި ސުވާލުގެ ޖަވާބުދެއްވީ ޤާސިމް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް