Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކްރިމިނަލް ކޯޓް

ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންނާއި އާއިލާއަށް އިންޒާރުތައް ލިބޭތީ ސެކިއުރިޓީ ދިނުމަށް މެމްބަރު ސިރާޖު ގޮވާލައްވައިފި

7 ފެބުރުއަރީ 2022 | ހޯމަ 07:07

ފަނޑިޔާރުންނަށް ލިބޭ މުސާރައަކީ އެންމެ އެކަށީގެންވާ އަދަދުތަކެއްކަން ޤަބޫލު ނުކުރައްވާ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 7 ފެބުރުއަރީ 2022 | ހޯމަ 07:07
ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު- ސިރާޖު ވަނީ ފަނޑިޔާރުންނަށް ލިބޭ މުސާރައަކީ އެންމެ އެކަށީގެންވާ އަދަދުތަކެއްކަން ޤަބޫލު ނުކުރެއްވާކަމަށްވެސް ވިދާޅުވެފައި

ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު- ސިރާޖު ވަނީ ފަނޑިޔާރުންނަށް ލިބޭ މުސާރައަކީ އެންމެ އެކަށީގެންވާ އަދަދުތަކެއްކަން ޤަބޫލު ނުކުރެއްވާކަމަށްވެސް ވިދާޅުވެފައި

ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންނާއި އާއިލާއަށް އިންޒާރުތައް ލިބޭތީ ސެކިއުރިޓީ ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު ގޮވާލައްވައިފިއެވެ.

ސިރާޖު އެހެން ވިދާޅުވީ ފަނޑިޔާރުންގެ ޤާނޫނަށް އިސްލާޙު ގެނައުމުގެ ބިލާއި ގުޅޭގޮތުން ބަހުސް ކުރައްވަމުން ދެއްކެވި ވާހަކަފުޅުގައެވެ.

Advertisement - newsAdvertisement

ސިރާޖު ވިދާޅުވީ، ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންނަށް ބޮޑެތި އިންޒާރުތައް ލިބެމުންދާކަމުގެ ޝަކުވާ ލިބެމުންދާ ކަމަށެވެ. ވަކިން ޚާއްސަކޮށް ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންގެ އަނބިދަރިންނާއި އާއިލާއަށް އެކި ކަހަލަ އިންޒާރުތައް ލިބެމުންދާކަމުގެ ޝަކުވާތައް ސަމާލުކަމަށް އައިސްފައިވާކަން މެމްބަރު ސިރާޖު ފާހަގަ ކުރެއްވިއެވެ.

ސިރާޖު ވަނީ ވަކިން ޚާއްސަކޮށް ކްރިމިނަލް ކޯޓުން ޖިނާއީ ބޮޑެތި މައްސަލަތައް ބަލަމުންދާއިރު، އެ ކޯޓުގެ ފަނޑިޔާރުންނަށް ސެކިއުރިޓީ ދޭންޖެހޭކަމަށް ވިދާޅުވެފައެވެ. އެކަންކަން ޙައްލު ކުރުމަށް ކުރަންޖެހޭ ކަންކަން މަޖިލީހުންވެސް ކުރަންޖެހޭކަމަށް މެމްބަރު ވިދާޅުވިއެވެ.

ސިރާޖު ވަނީ ފަނޑިޔާރުންނަށް ލިބޭ މުސާރައަކީ އެންމެ އެކަށީގެންވާ އަދަދުތަކެއްކަން ޤަބޫލު ނުކުރައްވާކަމަށްވެސް ވިދާޅުވެފައެވެ. އަދި މިހާރަށްވުރެ ފަނޑިޔާރުންގެ މުސާރަ ބޮޑުވާން ޖެހޭކަން ފާހަގަކުރައްވައި ސިރާޖު ވިދާޅުވީ، ރާއްޖެއަށް އައިސްފައިވާ ބަދަލުތަކާއެކު ފަނޑިޔާރުންގެ މުސާރައަށްވެސް އެކަށޭނަ ބަދަލުތަކެއް އަންނަންޖެހޭ ކަމަށެވެ.

ކްރިމިނަލް ކޯޓުން ބަލަނީ ޖިނާއީ މައްސަލަތަކެވެ. އެ މައްސަލަތަކާއި ގުޅިގެން ކޯޓުގައި ކުރިއަށްދާ ޝަރީއަތްތަކާއި ގުޅިގެން އެކި ގާޒީންނަށް އިންޒާރު ދިނުމާއި، ބިރު ދެއްކުމަކީ މީގެ ކުރިންވެސް ހިނގާފައިވާ ކަންކަމެވެ. އެގޮތުން ކްރިމިނަލް ކޯޓު ހިންގެވުމާއި ކުރިން ޙަވާލުވެހުންނެވި މިހާރުގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަލީ ރަޝީދު ދިރިއުޅުއްވާ ފްލެޓްގެ ބޭރު ދޮރަށް ކޯރާޑިއަކުން ގެއްލުންދިން މައްސަލައެއްވެސް ފެންމަތިވެފައިވެއެވެ. އެއީ ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ މައްޗަށް ކޮށްފައިވާ މަނީ ލޯންޑަރިންގ ގެ ދައުވާތަކުގެ ޝަރީއަތާ ގާޒީ އަލީ ރަޝީދު ޙަވާލުވެވަޑައިގެންނެވުމާއެކުއެވެ.

ދޮރަށް ގެއްލުން ދޭން ބޭނުންކުރި ކޯރާޑި ވެސް އެޕާޓްމެންޓުގެ ދޮރުމަތީގައި ބާއްވާފައި އޮތް ކަަމަށް ފުލުހުން އެ މައްސަލައާއި ގުޅިގެން އޭރު ބުނެފައިވެއެވެ.

ފަނޑިޔާރުންގެ ޤާނޫނު ބުނާގޮތުން އުއްތަމަ ފަނޑިޔާރަށް ދޭންޖެހޭ ހިމާޔަތާއި ރައްކާތެރިކަން އެމްއެންޑީއެފުން ހަމަޖައްސައިދޭން ޖެހެއެވެ.

އޭގެ އިތުރުން، އުއްތަމަފަނޑިޔާރު ފިޔަވައި އެހެން ފަނޑިޔާރުންނަށް ސަލާމަތާއި ރައްކާތެރިކަން ފޯރުކޮށްދިނުމުގެ އުސޫލުތަކެއް ދައުލަތުގެ ސަލާމަތީ ބާރުތަކުން އެކަށައަޅައި، އެ އުސޫލުގެ މަތިން ސެކިއުރިޓީގެ ކަންކަން ފޯރުކޮށްދޭންޖެހޭކަން ބަޔާންކޮށްފައިވެއެވެ.

ފަނޑިޔާރުންގެ ޤާނޫނު ބުނާ ގޮތުން މި އުސޫލުތައް ކަނޑައެޅުމުގައި ފަނޑިޔާރުންނާމެދު އާންމު ވިސްނުން ހުރި ގޮތާއި، ބަލަމުންދާ މައްސަލައަކާއި ގުޅިގެން ނުރައްކާތެރިކަމަށް ހުށައެޅޭނެ މިންވަރުގެ އިތުރުން، އާންމު މަސްރަހު ޤައުމުގައި އޮތް ގޮތް ފަދަ ކަންކަމަށް ރިއާޔަތްކުރަން ޖެހެއެވެ.

ކްރިމިނަލް ކޯޓްރައްޔިތުންގެ މަޖިލިސް

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި
10 ޑިސެމްބަރު 2025

ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

10 ޑިސެމްބަރު 2025
ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި
08 ޑިސެމްބަރު 2025

އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި

08 ޑިސެމްބަރު 2025
އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި
07 ޑިސެމްބަރު 2025

ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

07 ޑިސެމްބަރު 2025
ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް
06 ޑިސެމްބަރު 2025

އެޕަރޓްމަންޓަކަށް ވަދެ، ތޫނު އެއްޗަކުން މީހަކަށް ހަމަލާ ދިން މައްސަލާގައި ހައްޔަރު ކުރި މީހާގެ ބަންދަށް ފަސް ދުވަސް

06 ޑިސެމްބަރު 2025
އެޕަރޓްމަންޓަކަށް ވަދެ، ތޫނު އެއްޗަކުން މީހަކަށް ހަމަލާ ދިން މައްސަލާގައި ހައްޔަރު ކުރި މީހާގެ ބަންދަށް ފަސް ދުވަސް
03 ޑިސެމްބަރު 2025

ސަނީ 30 ދުވަހަށް ބަންދު ކޮށްފި

03 ޑިސެމްބަރު 2025
ސަނީ 30 ދުވަހަށް ބަންދު ކޮށްފި
03 ޑިސެމްބަރު 2025

ގާޒީ ފާއިޒް މަގާމުން ވަކި ކުރަން ފާސްކޮށްފި

03 ޑިސެމްބަރު 2025
ގާޒީ ފާއިޒް މަގާމުން ވަކި ކުރަން ފާސްކޮށްފި
01 ޑިސެމްބަރު 2025

ފެނަކަ ބްރާންޗު ތަކުގައި ސެކިއުރިޓީ ކެމެރާ ހަރުކުރާނެ ބަޔަކު ކަނޑައެޅުމުގައި ކޮރަޕްޝަން ހިންގާފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ދައުވާ ކުރަން ހުށަހަޅައިފި

ކްރިމިނަލް ކޯޓުގެ ގާޒީ، ފާއިޒް ވަކިކުރުމުގެ މައްސަލަ ކޮމިޓީއަށް

01 ޑިސެމްބަރު 2025
ކްރިމިނަލް ކޯޓުގެ ގާޒީ، ފާއިޒް ވަކިކުރުމުގެ މައްސަލަ ކޮމިޓީއަށް
28 ނޮވެމްބަރު 2025

‎ސަޢީދު އަށް ހުކުމް އިއްވިތާ ދެ މަސް، ދައުވާ ސާބިތުވި އަނެއް ފަރާތަށް ދިފާޢުވާން އިތުރު ފުރުޞަތެއް: އިންސާފުވެރިތަ؟

28 ނޮވެމްބަރު 2025
‎ސަޢީދު އަށް ހުކުމް އިއްވިތާ ދެ މަސް، ދައުވާ ސާބިތުވި އަނެއް ފަރާތަށް ދިފާޢުވާން އިތުރު ފުރުޞަތެއް: އިންސާފުވެރިތަ؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް