Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރަޝިޔާ ޗައިނާ ގުޅުން

އޮލިމްޕިކް ގޭމްސްއަށް ޕުޓިން ޗައިނާއަށް ވަޑައިގެންނެވީ ގޭސް ސަޕްލައިކުރާ އެއްބަސްވުމަކާއެކު

އިތުރު 10 ބިލިއަން ކިޔުބިކް މީޓަރު ނޭޗަރަލް ގޭސް ރަޝިޔާއިން ޗައިނާއަށް ސަޕްލައިކުރުމަށް ތައްޔާރު

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 4 ފެބުރުއަރީ 2022 | ހުކުރު 17:44
ރަޝިޔާގެ ރައީސް ވްލަޑްމިއަރ ޕުޓިން ޗައިނާގެ ރައީސް ޝީ ޖިންޕިން އާ ބައްދަލުކުރައްވަނީ

ރަޝިޔާގެ ރައީސް ވްލަޑްމިއަރ ޕުޓިން ޗައިނާގެ ރައީސް ޝީ ޖިންޕިން އާ ބައްދަލުކުރައްވަނީ

ފެބްރުއަރީ މަހުގެ 4 ވަނަ ދުވަހު ޗައިނާގެ ބެއިޖިންގ ގައި ފެށި ވިންޓަރ އޮލިމްޕިކް ގޭމްސް ހުޅުވުމުގެ ރަސްމިއްޔާތަށް ރަޝިޔާގެ ރައީސް ވްލަޑްމިއަރ ޕުޓިން ޗައިނާއަށް ވަޑައިގެންނަވާފައިވާއިރު މިދަތުރުފުޅުގައި ރަޝިޔާއިން ޗައިނާއަށް ސަޕްލައިކުރާ ނެޗަރަލް ގޭސް އިތުރުކުރުމުގެ އެއްބަސްވުމެއްގައި ސޮއިކުރާނެއެވެ.

ޕުޓިން ޗައިނާއަށް މިވަޑައިގެންނެވީ ޔޫކްރެއިން މައްސަލާގައި ރަޝިޔާ އާއި އެމެރިކާ އަދި ހުޅަނގުގެ ގައުމުތަކާއި ދެމެދު އޮތް ގުޅުން ވަރަށް ބޮޑަށް ހީނަރުވެފައިވާ ދުވަސްވަރެއްގައެވެ.

މިދަތުރުފުޅުގައި ޕުޓިން ޗައިނާގެ ރައީސް ޝީ ޖިންޕިން އާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ވިދާޅުވެފައިވަނީ އިތުރު 10 ބިލިއަން ކިޔުބިކް މީޓަރު ނޭޗަރަލް ގޭސް ރަޝިޔާއިން ޗައިނާއަށް ސަޕްލައިކުރުމަށް ތައްޔާރުކަމަށެވެ.

ރަޝިޔާއަކީ ދުނިޔޭގައި ހައިޑްރޯކާބަން އެންމެ ގިނައިން ސަޕްލައިކުރާ ޤައުމުތަކުގެ ތެރެއިން ޤައުމެކެވެ. ފާއިތުވި ދުވަސްތަކުގައި ރަޝިޔާ އާއި ޗައިނާގެ ގުޅުން ވަނީ ވަރަށް ބޮޑަށް ވަރުގަދަވެފައެވެ.

ޕުޓިން ޝީ އާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި އޮލިމްޕިކް ގޭމްސް ހުޅުވުމުގެ ރަސްމިއްޔާތަށް ދައުވަތު ދެއްވިކަމަށްޓަކައި ވަނީ ޝުކުރު އަދާކުރައްވާފައެވެ. އަދި މިފަދަ ބޮޑު އިވެންޓެއް ޗައިނާއިން އިންތިޒާމުކުރި ފުރިހަމަކަން ވަނީ ފާހަގަކުރައްވާ އެކަމަށް ތައުރީފްކުރައްވާފައެވެ.

ޝީ ވަނީ މިބައްދަލުވުމާއެކު ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެން ގޮސްފިކަމަށް ވިދާޅުވެފައެވެ.

ޗައިނާގައި ބާއްވާ އޮލިމްޕިކް ގޭމްސް އަށް ކޮވިޑްގެ ހިޔަނިއެޅިފައިވާއިރު އެމެރިކާ އާއި އެމެރިކާއާ ގާތްގުޅުން އޮންނަ ބައެއް ޤައުމުތަކުން ވަނީ ޗައިނާއިން އިންސާނީ ހައްޤުތަކަށް އަރައިގަންނަކަމަށް ބުނެ އޮލިމްޕިކް ގޭމްސް ބޮއިކަޓް ކޮށްފައެވެ.

ރަޝިއާޗައިނާ

އިތުރަށް ކިޔާލަން

27 ނޮވެމްބަރު 2025

ރަޝިޔާ އިން ކުރިމަތިވާނެ ނުރައްކަލަކަށް ފްރާންސް ފަސް ޖެހިގެން ނުވާނެ: މެކްރޮން

27 ނޮވެމްބަރު 2025
ރަޝިޔާ އިން ކުރިމަތިވާނެ ނުރައްކަލަކަށް ފްރާންސް ފަސް ޖެހިގެން ނުވާނެ: މެކްރޮން
24 ނޮވެމްބަރު 2025

ވިލިމާލެ ހޮސްޕިޓަލާއި ގުޅޭގޮތުން ސަރުކާރުން އެކި ފަހަރު އެކި ތާރީހު

24 ނޮވެމްބަރު 2025
ވިލިމާލެ ހޮސްޕިޓަލާއި ގުޅޭގޮތުން ސަރުކާރުން އެކި ފަހަރު އެކި ތާރީހު
09 ސެޕްޓެމްބަރު 2025

ރަޝިއާގައި އުފައްދައި ޓެސްޓު ކުރަމުން އައި ކެންސަރު ވެކްސިން ކާމިޔާބު ކަމަށް ބުނެފި

09 ސެޕްޓެމްބަރު 2025
ރަޝިއާގައި އުފައްދައި ޓެސްޓު ކުރަމުން އައި ކެންސަރު ވެކްސިން ކާމިޔާބު ކަމަށް ބުނެފި
30 އޯގަސްޓު 2025

ޗައިނާ އެމްބަސީގެ ބިމުގެ މައްސަލައިގައި އިނގިރޭސި ސަރުކާރުން އަދިވެސް ގޮތެއް ނުނިންމާ

30 އޯގަސްޓު 2025
ޗައިނާ އެމްބަސީގެ ބިމުގެ މައްސަލައިގައި އިނގިރޭސި ސަރުކާރުން އަދިވެސް ގޮތެއް ނުނިންމާ
02 އޯގަސްޓު 2025

 ޓްރަމްޕް އާއި މެޑްވެޑޭވްގެ ބަހުގެ ހަމަލާ، އަސްކަރީ ސަބްމެެރިން ނެރުމަށް ޓްރަމްޕް އަމުރު ކުރައްވައިފި

02 އޯގަސްޓު 2025
 ޓްރަމްޕް އާއި މެޑްވެޑޭވްގެ ބަހުގެ ހަމަލާ، އަސްކަރީ ސަބްމެެރިން ނެރުމަށް ޓްރަމްޕް އަމުރު ކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު