Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުން

އަންހެން ފުލުހެއް ނެތި އަންހެނަކު ގެސްޓްހައުސްއެއްގައި ގިނަ އިރު ގެންގުޅެފައިވުމަކީ އަހުލާގީ ކުށެއް: ޙުކުމް

ކްރިމިނަލް ކޯޓުގައި މި މައްސަަލަ ބެއްލެވީ ގާޒީ ހުސައިން ފާއިޒު ރަޝާދު

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 8 ފެބުރުއަރީ 2022 | އަންގާރަ 07:42
ކްރިމިނަލް ކޯޓް- ކްރިމިނަލް ކޯޓުގައި މިމައްސަަލަ ބެއްލެވީ ގާޒީ ހުސައިން ފާއިޒު ރަޝާދު

ކްރިމިނަލް ކޯޓް- ކްރިމިނަލް ކޯޓުގައި މިމައްސަަލަ ބެއްލެވީ ގާޒީ ހުސައިން ފާއިޒު ރަޝާދު

ފުލުހުން ހަދާފައިވާ ބޮޑެތި ގޯސްތަކެއްގެ ސަބަބުން މަސްތުވާތަކެތި އެތެރެކުރި އަންހެނަކު ދައުވާއިން ސަލާމަތްވެއްޖެއެވެ.

މި މައްސަލައަކީ ސާނިޔާ ރަޝީދު ނަމަކަށް ކިޔާ އަންހެނެއްގެ މައްޗަށް އުފުލާފައިވާ މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރުމުގެ ކުށުގެ ދައުވާއަކާއި ގުޅިގެން ކްރިމިނަލް ކޯޓުން ބަލާފައިވާ މައްސަލައެކެވެ. ދައުވާ އުފުލާފައިވަނީ 3 މެއި 2016 ގައި އޭނާ އާއި އިތުރު މީހަކާއެކު ރާއްޖެއަށް އައިއިރު، ކަސްޓަމްސް އޮފިސަރުންނަށް ޝައްކު ކުރެވޭ ކަންކަން ހުރެގެން ބެލި ބެލުމުން އޭނާގެ ލަގޭޖު ތެރެއިން ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނިފައިވާތީއެވެ. އެކަން ސާބިތު ކުރުމަށް ޕީޖީ އޮފީހުން ވަނީ އެ މަސްތުވާތަކެތި ފެނުނުކަމަށް ބުނާ ކަސްޓަމްސް އޮފިސަރުންވެސް ހެކީގެ ގޮތުގައި ހުށައަޅާފައެވެ.

ކުށުގެ އަދަބަކީ އުމުރަށް ޖަލަށް ލުމާއެކު، އެއްލައްކަ ރުފިޔާއިން ފެށިގެން ދިހަ މިލިއަން ރުފިޔާ އާއި ދެމެދުގެ އަދަދަކަށް ޖޫރިމަނާ ކުރުމެވެ.

ކަސްޓަމްސްއިން އެ މައުލޫމާތު ފޯރުކޮށްދިނުމުން ސީންއަށް ގޮސް އޭނާ އާއި ސުވާލުކޮށް، މި މައްސަލައިގެ ތަހުގީގު ހިންގި ފުލުހުންތަކެއްވެސް ޕީޖީ އޮފީހުން ހެކީގެ ގޮތުގައި ހުށައަޅާފައިވެއެވެ.

ސާނިޔާ ރަޝީދު ވަނީ ދައުވާއަށް އިންކާރު ކޮށްފައެވެ. އޭނާ ބުނާ ގޮތުގައި އެ ތަކެއްޗަކީ އޭނާ ލޯބީގެ ގޮތުން ގުޅިގެން އުޅުނު ފަރާތުގެ ކޮއްކޮ ބުނެގެން ގެނައި ތަކެއްޗެވެ. އޭނާ އެހެން ބުނެ، އެތަކެތި ގެނައި ފަރާތް ޙަވާލުވާން އައުމުން އޭނާ ހޯދުމަށް ފުލުހުންނަށް އެއްބާރުލުން ދޭނެކަމަށް ބުނެފައިވާތީ މި މައްސަލައިގައި ފުލުހުން ވަނީ "ކޮންޓްރޯލްޑް ޑެލިވަރީ އޮޕަރޭޝަން" އެއް ކުރިއަށް ގެންގޮސްފައެވެ. މި އޮޕަރޭޝަންގެ ދަށުން ފުލުހުން ވަނީ އޭނާ މާލެ ގެނެސް، އޭނާ ގެސްޓްހައުސްއަކަށް ގެންގޮސްފައެވެ. ނަމަވެސް ގެސްޓްހައުސްއަށް ގޮސްފައިވަނީ އެއްވެސް ކޯޓު އަމުރެއް ނެތިއެވެ. އަދި މި އޮޕަރޭޝަންގައި ގިނަ ފިރިހެން އޮފިސަރުންތަކެއް ބައިވެރިވި ނަމަވެސް، އެއްވެސް އަންހެން ފުލުހަކު އޮޕަރޭޝަންގައި ބައިވެރިވެފައެއް ނުވެއެވެ.

އޭގެ އިތުރުން، ކޮންޓްރޯލްޑް ޑެލިވަރީ ނުގެންދެވޭނެކަން ވިސްނި، ފަހުން ފުލުހުން ވަނީ އެ އޮޕަރޭޝަން ނިންމާލާފައެވެ. އެގޮތުން ސާނިޔާގެ ފޯނުން އެތަކެތީގެ ވެރިމީހާކަމަށް ބުނާ މީހާއަށް ގުޅަން ވަނީ މަސައްކަތްކޮށްފައެވެ. ނަމަވެސް އޭނާ ފޯނު ނަގާފައިނުވާއިރު، އެ ތަކެއްޗާއި ޙަވާލުވާންވެސް މީހަކު އައިސްފައެއް ނުވެއެވެ. ވުމާއެކު ފުލުހުން ވަނީ އޭނާ މާލޭ ކަސްޓޯޑިއަލްއަށް ގެންގޮސްފައެވެ.

މި މައްސަލައިގެ ޚުލާސާ ބަޔާނުގައި ދައުލަތުން ވަނީ މި މައްސަލައަކީ އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ޝަރީއަތަށް ސާބިތުވާ މައްސަލައެއްކަމަށް ކަނޑައަޅުއްވައިދެއްވުމަށް އެދިފައެވެ. ދައުލަތުން މައިގަނޑު ގޮތެއްގައި ފާހަގަ ކުރަނީ އެ ތަކެއްޗަކީ އޭނާ ގެނައި ތަކެތިކަމަށް އޭނާވެސް ދެކޮޅު ނުހަދާކަމާއި، އެއީ އެހެން މީހެއްގެ އެއްޗެއްކަމަށް ބުނި ނަމަވެސް އެކަން ސާބިތުކުރެވޭ އެއްވެސް ހެއްކެއް ނުވަތަ ޤަރީނާއެއް އޭނާއަށް ހުށައެޅިފައިނުވާ ކަމަށެވެ.

ދިފާއުން ޚުލާސާ ބަޔާނުގައި ފާހަގަކޮށްފައިވާ ކަންކަމަށް ބަލާއިރު، ކޮންޓްރޯލްޑް ޑެލިވަރީ އޮޕަރޭޝަނަކަށް އޭނާ ގެސްޓްހައުސްއަކަށް ގެންގޮސް، އަންހެން ފުލުހެއް ނެތި ގެންގުޅުމަކީ އޭނާގެ އިންސާނީ ކަރާމާތަށް އުނިކަން އަންނަ ކަމެއްގެ ގޮތުގައި ވަނީ ބަޔާންކޮށްފައެވެ. އަދި ސާނިޔާއާއެކު އެ ދަތުރުގައި އިތުރު މީހަކުވެސް ބައިވެރިވެފައިވާއިރު، އޭނާގެ މައްޗަށް އެއްވެސް ތަހުގީގެއް ހިންގާފައި ނުވުންވެސް ދިފާއުން ފާހަގަކޮށްފައިވާއިރު، ޝަރީއަތުންވެސް ވަނީ އެކުގައި ދަތުރުކުރި ދެމީހުން ހުއްޓުވައި އެކެއްގެ މައްޗަށް އެއްވެސް ވަރަކަށް ތަހުގީގެއް ހިންގިފައިނުވާކަން ފާހަގަކޮށްފައެވެ.

ވަކިން ޚާއްސަކޮށް ސާނިޔާއާއެކު ދަތުރުކުރި ފަރާތަށް ފާރަލުމެއްނެތި އަދި އޭނާއަށް އެއްވެސް ފަރުވާލެއް ނުބަހައްޓައި ދޫކޮށްލައިގެން، ހަމައެކަނި ސާނިޔާ ގޮވައިގެން އޮޕަރޭޝަން ހިންގުމަކީވެސް މި ހިންގި ކޮންޓްރޯލްްޑް ޑެލިވަރީ އޮޕަރޭޝަނަށް އަސަރު ކުރި ސަބަބުކަމަށްވުން އެކަށީގެންވާކަމަަށްވެސް ހުކުމުގައި ބުނެފަވެއެވެ. އެގޮތުން ދެމީހަކު ބައިވެރިވެގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ ޙާލަތެއްގައިވެސް އެކަކު ދޫކޮށްލައިފިނަމަ އޭނާގެ ސަބަބުން ކޮންޓްރޯލްޑް ޑެލިވަރީ އޮޕަރޭޝަނަކަށް އަސަރު ކުރުމަކީ ވާނެކަމެއްކަން ޙުކުމުގައި ބުނެފައިވެއެވެ.

ޙުކުމުގައި ފާހަގަކޮށްފައިވާ ގޮތުން ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަން ހިންގުމަށް ކަސްޓަމްސްއިން ސާނިޔާ ފުލުހުންނާއި ޙަވާލުކޮށްފައިވަނީ އެ ދުވަހުގެ 17:18 ގައެވެ. ގެސްޓްހައުސްއަށް ގެންދެވުނީ 18:17 ގައެވެ. އޮޕަރޭޝަން ނިމުމަކަށް ގެނައީ އެރޭ 19:00 ގައެވެ. އެ ދެމެދުގައި މުޅިންވެސް ޙަރަކާތްތެރިވެފައިވަނީ ހުސް ފިރިހެން ފުލުހުންނެވެ. ޙުކުމުގައި ބުނެފައިވާ ގޮތުން މިއީވެސް މައްސަލައިގެ މުޅި މައުޟޫއަށް އަސަރު ކުރާ ކަމެއް ނޫން ނަމަވެސް، މިއީ އަޙުލާޤީ ކުށެކެވެ.

މީގެއިތުރުން، މި މައްސަލައިގައި ސާނިޔާގެ ލަގޭޖް ބަލައި ފާސްކޮށްގެން ނަގާފައިވާ މަސްތުވާތަކެތީގެ ސަބްމިޝަން ނަންބަރާއި، ފުލުހުންގެ ލެބޯޓްރީއިން އެތަކެތި ތަހުލީލު ކުރުމަށްފަހު ނެރުނު ފޮރިންސިކް ރިޕޯޓުގައިވާ ސަބްމިޝަން ނަންބަރު ދިމާނުވުންވެސް މިއީ މި މައްސަލައިގައި ސާނިޔާގެ މައްޗަށް ކޮށްފައިވާ ދައުވާ ބާތިލުކުރި އެއް ސަބަބެވެ. އަދި މި މައްސަލައިގެ ޗެއިން އޮފް ކަސްޓަޑީގެ ސިލްސިލާ މެދުކެނޑުމެއް ނެތި އެނގެން ނެތްކަންވެސް ޙުކުމުގައި ފާހަގަކޮށްފައިވެއެވެ.

މި މައްސަލައިގައި ފާހަގަކުރެވުނު ނުކުތާތަކުގެ މައްޗަށް ބަލައި، މައްސަލަ ނިންމެވި ގާޒީ ވިދާޅުވީ، އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ކުށުގެ ރުކުންތައް ދައުލަތަށް ސާބިތު ކޮށްދެވިފައިނުވާ ކަމަށެވެ.

ކްރިމިނަލް ކޯޓުގައި މި މައްސަަލަ ބެއްލެވީ ގާޒީ ހުސައިން ފާއިޒު ރަޝާދެވެ.

މަސްތުވާތަކެތިކްރިމިނަލް ކޯޓް

އިތުރަށް ކިޔާލަން

12 ޑިސެމްބަރު 2025

މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

12 ޑިސެމްބަރު 2025
މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި
12 ޑިސެމްބަރު 2025

މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

12 ޑިސެމްބަރު 2025
މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި
12 ޑިސެމްބަރު 2025

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

12 ޑިސެމްބަރު 2025
ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި
11 ޑިސެމްބަރު 2025

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި
10 ޑިސެމްބަރު 2025

ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

10 ޑިސެމްބަރު 2025
ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި
08 ޑިސެމްބަރު 2025

އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި

08 ޑިސެމްބަރު 2025
އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި
07 ޑިސެމްބަރު 2025

ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

07 ޑިސެމްބަރު 2025
ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް
06 ޑިސެމްބަރު 2025

އެޕަރޓްމަންޓަކަށް ވަދެ، ތޫނު އެއްޗަކުން މީހަކަށް ހަމަލާ ދިން މައްސަލާގައި ހައްޔަރު ކުރި މީހާގެ ބަންދަށް ފަސް ދުވަސް

06 ޑިސެމްބަރު 2025
އެޕަރޓްމަންޓަކަށް ވަދެ، ތޫނު އެއްޗަކުން މީހަކަށް ހަމަލާ ދިން މައްސަލާގައި ހައްޔަރު ކުރި މީހާގެ ބަންދަށް ފަސް ދުވަސް
03 ޑިސެމްބަރު 2025

ސަނީ 30 ދުވަހަށް ބަންދު ކޮށްފި

03 ޑިސެމްބަރު 2025
ސަނީ 30 ދުވަހަށް ބަންދު ކޮށްފި
03 ޑިސެމްބަރު 2025

ގާޒީ ފާއިޒް މަގާމުން ވަކި ކުރަން ފާސްކޮށްފި

03 ޑިސެމްބަރު 2025
ގާޒީ ފާއިޒް މަގާމުން ވަކި ކުރަން ފާސްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު