Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ސިޓީކައުންސިލް ކޮރަޕްޝަންގެ އައްޑާއަކަށް!

އުމުރުދުވަހަށް މިލްކު ކުރެވޭ ގޮތަށް ޕާކިން ދޫކުރުމަށް ކައުންސިލުން ނިންމި އިރު ރައްޔިތުންނަށް ހިލަމެއް ނުވޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 8 ފެބުރުއަރީ 2022 | އަންގާރަ 12:40
މާލެ ސިޓީ ކައުންސިލްގެ ބައްދަލުވުމެއްގެ ތެރެއިން

މާލެ ސިޓީ ކައުންސިލްގެ ބައްދަލުވުމެއްގެ ތެރެއިން

ގާނޫނަކުން ކައުންސިލްތައް އުފައްދާފައިވަނީ ރައްޔިތުންނަށް ޚިދުމަތްތައް ދިނުމަށެވެ. ލާމަރުކަޒީ ގާނޫނުގެ ދަށުން މިނިވަންކަމާއެކު ހިންގޭނެ ގޮތަށް ފަރުމާކުރެވި ބާރުތަކެއް ދީފައިވަނީ ރައްޔިތުންގެ މުހުތާދު ފުއްދައި ރައްޔިތުންނަށް ލުއި ފަސޭހަތަކެއް ހޯދައި ދިނުމަށެވެ. ނަމަވެސް ބައެއް ކައުންސިލްތަކުން ފެންނަނީ ރައްޔިތުންނަށް ޖެއްސުން ކުރުމުގެ މަސައްކަތް ކުރަމުންދާ ތަނެވެ. ކައުންސިލްގައި އިސްކޮށް ތިއްބަވާ ފަރާތްތަކުން އަމިއްލަ މަންފާއާއި ފައިދާއަށްޓަކައި ކަންކަން އޮޅުވާލާ ވާހަކައެވެ.

މީގެ ތެރެއިން ވެސް ފާހަގަކޮށްލެވޭ އެއް ކައުންސިލަކީ މާލެ ސިޓީ ކައުންސިލެވެ. ދާދި މިދާކަށްދުވަހަކު ގުރުއަތު ނަގައިގެން މާލެއިން ޕާކިން ސްލޮޓްތަކެއް ދިނުމަށް މާލެ ސިޓީ ކައުންސިލުން ނިންމިއެވެ. ވަކި ގޮތަކަށް ސިޓީ ކައުންސިލުން އެކަން ކުރަން އުޅެ އެންމެފަހުން މީޑިއާގެ އަޑުގަދަވެގެން އެކަން ނުވެގެން ހުއްޓާލަން ޖެހުނެވެ. އެއިރު ކަން ހިނގިގޮތަށް ބަލާއިރު، ބައެއް ފަރާތްތަކަށް ސްލިޕް ދޫކުރި އިރު ފޯމް ނަންބަރު ނުޖަހައި ބަޔަކަށް ސްލޮޓްތަކެއް ދޭން މަސައްކަތް ކުރަނިކޮށް ފަޅާއެރިއެވެ.

މިކަމުގައި ވެސް ރައްޔިތުންގެ އެތައް ކަންބޮޑުވުމެއް ހުށަހަޅަން ފެށުމުން އެކަން ހުއްޓާލިއެވެ. ގުރުއަތުލުން ކުރިއަށް ގެންދިޔަ ގޮތް ގޯސްވެ އޭސީސީއަށް މައްސަލަވެސް ހުށަހެޅިއެވެ. އޭސީސީން ވެސް އެންގީ އަލުން އެކަން ކުރާށެވެ. ދައުލަތުގެ އިދާރާއަކުން ކުރާ މަސައްކަތެއް އޮންނަން ޖެހޭ އުސޫލާ ޚިލާފަށް ކަންކަން ކުރުމަކީ ވަކި ބަޔަކަށް މަންފާ ލިބޭ ގޮތަށް ކުރެވޭ ކަންކަމެވެ. އެއީ ސީދާ ކޮރަޕްޝަންގެ އަމަލުތަކެވެ.

ޕާކިން ސްލޮޓް ދޫކުރުމަށް އަނެއްކާވެސް ތާވަލުކޮށް އެ މަސައްކަތް ވަކި ހިސާބަކުން ހުއްޓާލަންޖެހުނެވެ. ސަބަބަކަށްވީ ލޯތައް އަމާޒުވެފައިވާލެއް ގިނަކަމުން އެކަން ކުރަން ބޭނުންވި ގޮތަކަށް ނުކުރެވުނީއެވެ. އެ ވާހަކަ މީހުން ހަނދާން ނެތޭހާ ދުވަސް ކޮށްފައި އަނެއްކާ ވެސް ޕާކިން ސްލޮޓްތަކަކާ ހިފަން ފަށައިފިއެވެ. މިފަހަރު އަދި ތަފާތު ގޮތަކަށެވެ. މިފަހަރު އުމުރު ދުވަހަށް ޕާކިން ސްލޮޓްތަކެއް ވިއްކާލަން އުޅޭ ވާހަކަ މިވަނީ އާންމުވެފައެވެ.

މާލެ ފަދަ ބިމުގެ ދަތިކަން އޮތް، ޕާކިންގެ މައްސަލަ ބޮޑު ތަނެއްގައި ވަކި ބަޔަކަށް މަންފާވާ ގޮތަށް އުމުރު ދުވަހަށް ޕާކިން ވިއްކަން ނިންމާފައިވަނީ ކޮންގޮތަކުން ކަމެއް އެ ކައުންސިލުން ހާމައެއް ނުކުރެއެވެ. މީގެ ކުރިން އެކަމާއި ގުޅޭގޮތުން އިއުލާނެއް ވެސް ނުކުރެއެވެ. އެވާހަކައެއް ނުވެސް ދައްކައެވެ. މި ހަފްތާތެރޭގައި އެކަން ކުރަން ނިންމާފައިވާ އިރު ރައްޔިތުންނަށް އެކަމުގެ ހިލަމެއް ވެސް ކައުންސިލުން ނުވެއެވެ.

އެއްގަމު އުޅަނދު ޕާކު ކުރުމުގެ ގަވާއިދުގެ ދަށުން އިޚްތިސާސް ހިމެނޭ ތަންތަނުގައި ޕާކިން ސްލޮޓް ކުއްޔަށް ދޫކޮށް, ފީއެއް ނެގޭނެއެވެ. މާލޭގައި މީގެ ކުރިން ވެސް ކައުންސިލްތަކުން ކަންކަން ކުރަމުން އައީ މިހެންނެވެ. ނަމަވެސް އެއްގަމު އުޅަނދު ޕާކް ކުރުމުގެ ގަވާއިދުގައި ޕާކިން ސްލޮޓްގެ ގޮތުގައި އުމުރު ދުވަހަށް ޕާކިން ޖާގަ ވިއްކޭނެ ކަމަށް ބުނެފައެއް ނުވެއެވެ. އެކަމާގުޅޭ ވާހަކައެއް ވެސް ނެތެވެ. އެހެންކަމަށް ވާނަމަ ސިޓީ ކައުންސިލުން މި ކުރަން އުޅޭ ކަމެއް ސާފެއް ނުވެއެވެ. ސިޓީ ކައުންސިލަށް އާމްދަނީ ހޯދާނެ ގޮތެއް މަގުފަހިކުރުމަށްޓަކައި ނަމަވެސް ސިޓީ ކައުންސިލުން އެ ކުރަން އުޅެނީ ގާނޫނާއި ގަވާއިދާ ޚިލާފު ކަމެކެވެ. މިއީ ކާރޫބާރޫ ބޮޑު މާލެއިން ވަކި ބަޔަކަށް މަންފާ ކުރުމަށްޓަކައި ކުރާ މަސައްކަތެއް ކަމަށް ގިނަ ބަޔަކު އަންނަނީ ތުހުމަތު ކުރަމުންނެވެ.

މިއީ މިފަދަ އެއް މައްސަލައެވެ. މާލެ ސިޓީ ކައުންސިލުން އެވޯޑް ކުރާ ކޮންމެ ކަމެއްގައި ކަޓު ނަގާ ވާހަކަ ފަތުއަޑު ކިޔާފައި އާންމުން ދައްކަން ފެށުމުން މިކަމުގެ ފަހަތުގައި ވެސް ކޮންމެވެސް ކަމެއް ނޫޅެ ނުދާނެއެވެ. ދާދި ފަހުން ވެސް މިފަދަ ދެތިން ކަމެއް ހިނގައިފިއެވެ. ޕާކިން ސްލޮޓް ދޫކުރުމާއި މާލެ ސިޓީ ކައުންސިލުން ހިންގާ ޕްރޮޖެކްޓްތަކުން އަމިއްލަ ޖީބަށް ވަންނަގޮތަށް ބިޑްތައް ހަވާލުކުރާ ވާހަކައެވެ.

މިކަން އެނގޭ މީހަކު ބުނީ ބިޑް ކާމިޔާބު ކުރަން މާ އުނދަގޫ ނޫން ވާހަކައެވެ. މުއިއްޒުގެ ކެމްޕެއިނަށް ހިނގި ޚަރަދުތައް ބިޑްތަކުގެ ތެރެއިން ޗަލާ ވާހަކައެވެ. ބިޑްތައް ކާމިޔާބު ކުރާ މީހާ އެތިކޮޅެއް ދޭ އިރަށް އެކަންވާ ވާހަކައެވެ. އަދި ބިޑް ލިބުމުންވެސް ފަހުން އިތުރަށް ވެސް ހޯދާ ވާހަކައެވެ.

ހުރެލާފައި ވާހަކައެއް ނުދައްކާނެއެވެ. ދައްކާނީ ސަބަބެއް ވެސް އޮވެގެންނެވެ. މަސްވެރިން މަސްވިއްކާ މަސް މާރުކޭޓުވެސް އޮތީ މި ހާލުގައެވެ.

މާލޭ ސިޓީ ކައުންސިލްޑރ. މުހައްމަދު މުއިއްޒުމާލޭގެ މޭޔަރ ޑރ.މުހައްމަދު މުއިއްޒުއޭސީސީ

ކޮމެންޓް

އިތުރަށް ކިޔާލަން

މާލެ ސަރަހައްދުގެ ބަނދަރުތައް އެޗްޑީސީ އާއި ޓްރާންސްޕޯޓް މިނިސްޓްރީން ބަލަހައްޓަނީ ޤާނޫނާއި ޚިލާފަށް: މޭޔަރ އާޒިމް

މާލެ ސަރަހައްދުގެ ބަނދަރުތައް އެޗްޑީސީ އާއި ޓްރާންސްޕޯޓް މިނިސްޓްރީން ބަލަހައްޓަނީ ޤާނޫނާއި ޚިލާފަށް: މޭޔަރ އާޒިމް

14 ޑިސެމްބަރު 2025
މިސަރުކާރުގެ ދޮގާއި މަކަރުގެ ސްކޭމް ގައި ތިން ވަނަ ފަހަރަށް ރައްޔިތުން ޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން: މެންބަރު އަހުމަދު ދީދީ

މިސަރުކާރުގެ ދޮގާއި މަކަރުގެ ސްކޭމް ގައި ތިން ވަނަ ފަހަރަށް ރައްޔިތުން ޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން: މެންބަރު އަހުމަދު ދީދީ

11 ޑިސެމްބަރު 2025
ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖަށް، ރައީސް ވިދާޅުވަނީ އެންމެ ބޮޑު އަމާޒަކީ މަސްވެރި އާއިލާތަކަށް ލިބޭ އާމުދަނީ އިތުރު ކުރުން ކަމަށް!

ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖަށް، ރައީސް ވިދާޅުވަނީ އެންމެ ބޮޑު އަމާޒަކީ މަސްވެރި އާއިލާތަކަށް ލިބޭ އާމުދަނީ އިތުރު ކުރުން ކަމަށް!

10 ޑިސެމްބަރު 2025
މިސަރުކާރު ގައި ރައްޔިތުންނަށް އަބަދުވެސް ލިބެނީ ''އައު މުހުލަތު''، އެ ނޫން އެއްޗެއް ނުލިބޭނެ: މެންބަރު މީކާއީލް

މިސަރުކާރު ގައި ރައްޔިތުންނަށް އަބަދުވެސް ލިބެނީ ''އައު މުހުލަތު''، އެ ނޫން އެއްޗެއް ނުލިބޭނެ: މެންބަރު މީކާއީލް

10 ޑިސެމްބަރު 2025
ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް

ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް

09 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

3 ފެބުރުއަރީ
އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު މަޖިލިސް ރައީސް އަބްދުއްރަހީމް އާ ބައްދަލު ކުރައްވައިފި
20251 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު މަޖިލިސް ރައީސް އަބްދުއްރަހީމް އާ ބައްދަލު ކުރައްވައިފި

ރިޔާސީ ބަޔާން އިއްވާ ޖަލްސާ ބޮއިކޮޓްކުރަން އެމްޑީޕީގެ ޕީޖީއިން ފާސްކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ރިޔާސީ ބަޔާން އިއްވާ ޖަލްސާ ބޮއިކޮޓްކުރަން އެމްޑީޕީގެ ޕީޖީއިން ފާސްކޮށްފި

ބ. ކެޔޮދޫގައި ވެލާ ހިފައި އެ އެއްޗެހި މެރި ބަޔަކު އަތުލައިގެންފި
20233 އަހަރު ކުރިން
ރާއްޖެ

ބ. ކެޔޮދޫގައި ވެލާ ހިފައި އެ އެއްޗެހި މެރި ބަޔަކު އަތުލައިގެންފި

ދެން ސްރީލަންކާއަށް ދަތުރުކުރެވޭނީ 50،000 ޑޮލަރުގެ ޓްރެވަލް އިންޝުއަރެންސްއަކާ އެކު
20224 އަހަރު ކުރިން
ރާއްޖެ

ދެން ސްރީލަންކާއަށް ދަތުރުކުރެވޭނީ 50،000 ޑޮލަރުގެ ޓްރެވަލް އިންޝުއަރެންސްއަކާ އެކު

މަސައްކަތް ހުއްޓާލުމަށްފަހު ސިއްހީ ޚިދުމަތްތެރިން މިޔަންމާގެ އަސްކަރިއްޔާއާ ދެކޮޅަށް ނުކުމެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

މަސައްކަތް ހުއްޓާލުމަށްފަހު ސިއްހީ ޚިދުމަތްތެރިން މިޔަންމާގެ އަސްކަރިއްޔާއާ ދެކޮޅަށް ނުކުމެއްޖެ

ބޭނުންވަނީ ހައްވާ ރާޝިދާ ފަދަ މޮޅު ކުޅުންތެރިއަކަށް ވާން: ޝާހާ
20197 އަހަރު ކުރިން
ކުޅިވަރު

ބޭނުންވަނީ ހައްވާ ރާޝިދާ ފަދަ މޮޅު ކުޅުންތެރިއަކަށް ވާން: ޝާހާ

އުއްތަމަ ފަނޑިޔާރާއި އަރީފު، ސައުދީ، އަލީ ހަމީދު ހައްޔަރު ކުރަން އެދެފި
20188 އަހަރު ކުރިން
ރާއްޖެ

އުއްތަމަ ފަނޑިޔާރާއި އަރީފު، ސައުދީ، އަލީ ހަމީދު ހައްޔަރު ކުރަން އެދެފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު